ސައުދީ ރަސްގެފާނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ރާއްޖެ އައި މަނަވަރު..--ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
10 މާޗް 2017 - 15:16
މި މަހުގެ ތިން ވަނަ ހަފުތާގައި ރާއްޖެ ވަޑައިގަންނަވާ ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އެ ގައުމުގެ މަނަވަރެއް ރާއްޖެ އަތުވެއްޖެ އެވެ.
މާލެ އާއި ދޫނިދޫ އާ ދެމެދު އަޅާފައި އޮތް "ބޮރައިދާ902" ނަމަކަށް ކިޔާ އެ މަނަވަރުގައި ދެ ހެލިކަޕްޓަރެއް ވެސް އޮވެ އެވެ. އެނގިފައިވާ ގޮތުގައި މި މަނަވަރު ރާއްޖެ އައީ އިއްޔެގަ އެވެ.
ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވަނީ އޭޝިއާގެ ފަސް ގައުމަކަށް ފައްޓަވާފައިވާ ދަތުރުފުޅުގަ އެވެ. މި ދަތުރުފުޅުގައި ރާއްޖެ ވަޑައިގެން ދެ ގައުމުގެ ރަސްމީ ބައްދަލުވުންތަކަށް އެއް ދުވަސް ހޭދަކުރައްވައި، ރާއްޖޭގެ ރިސޯޓެއްގައި ފަސް ދުވަހު ޗުއްޓީ ހޭދަކުރައްވަން ވަނީ ނިންމަވައިފަ އެވެ.
ސަލްމާނަށް ރަސްކަން ލިބިވަޑައިގަތުމުގެ ކުރިން، ޑިފެންސް މިނިސްޓަރު ކަމުގައި ހުންނެވިރު، ފެބްރުއަރީ 2014 ގައި ރާއްޖޭގެ ރިސޯޓެއްގައި ވަނީ އަގު ބޮޑު ޗުއްޓީއެއް ހޭދަކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮއްޔެ
11 March 2017
އިސްލާމީ މައި މަރުކަޒަކީ ސަޢުދީ އަށް ވެފައި ދުނިޔޭގެ ޤައުމުތަކުގައި މުސްލިމުން ކަތިލަމުން، މަރަމުން، އަންދަމުންދާ އިރު އެކަމަށް ސައުދީ ރަސްގެފާނުގެ ސަމާލުކަމެއް އައިތަނެއް ފެނިގެނެއްނުދޭ. މިޔަންމާގެ ސަރުކާރުންވަނީ ރޮހިންގޔާގެ މުސްލިމުންނަކީ އެޤައުމުގެ ބައެއްގެ ގޮތުގައި ބަލައިގަންނަން ދެކޮޅު ހަދާފައި. އަދި އެއްވެސް ކުށަކާއި ނުލައި އެބައިމީހުންނަށް ބޮޑެތި އަނިޔާތަކެއް ދެމުންދާއިރު އެކަމާ ސައުދީން އެއްވެސް އެއްޗެކޭ ނުބުނޭ. އެކަމަކު ބައިތުލްމާލަށް ވަންނަ ފައިސާއިން ރަސްގެފާނު، ގުނާ ޢަދަދުނުކުރެވޭ ވަރަށް ފައިސާ ޚަރަދުކުރަމުން އެދަނީ އެމަނިކުފާނުގެ މުނިފޫހި ފިލުވުމަށް. އެއީ ހަމައެކަނި ސަޢުދީގެ ފައިސާއެއްނޫން. އެޤައުމަށް ލިބޭ ހުރިހާ ފައިސާއެއްގައި އެންމެހާ މުސްލިމުންނަށްވާ ޙައްޤުތަކެއްވޭ. ކީއެވެގެންބާ އެކަމާމެދު އެމަނިކުފާނު ވިސްނިވަޑައި ނުގަންނަވަނީ؟؟
ރަދީފް
11 March 2017
ސަލްމާން އެއީ ރަސްގެފާނެއް.އަހަރުމެން ކުޑައިރު ކިޔާ ކުދި ވާހަކަ ތަކުގަވެސް ރަސްގެފާނުގެ އިއްޒަތް އަދި ރައްކާތެރިކަން އެއީ ވަރަށް ހާއްސަކަމެއް ދެވިފަވާ އެއްޗެއް. ސަލްމާން އެއީ ރައީސެއް ، ބޮޑުވަޒީރެއް އަދި މަޖްލިސް މެމްބަރެއްނޫން.އެހެންވީމަ ސެކިއުރިޓީވެސް ވަރުގަދަވާނެ. ބިލް ކްލިންޓަން ވެރިކަމުގަ 23 މާރިޗް 1998 އިން 2 އެޕްރީލް 1998 އަށް އެފްރިކާއަށް ކުރެއްވި ދަތުރުގެ އަގަކީ 70 މިލިއަންޑޮލަރު. އަދި ބަރަކް އޮބަމާގެ ވެރިކަމުގަ 26 ޖޫން 2013 އިން 02 ޖުލައި 2013 އަށް އެފްރިކާއަށް ކުރެއްވިދަތުރުގެ އަގަކީ 105 މިލިއަން ޑޮލަރު. މިނަންގަނެވުނު ބޭފުޅުން އެއީ ދުނިޔޭގެ ވަރުގަދަ ލީޑަރުން.އެހެން ވީމަ އަދަދުވެސް ބޮޑުވާނެ. މިހުރިހާ ކަމަކަށް ބަލާފަ ރަސްގެފާނުގެ ދަތުރުފުޅުގެ އަގު މަތިވާނެ.އެބޭފުޅާއެއީ ހުރިހާ މުސްލިމުންގެ ބޭބެ. ވ.ވެދުން
ނޫރޭ
11 March 2017
ބަލަ ކޮބާ މައްސަލައަކީ ރަސްގެފާނަކީ ގައުމެއްގެ ވެރިއެއް. ކީއްވެގެން ބާ ކަލޭމެނަށް މައްސަލަ އަކަށް ނުވަނީ އެމެރިކާގެ ރައީސް ދަތުރު ކުރައްވާއިރު އޮންނަ ކަންތައްތަކުގެ ވާހަކަ. މަނަވަރު، ސީކްރެޓް ސާވިސް، ސީއައިއޭ، އެފްބީއައި. މި ނަންތަކުގެ އެޑްވާންސް ޓީމުތައް ކުރީބައިގައި ގޮސް ތިޔައަށްވުރެ މާބޮޑު ހޭދަކުރޭ. އަޅެދޭބަލަ ޕޮޕް ނުވަތަ ރޯމުގެ އެންމެ އިސް ފާދިރީގެ ދަތުރެއް ހިނގާ ގޮތް ބަލައިލަން. ކިމިތަށް މިލިއަން ޑޮލަރުތޯ ހޭދަވަނީ. ސެކިއުޓީ ހުންނަނީ ކިހިނެއްތޯ؟ އަޅެ މި ދިވެހިން މިތިބެނީ ކީއްވެފަ ތަ؟
ރޫނޭ
11 March 2017
އެމެރިކާގެ ރައީސަކީ އިސްލާމީ ގައުމެއްގެ ވެރިކަންކުރާ އިސްލާމެއް ނޫން. ތިޔަ ބުނަނީ ދެ ހަރަމު ހުންނަ ގައުމުގެ އިސްލާމީ ވެރިންވެސް މިސާލު ނަގަންޖެހެނީ އެމެރިކާގެ ރައީސްގެ އުޅުން ހުންނަގޮތުންނޭތަ؟ އަހަރެމެން ގަބޫލުކުރަނީ ސައުދީ ރަސްގެފާނު މިސާލު ނަގަން ޖެހޭނީ ކީރިތި ރަސޫލާ އަދި ރާޝިދޫންގެ ހަތަރު ހަލީފާގެ ދިރިއުޅުއްވުމުން،
ސޮރު
11 March 2017
ސައުދީގަ ތީބޭނީ އެމެރީކާމީހުން އެމެރީކާގަ ތީބެ ރީމޯޓުކޮންޓުރޯލުން ބޭނުންގޮތަކައް ހީނގާލެވޭ ކަހަލަ ފަޅޯ ހަތީޔާރު.. އެހެންތާވާނީ.. ހަގީގީ ކުރީއެރުމެއް ނުގެނެވުނު ވީއްޔާ..ހަމައެކަނީ ކުރެވޭ ކަމަކީ ރޯޔަލް ފެމެލީއައް ވަންނަހާ ތެޔޮަލާރީއައް ބޮޑެތީ އީމާރާތް އެޅުމާއީ ތަކެތީ އީމްޕޯޓު ކުރުން މަދު އެއްޗެއް ނޫނީ ސައުދީއަކޫ ނުއުފެއްދޭ.. އެހެންވީމަ އަހަރެމެން ބުނަނީ ސައުދީގެ ކީންގުޑަމް ފޭލީވެއްޖެއޭ.. އެމެރީކާމީހުން ބޭނުންގޮތެއް ހަދާލަން އޮންނަ ބުދެއްފަދަ..
ބޮޑުގޮހޮޑާ
11 March 2017
ބަލަ ސޮރާ! މުޅިޔޫރަޕާއި އެމެރިކާ ކުޅެލަން އެންމެ ބޭނުން ކަންތަކާ އެމީހުންނަށް ތިޔަބޭފުޅާ ހިމެނޭގޮތަށް މިސައްތައިން ސައްތަ އިސްލާމީ ގައުމާއި އަދި އެހެނިހެން ހުރިހާ ގައުމަކާ އޮތީ ކުޅެލާފަ!! ސަޢޫދީ ޢެރެބިއްޔާ ނޫނީ. އެއިން އެއްވެސް މީހަކަށް އެގައުމުގެ އިސްލާމީ ޝަރީޢަތާ ކުޅުމުގެ އެއްވެސް ފުރުޞަތެއް ނެތް! الحمد لله!! އެއާކުޅެލާ ހަލާކުކޮށްލުމަށްވުރެ ބޮޑު ޕަޕެޓްވުމެއް ފޭލިވުމެއް ކޮބާ! ދެން ފަޅޮލޭ ނުކިޔާ ތިމާގެ އަމިއްލާ ދީނީ ޙާލަކީ ކޮބައިތޯ ބަލާ އަމިއްލަ ނަފްސާމެދު އޯގާތެރިވެ ތިޔަނިކަމެތި ބޮލުން ފަރުބަދައެއްގައި ނުތަޅާ މަޑުން ހުރެވޭތޯ ބަލާބަލަ!!
ސޮރު
11 March 2017
އޭބޮޑު ގޮހޮޑާ ކަލެއައް އީނގޭތަ ސައުދީގެ ނުވަދީހައީން ސައްތަ ހަޔީޔާރާއީ ހަނގުރާމަ މަތީންދާބޯޓު ގަންނަނީ އެމެރީކައއީންކަން. އަދީ ކަލެއައް އީނގޭތަ އެމެރީކާއީންދޭ ހުރީހާހަތީޔާރެއް ހުންނަނީ ޔޫއެސް މީލީޓަރީ އައް ވުރެ ފެންވަރު ދެރަ ކޮއްފަކަން..އަދީ ހަތީޔާރު ބޭނުން ކުރަންޖެހޭގީގޮތުގެ އެއްބަސްވުމަކާއީއެކު އެތަކެތީ ވީއްކާއީރު ދޭ އެގުރީމަންޓުގެ ދަށުން އެމެރީކާއައް އެތަކެތީ ބޭނުންކުރެވޭގޮތާއީ ތަންތަން ކަނޑައެޅޭގޮތައް މާއްދާތަކެއް ލާފައީ ހުންނަކަން.. ބުނަންތަ ނޭގޭ ކަންކަމުގެ ތެރެއައް އަނގަ ވައްދައީގެން ފައީން ދޮންވެލީނުފީލައީ ދުނީޔެ ހީނގާގޮތްނޭގޭ ކަނޑުކޮހުންގެ ސަބަބުންނޭ ގައުމުގެ ހާލަތުވެއްޓީގޮސް މީނީވަކަންގެއްލެނީ..
ބަނގަ ބޮންދު
10 March 2017
ބަންކަރު ބޯޓަކާ ހާދަ ވައްތަރޭ، ތެލުގެ ޝިޕްމަންޓެއް ފޮނުވީބާ އަނެއްކާ؟
މެންޓަލް ކޭސް
10 March 2017
ރަސްގެފާނުގެ ދީލަތި ކަމުން ތި އަގުބޮޑު މަނަވަރު ރާއްޖޭގެ ސަލާމަތީ ކަންތައް ބަލަހަޓަން ދިވެހި ސަރުކާރަށް ހަދިޔާ ކޮށްފިއްޔާ ވަރަށް ރަނގަޅު
އަހުމަދު
12 March 2017
ހަދިޔާ ކޮށްފަކަންނޭގެ ވަޑައިގަންނަވާނީ މިރާއްޖޭގައި މިފަދަ މަނަވަރެއްނެތީމް. ދަތިފުޅުވާނެ ދެން ވަޑައިގަންނަވާއިރު .
ކަތީބުއްއަދީބު
10 March 2017
ދޫނިދޫ ކައިރީ ތިމަނަވަރު އޮތުމާ ދޫނިދޫ ޖަލަށް އަދީބު ބަދަލުކުރުމާ ގުޅުމެއްވޭބާ؟ ސައުދީ ސިފައިން އަދީބާ ސުވާލުކުރަން ބޭނުމީބާ އަނެއްކާ ކުރިން ހަދައިފާވާ ފައިސާގެ މުއާމަލާތްތަކަކާމެދު؟
ކޮށްބަލަ
10 March 2017
ސައުދީ ރަަސްގެފާނު ރާއްޖެ އަށް ވަޑައިގެން ރާއްޖޭގައި ޗުއްޓީ ހޭދަ ކުރައްވާ ދުވަސް ތަކުގައި ޖެހޭނެ ވަރަށް ރަނގަޅަށް ވެލާނާ އެއާރޕޯޓް ވެސް ބަލަހައްޓަން. އެއްވެސް އަފްއާނޭ އަކަށް އަދި ޕާކިސްތާނޭ އަކަށް ވެސް އަދި ޔަމަނޭ އަކަށް ވެސް އަދި އިރާނޭ އަކަށް ވެސް އަދި ލީބިއާނޭ އަކަށް ވެސް ރާއްޖެ އަށް ދެން އެތެރެވުން މަނާ ކުރަންވީ ސައުދީ ރަސްގެފާނުގެ ދަތުރު ފުޅު ނިމެން ދެން. ސައުދީ ރަސްގެފާނު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރައްވާ ރިސޯރޓް ތަކުގެ ވަށައިގެން ކަނޑުގެ އަޑިއަށް ދަންދެން އެމްއެން ޑީއެފްގެ ޑައިވަރުން ޑައިވް ކޮށް ބަލަން ޖެހޭނެ އެވެ. އަދި އިިދިކޮޅު ކްރިޓިކްސް ގެ މަތިހަމަ ނޫންގެ ލައިވް ޕްރޮގްރާމްސް ތައް ވެސް ދެއްކުން ސަސްޕެންޑެޑް އަދި އެމެންގެ ދެ ބްރޯޑް ކާސްޓިންގް މީޑިއާ އަށް ޓީވީއެމް އިން ދީފައިވާ ލައިވް ފީޑް ވާގަނޑު ވެސް ބުރި ކޮށްލަންވީ އެވެ. އެއިރުން ހުންނާނީ ރަނގަޅަށެވެ.
މިހެންހަދާބަލަ
11 March 2017
ކޮންމެހެން ވަކި ގައުމެއްގެ މީހުން އައުން މަނާކުރާނެ ކަމެއްނެތް. ތި ފާނެއް ރާއްޖެ އެރުމާއެކު އެެއަރޕޯޓް އެއްކޮށް ބަންދުކޮއްލަންވީ. ތި ރަސްގެފާނަ ބަންދުކުރާ މުއްދަތަށް ފައިސާ ދޭކަށް ޖެހިލުމެއް ނުވާނެނު؟
ދީއްދޫ ބެއްޔާ
10 March 2017
ސީފައީންނާއީ ފުލުހުންނައް ބުނެލަންއޮތީ.. ތީޔާކުދީން ތީބޭށޭ ނީކަން ރަނގަޅައް ކަނޑުގެރީކައީގެން ގައީގަ ކާސްޓުރޯލް ތެޔޮލައީގެން ގަދައައް ދޮހައީލައީގެން ބަޔަކު މީގައުމުގެ އީސްތީގުލާލު ނަގާލާމަންޒަރު އެޗްޑީ ޓީވީ އީން ބަލަން. ބެއްޔާމެން ބުނާނެ އީތުރުއެއްޗެއްނެތް.. މީގައުމު ބަޔަކު ސަތަޔާނާސު ކުރީޔަސް.
ފާފު އަތޮޅު
10 March 2017
މަނަވަރު ދާނީ ފާފު އަތޮޅު ކަފު ޖަހާގެން ސައޫދީއައް