މާލޭގެ ފިހާރައެއްގައި މަސައްކަތްކުރާ ބިދޭސީއެއްގެ މައުލޫމާތު ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން ޗެކް ކުރައްވަނީ.---ފޮޓޯ: ފަޔާޒު މޫސާ | މިހާރު
21 މާޗް 2025 - 15:05
ކުއްލި ގޮތަކަށް ރޭ މަގާމުން ވަކިކުރި ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ދިރިއުޅުއްވާ ގެ ފުލުހުން ރޭ ބަލައި ފާސްކޮށްފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި، ޝަމްއާން ދިރިއުޅުއްވާ ގެ ރޭ ދަންވަރު ބަލައިފާސްކޮށް، ބައެއް ސާމާނު ވަނީ ގެންގޮސްފަ އެވެ. އެ ގެއިން ފައިސާތަކެއް ގެންގޮސްފައިވާކަން "މިހާރު" އަށް އެނގިފައިވީ ނަމަވެސް ފައިސާގެ އަދަދެއް އަދި ކަށަވަރެއް ނުކުރެވެ އެވެ.
ނަމަވެސް "މިހާރު" އާ ވާހަކަ ދެއްކި މައުލޫމާތު އެނގޭ ބައެއް ފަރާތްތަކުން ބުނީ، 530،000ރ. އަތުލައިގަތެވެ. އަދި އެއީ ބިދޭސީއަކާ ގުޅުން ހުރި ފައިސާތަކެއް ކަމަށާއި އެއީ ރެޑްހޭންޑްކޮށް އަތުލައިގަތް ފައިސާތަކެއް ކަމަށް "މިހާރު" އާ މައުލޫމާތު ހިއްސާކުރި މީހާ ބުންޏެވެ.
ޝަމްއާންގެ ގެ ބަލައިފާސްކުރިއިރު، އިމިގްރޭޝަނުގެ ބައެއް މުވައްޒަފުން ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު ފައިދާ ހޯދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ބަލާ ކަމަށް ފުލުހުން ރޭ ދަންވަރު ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ، އެ މައްސަލާގައި މިދިޔަ ބުދަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކޮށް، ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އެ އަށް ވުރެ އިތުރު ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ.
ޝަމްއާން މަގާމުން ވަކިކުރިޔަސް، އިމިގްރޭޝަންގެ މުވައްޒަފުންނަށް ކުރާ ތުހުމަަތުތަކާ އޭނާއާ ގުޅުން އޮތް ކަމެއް ރަސްމީކޮށް ފުލުހުން އަދި ނުބުނެ އެވެ. ޝަމްއާން ދިރިއުޅުއްވާ ގެ ބަަލައި ފާސްކުރި ސަބަބާ ގުޅޭ ގޮތުން ވެސް ފުލުހުން އަދި ވާހަކައެއް ނުދައްކަ އެވެ.
ނޮވެމްބަރު 19، 2023 ގައި އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމަށް އައްޔަންކުރި ޝަމްއާން ރޭ މަގާމުން ވަކިކޮށް، އެ މަގާމަށް އައްޔަންކުރީ ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހު އެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލުމާއި ގަވައިދުތަކުގެ ތެރެއަށް އެ މީހުން ފެއްތުމަށް މި ސަރުކާރުން ވަނީ އޮޕަރޭޝަންތައް ވަރުގަދަކޮށްފަ އެވެ. މި ސަރުކާރު އައި ފަހުން އެކަނި ވެސް ގަވާއިދާ ހިލާފަށް އުޅޭ 5،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓުކޮށްފަ އެވެ.
ބިދޭސީން އަތުލައިގަތުމުގެ ބޮޑެތި އޮަޕަރޭޝަންތައް ހިންގާފައި ވަނީ ވެސް ޝަމްއާން އިސްވެ ހުންނަވައިގެންނެވެ.
ޝަމްއާން މަގާމުން ވަކިކުރި މައްސަލާގައި ސަރުކާރުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަޒީލް
27 March 2025
އެއީ ޓަގު ބޯޓެއް ބަންނަން ހަވާލުކޮށްފަ ހުރި ފައިސާ.
އަފްރާސިޔާބު
21 March 2025
ކުރީ ސަރުކާރުގެ އޭ ޖަހާލިނަމަ ގައިމުން ކޮމެންޓް މިއަށްވުރެ ގިނައިން ލިބޭނެ.
ތުއްތުބޭބެ
21 March 2025
ކުރިންވެސް ކަންހިނގާ ގޮތަށްބަލާއިރު ބައި އެޅުމުގައި ވެރިިމީހާ އަށް މަދުންދެވުނީމަ ވީގޮތް ތިއީ !
އޮނަރަބްލް ކުރުސީ ބައްޔާގެ ކުޑޭ
21 March 2025
މޫނަކަށް ކަދުރާއަކަށް ބެލުމެތް ނެތި ނުބައި ބަޔަކު ހައްޔަރުކޮށް ޑީޕޯޓު ކޮށްލި މައްސަލައިގައި ކަތިލި ކަންބަޅިއެއް . ކަތިނުލާ ވާކަށެއްނެތް.
އޮނަރަބްލް ޓިނު ސޭޓު
21 March 2025
ފުރޭމު ކޮށްގެން ވިޔަސް އަދި އަދި ނުކޮށް ވިޔަސް ހިފާ ހައްޔަރު ކޮށް ދައުލަތުގެ ނަމުގައި ކުރާ ދައުވާ ތަކުން ބަރީއަ ވެވޭނެ ގޮތެއްނެތް. ފަނޑިޔާރުންގެ މައްޗަށް ސަރުކާރުގެ ނުފޫޒެއް ނޯންނާނެ ކަމަށް ބެލެވޭނެ ގޮތެއް މިހާރަކުނެތް ސްޕުރީމު ކޯޓު ފަނޑިޔާރުން ގެ މަޖިލިސް އޭސީސީ ގެ ރިޕޯޓަކަށް ރޫލާލުމުން މޯލްޑިވްސް ގައި އިންސާފެއް ނޯންނާނެ ކަމަށް ބޭރުގެ އިންވެސްޓަރުން ވެސް ގަބޫލުކޮށް ރާއްޖެ ދޫކޮށް ދާން ފަށައިފި.
ސިންގހަމް
21 March 2025
އެއްގޮތަކީ ނިމުނީ އެވެ. ނޫނީ ތިޔަށްވުރެން ބޮޑު މަގާމެއް ތައްޔާރުކޮށްފަ ދޭނެއެވެ. އަހަރުމެން މިތިބެނީ ތިޔަހުރިހާ ފިލްމަކާއި އެޕިސޯޑުތައް ބަލާށެވެ. ސަރުކާރުގެ ވަކީން ހާއްސަކޮށް ސިޔާސީ މަގާމަކީ ހުވަފެނެއް ކަހަލަ އެއްޗެކެވެ. ހެނުލެވޭހާއިރަކު ކިތަންމެހާވެސް އުފާވެރިއެވެ. ހޭލެވުމުން ގެއްލި ދިޔައީއެވެ. ބާރާއި ނުފޫޒުވެސް އޮބި ދިޔައީ އެވެ.
ގޮޅާބެ
21 March 2025
އެވާނީ ސަފާރީއެއް ބަންނަން ދީފަހުރި ފައިސާކަމަށް، އަދި ތިޔާ ހަވާލުވާނެ ކޮންމެވެސް ކަންމަތީފިހާރަކުން
ފަޒުލް
21 March 2025
ދޯ؟؟
އަފްރާސިޔާބު
21 March 2025
މީހަކު އަމާނަތަކަށް ބެހެއްޓި އެއްޗެކޭ ބުނެލިނަމަ މާފުރިހަމަވީސް. އެއީ ދިވެއްސެކޭ ނަމެއް ނޭގެޔޭ ފެނިއްޖެއްޔާ އެނގޭނެޔޭ ބުނެލާ ކޮއްކޯ ޝަމްޢާނު. ތިކަން މައްސަލައަކަށް ތިވީ ވަޒީފާ ދިންފަރާތުން ބުނާގޮތައް ކަންތައް ނުކުރީމާ.
އޮނަރަބްލް އަފީފު ދީދީ
21 March 2025
މީހާއަށްބަލާފައި ކަންކަމުގެ ހައްލުލިބުނީކަމަށް އަދިވެސް ގިނަދިވެހިން ޤަބޫލުކުރޭ. އަހަރުމެންގެ ލޯމަތިން ފެންނަ ކަންކަމުން އިބްރަތް ލިބިގަންނަ ނަމަ ދިވެހިންނަށް އިގޭނެ ފަސީޙަކަސް ކާސިމަކަސް، އައްޔާއި އަދިރިއަށް ވިޔަސް "ނިޒާމާއި އުސޫލުގެ ތެރެއިން ކަންކަން ބަދަލުކޮށް ހަރުދަނާކުރާން ނޫޅޭނަމަ" ދުވަހަކުވެސް މިފަދަ މައްސަލަ ތަކަށް ހައްލު ނުހޯދޭނެ ކަން. ތިރީގައިދެންނެވި ފަދަ އިމިޤްރޭޝަން އުސޫލުތައް ކަނޑައަޅާ ތަންފީޒުކުރާން ކޮންޓްރޯލަރ އާއި ޙަވާލުކޮށްބަލަ.
އޮނަރަބްލް އަފީފު ދީދީ
21 March 2025
ރާއްޖެ އެތެރެވުމަށް ފަހު އޭނާގެ ޕާސްޕޯޓް ވީދާލާ އަތުކޮޅަށް ނަގާ ހޫރާލާފައި އެމޭޒަން ޖަންގަންޔަށް ދޫކޮށްލާ ހިކަންޖެއް ހެން މުޅި ޤައުމުގެ ތެރެއަށް ގިނަ ވެގަންނަނީ ކޮންބައެއްކަން "ޤައުމީ ސަލާމަތާއި ބެހޭ އިދާރާ ތަކަށާއި، އެކިއެކި ނަންނަމުގައި ހަދާފައިވާ އިދާރާ ތަކަށާއި، ކޮމަޓީ ތަކަށް ރޭކާވެސް ނުލަނީތޯ؟! އެމީހުނަށް ރާއްޖެ އެތެރެ ނުވެވޭނެގޮތް ހެދުމުގެ ބަދަލުގައި ރާއްޖެ ފަދަ ވައްކަމާއި ޙިޔާނާތް ފެތުރިފައިވާ ޤައުމެއްގައި ތިޔަ މައްސަލަ ހައްލު ނުކުރެވޭނެ.
އޮނަރަބްލް އަފީފު ދީދީ
21 March 2025
ރާއްޖެ ދެވަނަ ރޯހިންގޔާ ސްޓޭޓަށް ބަދަލުވުމުގެ ކުރިން ޤައުމުގެ ބޯޑަރ ބެލެހެއްޓުން ހަރުދަނާކުރަން އީޔޫގެ ޤައުމުތަކާއި، އިޤިރޭސިވިލާތް، ސްވިޓްޒަލެންޑް، ޖެޕާން، ކޮރެއާ، ސައުދީ، ޤަޓަރ، ކްވެއިތު، ޔޫއޭއީ، ރަޝިޔާ، ސިންގަޕޯރ، ތައިލެންޑް، މެލޭޝިޔާ، އޮސްޓްރޭލިއާ، ނިއުޒީލަންޑް، ކެނަޑާ، އެމަރިކާ، ސައުތުއެފްރިކާ ޗައިނާ، އިންޑިޔާ އަދި ލަންކާ ނޫން ހުރިހާ ޤައުމުތަކުގެ އޯޑިނެރީ ޕާސްޕޯޓް ހޮލްޑަރުންނަށް އެޑްވާންސް ވީސާނެތި ރާއްޖެ ނާދެވޭގޮތްހަދާ މިކަން ތަންފީޒުކުރޭ.