ސައިކަލެއްގައި ދަނިކޮށް މަންދީގެ ގަޔަށް ބަޔަކު ކަޅުތެޔޮ ޖަހާފައި.
17 މާޗް 2025 - 10:38
އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ) ގެ ގަޔަށް ބަޔަކު ރޭ ކަޅުތެޔޮ ޖަހައިފި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމުގެ މަންމަ، މަންދީ ގަޔަށް ކަޅު ތެޔޮ ޖެހީ ރޭ ބޭއްވި އެމްޑީޕީގެ ސިލްސިލާ މުޒާހަރާގައި ބައިވެރިވުމަށް ފަހު، ސައިކަލުގައި ގެއަށް ދިޔަ މަގުމަތީގަ އެވެ.
ކަޅުތެޔޮ ޖެހި މީހުން ދިޔައީ މަޖީދީ މަގުން ފެށިގެން، ސައިކަލެއްގައި އޭނާގެ ފަހަތުން ފާރަލަމުން ކަމަށް ވެ އެވެ.
ހެލްމެޓް އަޅައިގެން އަދި މާސްކު ވެސް އަޅައިގެން ތިބި އެ މީހުން، މަންދީއަށް ހަމަލާދިން މައްސަލާގައި ފުލުހުން ބުނީ އެކަމުގެ ރިޕޯޓު ލިބުނީ ރޭ ދަންވަރު 1:06 ގައި ކަމަށެެވެ.
އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެެވެ.
މަންދީގެ ގަޔަށް ބަޔަކު ކަޅުޔެތޮ ޖެހިއިރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް ވާހަކަ ދެއްކި މައްސަލާގައި މަންދީގެ މައްޗަށް ދައުވާކުރަން އެ މަނިކުފާނުގެ އާއިލާ އިން ވަނީ ނިންމަވައިފަ އެވެ.
އެމްޑީޕީގެ މުޒާހަރާއެއްގައި މަންދީ ވަނީ ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކުރީ ރައީސްގެ ދޮށީ ފިރިހެން ދަރިކަލުން ވޭޕް ބޭނުންކުރުމުން ކަމަށް ބުނެފަ އެވެ. އެކަމަކު ރައީސްގެ އާއިލާއިން އެ ތުހުމަތުތައް ދޮގު ކުރައްވަ އެވެ.
"މި ފުރުސަތުގައި އުމައިރަކީ ވޭޕް ނުވަތަ ދުންފަތުގެ އިސްތިއުމާލު ވެސް އެއްވެސް ގޮތަކަށް ކުރާ ނޫނީ ކޮށްފައިވާ ކުއްޖެއް ނޫން ކަމުގައި ތިޔަ އެންމެހާ ބޭފުޅުންގެ މައުލޫމާތަށްޓަކައި ވަރަށް ސާބިތުކަމާ އެކު ދަންނަވަމެވެ،" ބަޔާނުގައި ފަސްޓް ލޭޑީ ސާޖިދާ މިދިޔަ ހޮނިހިރު ދުވަހު ނެރުއްވި ބަޔާނުގައި ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިހެން
17 March 2025
ތިވާނީ ދެބޯގެރި ދުއްވީކަމަށް. ތީމަމެން ނިކަން ދަންނަ ކަމެއް.
ދިއްދޫމީހާ
17 March 2025
ސުވާލަކީ ރޭގެ މަންދީ ކަޅު ހެދުމެއް ލައިގެން ހުރީ ކީއްވެންތޯ؟ރޭގައި ކަޅުތެޔޮޖެހީ ކީއްވެގެންބާ؟
ބަބްސް
17 March 2025
" އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެެވެ. " ދިވެހި ފުލުހުނަކީ ވަރަށް ގަދަ ބަޔެއް. އެމީހުންނަށް އޮންނާނީ ސިލެކްޓިވް ޖަސްޓިސް. އެމީހުން މުޅި ސިސްޓަމް އޮންނަނީ އެގޮތަށް ރާވާލާފަ. މީހަކު ކުއްވެރިކޮއްލާ ގޮޅިޔަށް ލާންވީމަ ގޭގަ ނިދާފަ އޮތަސް އެމީހުން އެކަން ކުރާނެ. ކަމެއް ކުރަންވީމަ ލަދުގެ ކަންފުޅެއްވެސް ނުހުންނާނެ.
ރަދީފްއޮފިޝަލް
17 March 2025
ބަހުރުވައިގެ ނޯޓެއް: އައްޑޫ މީހުންއުފެއްދި ބަހެއް #މަންދީ (މަރިޔަމް ، މަރިޔަމްމަޏިކެ ، މަރިޔަންދިޔެ ، މަރިޔާ) ޓްރެންޑްވުން އެއީ އަފިރިން އުފާވޭ ކަމަށް.
ރަދީފްއޮފިޝަލް
17 March 2025
މި ފިނޑި އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން. މި ރޯދަމަހު ހުރިހާ މީހުން އަތްފައި / އަނގަ މައިތިރިކޮށްގެން ގޭގަ / މިސްކިތުގަ ތިބެބަލަ.އެކަކު އަނެކަކަށް ހުތުރުބަސްބޭނުންނުކޮށް މި މާތް މައްސަރުގެ ހަގީގީ މަންފާ ލިބިގަތުމަށް ހިނގާ.މުޒާހިރާކުރުން ވެސް މަޑުޖައްސާލުމަށް ގޮވާލަން.އެކަކު އަނެކަކަށް އަނިޔާވެރިނުވެ ރީތިކޮށް ތިބީމަ ކަންކަން އިސްލާހްކުރެވޭނީ.ނެލްސަން މަންޑޭލާ / މަހާތުމާ ގާނދީ / ލޫތާ ކިންގް ކަހަލަ މީހުންގެ މަގަށް އާދޭ.ވ.ވެެދުން
ރަދީފްއޮފިޝަލް
17 March 2025
ނޮޓް ކަޅު ތެޔޮ. އިޓްސް ޑީސެލް.
ފިކްރީ
17 March 2025
ހީވަނީ މަންދީ އަތަށް ގޮޥީމަ މަތިއަޅަން އަމިއްލަޔަށް ކަޅުތެޔޮ ޖެހުވީހެން.
ވިކް
18 March 2025
ވިކްޓިމް ގޭމް އެއް
އިސްމާއިލް ޝައިނީ
17 March 2025
އެމްޑީޕީއިން އޯކެސްޓްރޭޓް ކުރި ކަމެއްކަމަށް ފުލުހުންވެސް ތުހުމަތުކުރޭ. މީގެ ފައިނަލް ރިޕޯޓް ލިބުމުން އެމްޑީޕީ ބޭޒާރުކޮށްލާނަން.
ފިޔާޒްް
17 March 2025
އަހަރެމެންނެއް ނުހެއްލޭނެ މިކަހަލަ ފޭކް ކަންކަމަކަށް. އހަރެމެންގެ ސިމްޕަތީ ހޯދަން ނޫޅުނިއްޔާ ރަނގަޅީ.
މަންދީ
17 March 2025
ނަސީބެއްނުން ކަޅު ހެދުމެއްކަން.