ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު: އޭނާ މާދަމާ ޖޭއެެސްސީއަށް ހާޒިރުވެ ވަޑައިގަންނަވަންޖެހޭ ކަމަށް ބުނެފައި ވިޔަސް ހާޒިރުވާން ޗިޓެއް ނުފޮނުވާ. -- ފޮޓޯ: މިހާރު
10 މާޗް 2025 - 00:48
ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށް ސަސްޕެންޑް ކޮށްފައިވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު މާދަމާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރުކުރާނެ ކަމަށް ކުރިން ބުނި ނަމަވެސް ހާޒިރުވުމުގެ ޗިޓް ނުފޮނުވާކަން އެނގިއްޖެ އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ އަޒްމިރަލްދާގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ސަސްޕެންޑްކޮށްފައި ވާއިރު އެ ދެ ފަނޑިޔާރުންނާ ގުޅޭ ދެ މައްސަލައެއް ދަނީ ބަލަމުންނެވެ.
އަޒްމިރަލްދާގެ ފިރިކަލުން ބަންދުކޮށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދުން ދޫކޮށްލަން އެ ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގައި މިއަދު މަހާޒް ހާޒިރުކޮށްފައި ވާއިރު މާދަމާ އަޒްމިރަލްދާ ހާޒިރުކުރަން ވެސް އޮތީ ނިންމައިފަ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި މާދަމާ ހާޒިރުވުމުގެ ޗިޓެއް އަޒްމިރަލްދާ އަކަށް ނުފޮނުވަ އެވެ. އަދި އޭނާ ހާޒިރުކުރާނެ ދުވަހެއް ވެސް ނޭނގެ އެވެ.
ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލިހެއްގައި މަހާޒު އާއި އަޒްމިރަލްދާ ތިއްބެވި މައްސަލައެއް ބަލަން ވެސް ޖޭއެސްސީން ނިންމާފައިވެ އެވެ. އެ މައްސަލައިގައި އަދި ހާޒިރުވާން އެއްވެސް ފަނޑިޔާރަކަށް ނާންގަ އެވެ.
ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގައި އަޒްމިރަލްދާގެ ވަކީލުން ވަނީ އެއީ އަސްލެއް ނެތް ތުހުމަތުތަކެއް ކަމަށް ބުނެފަ އެވެ. އެ މައްސަލައާ ގުޅިގެން އެއްވެސް ފަނޑިޔާރަކަށް ގުޅާފައި ވެސް ނުވާނެ ކަމަށާއި އެއްވެސް ބާވަތެއްގެ ނުފޫޒެއް ފޯރުވާފައިނުވާނެކަން ބަޔާންކޮށް ތަފްސީލާ އެކު ޖޭއެސްސީއަށް ސިޓީއަކުން އަންގާފައިވާނެ ކަމަށް ވަކީލުން ވަނީ ވިދާޅުވެފަ އެވެ.
މަހާޒް މިއަދު ޖޭއެސްސީއަށް ހާޒިރުކުރުމުން ވަނީ ނުފޫޒު ފޯރުވައިގެން ބަންދުން ދޫކޮށްލި ކަމަށް ބުނާއިރު އަޒްމިރަލްދާގެ ފިރިކަލުން ބަންދުކުރިކަން އެނގިވަޑައިގަތް އިރު އޭނާ ހުރީ ބަންދުން ދޫކޮށްލާފައި ކަމަށާއި އެހެންވެ ނުފޫޒެއް ފޯރުވަންޖެހޭ ހާލަތެއް ވެސް ނެތް ކަމަށް ވިދާޅުވެ ބަޔާން ދެއްވައިފަ އެވެ. އަދި އެކަމުގައި ކްރިމިނަލް ކޯޓުގެ އެއްވެސް ފަނޑިޔާރަކަށް ގުޅައި ނުފޫޒެއް ފޯރުވާފައި ނުވާ ކަމަށް ވިދާޅުވި ކަމަށް މަހާޒްގެ ވަކީލް ވަނީ ވިދާޅުވެފަ އެވެ.
ސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ މިދިޔަ ހަފުތާގައި ސަސްޕެންޑްކުރީ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމުގެ މައްސަލާގައި ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ތާވަލްކޮށް، އެ އަޑުއެހުން ފަށަން 15 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށެވެ. އޭގެ ފަހުން ސުއޫދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
އަދި ހަމަ މި ވަގުތާ ދިމާކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް ދަށްކުރަން ކޯޓުތަކުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ވަނީ އިސްލާހު ގެނެސް ފާސްކޮށްފަ އެވެ. އެކަމަކު އެ އިސްލާހު އަދި ތަސްދީގެއް ނުކުރައްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙުސައިންބެ
10 March 2025
ޢަދި އޭ.ސީ.ސީ ޖޭ.އެސް.ސީ ގުޅިގެން އެފައްދާ މައްސަލަ ތަކުގައި ދެކޮޅު ނުޖޭހޭ ގޮތްތަކެއް ފެންނާތީ މަޝްވަރާކުރާތީ ލަސްވަނީ ... މައްސަލަތައް ސެޓިން ހެދުނީމަ ޗިޓްފުނުވާނެ.
އެކަލޯ1
10 March 2025
މިހާފާޅުކަން ބޮޑުކޮށް މައްސަލައަކަށް ހުރަސްއެޅި ސަރުކާރެއް އުމުރުގަވެސް ނުދެކެން. 6 ސަރުކާރެއް ފެނިއްޖެ. އިހްލާސްތެރިކަމުގެ ޒައްރެއްގެ މިންވަރުވެސް މިސަރުކާރުގަ ނެތް.
އަންދަލޫސިޔާ
10 March 2025
ޢާންމުންނަށް ހުޅުވާލައިގެން މައްސަލަ ބަލަން ގޮވާލީމާ މޭކަރައިގެން އަމުރު ފޮނުވަން ނުކެރުނީ؟
ސޭކުން
10 March 2025
ބަލަ ނުފޮނުވަންޏާ އޭގެ މާނައަކީ އަދި ދާން ނާންގަނީއޭ. ޜޮއެގެންތަ އެތަނަށް ވެސް ދާންވީ؟ ކިތަށް އާއްމުން ކޯޓަށް މައްސަލައަށް ނުކިތައިގެން ގޭގައާއި ޖަލުގަ އެބަ އުޅޭ؟ ގާޒީއެއް ވީމަ ޓަސްލާފަ ނިންމަން ޖެހޭތަ؟
ޢަލްޓިކޯ
10 March 2025
ސުއޫދު މީ އިސްތިއުފާ ގްރޫޕް ބޭފުޅެއްދޯ ހާދައަވަހަކަށޭ ދޫކޮށްލީ.ތުހުމަތެއް ކޮށްލާ އިރަށް ހޫނުފެން އެއްޗެއްގަ ފައޖެހުނުހެން އެދުއްވާގަތީ ގެއަށް ނިކަން ކުރިމަތިލާ ހުރިހިތްވަރު ދައްކާލިނަމަ
ވަސްވާސްގެ
10 March 2025
ސުއޫދު އުޅުއްވަނީ އާލާސްކަންފުޅެއްގެ. މިވަގު އެޕްރެޝަރ ނުނަންގަަވަންވެގެން އެއިސްތިއުފާ ދެއްވީ...މަގާމާއި ޖާހުގެ ބޭނުމުގައި ނަމަ އަދިވެސް ހުންނާނާނެ.
ޛޯޖޫ
10 March 2025
ކަލޯ ދިވެހިންނޭ ބަގުޑިބައްދައިގެން ތިބެނީ ދުނިޔޭގަ އެއްވެސް ތާކު ކުރާކަމެއް ނޫނޭ ތުހުމަތެއް ކުރިއަސް ސާބިތުވިއަސް އިސްތިއުފާ ނުދީ ތިބުމަކީ ތުހުމަތެއް ކުރެވޭ އިރައް އިސްތިއުފާ ދިނުމަކީ ރީތި ސިފައެއް
އޮނަރަބްލް އަފީފު ދީދީ
10 March 2025
ޑރ އަޒްމިރަލްޑާ އާއި މަފާޒް ގެ އިތުރުން ސުޕްރީމްކޯޓް ބެންޗްގައިއިންނެވި އެންމެތަޖުރިބާކާރު ފަނޑިޔާރު ކުރީގެ މަޝްހޫރު ޤާނޫނީވަކީލު އަދި ދައުލަތުގެ ކުރީގެ ބަންޑާރަނައިބް ކަންވެސް ކުރެއްވެވި އަދި އާއިލީގޮތުންވެސް ފަނޑިޔާރުކަމާއި ނައިބްކަމުގެ ފަޙުރުވެރިމާޒީއެއް އެބައެއްގެއަތުގައިއޮތް އައްޑޫ މީދޫ ހަސަންކާރިގޭ އަލްއުސްތާޒު ހުސްނު އަލް ސުޢޫދު ވެސް ސަސްޕެންޑް ކުރި. އެކަންކުރީ ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި ޙިލާފަށް ކަމަށްވާތީ، އޭނާ އިސްތިޢުފާ ދެއްވެވި.
އޮނަރަބްލް އަފީފު ދީދީ
10 March 2025
މަތީގައިދެންނެވިގޮތަށް ފަނޑިޔާރުކަމުން އިސްތިޢުފާދެއްވަން ފަނޑިޔާރު ސުޢޫދު ލިއުއްވިސިޓީގައިއޮތީ، ޑރ މުއިއްޒުގެ ސަރުކާރުން ސުޕްރިމްކޯޓް ފަނޑިޔާރުންމަދުކުރުމަށް މަޖިލީހުން ބިލެއްފާސްކުރުވާ، ސުޕްރިމްކޯޓް ހުރިހާ ފަނޑިޔާރުންނަށް ބިރުދައްކަން މިކޯޓަށް ހުށަހެޅިފައިވާ މައްސަލަ "ޑރ މުއިއްޒާއި ބަންޑާރަ ނައިބް އެދޭގޮތަށް ނިންމަން" ޤއ ގެ 141 ވަނަ މާއްދާގެ ނ، ރ އާއި ޙިލާފަށް ޖޭއެސްސީ އާއި އޭސީސީގެ ރައީސް ވެސް މަސައްކަތްކުރާތީ ވަގުތުން އިސްތިޢުފާދެއްވީ ކަމަށް.
ހަނީ....
10 March 2025
މިޔޮތް ހަނީފެެއް ދޯ. މިއީ ރަސޫލަކީތަ މާ މާތް ބަހުން ވާހަކަ ދައްކަން ޖެހޭ. ހުސްނުއްސުއޫދު ބޭރުކޮށް އޭނާ ބެހެއްޓީމާ ޖުޑިޝަރީގެ ފެންވަރު މައްޗެއް ނުވޭ، ދަށަށް ދަނީ.