މާލޭގައި ފިހާރައަކަށް ވަން މީހަކު އެތަނުގައި ސޭޓަކަށް ހުރި މީހެއްގެ ކަރުގައި ވަޅި އަޅާ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީންޝޮޓެއް.
07 އޮކްޓޯބަރ 2023 - 15:47
މާލޭގައި ފިހާރައަކަށް ވަން މީހަކު އެ ތަނުގައި ސޭޓަކަށް ހުރި މީހެއްގެ ކަރުގައި ވަޅި އަޅައިފި އެވެ.
ފުލުހުން މިއަދު ބުނީ ތޫނު އެއްޗަކުން ހަމަލާދީފައިވާ މީހަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. އެ މައްސަލައިގެ ރިޕޯޓް ލިބުނީ މިއަދުގެ ހެނދުނު 11 ޖަހާކަށް ހާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ.
ޒަހަމްވި މީހާއާ ގުޅޭ އިތުރު ތަފުސީލެއް އަދި ނުލިބެ އެވެ. އެނގިފައިވާ ގޮތުގައި އެއީ ބިދޭސީއެކެވެ.
ފުލުހުން ވަނީ އެ މީހާ އަށް ވަޅިން ހަމަލާދިން މީހާ ވެސް ހައްޔަރުކޮށްފަ އެވެ. އެއީ 29 އަހަރުގެ އަންހެނެކެވެ.
Fihaara Akah Vadhe Meehehge Karah Valhin Hamalaa, Dheenah Furahsaara Koh, Magumathee Auguraana Govamun Dhanee! Adhives Fiyavaleh Neylhe!! @M_Hameedh Isthufaa!! @PoliceMv pic.twitter.com/daEp47FYb6
— Ibrahim Dawood (@idevildavid) October 7, 2023
އެކަން ހިނގީ މާފަންނު މަޖީދީ މަގުގައި ހުންނަ ފޯނު ވިއްކާ ފިހާރައެއް ކަމަށްވާ ޑްރީމްސް މޮބައިލްސްގަ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ އެ ފިހާރައިގެ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، ފިހާރަ އަށް ވަދެ އެ އަންހެން މީހާ ވަނީ ފޯނެއް ދެއްކުމަށް ސޭޓު ގާތުގައި ބުނެފަ އެވެ. ފޯނު ދެއްކި ފަހުން ދެ މީހުންގެ މެދުގައި ޒުވާބެއް ހިނގާތަން ފެނެ އެވެ.
އޭގެ އިރުކޮޅެއް ފަހުން އެ އަންހެން މީހާ އޭނާގެ ހެދުމުގެ ތެރޭގައި އޮތް ވަޅިއެއް ނަގައި ސޭޓުގެ ކަރުގައި އަޅާ ތަން ފެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުނާލް
08 October 2023
ކުށްވެރިން ދޫކުރުމުގެ ސަބަބަުން މުޖުތަމައުގެ އަމާންކަން ގެއްލެނީ. ކޮންމެ ރިޔާސީ ދައުރެއްގެ އިންތިހާބު ގާތްވުމާއެކު ފެނިގެންދަނީ ޖަލުގޮޅިތައް ހުސްވެގެންދާތަން. ކުށްވެރިންގެ ޖަލު ހުކުމް ނިމެންދެން ތިބެންވާނީ ޖަލުގަ. އަދި އެމީހުން ނެރުމާއި ދެމެދު އެމީހުންނަށް ތަމްރީނުތަކެއް ދިނުން މުހިންމު. ކުށްވެރިންނަށް އަމާންރާއްޖެއަކަށްވެއްޖެ.
އިންލާ
08 October 2023
މުޖުތަމަޢުގައި އަމާންކަމެއް ނެތް. ޑރ.މުއިއްޒު މިކަން ނިންމާ ދޭނެ ޖެހޭ. އިންޝާﷲ މިކަންކަމަށް ތަސައްލީއެއް ގެނުވާނެ ވެރިޔަކީ ޑރ. މުއިއްޒު
ވޯލް
08 October 2023
މީތަ އެބުނި އާމަން ދިވެހި ރާއްޖެއަކީ، ނަސީބެއް މިކަލޭގެ ދެވަނަ ދައުރަށް ނުހޮވުނުކަން.
1206
08 October 2023
ހަގީގަތަކީ ހޯދައިދެވުނީ ކުށްވެރިންނަށް އަމާން ރާއްޖެއެއް. މައުމޫނުގެ ދައުރުގައި އަފޫ އާންމު އެޅިގެން ނުކުންނަ މީހުންގެ ސަބަބުން ކުށްތައް އިތުރުވެގެން ގޮސްފައިވޭ. އަދި 2008 ގައި މި ކިޔާ ޑިމޮކްރަސީ ގެނައި ފަހުން ކުށްވެރިންނަށް ލިބޭ ހައްގު ވީ ގިނަ. އޭގެ ސަބަބުން ކުށްތައް ވެސް އިންތިހާ އަށް ވީ އިތުރު. ކުރިން ހާލަކުން ފަހަރަކު ނޫނީ މީހަކު ގަތުލުކޮށްފައި ނެތް ރާއްޖޭގައި. މިހާރު އެވެސް އާންމު ކަމެއް. ލިބޭ ފައިދާއަށް ވުރެ ގެއްލުން ބޮޑު ޑިމޮކްރަސީ.
LaamuonlineDOTcom
08 October 2023
ފެންނަނީ ބޮޑުފިހާރައެއްގައި އެންމެމީހަކު ހުރިތަން، ބިދޭސީއެއްކަމަށްބެލެވެނީ! އެހީތެރިއެއްނެތް، އަންހެންމީހާ ވަޅިހޫރާލުމުގެކުރިން ފިހާރައިގެ ސޭޓާ ކޮންމެވެސްކަމަކާ ދެބަސްވެ ޒުވާބުކުރާކަން ވީޑިއޯއިން ފާހަގަވޭ، އެދި އެކަމާ ފިހާރައިގެ ސޭޓު ކޮންމެވެސް މީހަކަށް ފޯނުކުރަން މަސައްކަތްކުރާތަންވެސްފެނޭ! މިކަހަލަ ސައިކޯއިން ދޫވެފައިތިބުމަކީ އެންމެނަށްވެސް އެކަމުގެނުރަށްކާއޮތްކަމެއް! ގަބޫލުކުރެވެނީ މި ސައިކޯ ކަމަނާގެ ކުށުގެރެކޯޑުލިސްޓެއް އޮންނާނެކަމަށް!
ސަދޫމު ކޯޓު
08 October 2023
މީ ސީދާ ޓެރަރިސްޓެއް މީނަ ފޮޓޯއާ ވަނަވަރު ހާމަކުރޭ
މިނިކާ
08 October 2023
ތި އަންހެންމީހާއަށްވުރެ މިކޮމެންޓްކުރާ މީހުން ސަހަލުހެން ހިޔެއް ނުވޭ. މޯބައިލް ފޯނެއް ބަލަންދާ އަންހެނެއް ހެދުމުގެ ދަށަށް އަށެއްކަ އިންޗީގެ ވަޅިއެއް ލައިގެން ދިޔަ ގޮތަކާ އެއްވެސް މީހެއް ސުވާލެއް ނުއުފެދޭ
LaamuonlineDOTcom
08 October 2023
މޯބަލްފޯނުބަލަން ވަޅިހިފައިގެން ދިޔައީކަމަކަށް ނުބެލެވޭ، ނަމަވެސް ލަފާކުރެވެނީ އަބަދު ވަޅިއެއްހިފައިގެން އުޅޭ މީހެއްކަމަށް! ފުރަތަމަ ސޭޓު އޭނަބުނިފޯނު ބަލަންދިނީމަ ފޯނުނަގާ އެއްލާތަންފެނޭ، އޭގެފަހުން އިތުރުފޯނު ނަގާނުދިނީމާ އުފެދުނުމައްސަލައެއްކަންވެސް ވީޑިއޯއިން އެނގޭ، ފޯނުހޫރާލީމަދެން އިތުރުފޯނެއް އޭނަބަލާކަށް ނުދޭނެތާ! ވަރަށްނުރައްކާ ހަމަލާއެއް އަސްލު އަންހެންމީހާއެދިނީ، ތަންކޮޅެއްބޮޑަށް ވަޅިލައްވާލިނަމަވެސް ސޭޓުގެ ފުރާނަގެއްލޭނެ!
ދޮންހަސަންބެ
07 October 2023
މަސްވެރިން ވަދުއަޅާއިރު ގެންގުޅޭފާޑުގެ އަތަށް ހެޔޮވަރު މުގުރުބުރިއެއް ގެންގުޅެން އެބަޖެހޭ. އެއީ ވިޔަފާރި ކުރަންތިބޭ ސޭޓުންގެ ލައިފުޖެކެޓު ކަމަށް ބެލިއަސް ހަމަ ރަގަޅުވާނެ.
ޢެޑްމުންޑޯ
07 October 2023
ތިވާނީ ނަފްސާނީ ބަލި އަންހެނަކަށް ، ހައްޔަރު ކުރިއަސް ދޫކޮއްލާނެ ، އެއީ ބޮއިބޮއި ހަލާކުވެފައި ތިބޭމީހުން މިސަރުކާރުން ބަލަނީ ނަފްސާނީ ބަލިމީހުންނަށްވާތީ
މުގުބަސް
07 October 2023
އަންހެނުންވަނީ މިސަރުކާރުން ބާރުވެރިކުރުވާފަ ކޮންމެ ކަމެއްކޮއްފަވެސް ސަލާމަތްވާނެ ނުވާނެ ކުށަކައް. މިސަރުކާރައް ވޯޓް ނުދިނީ އެހެންވެ.