ކްރިމިނަލް ކޯޓުން މަހްލޫފްގެ މައްޗަށް ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވުމާއެކު ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން މަހްލޫފް ވެހިކަލަށް އަރުވަނީ: ޖަލުގައި އަނިޔާކުރުން އާންމުވެފައިވާ ކަމަށް އޭނާ ވިދާޅުވި.---މިހާރު ފައިލް ފޮޓޯ
11 ފެބުރުއަރީ 2017 - 12:03
ޖަލުތަކުގައި ގާނޫނާއި ގަވައިދުތަކާ ހިލާފަށް ހިންގާ ޖަރީމާތަކާއި ގައިދީންގެ ސިއްހީ ކަންކަމަށް އިހުމާލު ވުމާއި އިންސާނީ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް ހިންގަމުން ގެންދާ ކަންކަން ވަގުތުން ހުއްޓައިލުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ގޮވާލައްވައިފި އެވެ.
ދެ ހުކުމެއް ތަންފީޒު ކުރުމަށް މާފުށީ ޖަލުގެ ޔުނިޓް 10 ގައި ހައްޔަރުކޮށްފައިވާ މަހްލޫފް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މިހާރަކަށް އައިސް ޖަލުތަކުގައި ވާނުވާއެއް ނޭގި ގައިދީންތަކެއް މަރުވަމުން ދާތީ އިންތިހާ އަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
މަހްލޫފު ފާހަގަކުރެއްވި ގޮތުގައި އޭނާ ޖަލަށް ލި ފަހުން، މިދިޔަ މުއްދަތުގެ ތެރޭގައި ފަސް ގައިދީއަކު "ހަގީގަތް ނޭނގޭ ގޮތަށް" ވަނީ މަރުވެފަ އެވެ.
ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއެޅި ކަމުގެ ކުށުގެ ހުކުމް ތަންފީޒު ކުރުމަށް މަހްލޫފު ޖަލަށް ލިތާ މިހާރު ހަ މަސް ދުވަހަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.
"މީހުން ޖަލަށް ލަނީ އެމީހަކު ކުރި ކުށަކަށް ދެވޭ އަދަބެއްގެ ގޮތުން ކަމަށް ވާއިރު، ޖަލު ތެރޭގައި އަނިޔާ ލިބެމުންދާ އެތައް ގައިދީންނެއް މިއަދުވެސް އެބަތިއްބެވެ. ނަފްސާނީ ގޮތުން ބޮޑެތި އަނިޔާތައް ލިބެމުންދާ އެތައް ގައިދީންނެއް މިވަގުތުވެސް ޖަލުގައި ތިބިކަން ހިތާމައާއެކު ފާހަގަކުރަމެވެ،" މަހްލޫފުގެ ބަޔާނުގައި ވެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގައިދީންނާ މެދު އަމަލުކުރާ އުސޫލުތަކުގެ ސަބަބުން، ސިކުނޑި ގޯސްވެފައި ތިބި ގައިދީން މިވަގުތު މާފުށި ޖަލުގައި އެބަތިއްބެވެ. އަދި ބަލިވެގެން ޑޮކްޓަރަށް ދައްކައި، ބޭސް ދިން ފަހުން ހަތަރު މަސް ވީއިރު ވެސް އެ ބޭސް ނުލިބޭ ގައިދީން އެބަތިބި ކަމަށް މަހްލޫފު ވިދާޅުވެ އެވެ.
މަހްލޫފް ވިދާޅުވީ ކަރެކްޝަނަލް ސާވިސްގެ ދެ އޮފިސަރެއްގެ ކުރިމަތީގައި ގައިދީން އެއްކޮށް، ބަރަހަނާކޮށްގެން ބަލައި ފާސްކުރުން ވަގުތުން ހުއްޓައިލުމަށް ގޮވާލައްވާ ކަމަށެވެ. އޭގެ ބަދަލުގައި މެޓަލް ސާޗް، ޕެޓްޑައުން ސާޗް، އަދި ތުވާލި އަންދަވައިގެން ކުރާ ސްޓްރިޕް ސާޗް ފަދަ އުސޫލުތައް ބޭނުން ކުރުމަށް އޭނާ ގޮވައިލެއްވި އެވެ. ގައިދީން އިތުރަށް ބަރަހަނާކޮށްގެން ބަލައި ފާސްކުރަންޖެހޭ ނަމަ، އެކަމަށް ބޭނުންވާ އާލާތްތައް ހޯދައި، އިންސާނީ ކަރާމާތަށް ހުތުރު ނުވާނެ ގޮތް ބަލައިގެން އެކަން ކުރުން ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.
"ފަސް ގައިދީން މަރުވެ، އިންސާނީ ކަރާމާތްތައް ގެއްލޭ ގޮތަށް ޖަލުތަކުގައި ހިނގާ ކަންކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުންނާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ސަމާލުކަން ނުދެނީ ޖަލުތަކުގައި ތިބީ ނިކަމެތި އާއިލާތަކުގެ ދަރީންނަށް ވީމައިތޯ އަޅުގަނޑު ހިތަށް އަރަ އެވެ." މަހްލޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖަލުތަކުގައި ހިންގަމުން ގެންދާ ހުރިހާ ޖަރީމާތަކުގެ ޒިންމާ، ރައީސް އަބްދުﷲ ޔާމީނާއި ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި ކަރެކްޝަނަލް ސާވިސްގެ އިސްވެރިން އަދި ކަމާ ގުޅުން ހުރި އެންމެހައި މުއައްސަސާތަކުގެ އިސްވެރިން ފުރިހަމައަށް ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މައިނާ
13 February 2017
ފުލުހުންގެ ވާޖިބަށް ގަސްތުގަ ހުރަސްއަޅާފަ އެއީ ދޮގެއްކަމަށް ސާބިތުކޮށްދޭން މަސައްކަތްކޮށްފަ ހެކިބަހުން ސާބިތުވީމަ ޖަލަށްލީ. ހެދިހާ ބޮޑެތި ދޮގުތައް ހިފައިގެން އުގޫބާތުގެ ކުރިމަސްޗަށް ދާންޖެހޭދުވަހު ކީއްބާކުރާނީ.!!!!!!!!!!!!!! ނޫސްބަޔާން ނެރެލަ ނެރެލާ އޮންނާނީދޯ؟.
ޢަލީ
11 February 2017
ތަމެންގެ ޕޮލިހުންގެ ފެންވަރު މަމެންނައް ފެނުނު 7 ވަނަދުވަހު މީހުންގެ މުދާހަލާކުކޮއް ތަޅައބަޑިޖަހާ ފުލުސްއޮފީސް ބިއްލޫތިތަކާ ގޮނޑިތަކާ އުކާ ދިދަބާލާ ތަމެންގެ ލޮލުގެ ކޮއެ ކިހިނެއްތަ ހުރީ މަމެންނައްވެސް އެނގޭ ތަމެން ޖަޒުބާތުގަ ތިބިކަން
ލޯބި ދޮންބެ
11 February 2017
މަހުލޫފު ތިތާ އޮންނައިރު މަރުތަކުގެ ވާނުވާނޭގެނީ... މަރުސާބިތުކޮށް ވަޅުލަމުންދާކަން ނޭގުމަކީ ކުށެއްނޫން..
ކޮލޮމްބޯ
11 February 2017
ނޫހުގައި އެކިނަންނަމުގައި ކޮމެންޓްމިކުރާ ސަރުކާރުން ބައިވަރުގަނޑު ލިބޭ މީހާ، މަށަށް ވަރަށް ހީވޭ ރީތި ގޮތަކަށް ނިމިގެންދާނެތޭ އެއްހެންމީ. މިއަދު ބާރު އޮތީމާ ބޭނުންހާ އެއްޗެއްލިޔެ، ހެއްދެވި ފަރާތެއް ނެތްކަމަށް ހީވެ، ގަދަބަދަވިކަން ދެއްކިޔަސް ތޭގެ ނިމުން ވަރަށް ހިތްދަތިވާނެކަމަށް ފެނެއެވެ. އެދުވަހުން ތިޔާ ލިޔާ ލިޔުންތަކުގެ ހިތި ފެނިގެންދާ ހިނދު އެކަމާ ހޭނެ މީހަކު ނުހުންނާނެެވެ. އެކަނިމާއެކަނި ރޯންޖެހޭ ދުވަސް ވަނީ ވަރަށް ގާތުގައެވެ. އިންޝާﷲ
ކަކުނި
11 February 2017
ހަޖަމު ކުރުމަށް އެންމެ ރަނގަޅީ ޑައިޖިން
ނިންމާދީބަލަ
11 February 2017
ޖަލުގައި ހިންގާ ޖަރީމާތައް ހުއްޓާލުމަށް މަހްލޫފް ގޮވާލައްވައިފި އޭ ކިޔާ އިދިކޮޅު ރަންރީނދުލޭ މެން ޕްރޮޕެގެންޑާ ފަތުރާ ދޮގު ހަދަނީ އެވެ. އެމެން ތިބެނީ އޭސީ އެޕާރޓްމަންޓް ގައެވެ. ނެޓް ހުރޭ ޓީވީ ހުރޭ ހިލޭ ކާންދެން ހިލޭ ބޭސް ކޮށްދެން ދެން ކޯއްޗެއް ނުލިބިގެންތޭ ތިޔާ ކަނޑުކޮސް ގޮވަން ފެށީ. ޖަލުގައި ތިބޭ މީހުންނަށް ރަޖިސްޓަރޑް މީޑިއާ އިން ޕްރޮޕެގެންޑާ ނުފެތުރޭނެ އުސޫލުން ކަންކަން ކުރަން ސަރުކާރުން ވިސްނާ އެކަމަށް ގާނޫނެއް މަޖްލީހުން ފާސް ކުރީމާ ހުންނާނެ ރަނގަޅަށް އަލާ ފިލާފައި. މިިހަފްތާގައި ވާނެ މިކަން ރޮކެޓް ސްޕީޑް ގައި ނިންމަން.
ކޮލޮމްބޯ
11 February 2017
މީނައަށް ނޭގޭ އެއްޗެއް ނުބެހޭކަމެއް ނޯވެއެވެ. ރޯނު އެދުރު ހެދިގެން ތިހެން އުޅެނިކޮށް ކޮންމެވެސް ގޮތަކަށް ކަލޭ ގަބޫލު ނުކުރިޔަސް ﷲ އިރާދަކުރައްވައިފިއްޔާ މި ސަރުކާރު ނިމިގެންދާކަށް ހަމަ ހިނދުކޮޅެއްވެސް ނުނަގާނެއެވެ. ގާރޫނު ބުނާ ކަހަލަ ކުފުރު ބަސްތައް ބުނެ ހެދިޔަސް ތަގްދީރުގެ ކުރިމަތީގައި ކަލޭގެ މެތެމެޓިކްސް އާއި ސައެންސް އިދަޖެހިގެންދާއިރު، ކަލޭގެ އެއްވެސް ތިޔަރީއެއް ދިމައެއް ނުވާނެއެވެ. ނިކަންހުރެ ކަލޭ ދަމާކޫއްތާފައި ގެންދެވޭނެ ދުވަސް އަންނަހުއްޓެވެ. އިންޝާﷲ
ޑިމްޕަލް ވާދޫގޭ
11 February 2017
މަޙޮލޫފުއަށް ޓަކާ ފަޙްރުވެރިވަން ތިޔަހިތްވަރަށް ސާބަސް އަޅުގަނޑު ޖަލުގަ ނެތެއްކަމަކު މަޙޮލޫފް އާއެކުގަ މިވަނީ
ފުނޯސް
11 February 2017
މަހުލޫފު އެވިދާޅުވިހެން އަޅުގނަޑު ހިތަށްވެސް އަރަނީ، ހިއުމަން ރައިޓްސް ކޮމިޝަނުންނާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ޖަލުގަ ތިބި ގައިދީންނަށް ސަމާލުކަން ނުދެނީ ޖަލުތަކުގައި ތިބީ ނިކަމެތި އާއިލާތަކުގެ ދަރީންނަށް ވެފާ، އެކޮމިޝަން ތަކުގަ ތިބީ މަގާމުގެ ދަހިވެތިން ކަމަށްވުމުން ކަމަށް ވެދާނެ.
ވިލޭއަލި
11 February 2017
މަހުލޫފަށް ހުރިހާ ބާރެއް ލިބެން ގާތް ވެއްޖެ. އެދުވަހުން އެހެން ހަދާލަން މަޑުކޮށްލާ.
އަހުމަދު
11 February 2017
ޖަލުގަ ވާކަންތައްތަކާ ނުވާ ކަންތައްތައް އެނގޭނީ ޖަލުގައި ހުރި މީހަކަށެވެ.
މުޙައްމަދު
11 February 2017
މިއީ ދޮގުވާހަކައެއް ނޫން. އަޅުގަނޑުގެ ކޮއްކޮ މީގެ 6 މަސްކުރިން ޖަލައްލީ އެތައް ޒަމާނެއް ކުރިން ކޮށްފައި އޮތް ކުށެއް ސާބިތުވެގެން. އަދި އޭނަގެ މައްޗަށް އެކުށްސާބިތުވިއިރު އޭނައަކީ ސަރުކާރު ވަޒީފާއެއްގައި އުޅޭ އަޚްލާގް ރަނގަޅު ކުއްޖެއް. އެހެންނަމަވެސް ޖުރިމަނާ އެއް ކުރެވެން އޮތް ކުށަކަށް އެއް އަހަރުގެ ޖަލުހުކުމެއް އައުމުގެ ސަބަބުން އޭނާ އުޅެންޖެހުނީ ޖަލުގަ ވަރަށްހާލުގަ. ބަލިވެގެން ފިޓްޖެހޭ އިރު ބޭސްކުރަނީ އެއް ނޫން. ޑޮކްޓަރަށް ދައްކަނީ އެއް ނޫން. އަޅުގަނޑަށް މެސެޖް ކޮށްފައި ބުނީ ތިމަންނަ މިހާރު ހަމަހެނެއްވެސް ހީއެއް ނުވެޔޭ. ނުގުޅޭ ބޭސްތައް ކާންދިނުން އާންމު ވެއްޖެ. މިކަމަކީ އިންޓަނޭޝަނަލް ކޮމިއުނިޓީން އޮބްޒާވްކޮށް ބަލަންޖެހޭ ކަމެއް.
ޖަލު މެސެޖު
11 February 2017
މުޙައްމަދު، ޖަލުގަ އޮވެގެން މެސެޖު ކުރެވުމަކީ ވެސް ގޯހެއް. ހަމައެކަނި ތި ފެންނަނީ ސަރުކާރުގެ ގޯސްބައި. އެކަހަލަ އިތުރު އަނިޔާކުރުމާ އަހަރެންވެސް ދެކޮޅު. އެކަމު ކަލެއާ ކަލޭ ކޮއްކޮ ވެސް މިހާރު ޖަލަށް ފޯނު ވައްދައިގެން ތި ހިންގަނީ ޖަރީމާއެއް. އެ ފޯނު ވެއްދުނީ ވެސް އެތާ އުޅޭ ކޮންމެވެސް ބަޔަކަށް ރިޝްވަތުދީގެން ޤާނޫނުން ބޭރުން ދޯ. ތިމާ އާއި ތިމާގެ މީހާއާއި ޖެހުނީމަ ޤާނޫނުތައް މުގުރުވާފައި ދެން ފާޑުކިޔަނީ އެތާ ތިބޭ މީހުން އެއަށްވުރެ ބޮޑުކަންތައް ކުރީމަ. އެމީހާ ހުރި ހިސާބަކުން އިސްލާހުވެ އެހެން މީހުނަށްވެސް އިސްލާހުވާން ގޮވާލާ. އަދި އުއްމީދުކުރަން މަހުލޫފު ޖަލުން ސަލާމަތް ވުމުން ތިޔަ ކަންތައް ހަނދާން ބަހައްޓައިގެން ތި ކަހަލަ ކަންތަކަށް މަގު ފަހި ނުވާނޭ ގޮތަށް ޤާނޫނު ތައް ބައްޓަން ކުރާނޭ ކަމަށް!
ލަނޑާ
11 February 2017
ބަލިވެގެން ބޭހެއް ނުކުރެ އެކަމު ދެނީ ނުބައި ބޭހޯ...