ޚަބަރު / އަހުމަދު އަދީބު

އަދީބު ދޫނިދޫ ޖަލަށް ބަދަލުކުރީ ސަލާމަތީ ސަބަބުތަކަށްޓަކައި

ކުރީގެ ނައިބު ރައީސް އަދީބު ކޯޓަށް ހާޒިރުކުރަނީ: އަދީބު ދޫނިދޫ ޖަލަށް ބަދަލު ކޮށްދިނުމަށް އެދި ހޯމް މިނިސްޓްރީން ކަރެކްޝަނަލް ސާވިސް އަށް ސިޓީއެއް ފޮނުވި. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޖަލު ހުކުމް ތަންފީޒު ކުރަމުން ގެންދާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މާފުށީ ޖަލުން، ދޫނިދޫ ޖަލަށް ބަދަލުކުރީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ސޮއިކުރައްވައި ކަރެކްޝަނަލް ސާވިސް އަށް ފޮނުއްވި ސިޓީއެއްގައި ވަނީ ވަކި ގޮތެއް އަންގަންދެން، އަންގާރަދުވަހުން ފެށިގެން އަދީބު ދޫނިދޫ ޖަލަށް ބަދަލުކޮށް ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެއީ ސިއްރު ސިޓީއެއް ކަމަށް އެނގިފައިވެ އެވެ.

އަދީބު ދޫނިދޫ ޖަލަށް ބަދަލުުކުރީ އިއްޔެގެ ވަގުތެއްގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ފުލުހުން ނުދެ އެވެ. މިކަމާ ބެހޭ ގޮތުން ކަރެކްޝަނަލް ސާވިސްގެ ބަހެއް ވެސް ނުލިބެ އެވެ.

ދޫނިދޫ ޖަލަކީ ފުލުހުންގެ ތަހުގީގަށް ބަންދުގައި ބައިތިއްބާ މީހުންނަށް ހާއްސަ ޖަލެކެވެ.

ބައެއް ވަކީލުން ވިދާޅުވި ގޮތުގައި ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކު، ދޫނިދޫ ޖަލަށް ބަދަލު ކުރުމަކީ ގާނޫނާ ހިލާފު ކަމެކެވެ.

ޕެރޯލްގެ ގާނޫނުގައި ވަނީ ވަނީ ތަހުގީގަށް ބަންދު ކުރެވޭ މީހުން ބައިތިއްބަން ޖެހޭނީ ކަސްޓޯޑިއަލް ޖަލެއްގައި ކަމަށެވެ. ތަހުގީގު ނިމި، ޝަރީއަތް ފެށުމުގެ ކުރިން ނުވަތަ ޝަރީއަތް ފަށައި ހުކުމް ކުރުމުގެ ކުރިން ކޯޓު އަމުރެއްގެ ދަށުން ބަންދުކުރާ މީހުން ބައިތިއްބަން ޖެހޭނެ ރިމާންޑް ޖަލެއްގައި ކަމަށާއި ޝަރުއީ ހުކުމެއް ތަންފީޒު ކުރަމުން އަންނަ މީހުން ބައިތިއްބަން ޖެހޭނީ އާންމު ޖަލެއްގައި ކަމަށް ގާނޫނުގައިވެ އެވެ.

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން މަސައްކަތް ކުރުމާއި ޚިޔާނާތުގެ މައްސަލަތަކުގައި ޖަލަށް ލާފައިވާ އަދީބު ހުރީ މާފުށީ ޖަލުގެ "ކޮންކްރީޓް ހޮހޮޅައެއްގައި" ކަމަށް ބުނެ ވާހަކަ ފެތުރެމުން އަންނައިރު، އެ ވާހަކަތައް ކަރެކްޝަނަލް ސާވިސްއިން ދޮގު ކުރެ އެވެ.

ރާއްޖޭގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަން ކަމަށްވާ އެމްއެމްޕީއާރުސީގެ ވައްކަމުގައި އަމަލީ ގޮތުން އެންމެ އިސް ދައުރެއް އަދާކުރެއްވުމާއި ރައީސް ޔާމީން އަވަހާރަކޮށްލަން ރޭވި ކަމުގެ ކުށުގައި ޖުމްލަ 33 އަހަރުގެ ޖަލު ހުކުމެއް އަދީބުގެ މައްޗަށް އައިސްފައިވެ އެވެ.

9 ކޮމެންޓް, 41 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 10%
icon angry icon angry 61%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖަލު

10 March 2017

ޖަލަށް އެއްވެސް ސަބަބަކާ ހެދި ލެވޭ ބައެއްގެ ބޮލާއި ތުނބުޅި މަތިމަސް ބާލުވަންވާނެ! އެމީހުންގެ ސިއްހީ އަދި ސަލާމަތީ ރައްކަލަކަށް އަދި ފިލައިފިނަމަ ފަސޭހައިން ފާހަގަވާނެ ގޮތަށް!

The name is already taken The name is available. Register?

ޢަލީ

09 March 2017

މަހުލޫފު ބުނީހަމަތެދެއް މިހާރު މިއުޅެނީ ހޮހޮޅަ ތަޅާލަން

The name is already taken The name is available. Register?

އަފިހުން ގޮއްޔެ

09 March 2017

ޤާނޫނަކަށް ޤަވާޢިދަކަށް ބަލާ ސަރުކާރެއްތަ މީ! ބޭނުންވީމަ ބޭނުން ގޮތަކަށް ކަންކުރާ ސަރުކާރެއް މިނޫނިއްޔާ ދުނިޔޭގަވެސް އޮތްހެނެއް ހިއެއް ނުވޭ، 24 ގަޑި އިރުތެރޭ ޤާނޫނަށް ކޮޅުފައިން އަރާފަވެސް މިވެރިން ހަޑިހާވާނެ، މީ ހަމަ ފެލާ ސަރުކާރު، ވޯޓެއް ނުދޭނަން، ވަރަށް ސަލާމް.

The name is already taken The name is available. Register?

ކައްކަކާކޯ

09 March 2017

ނޫނޭ މުޅިން ތިވާހަކަ ރަގަޅެއްނޫން! ބަދަލުކުރީ ހަމަ ބިރުން އިތުބާރުނެތީމަ! އިތުބާރު ހުރި ބައެއްގެ ބެލުމުގެ ދަށުގައި ބެހެއްޓުމުގެ ބޭނުމުގައި! އަދީބު ދޫވެއްޖެނަމަ ޔާމީނަށް ރޭގަނޑު ހަމަ ނިދި ވެސް ނުލިބޭނެ.

The name is already taken The name is available. Register?

ޙަސަނާ

09 March 2017

މައެންމެ އަޅައިގަތީ އެހަރަ ފޮޓޯޔައް ބިޔަބޮޑު އަދީބު ކުޑަކުއްޖަކައް ބަދަލުވެފަ ދުނިޔޭ ކަން ހިގާގޮތްދޯ ސަހަރޯ

The name is already taken The name is available. Register?

އަދީބުކަތީބު

09 March 2017

ސަލުމާނު މީ ހާދަހާ ބިރެއްގަންނަ މީހެކޭދޯ. ޖަލުގެ ތޭރިތަކުގެ ތެރޭގަ އޮންނަ މީހުންނާއި ވަކި ކުލައެއްގެ ފޮތިފޭލިތައް ދެކެ ބިރުގަންނާނީ ހާދަހާވާ އީމާންތެރިކަން ކުޑަވެ ޝައްކާ ވަސްވާސް ހިތުތެރޭގަ އުޅޫ މިހެކޭ ދޯ.

The name is already taken The name is available. Register?

ޑޫއިޓް

09 March 2017

އަދީބު ދޫނިދޫ ޖަލަށް ބަދަލުކުރީ ސަލާމަތީ ސަބަބުތަކަށްޓަކައި ނަމަ އެއީ އެއްވެސް މައްސަލަ އެއް ނޫނެވެ. ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާއިރަށް އެމެން ޖެހޭނެ ރަނގަޅަށް ކަަސްތޮޅު އަޅަން ދޯ. އަދި އެމެންގެ ހަރުގެ ވެސް ރޫޅާލާ ބިމާއި ތިރިކޮށްލާ އެތަނަށް ކަށިވެލި ލާންވީ އޭ މަމެން ބުނަން ނެތީމު އެވެ. ޔޫ ބެޓަރ ޑޫ އިޓް.

The name is already taken The name is available. Register?

އަފިހުން ގޮއްޔެ

09 March 2017

ތަބީޢީ ބޭފުޅުންގެ ޖީބުތައް ފުރާލަން ރައްޔިތުންގެ ތިޖޫރި ދަވާލާ ގޯނި ގޯނީގަ ފައިސާތައް އުފުލުމަކީ އެއްވެސް މައްސަލަ އޮތްކަމެކޭ އަހުން ބުނާކަށް ނެތީމުއެވެ، ދެން އަހުން ހީހީހީ.

The name is already taken The name is available. Register?

އަލީ

09 March 2017

އަނެއްކާ ރަސްގެފާނު އަދީބާ ބައްދަލުކުރަން އެދުނީތަ. އެއްކަލަ ސައޫދީ ބައިވެރިވާ 1 ބިލިޔަން ޑޮލަރުގެ ޑީލުގަ އެންމެ ބޮޑު ރޯލެއްކުޅުނުމީހަކީ އަދީބުތާ އެހެންވެ ގާތްވާނެކަމައް ލަފާކުރެވެނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454