ޝަމްއާން: އޭނާގެ ބަންދަށް މިވަގުތު ލުޔެއް ނުދެވޭނެ ކަމަށް ވަނީ ނިންމާފައި
18 ޑިސެމްބަރ 2025 - 16:07
ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު މިވަގުތު ބަންދުން ދޫކުރެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.
އިމިގްރޭޝަނުން ހިފެހެއްޓި ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އިމިގްރޭޝަންގެ މުވައްޒަފުންތަކަކާ ގުޅިގެން އެ ބިދޭސީ މީހާގެ އަތުން ފަސް ލައްކަ ރުފިޔާ އަތުލައި، އޭނާ ދޫކޮށްލި ކަމަށް ތުހުމަތުކޮށް ޝަމްއާން މަގާމުން ވަކިކޮށް، ހައްޔަރުކުރީ މިދިޔަ މާޗް މަހު އެވެ. އޭގެ ފަހުން މިހާތަނަށް ވެސް ޝަމްއާން ހުރީ ބަންދުގަ އެވެ.
ޝަމްއާން ބަންދު މުރާޖައާ ކުރަން އެދިފައިވިޔަސް، މިއަދު ބޭއްވި އަޑުއެހުމުގައި ކޯޓުން ނިންމީ މިވަގުތު ބަންދުން ދޫނުކުރެވޭނެ ކަމަށެވެ. އެކަމަކު، ހެކިބަސް ނެގުމުގެ މަރުހަލާ ނިމުމުން ޝަމްއާން ދޫކޮށްލަން އިއުތިރާޒެއް ނުކުރާނެ ކަމަށް ދައުލަތުން މިއަދުގެ އަޑުއެހުމުގައި ބުންޏެވެ.
އެ މައްސަލާގައި ޝަމްއާންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާގެ އިތުރުން ފޭރުމުގެ ދައުވާ ކުރާއިރު، އެ މައްސަލާގައި މިހާރު ކުރިއަށް ދަނީ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ. އަދި މީގެ ކުރިން ބައެއް ހެކިންގެ ހެކިބަސް ވަނީ ނަގައިފަ އެވެ.
އެ މައްސަލާގައި ޝަމްއާންގެ އިިތުރުން އިތުރު ބަޔަކަށް ވެސް ދައުވާކުރި އެވެ. އޭގެ ތެރެއިން އިމިގްރޭޝަންގެ އެއް މުވައްޒަފަކަށް ކުރި ދައުވާ އަށް އޭނާ އިއުތިރާފުވެ، ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމުގެ ދަށުން އެ މުވައްޒަފުގެ މައްސަލަ ކުރިން ވަނީ ނިންމައިފަ އެވެ.
އެ މުވައްޒަފަށް އިއްވި ދެ މަހުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމި އޭނާ މިހާރު ވަނީ މިނިވަންވެފަ އެވެ. ނަމަވެސް ދެން ތިބި މީހުންގެ ޝަރީއަތް އަދިވެސް ދަނީ ކުރިއަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސައިބޯނި
18 December 2025
ސައްމާން ދުލެއް ނުކުރާނެ މިނިސްޓަރު އިހްސާންގެ ވެރިކަން އޮތްހާ ދުވަހަކު، މިނިސްޓަރުގެ ގޭންގް ރާއްޖޭގެ ވެރިކަން އޮތްހާ ދުވަހަކު މިއަނިޔާވެރިކަމެއް ނުހުއްޓޭނެ
ބސވސ
18 December 2025
ޔެލޯ ޕާޓީގެ އަނިޔާވެރިކަމަށްވުރެ ގެއްލުން ބޮޑު އަނިޔާ ދިންބަޔަކު މިރާއްޖޭގައި ނެތް. 17 އަހަރުވަންދެން މުޅި ޖީލުތައް ހަލާކުކޮށްފި. މާރީތި ރާއްޖެއެއް ދައްކައިގެން ގައުމު ކައިފި . އިސްލާހުގެ ނަމުގައި ފަސާދަ އެވަރު.
ޔެތޭރީ
18 December 2025
ޗޯ..ރީ އެރުވީމަދޯ ގޮޅީގަ އޮތީ. ހަމަ އެންމެތަންކޮޅެއްވެސް ދޫކޮށްގެންނުވާނެ.
ޱރ ޖަސްޓިސް
18 December 2025
މިހާރު އެބަޤަބޫލު ކުރެވޭ މިސޮރު ހިފާ ހައްޔަރުކޮށްގެން މިއުޅެނީ ކޮންމެވެސް ކަންތައްތަކެއް ފޮރުވަންވެގެންކަން. މިހެން ބުނަންމިޖެހުނީ އިހައްދުވަހު އެދޫކޮށްލި މަހުޖަނުންގެ ކަންތައްދިޔަގޮތުން. ހަމަ ޔަޤީނުންވެސް މިސޮރު މީ ޤައުމީސަލާމަތައް އޮތްބެރެއްނޫން.