ކްރިމިނަލް ކޯޓް: ވައްކަމުގެ މައްސަލާގައި މީހަކު ވަނީ 15 ދުވަހަށް ބަންދުކޮށްފައި --- ފޮޓޯ/މިހާރު
12 ޖެނުއަރީ 2025 - 13:01
ވައްކަމުގެ މައްސަލައެއްގައި ގޭ ބަންދުގައި ހުރި މީހަކު އަނެއްކާވެސް ދެވަނަ ފަހަރަށް ވައްކަން ކޮށްގެން ހައްޔަރުކޮށްފި އެވެ.
އެ މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ މާލެއަށް ނިސްބަތްވާ ފިރިހެނެކެވެ. އޭނާއަކީ ވައްކަމުގެ މައްސަލައެއްގައި މީގެ ކުރިން ވެސް ގޭބަންދު ކުރަން ހުކުމް ކޮށްފައިވާ މީހެކެވެ.
ކްރިމިނަލް ކޯޓު އަމުރުގައި ބުނެފައި ވަނީ ފުލުހުން އޭނާ ހުއްޓުވިއިރު އޭނާގެ އަތުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފޯނުތަކެއް ފެނިފައިވާ ކަމަށެވެ.
އެ ވަގުތު އޭނާ ބުނެފައި ވަނީ އެއީ ރަހުމަތްތެރިއަކު ވިއްކަން ހަވާލު ކުރި ފޯނުތަކެކެވެ. އެހެން ނަމަވެސް ޝަރީއަތުގައި އެއީ އެތަނުގައި ހުރި ކާޓެލްއެއް ފުލުހުން ބަލާ ފާސް ކުރަނިކޮށް ބޭރަށް ނެރެފައި ހުރި ދަބަހެއްގެ ތެރެއިން ނެގި ފޯނުތަކެއް ކަމަށް އޭނާ ބުނި ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.
އޭނާ އެހެން ބުނި ނަމަވެސް އެ ސަރަހައްދުގައި ހުރި ސީސީޓީވީ ފުޓޭޖުން އޭނާ ފިހާރަ ދޮރަށް ގެއްލުން ދޭ މަންޒަރާއި ފިހާރަ ހުންނަ ސަރަހައްދުން ހިނގާފައިދާ ތަން ފެންނަ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.
އޭނާ ގެއިން ބޭރުގައި އުޅުނީ ބެލެނިވެރިއަކާ އެއްކޮށް ކަމަށް ކޯޓުގައި ބުނި ނަމަވެސް، ސީސީީޓީވީ ފުޓޭޖުން ފެންނަނީ ފެންނަނީ އޭނާ އެކަނި ހުރި މަންޒަރު ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.
އެހެންވެ، ކްރިމިނަލް ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދުުކުރަން އަމުރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭކާރުކަންތައް
12 January 2025
ކޮންގޭބައްދެއް. ހުކުމް ބަދަލު ކުރަން ތިލަފުށީ މަސައްކަތް. އެ ހެވެއްނު ސިމެންތި ގާއެވިއަސް ނޫނީ ރިޕެއަކުރަ އެހެލާ އުޅަދުގެ ދަބަރު ތަޅަން ނަމަސް. މުއްދަތު ހަމަވާއިރު ފަހަރުގެ މަސައްކަތެއް ކޮއްގެން ލާރިހޯދާ ހިތްވެސް ޖެހިދާނެ ކަންނޭގެނު. އެހެން ނޫނަސް ކުދިކުދި ތަންކޮޅުގަ އުޅޭތިމާގެ މީހުނަށް ޖައްސާ ތުރާލަކަށް ކުއްވެެރިން ނުހައްދަވާ
ކެމެރާ
12 January 2025
ގޭބަންދުގައި ހުރިމީހަކު ވައްކަން ކުރާނީ އެގެއިންތާ؟
ލޮއްލަ
12 January 2025
“ ކާޓެލްއެއް ފުލުހުން ބަލާ ފާސް ކުރަނިކޮށް ބޭރަށް ނެރެފައި ހުރި ދަބަހެއްގެ ތެރެއިން ނެގި ފޯނުތަކެއް ކަމަށް އޭނާ ބުނި” ފުލުހުން އޮޕަރޭޝަނެއް ހިންގަމުން ދިޔަވަގުތު އެތަނުން ވަށްކަން ކުރިވާހަކަތަ މިބުނަނީ..؟ އެހެންވިޔާ މިސޮރަކީ ވަށްކަމުން ޕީއެޗުޑީ ހަދައިގެން ހުރިސޮރެއް..
ރާވެރިބެ
12 January 2025
ގޭބަންދަކީ ޒަމާނަށް ނުފެތޭ އަދަބަކަށް ނުވާ "ޗުއްޓީ" އެއް. މިހާރުން މިހާރަށް އަދަބެއްގެ ގޮތުން ގޭ ބަންދު ކުރުން ހުއްޓާލަން ޖެހޭ.