ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް: އޭޝިއާގެ ފަސް ގައުމަކަށް އަންނަ މަހު ކުރައްވާ ދަތުރުފުޅުގައި ރާއްޖެ އަށް ވެސް ވަޑައިގަންނަވާނެ. --ފޮޓޯ: ރައީސް އޮފީސް
22 ފެބުރުއަރީ 2017 - 09:51
ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަންނަ މަހު އިންޑޮނީޝިއާ އަށް ވަޑައިގަންނަވަނީ 10 ވަޒީރުންނާއި 1،500 އޮފިޝަލުންނާ އެކު ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
އިންޑޮނީޝިއާ އެކު އޭޝިއާގެ ފަސް ގައުމަކަށް ކުރައްވާ މި ދަތުރުފުޅުގައި ސައުދީ ރަސްގެފާނު ރާއްޖެ އަށް ވެސް ވަޑައިގަންނަވާނެ އެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގަތުމަށް ހަމަޖައްސަވާފައި ވަނީ، އެނގިފައިވާ ގޮތުގައި، އަންނަ މަހުގެ ދެ ވަނަ ހަފުތާގެ ތެރޭގަ އެވެ.
އިންޑޮނީޝިއާ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ، ސްޓްރެއިޓްސް ޓައިމްސްގައި ބުނެފައިވާ ގޮތުގައި ސައުދީ ރަސްގެފާނު އެ ގައުމަށް ވަޑައިގަންނަވަނީ އަންނަ މަހު 1-9 އަށެވެ. އެ ދަތުރުފުޅުގައި، އެމަނިކުފާނު ބާލީގައި ހަ ދުވަހު ޗުއްޓީ ހޭދަކުރައްވާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވެފައިވެ އެވެ.
ސައުދީ ރަސްގެފާނު އޭޝިއާގެ ގައުމުތަކަށް ކުރައްވާ ދަތުރުފުޅާ ބެހޭގޮތުން ސައުދީ ސަރުކާރުން ރަސްމީކޮށް އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
އެނގިފައިވާ ގޮތުގައި، ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާއިރު ވެސް 1،500 އޮފިޝަލުން ބައިވެރިވެވަޑައިގަންނަވާނެ އެވެ. ރާއްޖެ އަށް ކުރައްވާ ދަތުރުފުޅުގައި ވެސް ބޮޑު ބައި އޮތީ ޗުއްޓީ ހޭދަކުރައްވާ ގޮތަށް ކަމަށް ވެ އެވެ.
ސަލްމާނަށް ރަސްކަން ލިބިވަޑައިގަތުމުގެ ކުރިން، ޑިފެންސް މިނިސްޓަރު ކަމުގައި ހުންނެވި އިރު 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖޭގެ ރިސޯޓެއްގައި ވަނީ އަގު ބޮޑު ޗުއްޓީއެއް ހޭދަކުރައްވައިފަ އެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ސައޫދީ އަރަބިއްޔާ އަށް ވަޑައިގެން ރަސްގެފާނު ސަލްމާނާ ބައްދަލުކުރައްވައިފަ އެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާ ވެފައި ވަނީ ރާއްޖެ އަށް އެންމެ ގިނައިން އެހީ ދޭ އެއް ގައުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާގަރާޖާ
23 February 2017
މުސްލިމުންނަށް ނަމޫނާދައަކަންތިބި ވެރިންގެ ޢަމަލުތަށްހުންނަގޮތުން ހިތަންއަރަނީ ގައުމެއްގެ ރައީސަކަށް ވުމާއިއެކު ކޮންމެމީހަކުވެސް އުޅެގަންނަނީ ތިމާގެ މުއްސަދިކަމާއި ނުފޫޒުގަދަކަން ނިކަމެތި ރައްޔިތުންނަށްދެއކުމާއި ދުނިޔެއަށް ހާމަކުރުމަށް . އިސްރާފްކުރުމުގައިވެސް ހައްދެއް އޮންނާނެ އެކަމަކު މިވަރުގެކަމެއް މަނުދެކެން
ދޮންދީނި
23 February 2017
އައި ހޭޓް ދިސް މޭން..
އިބްރާހިމް
23 February 2017
ކޮބާތަ ޝޭހުންތައް އެއާޕޯޓު ބަޔަކަށް ދިން އިރު މުޒާހަރާކޮއްފަ އުޅުނު. ބޮޑު އަތޮޅެއް ވިއްކާލާއިރު އެއްޗެކޭވެސް ނުބުނެ ތި ތިބެނީ ކީއްވެތަ. ދިވެހިންގެ މިލްކެއް އެހެން ބަޔަކަށް ނުދެވޭނެ. ސައުދީ ރަސްގެފާނައްވިޔަސް ހެޔޮ.
އިބްރާހިމްގެ ފުރެންޑު
23 February 2017
ކިހިނެެއްތަ އެމީހުންގެ ސާހިބު މީހާއާ ދެކޮޅަށް އަޑު އުފުލާނީ. އޭރުން ސާހިބު މީހާ ކޯފާވެ ލިބެން ހުރި ހަދިޔާ ބަދިޔާ ނުލިބޭނެ އެއްނު.
މަވެސް
22 February 2017
މިދިވެހި ރާއްޖެ މިއަށްވުރެން މާނިކަމެތި ދުވަސްވަރު ބުރުނާއީ ރަސްގެފާނާއި ސައުދީ އަރބިއްޔާގެ ޕްރިންސުންތަކާއި ޔޫރަޕްގެ މަސްހޫރު ވިޔަފާރިވެރިން ރައީސް މައުމޫން އަރިހުގައި އާދޭސްކުރި މިގައުމުން ރަށެއްވިއްކާށޭ މައުމޫންގެ ޖަވާބަކީ މިއީ އަޅުގަންޑުގެ އަމިއްލަ މުދަލެއްނޫނޭ ތިޔަކަމެއް ނުވާނެޔޭ 2. ސުނާމީތެރޭ ރައިށްމައުމޫނަށް މަޖުބޫރު ކުރި %99 ޕަސެންޓު މުސްލިމުގައިމެއްކަމަށް އިއުލާނުކުރާށޭ ހުރިހާ ޚަރަދެއްދޭނަމޭ މިވަރުންވެސް ގުޑުވާނުލެވުނު 3. ފުރިފައިހުރީ ގުޑުގުޑުނާޅާނެ އޭރުވެސް ތަރައްގީކުރި
ހަބޭސް
22 February 2017
1. ސައުދީ ސަރުކާރުގެ ވެރިންގެ އަމަލުތަކާއި އިސްރާފުކުރުން ބޮޑުކަމުން އިސްލާމް ދީނަށް ނަފުރަތުކުރާމީހުން ގިނަވޭ، 2. އަދި ހައްދުފަހަނަ އަލާއިދާމީހުންވެސް ގިނަވޭ 3. އިސްލާމީ ރިވެތި އުސޫލުތަށް ދަމަހައްޓައިގެން ވިޔަފާރިއާއި އެހެނިހެން މުއާމަލާތު ކުރުމުގެ ބަދަލުގައި ގިނަ މުއާމަލާތުތައް ހުންނަނީ ދީނާއި ބީރައްޓެހިގޮތަށް 4. އިސްލާމީ ގައުމުތަކުގައި ކަރެޕްޝަނާއި ފަސާދަ އިތުރުވަނީވެސް ސައުދީ ރަސްކަމުގެ ސަބަބުން މީގެ ދިރިހުރި މިސާލު މެލޭސިޔާއިންނާއި މިދިވެހިރާއްޖެއިން ފެންނާނެ
އިސްރާފް
23 February 2017
މިކަލަ ކޮމެންޓްލިޔަން ދާވަގުތަކީވެސް އިސްރާފް ވަގުތު. މިސްކިތުގަ އިންނަމަ.
ހަބޭސްވެއްޖެ
23 February 2017
ފުރެންޑޫ. އިސްލާމީ އެންމެ ބޮޑެތި އިލްމުވެރީން ތިބި މައްކާގެ މުގައްދަސް ބިމުގެ އަހުލުވެރީންނަށް ފުރައްސާރަ ނުކުރޭ. ދީނާ ވަހުދަތު ގެއްލިދާނެ.
ހާޝިމް
22 February 2017
ސައުދީ ރަސްގެފާނު މިފަހަރު ވަޑައިގަންނަވަނީ ފ.އަތޮޅު ގަތްކަމުގެ ލިއުމުގައި ސިއްކަޖަހަން، ފ.އަތޮޅުގައި ރަސްގެފާނު ގަނޑުވަރުތަކެއް ބިނާކުރިޔަސް ދިވެހިންނަށް އެއިން ފައިދާއެއް ނުކުރާނެ، އެއީ އެތަނުގައި ހަދާ އިމާރާތްތަކާއި ހިއްކާ ފަޅުތަކާއި އަޅާ އެއާޕޯޓް އަޅާނީ ޔޫރަޕްގެ ކުންފުނިތަކުން އަދި ފ.އަތޮޅަށް ދެން ދިވެހިންނަށް ދެވޭނީވެސް ކުޑަސިޓީ ހަދައިގެން އަދި އެސަރަހައްދުން މަސްވެރިންނަށްވެސް ދަތުރުވެރިންނަށްވެސް ހުރަހެއް ނުކުރެވޭނެ، ފ.އަތޮޅު ވިއްކާލަނީ ފަރުތަކާއި، ފަޅުތަކާއި ފަށައިގެންވާ ކަނޑުގެ ސަރަހައްދާއެކު، އަދި ފ.އަތޮޅުގައި ހިއްކާ ފަޅުތަކާއި ހަދާ ރިސޯޓްތަށް ވިއްކާނީ މަހުޖަނުންނަށް އަދި އެމަހުޖަނުންގެ މެހެމާންދާރީ އަދާކުރަންތިބޭނީ ދުނިޔޭގެ ތަމްރީން ލިބިފައިވާ ތަރައްޤީވެފައިވާ ކުންފުނިތަކުން، އެހެންކަމުން ފ.އަތޮޅު ވިއްކައިގެން ފައިދާނެގި ބަޔަކު ނަގައިފި، އަދި އެމީހުން ނެގި ފައިސާވަނީ ރާއްޖޭގެ ބެންކުތަކުގައިނޫން އަދި އެފައިސާއިން ފ.އަތޮޅުގެ ރައްޔިތުންނަށް ދިރިއުޅޭނެ ތަނެއްވެސް ނުލިބޭނެ އެމީހުން ޖެހޭނީ މާލެއަށް އައިސް އަގޮބޮޑެތި ކޮޓަރި ހިފައިގެން ދިރިއުޅެން އެހެންކަމުން ރަސްގެފާނު ވަޑައިގަތީމާ ހަމަ ޓެކުސްގެ ފައިސާއިން ބޭކާރު ހަރަދު ހިނގުންނޫންކަމެއް ނުވާނެ، ހަމަ ގައިމުވެސް ރަސްގެފާނު ހަރަދުކުރިޔަސް އޭނާގެ ދަތުރުގެ ހަރަދު ބަޖެޓުން އުނިކުރާނެ އަދި ފޮރިން މިނިސްޓްރީއާއި ރައީސް އޮފީހުގެ ބަޖެޓުން އެކަން ފެންނާނެ
އދތ
22 February 2017
މިހާރަކުނުތިބޭނެ ޒިންމާނަގާނެބަޔަކު މަޖުލީހުގެ ގިނަމެންބަރުންތިބީ ފިތިބާރުވެފާ މިދުނިޔޭގެ ވަގުތީއުފަލައް މޮޔަވެފަ
އަބްދު
22 February 2017
ބޮޅު ތަކުރުފާނު ދޮން ބަންޑާރައިން އަދި އިބްރާހިމް ނާސިރު މިގައުމު މިނިވަން ކަމަށް ކުރެއްވި ހުރިހާ މަސައްކަތެއް މި ކުރެއްވީ މިސަރުކާރުން ނުއަގުގަ މިގައުމު ވިއްކާކުމަށްތޯ.
ރަސްގެ ފާފު
22 February 2017
އެްހާސް ފަސްސަތޭކަ މީހުނާއެކު. ﷲ ދެއްވި ނިއުމަތައް ހަދާނެ އެއްޗެއް މިޔޮއްގެން ހަދަނީ.
ޗިކުސް
22 February 2017
ރައްޖޭގެ ރަށްތަޢް ވިއްކުމާ ދެކޮޅުހަދަން.