ވިލިނގިލީގެ ބޮޑުމަގުން މީހަކު ސައިކަލްގައި ދަނީ: އެ މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ 20 އަހަރާއި 24 އަހަރާއި 30 އަހަރުގެ ތިން މީހުން..---ފޮޓޯ: މިހާރު
31 ޖުލައި 2023 - 11:26
ގއ. ވިލިނގިލީގައި އަންހެނަކަށް ޖިންސީގޯނާ ކުރި މައްސަލާގައި ތިން މީހުން ހައްޔަރު ކޮށްފި އެވެ.
އުމުރުން 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓު ކުރީ ހުކުރު ދުވަހުގެ ރެ އެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ތިން ފިރިހެނުން ރޭ ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެއީ އުމުރުން 20 އަހަރާއި 24 އަހަރާއި 30 އަހަރުގެ ތިން މީހުން ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެކަމުގައި ބައިވެރިވީ ވިލިނގިލީ ދެ ފިރިހެނުންނާއި ލ. އަތޮޅު މީހެކެވެ. އަދި އެ އަންހެން މީހާ އަކީ އެ އަތޮޅު ކޮލަމާފުށީ އަންހެނެއްކަން ވެސް ވަނީ އެނގިފަ އެވެ.
ނަމަވެސް ފުލުހުން އެކަމުގެ ތަފްސީލެއް ނުދެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy