މާލޭގައި ހިދުމަތް ދޭން ނިންމާފައިވާ ވައްތަރުގެ ޕްރީމިއަމް ކާރެއް
31 ޖެނުއަރީ 2017 - 14:00
ޕްރީމިއަމް ކާރު ގެނެސް، ފެންވަރު ރަނގަޅު ޓެކްސީގެ ހިދުމަތް ދިނުމަށް އެމްޓީސީސީއާ ހަވާލު ކުރި ނަމަވެސް ކަނޑައެޅިފައިވާ މުއްދަތުގައި އެކަން ނުކުރެވުމުން އެގްރީމެންޓް ބާތިލްކޮށް، ޕްރީމިއަމް ޓެކްސީގެ ހިދުމަތް ދިނުމަށް އަލުން ހުޅުވާލައިފި އެވެ.
ޕްރީމިއަމް ޓެކްސީގެ ހިދުމަތް ދިނުމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިދިޔަ އަހަރު ހުޅުވައިލި ފުރުސަތުގައި އެކަމަށް ކުރިމަތިލީ އެމްޓީސީސީން އެކަންޏެވެ. އެހެންވެ، ޓެކްސީ އެތެރެކޮށް، ތިން މަހެއްގެ ތެރޭގައި ހިދުމަތް ފަށާނެ ކަމަށް މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެ ކުންފުނިން ވަނީ ބުނެފަ އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު ވިދާޅުވީ ޕްރީމިއަމް ޓެކްސީގެ ހިދުމަތް ދިނުމަށް އެމްޓީސީސީއާ ހަވާލުކުރީ ވަކި މުއްދަތެއްގެ ތެރޭގައި އެ ހިދުމަތް ދޭން ފެށުމަށް ކަމަށާއި އެކަމަކު އެގޮތަށް އަމަލުކޮށްފައި ނުވާތީ އެ އެގްރީމަންޓް ބާތިލް ކޮށްފައިވާ ކަމަށެވެ. އަދި ހިދުމަތް ދިނުމުގެ ފުރުސަތު އަލުން މިހާރު ހުޅުވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕްރީމިއަމް ޓެކްސީގެ ހިދުމަތް ދެނީ ތިމާވެއްޓާ ރަހުމަތްތެރި ޒީރޯ އެމިޝަން ކާރުގަ އެވެ. އަދި ޓެކްސީން އަގު ނަގާނީ ދަތުރު ކުރާ ދުރުމިނަށް ބަލައިގެންނެވެ. އޭގެ އިތުރުން އެ ޓެކްސީން ކޭޝް ކާޑާއި ކްރެޑިޓް ކާޑުން ވެސް ފައިސާ ދެއްކޭނެ އެވެ.
މި ޚިދުމަތުގައި މަދުވެގެން 50 ކާރު ބޭނުންކުރަން ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ނިންމާފަ އެވެ.
ޕްރީމިއަމް ކާރުގެ ހިދުމަތުގެ އިތުރުން ސްކޫލު ކުދިންނަށް ބަހުގެ ހިދުމަތް ދިނުމަށް ވެސް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ.
ނާފިޒު ވިދާޅުވީ ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ސްކޫލު ބަހުގެ ހިދުމަތް ވެސް ފަށާތޯ އެ އޮތޯރިޓީން ބަލާނެ ކަމަށާއި އެ މުއްދަތުގެ ތެރޭގައި އެކަން ނުކުރެވިއްޖެ ނަމަ އެ އެގްރީމަންޓް ވެސް ބާތިލްކޮށް އަލުން ހުޅުވާލާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޯލް
31 January 2017
އެމް ޓީސީސީގެ މެނޭޖްމަންޓް އިސްތިއުފާ ދިނުމަށް ގޮވާލަން. ބޮޑެތި ބިންތަކް އެހެނިހެން އެސެޓްތައް އޮވެ ކަނެއް ކުރެވޭ ބައެއް ނޫން ތީކީ.
ޢަހާނަމަ
31 January 2017
ޓްރެއިންގެ ހިދުމަތް ދޭން ފނޭ
ޑެކްސްޓަރ ނާފިޒު
31 January 2017
ސައިކަލް ޓެކްސީއާއި ބައިސްކަލް ޓެކްސީއާއި އާދައިގެ ކާރާއި ލަގްޒަރީ ޓެކްސީއާއި އަދި މީހުންގެ ބުރަކަށި މަތީގައި މީހުން އުފުލާ ޓެކްސީ ހިދުމަތް ދޭން ތިޔަ ހުޅުވާލަނީ 1 ކިލޯ މީޓަރުގެ މި މާލެއަށް، މިއީ އިކޮނޮމިސްޓުގެ މޮޅު ވިސްނުން ފުޅު
ކުރެވޭނީ
31 January 2017
ޕްރީމިއަމް ޓެކްސީގެ ހިދުމަތް ދޭން އަލުން ހުޅުވާލުމުން މިކަމަށް އެބަޖެހޭ އެމްޓީސީސީން ވެސް ކުރިމަތި ލާން. އެމްޓީސީސީ އަށް ސޯމިލް ބިމުގައި 25 ބުރީގެ އިމާރާތެއް ހަދައިގެން އެތަނުގެ 12 ފްލޯރ ގައި ޕާރކިންގް ބިލްޑިންގްސް ތައް ހަދައިގެން މިކަން ކުރެވޭނެއެވެ. ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތެވެ. މިކަން ކުރަން އަވަހަށް އެމްޓީސީސީން ކުރިމަތި ލާންވީއެވެ. އެމްޓީސީސީ އަށް އެކަނި މިކަން ދެމެހެއްޓެނިވި ގޮތުގައި ކުރެވޭނީ.