ދިއްދޫ ދާއިރާގެ މެމްބަރު ލަތީފް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---މިހާރު ފައިލް ފޮޓޯ
08 މާޗް 2017 - 15:11
ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަންގައި ހިމެނޭ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު، ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރައްވާފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ވެރިކަން ކުރާ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ ލަތީފް ސޮއިކުރެއްވި ނަމަވެސް، އެއީ މަސީހާ ދެކޮޅަށް ލަތީފްގެ ވޯޓު ލިބުން ނޫން ކަމަށެވެ.
މިހާރު ޕީޕީއެމުން ކުރިއަށް ގެންދާ ނިއުސް ކޮންފަރެންސްގައި ނިހާން ވިދާޅުވީ، މީގެ އިރުކޮޅެއް ކުރިން ލަތީފް އަށް ގުޅުއްވި ކަމަށާއި އެއީ "މާކުރިން ސޮއިކޮށްފައިވާ އެއްޗެއް" ކަމަށް ލަތީފް ވިދާޅުވި ކަމަށެވެ. އަދި އެއީ ހިތްހަމަނުޖެހުމެއްގެ ތެރެއިން ހިނގި ކަމެއް ކަމަށާއި މިހާރު އެކަމެއް ނެތް ކަަމށް ލަތީފްއާ ހަވާލާ ދެއްވައި ނިހާން ވިދާޅުވި އެވެ.
ލަތީފް ވަނީ މީގެ ކުރިން ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނާ ވެސް ގުޅިވަޑައިގެންފަ އެވެ. އެ ފެކްޝަނުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވެސް އެއް ފަހަރު ލަތީފް ބައިވެރިވެވަޑައިގަތެވެ. އެކަމަކު އެ ނިއުސް ކޮންފަރެންސް ބޭއްވިތާ 24 ގަޑިއިރު ނުވަނީސް ލަތީފް އަނބުރާ ރައީސް ޔާމީންގެ ފެކްޝަނާ ގުޅިވަޑައިގަތެވެ.
މައުމޫންގެ ފަޅިއަށް އޭރު ލަތީފް އެރުމާ ގުޅިގެން ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ވައިބާ ގުރޫޕުން ވެސް އޭނާ ބޭރުކުރި އެވެ. އެކަމަކު އޭނާގެ ނިންމުން ބަދަލުކުރެއްވުމާ އެކު ފަހުން ވަނީ ވައިބާ ގުރޫޕަށް ވައްދައިފަ އެވެ.
މަޖިލިހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން މަޖިލިހަށް ވެއްދީ 26 މެމްބަރެއްގެ ސޮޔާއެކުގަ އެވެ. މި މައްސަލަ މަޖިލިހަށް ވެއްދުމުގައި އެންމެ އިސްކޮށް ހުންނެވީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އެވެ. އަދި މިއީ ސީދާ މައުމޫންގެ މަސައްކަތްޕުޅެއް ކަމަށް ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެމްބަރު
09 March 2017
ލަޠީފޫ މީހެއްވިއްޔާ ގޮތެއް ހުންނަންޖެހޭނެ. ލަޠީފޫ ބިރުނުގަނެބަލަ. ނިކަން ކެރިގެން ރައްޔިތުންގެ ފަޅިއަށްއަރާ ވޯޓްދީބަލަ. އެއްވެސް މީހަކަށް ﷲ މިންވަރުފުޅުގައިވާ ކަމެއްނޫނީ ނުކުރެވޭނެ. ދެއްވިއެއްޗެއް ދެއްވީވެސް ﷲ. އެ ގެންދަވަންވީމަ ހިނދުކޮޅެއްނުވެ ގެންދަވާނެ. ވީމާ ބިރުވެތިވާންވީ ﷲ އަށް.
އާބުރުޒު
09 March 2017
ތީ މީހުނެއްނޫން. ގަމީހުން. ލޯކަލް މާރކޭޓްކައިރީގެ ތިމީހުނަށް އެންމެ އައުލާކަންބޮޑީ. އެހެނީ ޤައުމެއް ފަނާވެދާއިރު ފިތިގެން ތިބުމަކީ ނުކުޅެދުންތެރިކަން
ޙުސެއިން ދީ
09 March 2017
ހަމަޖެހިފައިވަނީ މަސީހު އަށްފަހު ޔާމީނު ބޭރުކުރުމަށް. ނިހާނުވެސް ބައިވެރިވާނެކަމަށްވަނީ. މިހާރު ހުސްވާހަކަ
ޢަލީ
08 March 2017
ނިހާނު ދެކެ ބިރުގަންނަ ޕިޕީއެމް މެމްބަރަކު ނޫޅޭ މިފަހަރު މަސީހު ބޭރުކޮއްފަ ހެޔޮވަރު ބޫޓަކައް ނިހާނު އެރުމައް ނަސޭހަތްދޭނެ ގިނަމެންބަރުން ލަތީފުގެ ވޯޓުވެސް މަސީހުއާ ދެކޮޅައްލާފަ ނިހާނު ސައިޒު ކުރާނެ އިރާދަ ކުރެއްވިއްޔާ
އަލީ
08 March 2017
ކީއްކުރާނީ ތިއެންމެންތިބީ ބްލެކްމެއިލްވެފަ ނުގޮތަކައް ނޭވައެއްލިޔަސް ދުވަސްދިޔައީ ދެންކިހިނެއް ރައްޔިތުންގެ ހައްގުގަ އެއްވެސްކަމެއްކުރާނީ.
ދދ
08 March 2017
އޭނަވެސް އެއުޅެނީ ގޮޅި ނީލަން ކިޔާ ސޭލް އަޅުވައިގެން މިތާ ކޮންމެ ސީސަނެއްގައި އޮންނާނެ މިކަން!
އަނގޮޓި
08 March 2017
ނިހާނު ސައިޒު ގަ ހުރޭ
އިބުރާހިމް
08 March 2017
ގައުމަށާއި ރައީތުންނަށް ހެވެއްއެދޭ މީހަކު ހުރިއްޔާ ތި މަސީހު ވަކުކުރުމުގައި ފުރިހަމަ އެއްބާރުލުން ދޭނެކަން ޔަގީން
އައިޝަތު / ޕުރިންސިޕަލް
08 March 2017
އަޅުގަނޑުމެން ލަތީފުއަށް މިދިކެމްޕެއިނުގައި ވާނީ އެންޓި ކެމްޕެއިން ކޮށް އެކަމައް ބޮޑުހަރަދުކޮށްފައިއެވެ. ނަމަވެސް މިއަދު ލަތީފު ތިޔަދެއްކެވި ދިވެހިގައުމާއި ރައްޔަތުންވަހުދަތު ތަކުގެ ސަވަބުން ލަތީފު ތިޔައީ ހިތްވަރުގަފަ ބަތަކެއްކަމައް މުޅި ދިވެހި ގައުމު އެއަޑަކުން ގުގުމައިލައްވައިފިއެވެ. މާތްﷲގެ އިރާދަފުޅާއި ވާގިފުޅުން 2018 ގައި ލަތީފު ގާނޫނު ހަދާމަޖިލީހައް ފޮނުއްވާނީ އެއްވެސް ޚަރަދެއް އަތުންނުގޮސް ފަސޭހަކަމާއި އެކުގައެވެ. އަޅުގަނޑު މީ ދިއްދޫ އަންހެންކުއްޖަކައްވީނަމަވެސް ވަޒީފާގެ ޒިންމާއަދާކުރަނީ އަމިއްލަރަށު ގައެއްނޫން.. މާތްﷲގެ އިރާދަފުޅުން 2018 ގައި މަޖިލީސް ކެމްޕެއިނުގައި އަޅުގަނޑު އެކެމްޕެއިންނިމި ވޯޓުގެ ކަންތައް ނިމެންދެން ރަށުގައި މަޑުކުރާނަން. އުއްމީދު ކުރަން އެހެންމެމްބަރުންވެސް ލަތީފު މިދެއްކެވި ރީތި މިސާލުދައްކަވައި ރައްޔަތުންނާއި ގައުމުދެކެ ލޯބިވާ ދަރީންތަކެއްގެ މިސާލުދެއްކެވުން. އިންސާނުންނައް ފާފަވެސް ކުރެވޭނެ އެކަމައްތައުބާވުމަކީ އެއިގެ ރީތި މިސާލެއް...
ޔޯބުރޯ
08 March 2017
އައިޝަތު އަދި މާ އަވަސް ދޯ ސެލެބްރޭޓްކުރަން. މިހެން މި ބުނީ މިބޭފުޅާ ކުރިންވެސް މައުމޫނު ފަޅިއައް ވަޑައިގެންފަ މާގިނަ އިރުތަކެއް ނުވެ ޔާމީން ފަހަތައް ވަޑައިގެންނެވީތީ
ހާލަތު
08 March 2017
ލަތީފަށްވެސް އެނގޭ ލަތީފު ކިތައްމެ ހިތާ ނުވިއަސް ވޯޓް ދޭ ގޮތަކުން ލަތީފުގެ ޒިންދަގީ ހިނގައިދާނެކަން. ރެޑް ވޭވް ސަލީމަށާއި މެމްބަރު ސައުދުﷲ އަށް ހަދާލިގޮތުން ލަތީފްވެސް އަދި ދެންތިބި ބަޔަކުވެސް ހިތް ތެޅޭނެއެވެ. ފިސްތޯލައެއް ކަނޑިއެއް އެއްޗެއްވެސް އެނދު ތާން ދޮށުން ނަގައިފާނެެއެވެ. އަދި ފެންފޯއް ރުއްތައް ކަނޑާލި ގޯސްތައްވެސް ފޮނުވަފާނެއެވެ.
އާއިޝަތު
08 March 2017
ލަތީފު ހާސް ވާކަށެއްނުޖެހޭނެ، އިސްޕިރީމް ތައް ތިބީ އިސްޕިރީމް އެއްކޮޅައް މަސައްކަތްކުރުމުގެ އެއިގެ އެލާސްޓިކުސިޓީ ބަލިވެފައި ވީމާ ސުޕްރީންތައްވެސް ބޭނުންވޭ އެލާސްޓިކު ސިޓީ ވަރުގަދަ ވުމައް..