އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުގައި މިހާތަނަށް ހުންނެވި ޝަމްއާން.
21 މާޗް 2025 - 01:03
ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު އިއްޔެ މަގާމުން ވަކިކޮށްފި އެވެ.
އޭނާ އެ މަގާމުން ވަކިކުރިކަން "މިހާރު" އަށް ކަށަވަރުވެފައިވީ ނަމަވެސް ސަރުކާރުން އަދި ރަސްމީކޮށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެހެންވެ، އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން ޝަމްއާން ވަކިކުރި ސަބަބެއް އަދި ނޭނގެ އެވެ.
އިމިގްރޭޝަނުގައި 14 އަހަރު މަސައްކަތް ކުރެއްވި ޝައްމާނަށް އިމިގްރޭޝަން ކޮންޓްރޯލަރުކަން ދެއްވީ މި ސަރުކާރު ވެރިކަމަށް އައިސް ނޮވެމްބަރު 19، 2023ގަ އެވެ. އޭރު އޭނާ ހުރީ އިމިގްރޭޝަންގެ އޮފިސަރުކަމުން ވަކިކޮށްފަ އެވެ.
އޭނާ އިމިގްރޭޝަން އޮފިސަރުކަމުން އޭރު ވަކިކޮށްފައި ހުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ޕޯސްޓް ކުރަން ފެށުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އެވެ.
އެކަމަކު 2022 ގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އޮތީ ޝަމްއާން ވަޒީފާ އިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ނިންމައި، އަލުން ވަޒީފާ ރުޖޫއަ ކޮށްދިނުމަށް އަންގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިޢުމާން
22 March 2025
ޝަމްޢާން ކަހަލަ މީހުން ތަންތަނުގެ ވެރިންނަށް ލުމުން ދިވެހިންނާއި ދުނިޔޭގެ ޤައުމުތަކުގެ ކުރިމަތީގައި ރާއްޖޭގެ މުވައްސަސާތަކާއި މުޅި ރާއްޖޭގެ ނަން ކޮރޮޕްޝަންގެ މަޝްހޫރު ނައިޖީރިއާ ފަދަ ޤައުމުތަކުގެ ތެރޭގައި ހިމެނިގެން ދަނީއެވެ. ހައްތާވެސް ފެނިގެން މިދަނީ ފަޒުލް ރަޝީދު ކަހަލަ ކޮރޮޕްޓް މީހުންނެވެ. މިވަރަށް މިޤައުމުގެ މުވައްސަސާތަކުގައި ކޮރޮޕްޝަނާއި ބޭއިންޞާފު އޮވެގެން މިޤައުމުގެ އާދައިގެ ރައްޔިތުންނަށް ލިބޭނީ ކޮން ޙައްޤެއްތޯއެވެ.
އަސްލު....
21 March 2025
ޝުކުރިއްޔާ ޑރ މުޙައްމަދު މުއިޒު، ޔާމީނުގެ ދައުގުގައި ވެސް ތިގޮތަށް ފައިސާ ނެގި ކޯޓާ ހޮދަން ވެސް ފައިސާ ދޭންޖެހޭ ނުދެއިޔާ ކޯޓާ ނުލިބޭ، ޔާމީން ގެ ދައުރު ނިމެންދެން އޮތީ އެގޮތަށް، މަނިކުފާނު ލަސްތަކެއް ނުވެ ތި އެޅުއްވީ އެކަށީގެންވާ ފިއަވަޅު، ސާބަސް.....
ނުހާާ
21 March 2025
މިއީ އެއްވެސް ހާލަތެއްގައި ޒާތީ ކަމެއް އޮވެގެން ކުރި ކަމެއްނޫން. ހަގީގަތަކީ ހަމަ އަސްލުވެސް ޝައްމާން ކޮރަޕްޓީ.
ޒީޝާންް
21 March 2025
މި ސަރުކާރުގެ ކަންކަން މިދަނީ ހަމަ ބަރާބަރަށް. ނަތީޖާ ނެރެދެމުން ކޮރަޕްޝަން ނައްތަމުން ރައްޔިތުންގެ ޖީބުތަކަށް ފައިސާ ވަންނާނެ ގިނަ ނިޒާމްތަށް ހަދަމުން.
އަކްބަރްް
21 March 2025
ރައީސް މުއިއްޒުއަށް ސެލިއުޓް ކޮރަޕްޝަނާ ދެކޮޅަށް ތިކުރައްވާ މަތިވެރި ހަނގުރާމަޔަށް.
ޝިމްލާާ
21 March 2025
ކިތަންމެ ކައިރި މީހެއްވެސް ގޯސްކޮށް ކަމެއް ކޮށްފިނަމަ އެކަމުގެ އަދަބު ދޭންވާނެ.
ޖިންބެ
21 March 2025
ސާބަހޭ ޝަމްއާން. މީހުންނަށް ދައްކަމުން ދިޔައީ ވަރަށް ކަންކަން ކުރަމުން ދާތަން. އެކަމަކު ކޮންތާކު މި ޖެހުނީ. މަގާމުން ވަކިކޮށް ނުލާނެ އެއްވެސް ކަމަކާ ބަހަކާ ނުލާ. ޔަގީން، ކޮރަޕްޝަންގެ ބޮޑު މައްސަލައެއް އޮތް ކަމަށް ވާނީ. އަދިވެސް ޝ ގޮވައިން މެލޭޝިއާއަށް ދެވޭތޯ ބަލާ. ތާހިރު ވެއްޖެއެނު
ހަމްދާ
21 March 2025
ކަނޑާލުމުން ފުދުނީބާ. .. ލާރިގަނޑު ދެން ކިހިނެއް ހަދަނީ
ހަމްދީ
21 March 2025
ލާރިގަނޑޭ، ހެހެހެ ސަރުކާރުގަނެތޭ ލާރިއެއް
ހިލްމީ
21 March 2025
ފުރަތަމަ ކަމަކަށް އޮތް ކަމަކީ މަގާމުން ދުރު ކުރުން. އެކަން އެކުރީ. ލާރިގަނޑުގެ މައްސަލަ އަކީ ވަކި ތަނަކުން ބަލާ އެއްޗެއް. ރައީސް އަށް ވަގުތުން ނިންމޭނެ ކަމެއް ނޫން އެއީ. އެކަމާ ބެހޭ އިދާރާތަކުން އެކަންތައް ކުރިޔަތް ގެންދާނެ
އިންމި އިންމި
21 March 2025
ކަނޑާލުމުން އަހަރުންނަށް ފުދޭ. ސަބަބަކީ މިއީ ކުރީގެ ސަރުކާރެއް ނަމަ އެމީހަކު ދިފާއު ކުރަން މަސައްކަތް ކުރާނީ. ވަރަށް ބޮޑު ވަރު ވެގެން ރައްޔިތުންނަށް ބޭނި ހަލާކު ވީމަ ސަސްޕެންޝަން އަކަށް ފޮނުވާލަފާނެ އެވެސް މުސާރަ ހިނގާހެން. މަހުލޫފު މެންހެން.
ރަމަ
21 March 2025
ޝައްމާން ކޮށްފައިވާ ކަންކަން ސްރީލަންކާގެ ރައްޔިތަކުވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރ ލަންކާއަށްކުރެއްވި ދަތުރުފުޅާއި ދިމާކޮށް ޝުޢޫރު ފާޅުކޮށް އެކަން ސަރުކާރުގެ ސަމާލުކަމަށްއަންނަވަރަށް އެކަނި ހުރެގެން ނަމަވެސް ކިޔާދީފައި!
އަފްނާންް
21 March 2025
ތަންތަނަށް އައްޔަން ކުރަނީ އަދުލު އިންސާފުވެރިކަމާ އެކީ މަސައްކަތް ކުރާނެ ކަމަށް ބަލާފަ. މަގާމުގެ ބޭނުން ނާޖާއިޒް ގޮތުގަ ބޭނުން ކުރަން ފަށާ ހިސާބަކީ ރައީސްއަށް ހުންނަ މީހަކު އެމީހަކާ ދޭތެރޭ ފިޔަވަޅު އަޅަން ޖެހޭ ހިސާބު. އެގޮތުން ރައީސް މުއިއްޒުގެ ސަރުކާރުން މިކަހަލަ ކޮރަޕްޝަނާ ފަސާދައަށް ދާ އެންމެންނާ ދޭތެރޭ ފިޔަވަޅު އަޅުއްވަމުން ގެންދަވަނީ. އެއީ ބަޔަކު ދެބަސް ވާނެ ކަމެއް ނޫން
މިވަރެއްނެތް
21 March 2025
މިސޮރު ވަރަކަށް ސަކަރާތް ޖަހާލި. ކުރިއަށް މަސްތަކުގައި އިންވެސްޓްމަންޓްތައް ފެންމަތިވާނެ. ފެންނާނެ މީހަކު ނުހުންނާނެ. ސުވާލުކުރާކަށް އެކަކަށްވެސް ނޭގޭނެ. އިސާހިތަކު ކަފުންކޮޅެއްހެން ސާފުވީ. ދެން ފެންނާނީ އަންނަ ރިޔާސީ އިންތިހާބުގައި ފަންޑުކޮށް މޮޅުވާ ސަރުކާރެއްގެ ހަމަ ތިފަދަ މަގާމަކަށް އަންނަ މަންޒަރު