ޝަރުއީ ދާއިރާގެ ބައްދަލުވުމެއްގައި ފަނޑިޔާރު މަހާޒާއި އަޒްމިރާލްދާ އަދި އަލީ ރަޝީދު: މީގެ ތެރެއިން ފަނޑިޔާރު ސުއޫދު ވަނީ މިދިޔަ ހަފުތާގައި އިސްތިއުފާ ދެއްވާފައި.
08 މާޗް 2025 - 19:24
ސަސްޕެންޑް ކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރުއާ ގުޅޭ ގޮތުން ބަލަމުންދާ ސުލޫކީ މައްސަލަތައް ބަލަން އެ ދެ ފަނޑިޔާރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރު ކުރަން ނިންމައިފި އެވެ.
ޖޭއެސްސީން ފަނޑިޔާރު މަހާޒަށް އަންގާފައިވަނީ މާދަމާ ހާޒިރުވާށެވެ. އަދި އަޒްމިރަލްދާ ހާޒިރު ކުރަނީ އަންނަ ހޯމަ ދުވަހު އެވެ.
އެނގިފައިވާ ގޮތުގައި އެ ދެ ފަނޑިޔާރުން ހާޒިރުވާން އަންގާފައިވަނީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގައި ޖަވާބުދާރީވުމަށެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން މަހާޒާއި އަޒްމިރަލްދާ ސަސްޕެންޑް ކޮށްފައިވާއިރު، އެ ދެ ފަނޑިޔާރުންނާ ގުޅޭ ސުލޫކީ ދެ މައްސަލައެއް ޖޭއެއްސީން އަންނަނީ ބަލަމުންނެވެ.
ފަނޑިޔާރު މަހާޒާއި އަޒްމިރަލްދާއާ ގުޅޭ ގޮތުން ބަލާ އެއް މައްސަލައަކީ ހައި ކޯޓުގެ ކުރީގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލިހުގައި މަހާޒު އާއި އަޒްމިރަލްދާ ތިއްބެވި މައްސަލަ އެވެ.
އޮކްޓޫބަރު 2022 ގައި ހަނީފު ހާޒިރުކޮށް ސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާއިރު، ސުއޫދާ އެއްވަރަށް އަޒްމިރާލްދާ އާއި މަހާޒު ވެސް ޒިންމާ ނަންގަވަން ވާނެ ކަމަށް ޖޭއެސްސީ އަށް ފެންނާތީ އެ ދެ ފަނޑިޔާރުންގެ މައްސަލަ ބަލަން ނިންމީ އެވެ.
ހަނީފުއާ ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާތީ ސުއޫދުގެ މައްސަލަ ވެސް ބަލަން ޖޭއެސްސީން ކުރިން ނިންމި އެވެ. އެކަމަކު، އޭނާ މިދިޔަ ހަފުތާގައި ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުމުން ކުރިން ވެސް އަމަލުކުރާ އުސޫލުގެ ދަށުން ދެން އެ މައްސަލަ އެ ކޮމިޝަންގައި ކުރިއަކަށް ނުގެންދާނެ އެވެ.
ފަނޑިޔާރުންނާ ގުޅޭ ގޮތުން ދެ ބަލަމުންދަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގުޅައި ބިރު ދެއްކި ކަމަށް ބުނެ އަމިއްލަ ފަރާތަކުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެކެވެ.
ނަމަވެސް، ފަނޑިޔާރު އަޒްމިރަލްދާގެ ވަކީލުން ވަނީ އެއީ އަސްލެއް ތުހުމަތުތަކެއް ކަމަށް ވިދާޅުވެފަ އެވެ. އެ މައްސަލައާ ގުޅިގެން އެއްވެސް ފަނޑިޔާރަކަށް ގުޅާފައިވެސް ނުވާނެ ކަމަށާއި އެއްވެސް ބާވަތެއްގެ ނުފޫޒެއް ފޯރުވާފައިނުވާނެކަން ބަޔާންކޮށް ތަފްސީލާ އެކު ޖޭއެސްސީއަށް ސިޓީއަކުން އަންގާފައިވާނެ ކަމަށް ވަކީލުން ވަނީ ވިދާޅުވެފަ އެވެ.
ސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ މިދިޔަ ހަފުތާގައި ސަސްޕެންޑްކުރީ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމުގެ މައްސަލާގައި ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ތާވަލްކޮށް، އެ އަޑުއެހުން ފަށަން 15 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް ދަށްކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފުތާގައިވަނީ ފާސްކޮށްފަ އެވެ. އެ އިސްލާހު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ ގާނޫނީ ގިނަ ބޭފުޅުންގެ ކަންބޮޑުވުންތައް އޮއްވާ އަވަސް އަރުވާލައިގެން ފާސްކުރި އެ ބިލް މިހާތަނަށް ރައީސް ތަސްދީގު ކުރައްވާފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޖުމީނު
09 March 2025
ވަރަށް އުފާވެއްޖެ. އަވަހަށް މައްސަލަ ބަލާ ފިޔަވަޅު އަޅަންވީ. ސުޕާރ
މަޒުމޫނު
09 March 2025
ތި ހިންގި ހުރިހާ ހަޑިއެއް ބަލާފަ އެންމެންނަށް ފިޔަވަޅު އަޅަންވީ އަވަހަށް.
އައްބާސް ލަތިފު
09 March 2025
ކީއްކުރަން އެއްދުވަސް އެއްދުވަސް ދޭންވީ. ތި ހުރިހާ މީހުން އެއްދުވަހަކު ހާޒިރު ކޮއްފަ އެއްފަރާ ވަކި ކުރަންވީ.
އަފްރާސިޔާބު
09 March 2025
ޙާޟިރު ކުރަނީ، ގެންނަނީ، ހިންގާނީ. ތުހުމަތު ކުރަނީ މީނޫން އަޑެއް އިވޭތަ؟
އައިޝަތް ސޮބާހް
09 March 2025
ބަރާބަރު. އެމީހުންނަށް ތުހުމަތެއް ކުރެވޭ އިރަށް ޖެހޭނެ އިސްތިއުފާ ދޭން. ނުދީ ތިބޭތީ މަށަށް ދެރައީ. ބޮޑު ވަރު ދެން.
އަހުމަދުވަސް
09 March 2025
ތިއީވެސް ދެން ވާހަކައެއް؟ ކަނބުލޮ ގަލެއްގަ ދަށުގަ ނިދާފަތަ ތިއޮތީ؟
ބޫމް ބޫމް ވަހީދު
09 March 2025
ދެ މީހަކު ވާހަކައެއް ދެއްކި އަޑު ފުޅަށް ބުޑުން ދިޔަ 2 މީހަކަށް އިވިގެން ރިޕޯޓު ނުކުރި މައްސަލައިގައި މީގެ ކުރިން ޜާއްޖޭގައި އަދަގޮޑި ޖަހާ އެންގަލަށް ނަގާ އަރުވާލައިފައި ވެސް އެބަހުރި . މިހާރު އަނެއްކާވެސް އެޒަމާނަށް މިތިބީ އާދެވިފައި.
ސިނާން މުހައްމަދު
09 March 2025
ރަނގަޅު. ހިންގި ހަޑިޔެއް ބަލަން ވާނެ
އެޑްވައިޒަރު
09 March 2025
މިއީ މި ސަރުކާރުން ކުރާނެ އެންމެ ގަޅި ކަންތައް.
ދޮޅި ހުސޭނު
08 March 2025
ހައްލަކީ ސަރުކާރުން ބޭނުންވާ ގޮތް ހެދެންދެން މި ކަންތައްގަނޑު ކުރިޔަށް ގެންދިޔުން ކަމަށް ވިސްނެނީތޯ؟؟؟ މިއީ ސަރުކާރަށް ކުރިމަތިވެފައިވާ އިމްތިހާނެއް. ޝަރީއަތް ކުރިޔަށް ގެންދަން ފުރުސަތު ނުދީ ބެންޗު ބަދަލު ކުރިޔަސް އެވާނީ މާ ހުތުރު ކަމަކަށް. އޭރުން ޔަޤީނުންވެސް އަދުލު އިންސާފަށް ރައްޔިތުން ކުރަމުން ދިޔަ އުއްމީދަށް ފަސްއަޅާ ވަޅުލެވުނީ. ދެން ރައީސްގެ ބަހަށް އިތުބާރު ކުރާނެ ހަމަ އެކަކުވެސް ނޫޅޭނެ
ރުންކުރު
08 March 2025
މިހާ ހުތުރުކޮށް ފަނޑިޔާރުންނަށް ބިރު ދައްކާ ޝަރީއަތަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރުމުން ހަމަ ގައިމުވެސް ގިނަ ބަޔެއްގެ ތާއީދު ސަރުކާރަށް ގެއްލޭނެ. މިހާރު މިސަރުކާރުގެ އަސްލު ފެންވަރު ހުރިހާ ރައްޔިތުންނަށް މިއޮތީ ރީތިކޮށް ފެންނަން. މި ސަރުކާރަށް މިހާރު ތާއީދު ކުރާނެ ހަމަ އެއްވެސް ސަބަބެއް ގިނަ ރައްޔިތުންނަކަށް ނޯންނާނެ. ވެރިކަން ލިބުމުން އެކަން ޤާނޫނީ ހަމަތަކުގެ މަތިން ކުރަން ނޭންގުނު ތާކުންތާކު ނުޖެހޭ ސަރުކާރެއް