ޔާމީން (ކ) އަދި ފާއިދު
14 ފެބުރުއަރީ 2025 - 19:29
ގެދޮރުވެރިޔާ/ބިންވެރިޔާ ސްކީމާ ގުޅޭ ގޮތުން ހިންގާ ތަހުގީގާ އެކު، މަސްއޫލިއްޔަތުތަކުން ސަސްޕެންޑްކުރި އެ ކުންފުނީގެ ޗީފް ފައިނޭންސް އޮފިސަރު (ސީއެފްއޯ) އަބްދުﷲ ފާއިދާއި ޗީފް ބިޒްނަސް އޮފިސަރު އަދި މީޑިއާ ޑިޕާޓްމެންޓްގެ ހެޑް އަހުމަދު ޔާމީން މަގާމުން ވަކިކޮށްފި އެވެ.
ފާއިދާއި ޔާމީން ވަކިކުރި ސަބަބާއި އެ ދެ ބޭފުޅުންގެ މައްޗަށް ކުރާ ތުހުމަތުތަކާ ގުޅޭ ގޮތުން އެޗްޑީސީން މިހާތަނަށް އެއްޗެއް ނުބުނެ އެވެ.
ފާއިދާއި ޔާމީން ސަސްޕެންޑްކުރީ ގެދޮރުވެރިޔާ/ބިންވެރިޔާ ސްކީމާ ގުޅޭ ގޮތުން ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ މައްސަލަތައް ބަލަން ފެށުމާ އެކު އެވެ. އެކަމަކު އެ މައްސަލައާ އެ ދެބޭފުޅުންނާ ގުޅުން އޮތް ކަމެއް އަދި ސާފެއް ނުވެ އެވެ.
ފާއިދާއި ޔާމީން ހިމެނޭ ގޮތަށް 15 މުވައްޒަފަކު މިދިޔަ އަހަރުގެ ޑިސެމްބަރ މަހު މަގާމުން ވަކިކުރި ނަމަވެސް ވަކި ހިސާބަކުން އެ އެންމެންގެ ވަޒީފާ އަލުން އިޔާދަކުރި އެވެ. އެކަމަކު، މައްސަލަތައް ބަލައި ނިމެންދެން ތިބީ ސަސްޕެންޑްކޮށްފަ އެވެ.
ބިންވެރިޔާ ސްކީމާ ގުޅޭ ތަހުގީގަށް ސަސްޕެންޑްކުރި ބައެއް މީހުންނަށް އެޅި ފިޔަވަޅުތައް އުވާލާފައިވާކަމަށް އެޗްޑީސީން ކުރިން ވަނީ ބުނެފަ އެވެ.
ބިންވެރިޔާ ސްކީމްގެ ޝަރުތު ހަމަނުވަނީސް އެޗްޑީސީގެ އޭރު މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ އެމްޑަބްލިއުއެެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދަށް ގޯއްޗެއް ދިން މައްސަލަ ފަޅާ އެރުމާ އެކު، އޭސީސީ އާއި ފުލުހުން ވަނީ ބޮޑު ތަހުގީގެއް ފަށައިފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން ފަޒުލް ސަސްޕެންޑް ކުރުމާ އެކު، އޭނާ މަގާމުން އިސްތިއުފާ ދެއްވި އެވެ.
އެކަމަކު، އެ ތަހުގީގުގެ އެއްވެސް ތަފުސީލެއް ކަމާ ގުޅޭ އިދާރާތަކުން މިހާތަނަކަށް ހާމައެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޮޅުއަށި
16 February 2025
ނުހައްގުން ހޯދާފައިވާ ހަރުމުދާވެސް ސަރުކާރަށް ނެގެންޖެހޭނެ،ކޮންމެ މީހެއްގެ ފުލެޓާއި ކާރާއި ގޯތި މީބޮޑުވަރު
އަލިތަކުރު
15 February 2025
ފުލުހުންނަށް ތިކަން ރަނގަޅައް ތަހުގީގު ކުރެވިދާނެކަމާމެދު ޟައްކު. އެތާގަވެސް ކޮރަޕްޟަން. ރައްޔިތުންނަށްޓަކާ މަސައްކަތްކުރާ ބަޔެކޭ ބުނާހިތެއްނުވޭ.
ބަޖީ
15 February 2025
ދެން ފެންނާނީ ސްޓޭޓް މިނިސްޓަރު ކަމުގަތިއްބާ
ފޮނިޓައްޕު ހަސަނު
15 February 2025
ވަކި ކުރުން މާލަސްވެއްޖެ. އެތަކެއް ސަތޭކަ މިލިއަން ރުފިޔާ ދިރުވާލީ ފެންފޮދަކާއި ނުލައި.
އަަހުމަދުއަލޯ
15 February 2025
ތިއީ ފަޒުލް އާއެކު ފެންކުންފުނީގަ ކާން އުޅުނު މީހުން،
ޒައިކް3
16 February 2025
ހުރިހާ ދިމާލެއްގަވެސް ހޭކޭ އެމްޕީއެލް، އެމްޓީސީސީ މިފްކޯ.. އެއްތަން ދަވާލާފަ އަނެއްތަަނަށް..
ޝެލަރީ
15 February 2025
އެއްވެސް ސަރީއަތެއް ތަހުގީގެއްވެސްނެތް ދެއްތޯ؟ ވަޒީފާއިން ވަކިކުރީމަ ނިމުނީތޯ ކޮބާތޯ ރަށްޔިތުންގެ މުދަލުން ވައްކަންކުރީމަ ނުވަތަ ހިޔާނާތްތެރިވީމަ ޤާނޫން ބުނާގޮތަކީ؟
ޙަޑަ
15 February 2025
އެތަން އޮޑިޓްކޮށްފައި ވައްކަންކޮށްފައިތިބި އެންމެން ކަޑާލަންޖެހޭ. އެތަނަކީ ކޮރަޕްޝަނާއި ވައްކަމުގެ ބޮޑުތަނެއް
އިސްމާލު2.0
15 February 2025
ދެންވެސް ޗާޓަޑް އެކައުންޓަންޓަކަށް ވާން ހިތުނިޔަތް ގަނެގެން އުޅޭ ކުޑަކުއްޖަކު ސީ.އެފް.އޯ އަކަށް ނަހަދާތި. ތަޖުރިބާކާރު ޗާޓަޑް އެކައުންޓަންޓުން ދިވެހިންގެ ތެރޭ އެކަށީގެންވާ ވަރަކަށް މިހާރު އެބައުޅޭ. އަދު ހިސާބާ ކިތާބަ ބަލަން ނޭނގުމުން، މިދެގޮތުން ގެއްލިދާ ތަކެތި އެނގުމެއް ނެތޭ.
ވައްކަން ހުއްޓުވަންޖެހޭ
14 February 2025
އަޑުއިވެނީ ބިމުގެ އިތުރަށް ވަރަށް ގިނަ ތަންތަނުން ނުއަގުގާ ނޫނީ ހިލޭ އެޕާޓުމެންޓު ހޯދާ، އަދި އެތަކެއް އެކި ފާޑު ފާޑުގަ މަންފާ ނަގައިގެން އުފަލުގަ ( އެފްއޭއެމް ބައްސާމު ގޮތަށް ) އުޅޭ ވާހަކަ.. ވައްކަން ހުއްޓުވަންޖެހޭ.. ވައްކަން ކުރަން ބިރުގަންނަން ޖެހޭ..
ޒައިކް23
14 February 2025
ތިޔަ އެޗުޑީސީގަ އިސްކޮށް ނޫޅޭ ތިޔަ ނޫން މީހަކު.. 2 ނޫނީ 3 ލަގްޒަރީ އެޕާޓްމަންޓުު ނެތް މީހަކު ނޫޅޭކަމަށް ވަނީ.. އެކަންކަން ބަލާނެ މުއައްސަސާއެއް ލިޔެލާނެ ނޫހެއްވެސް ނެތް..
މަންމަނު މިޔާ
14 February 2025
ސަރުކާރުގެ ކުންފުނިތަކުން ދަވާލާ ހަފުސް އަރުވަމުން ދާ އިރު ވެސް ހިތާމަ ކުރާނެ އައުލާދެއް މި ބިމުގައި ހުރި ކަމަށް ބުނެފައި އަންގާފައި ނުވާތީ އެއީ އުފާކުރަން ޖެހޭވަރުގެ ކަމެއް!