އިއްޒުއްދީން ފާލަން މަރާމާތުކުރަނީ

އިއްޒުންދީން ފާލަން އެމްޓީސީސީން މަރާމާތުކުރަން ފަށައިފި އެވެ.


މިއީ، އެ ފާލަން 2015 ގައި ހުޅުވި ފަހުން މަރާމާތުކުރާ ދެ ވަނަ ފަހަރެވެ. އިއްޒުއްދީން ފާލަން ރަސްމީކޮށް ހުޅުވީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުނު ދުވަހުގަ އެވެ.

އެމްޓީސީސީގެ އޮފިޝަލަކު ވިދާޅުވީ އިއްޒުއްދީން ފާލަމުގައި ކުރަމުން އަންނަނީ ވަރަށް ކުދިކުދި މަރާމާތުތަކެއް ކަމަށެވެ. އެއީ، އެތަން ބަލަހައްޓާ ހައުސިން މިނިސްޓްރީން އެދިގެން ކުރަމުން އަންނަ މަރާމާތުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިއްޒުންދީން ފާލަން މަރާމާތުކުރަމުން މި އަންނަނީ، މި މަހުގެ ތިން ވަނަ ހަފުތާގައި ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ރާއްޖެ ވަޑައިގަންނަވަން ނިންމަވާފައި ވަނިކޮށެވެ. ފާލަން ސަރަހައްދުގައި ހުރި ގާތައް ވެސް ނަގައި، ބަދަލުތަކެއް ވަރަށް ފަހުން ވަނީ ގެނެސްފަ އެވެ.