ޚަބަރު

ޒަކިއްޔާގެ ހަށިގަނޑު މާލެއަށް ގެންނަނީ

ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނައުމަށްޓަކައި އެމްބިޔުލެންސް އިން ބާލަނީ: ޒަކިއްޔާގެ މަރުގެ މައްސަލަ ފުލުހުންގެ ހާއްސަ ޓީމަކުން ދަނީ ތަހުގީގު ކުރަމުން. --

10 ސެޕްޓެމްބަރ 2024 - 23:40

13 comments

ނ. ހޮޅުދޫގައި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ ހަށިގަނޑު މާލެއަށް މިރޭ ފުރުވާލައިފި އެވެ.

އެނގިފައިވާ ގޮތުގައި، ޒަކިއްޔާގެ ހަށިގަނޑާ އެކު ފުލުހުންގެ ޓީމެއް މިރޭ ވަނީ ހޮޅުދޫން ފުރައިފަ އެވެ. ޒަކިއްޔާގެ މަރުގެ ތަހުގީގަށް ފުލުހުން ހާއްސަ ޓީމެއް އެ ރަށަށް ގޮސްފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގަ އެވެ.

އެ ޓީމުން ރަށަށް ގޮސް ފޮރެންސިކް ހެކި އެއްކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވެ އެވެ. އެކަމަކު ޒަކިއްޔާގެ ހަށިގަނޑު މާލެ ގެންނަނީ، ޕޯސްޓްމޯޓަމް ހަދަން ކަމެއް ސާފެއް ނޫނެވެ.

ޒަކިއްޔާގެ މަރާ ގުޅިގެން މާ ގިނަ މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް އެރަށުން "މިހާރު" އަށް ކުރިން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ ގޭގެ ކުނި ނަގަން ގޭތެރެއަށް ވަން ބިދޭސީންތަކަކަށެވެ. އޭރު އޭނާ ވެއްޓިފައި އޮތީ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރިއަށެވެ.

ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ

އަދި ޒަކިއްޔާގެ ކަރުގައި ވަޅި އަޅާފައި ހުރި ކަމަށާއި ހަށިގަނޑު ކައިރީގައި ބޮޑު ވަޅިއެއް އޮތް ކަމަށް ވެސް އެ މީހާ ބުންޏެވެ. ޒަކިއްޔާ މަރުވި އިރު ފިރިއަކާއި ދެ ކުދިންގެ އިތުރުން މާމަ ދަރިން ވެސް ތިބެ އެވެ. އޭނާއަކީ ނަފްސާނީ މައްސަލައެއް ހުންނަ މީހެއް ކަމަށް ރަށު ތެރޭގައި ވާހަކަ ދެކެވުނަސް އެކަމަށް އެއްވެސް ފަރުވާއެއް ހޯދަމުން އައި ކަމެއް ސާފެއް ނޫނެވެ. މިދިޔަ އަހަރު އުމްރާގެ އަޅުކަން ވެސް ފުރިހަމަކޮށްފައިވާ ޒަކިއްޔާގެ އާއިލާ އަކީ ރަށުގައި ފުދިގެން އުޅޭ ތަނަވަސް އާއިލާއެއްގެ މީހެއް ކަަމަށް ވެސް "މިހާރު" އާ ވާހަކަ ދެއްކި މީހާ ބުންޏެވެ.

13 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގުޅުން

11 September 2024

ރަށްރަށަށް ފުރަފުރައިގެން ފިލަން ދާ ބިދޭސީން ގިނަވީމަ ތިކަމާ ގުޅުމެއް އޮވެދާނެ. ހަށިގަނޑު ފެނުނީ ބިދޭސީންނަށްވީމަ ބިދޭސީންނާ މާބޮޑަށް ގުޅުވިދާނެ.

The name is already taken The name is available. Register?

1828

11 September 2024

ދަންޖެހުނީމައި ޕޯސްޓްމޯޓަމް. ގެނބުނީމައިވެސް ޕޯސްޓްމޯޓަމް. ކަރު ބުރިކޮށް ވަކިކޮށްލާފައި އޮތަސް ޕޯސްޓްމޯޓަމް. ގުދުރަތީ ގޮތުން މަރުވެ، ކުނިވެފައި އޮތަސް ޕޯސްޓްމޯޓަމް. ޕޯސްޓްމޯޓަމް ހަދާނީ މަރުގެ ހަޤީޤަތް ދެނެގަން. މިމަރަކީ ބަޔަކު ނުވަތަ މީހަކު ވަޅިއަކުން ހަމަލާދީގެން ހިންގާފައިވާ ޖަރީމާއެކަން ދުވާލުގެ އަލިފަދައިން ޔަޤީންވޭ. މިމަރުގައި ޕޯސްޓްމޯޓަމް ހަދަންޖެހޭ ސަބަބެއް ނުވިސްނޭ.

The name is already taken The name is available. Register?

ވޯޓަރ

11 September 2024

1828 އަށް މާ އެނގިގެން ތިއުޅެނީ

The name is already taken The name is available. Register?

އިހްސާސް

11 September 2024

ހާދަ ޔަގީންކަމާއެކު ތިބުނަނީ. ޝަރީއަތުގައި ހެކިބަސްދޭން ތައްޔާރުތޯ؟

The name is already taken The name is available. Register?

1829

11 September 2024

މާތް ކަލާކޯ ތިޕޯސްޓްމޯޓަމް ހަދާނެކަމެއްނެތް! މީނަގެންދޭ ތިތަހުގީގުކުރަން!

The name is already taken The name is available. Register?

މައިހޯ

11 September 2024

ބައެއްމީހުން ތަނެއްދޮރެއްނޭގުނަސް ހަމަކޮމެންޓްކުރާހިތުން ކޮންމެވެސް އެއްޗެކޭ ތިބެގެން ކިޔާނެ ، ހައްތާހާވެސް ރޯނު އެދުރުން ގިނައީ ، އެގޭކަމެއް ނޭގޭ ކަމެއްނުހުންނާނެ ،

The name is already taken The name is available. Register?

މިޒްނާ

11 September 2024

އެއްބަސް. ޕޯސްޓްމޯޓަމް އަކުން ގާތިލް ދެނެގަނެވޭނީކީ ނޫން. ރާއްޖޭގަ ހެދޭ ނަމަވެސް ރަނގަޅު ކޮންމެ މިކަހަލަ ކޭސް އެއްގަ ޕޯސްޓްމޯޓަމް ހަދަން.

The name is already taken The name is available. Register?

މޮޅުގޮލާ

11 September 2024

މީހާދަ މޮޅު ގޮލައެއް ދޯ؟ ނޫސްތަށް ކިޔާފަ ސީންވެސް ހަށިގަނޑުވެސް ލޮލަށް ވެސް ނުފެނި ނިންމައިފި މަރާލާފަ ކަމަށް. ކަލެއާ ހަވާލު ކުރަންވީ އެޕްބީއައި ކަހަލަ ތަނެއް. ތިހާ މޮޅު މީހެއް ގެއްލިގެން އެމީޙުން ވެސް އެބަ ހޯދާ!

The name is already taken The name is available. Register?

ގަދަނޫ

11 September 2024

އެކަށީގެންވާ މިންވަރަަށް (އެއްވެސް ޝައްކެތް ޝުބުހާއެއް ނެތް މިންވަރަށް) ސާބިތުކޮށް ދެވޭނެތަ؟ އެހެންވިއްޔާ އަވަހަށް ފުލުހަށް ހާޒިރުވެ ހެކިބަސްދީ ގާތިލު ހާމަކޮށްދީ. އަހަރުން ބޭނުން ޒަކިއްޔާގެ ގާތިލަށް ހައްގު އަދަބު ލިބެން. .

The name is already taken The name is available. Register?

1828

11 September 2024

ވޯޓަރ ބަލާބަލަ ޕޯސްޓްމޯޓަމް ހަދަނީ ކީއްކުރަން ތޯ؟ ޤާތިލް ދެނެގަންނަން ހަދާ އެއްޗެއް ތޯ ޕޯސްޓްމޯޓަމްއަކީ؟

The name is already taken The name is available. Register?

ނުވީތާ

11 September 2024

ޕޯސްޓްމޯޓަމްއަކުން އެނގުނު ކަންކަން އާންމުންނާ ހިސާބަށް ތިލަނުކުރުމުން އަދި އެއްވެސް ވަރެއްގެ މައުލޫމާތެއް ނުދިނުމުގެ ވިސްނުން ގެންގުޅޭތީ ޕޯސްޓްމޯޓަމެއް ހެދުމުގެ މުހިއްމުކަމާ ބެހޭ ސުވާލު އުފައްދާނެ މީހުންވާނެ. ދަންޖެހެން މަސައްކަތްކުރި މީހަކު އޭނާ ދަންޖެހެން ކުރި ހުރިހާ މަސައްކަތެއް ވީޑިއޯއިން ސާފުކޮށް ފެންނަން ހުއްޓާ ޕޯސްޓްމޯޓަމް ހެދުމުން ވީޑިއޯއިން ނުފެނުނު ކޮންކަމެއްތޯ ޕޯސްޓްމޯޓަމް ހަދައިގެން އަލަށް އެނގުނީ، އެކަމާމެދު ސުވާލު އުފެދޭނެ.

The name is already taken The name is available. Register?

ކަނޑާލައިފި

11 September 2024

މިހާރު ދިރިތިބި މީހުންގެ ފަރުވާއާ ގުޅޭގޮތުން އާސަންދައިން ދޭ ބޮޑު އެއްޗެއް އިންޑިއާއަށް ލިބުން ހުއްޓިއްޖެ. މަރުވާ މީހުންގެ ޕޯސްޓްމޯޓަމް ހަދައިދީގެން މިހާރު އިންޑިއާއަށް ބޮޑު އެއްޗެއް އެކަމު ލިބެން ފަށާފަ އެއޮތީ.

The name is already taken The name is available. Register?

ވަހީދުބެ

11 September 2024

އަމިއްލައަށް ކަރުގައި ވަޅި އެޅީމަ ވެސް މަރުވެދާނެ. އެހެންވީމަ އެހެން މީހަކު ކުރި ކަމެކޭ ވެސް ބުނަން ނޭނގޭނެ.... ނުކިޔަވާ ހުރެ މާމޮޑަށް އެނގިގެން ނޫޅެބަލަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454