ބިދޭސީމީހާގެ އަތުން ނެގި ފައިސާ އިން ބައެއް ލޯނުތައް ވެސް ޝަމްއާން ދެއްކި ކަމަށް ދައުވާގައިވޭ.
ކުރީގެ ކޮންޓްރޯލާ ޝަމްއާން: އޭނާގެ މައްޗަށް މަނީ ލޯންޑްރިން އާއި ފޭރުމުގެ ދައުވާ ވަނީ އުފުލާފައި - ފޮޓޯ: މިހާރު
25 މެއި 2025 - 21:30
ބިދޭސީއެއްގެ އަތުން ފައިސާ ނެގުމަށް ފަހު، އެ މީހާ ބަންދުން ދޫކޮށްލި ކަމަށް ތުހުމަތު ކުރާ މައްސަލައިގައި އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.
ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މިރޭ ބުނި ގޮތުގައި ޝަމްއާންގެ މައްޗަށް ތިން ދައުވާއެއް ވަނީ އުފުލައިފަ އެވެ. ފުރަތަމަ ދައުވާއަކީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. އެއީ ސާބިތުވެއްޖެ ނަމަ ތިން އަހަރާއި ދެ މަހާއި ދެ ދުވަހުގެ ޖަލު ހުކުމެއް އަންނަ ފަދަ ދައުވާއެކެވެ.
ދެވަނަ ދައުވާއަކަށް އުފުލީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ތިންވަނަ އަށް އުފުލާފައިވަނީ މަނީ ލޯންޑްރިންގެ ދައުވާ އެވެ. އެއީ ފަސް އަހަރާއި 15 އަހަރާ ދެމެދު ހުކުމެއް އަންނަ އަދި ޖޫރިމަނާގެ ގޮތުގައި އެއް މިލިއަން ރުފިޔާއާ ހަމައަށް ދައުލަތަށް ދައްކަންޖެހޭ ގޮތަށް އަދަބު ކަނޑައެޅޭ ފަދަ ދައުވާ އެކެވެ.
ޝަމްއާން ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ފައިސާގެ ތެރެއިން އޭނާގެ ގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 250،000 ރުފިޔާ ދައުލަތަށް ނަގައިދިނުމަށާއި ޝަމްއާންގެ އަތުގައި ބެހެއްޓި ޖުމްލަ 400،000 ރުފިޔާގެ ބާކީއަށްވާ 150،000 ރުފިޔާގެ ބަދަލުގައި އޭނާގެ ގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފައިސާތަކުގެ ތެރެއިން އެ އަދަދަށްވާ ފައިސާ ދައުލަތަށް ނަގައިދިނުމަށް ދައުވާފައި އެދިފައި ވެ އެވެ.
ބިދޭސީމީހާގެ އަތުން ފޭރުނު ކަމަށް ބުނާ ފައިސާއަށްވާ ބަދަލު ނަގައިދިނުމަށް ވެސް ދައުލަތުން އެދިފައިވެ އެވެ.
މި ދައުވާތައް ޝަމްއާންގެ މައްޗަށް އުފުލާފައިވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނިގޮތުގައި، އިމިގްރޭޝަންގެ ރިސްކް ސެކްޝަނުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީ މީހާ ދޫކޮށްލަން އިރުޝާދު ދީ، އެ މީހާއާ އެކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ 500،000 ރުފިޔާ އަތުލުމަށް ޝަމްއާން އަންގާފައިވާތީ އެވެ.
އެ ފައިސާ ބިދޭސީ މީހާގެ އަތުން ނަގާފައިވަނީ އޭނާ ރާއްޖެ ދޫކޮށް ނުގޮސްފި ނަމަ ދަތިކުރުމަށް އިތުރު ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ދިނުމަށް ފަހު ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.
ބިދޭސީ މީހާގެ އަތުން ފައިސާ ފޭރުމަށް ފަހު، އެ ފައިސާ މާޗު 13، 2025 ގެ މެންދުރުފަހު 3:00 ހާއިރު ޝަމްއާންގެ އަތަށް ގެންގޮސްދިނުމުން، އޭގެ ތެރެއިން 400،000 ރުފިޔާ ބަލައިގަނެ އަތުގައި ބަހައްޓާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ހަމަ އެދުވަހު އެ ފައިސާގެ ތެރެއިން ބައެއް ބޭނުން ކޮށްގެން، ޝަމްއާންގެ ނަމުގައި ނަގާފައިވާ ދެ ސްޓޫޑަންޓް ލޯނަކަށް ފައިސާ ދެއްކުމުގެ ގޮތުން ބޭންކު އޮފް މޯލްޑިވްސްގެ ލޯން އެކައުންޓަށް 149،491.46 ރުފިޔާ އާއި އެހެން ލޯނު އެކައުންޓަކަށް 110،345.59 ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ވެސް ޝަމްއާނަށް ކުރި ދައުވާގައި ބުނެފައިވެ އެވެ.
ޝަމްއާންގެ އިތުރުން މި މައްސަލައާ ގުޅިގެން ދެން ހައްޔަރުކުރި އިމިގްރޭޝަން އޮފިސަރުންގެ މައްޗަށް ވެސް ދައުވާ އުފުލައިފަ އެވެ. އެގޮތުން ގ. ހެޕީ ސައިޑް އިބްރާހީމް އަހުމަދުގެ މައްޗަށް ހަތަރު ދައުވާއެއް އުފުލާފައިވެ އެވެ. އެއީ މަނީ ލޯންޑްރިން އަށް މަގުފަހިކޮށްދިނުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ އަދި ފޭރުމުގެ ކުށުގެ ދައުވާ އެވެ.
ތ. ބުރުނީ، މޫނިމާގޭ މުހައްމަދު އަލްސަން އިސްމާއިލްގެ މައްޗަށް އުފުލީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އެވެ. ގ. ހެޕީސައިޑް، އަހުމަދު ސަހެޝަންގެ މައްޗަށް ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފައިވެ އެވެ.
މ. ހަޒާރީވިލާގެ، އަހުމަދު ލައްސާންގެ މައްޗަށް އުފުލީ ފޭރުމުގެ ކުށުގެ ދައުވާ އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ.
ފުލުހުން ކުރިން ނެރުނު ބަޔާނެއްގައި ބުނީ އެ އޮޕަރޭޝަން ހިންގީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ޑިޓެއިން ކުރުމުގެ ޒިންމާ އިމިގްރޭޝަނުން އަދާކުރާ ޓާސްކް ފޯސް އަދި ރިސްކު މެނޭޖުމަންޓްގެ މުވައްޒަފުން ފިޔަވައި އެ އިދާރާގެ އެހެން ސެކްޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންތަކެކެވެ. އެއީ އެ މުވައްޒަފުންގެ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ހިންގި އޮޕަރޭޝަނެއް ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ވެ އެވެ.
ފުލުހުން ބުނީ، އެ ބިދޭސީންތަކުގެ ތެރެއިން 530،000ރ. އާ އެކު ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު އޭރުގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާންގެ އަމުރަށް އޭގެ އެއް ދުވަސް ފަހުން ދަންވަރުގެ ވަގުތެއްގައި ދޫކޮށްލި ކަމަށެވެ. އަދި ބިދޭސީން އުޅުނު ގެ ބަލައި ފާސްކުރި އިމިގްރޭޝަންގެ މުވައްޒަފުން، ޑިޓެއިނުން ދޫކޮށްލި ބިދޭސީމީހާއާ މަގުމަތިން ބައްދަލުކޮށް، އެ ފައިސާ ހިފައިގެން އެ އޮފިސަރުން ގޮސް ވަނީ ޝަމްއާން ދިރިއުޅޭ އިމާރާތަށް ކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުނާލު
26 May 2025
ފަޒުލް ގެއިން ފެނުނީ ކޮންފައިސާއެއް؟
ބަޑިތަކުރު
26 May 2025
މިފަދަ ކަންކަމުގައި ކުށްސާބިތުވުމަކީ މުސްތަހީލު ކަމެއް. އެންމެ ގާތީ ކޮންމެވެސް އިޖްރާޢަތެއް ފުރިހަމަ ނުވެގެން ސަލާމަތްވުން. މިހާރު މީހަކު ކުށްކުރިތޯ ނޫންތޯއެއް ބަލަން ނުޖެހޭކަހަލަ. އެކައުންޓަށް ދައުލަތުގެ ފައިސާއިން މިލިޔަނުން ފައިސާ ޖަމާކުރިމީހާވެސް އެހުރީ އަކުރެއްއޮޅިގެން ދޫވެފައި. އަނެއް ބަޔަކު ހެކިހޯދިގޮތުން ނޫނީ ހައްޔަރުކުރިގޮތުން ނޫނީ އެހެންވެސް ބަލަންވީ ކަންތައް ބާއްވާފަ އެހެންކަންތައްތަކެއް ބަލާފައި ދޫކޮށްލަނީ.
ޔަގީންޓާރ
26 May 2025
ބޮޑެތި މަގާމުތަކުގައި ތިބެ ބޮޑެތި ޖަރީމާތައް ހިންގައި ޓީވީތަކަށް އަރައި ވާހަކަދައްކައި ހަދާކަށް މިމީހުންގެ ލަދެއްނެތް! ކޮންމެވެސް ސިޔާސީ ލީޑަރަކާއި ހަދާ އެއްބަސްވުމެއްގެ ދަށުން ދެން ފެންނާނީ މީނާ ދޫކޮއްލާތަން!
ޖާދޫ
26 May 2025
ޝައްމާންއަށް ސިފަ ބަދަލުކުރަންވެސް ފުރުސަތު ނުދީ މައްސަލަ ކޯޓަށް ފޮނުވާލީމަ ވަރައްދެރަ
ައޯކޭބެ.
26 May 2025
ފުރަތަމަ އަވަހަށް ކުރިއަށް ދާނީ ސާބިތުކުރެވޭ ވަރަށް ހެކި ލިބުނު މައްސަލަ ނޫންތޯ.. ފަޒުލް ވ ފަންނުގައި ފުންނާބު އުސް ވުމުން އަދި ފިޔަވަޅު އެޅޭވަރު ނުވަނީއެވެ.. ސަބިތު ކުރެވޭވަރުގެ ހެކި ހުރިބޭފުޅުން ކަމާބެހޭ ފަރާތްތަކަށް ހިއްސާ ކޮށްދެއްވާށެވެ.
ޔައޫފް
26 May 2025
ތަހުގީގަށް އިނގިފަ ތިހުރީ ހަމަ ރަނގަޅަށް. ޝަމްއާން ކޮށްފާނެ ތިކަހަލަ ކަންކަން. ޝަމްއާން އަކީ ކާކުކަން ދަންނަ ކޮންމެ މީހަކަށްވެސް އިނގޭނެ ޝަމްއާން ކަންތައް ކުރާނީވެސް ހަމަ މިހެންކަން. ޖަރީމާގެ އަރާ ހުރި ތަރިއެއް އޭނައަކީ
ލަބާން
26 May 2025
ޝައްމާން ކިހިނެތް ތިއުޅެނީ. އާރާއި ބާރުގަ އުޅުނު އިރު ތަންކޮޅެއް ތާހިރުކޮށް އުޅެވިފަ ހުރި ނަމަ މިއަދު ތިހެން ނުވީސް
އަސަރަފަ
26 May 2025
ސައްމާނު އަށް މިލިބެނީ އިބޫ އިރުގަ ރައީސް ޔާމިނަށް ލިބުނު އިންސާފު.
ކޮރަކަލި ރައީސް
26 May 2025
މިފަދަ މުއައްސަސާ ތަކުގެ ޔުނިފޯރމްގެ އަގެއް ނެތް މިހާރު ( ކަސްޓަމްސް ޕޮލިސް އެމްއެންޑީއެފް ކަރެކްޝަން އިމިޤްރޭޝަން ) ބައިވެރިންނާއި ދޭތެރެ ހަމަހަމަކަމާއިއެކު އިންސާފު ޤާއިމް ނުކުރެވޭ ޕޮލިސް އެމްއެންޑީއެފް ރާބޮއެ ކްރޮޕްޓްވިޔަސް އޯކޭ
ހަބޭސް ބޭބެ
26 May 2025
ޝަންޢާން އަދި ފަޒުލްއާއި ދެމީހުންވެސް ވަކި ކުރީ ޚިޔާނާތުގެ މައްސަލައިގައި، ފަޒުލް ނެގިއަދަދުވެސް ނޭނގޭ އޭނާ އޯކޭ، ޝަމްޢާން 500،000 މީ ބޮޑުޖޯކެއް، ނުނަގައެކޭނޫން، ނެގިނަމަ މީކޮންއެއްޗެއް؟ ކޮންމެ މީހަކު އެބްރޫވްނަނީ މޭޒުދަށުން 40 ނުވަތަ ފަންސާސް ހާސްދިނީމަ، މައްސަލައަކީ މީ ޔާޟީނު އަދި އަދުރޭގެ ދަރިފުޅެގެ ގާތްކަމުން ދިން ވަޒީފާއަކަށް ވުން. އިންސާފު ހަބޭސް،
ނޭނގޭބެ
26 May 2025
ފަޒުލް ވަކި ނުކުރޭ. ޢޭނަ އަމިއްލައަށް އިސްތިއުފާ ދިނީ...މައްސަލަ ބަލާށޭ ކިޔާފަ. ޙިޔާނާތެއް އޭނަ ނުހިންގަންޏާ އޭނައަށް ދައުވާ ކުރަން ޖެހޭތަ؟ ފޯޖުކުރި ގޯތީގެ ލިއުން ދިނީ ކުރީ ސަރުކާރުގެ މީހުންނޭ އެ ލިބިފަތިބި އެބުނަނީ. ދެެން ކަލޭ ބުނީމަ ބުނާ މީހަަކަށްތަ ދައުވާ އުފުލަން ވަނީ؟
ޢަހު
26 May 2025
ފަޒުލް ވަކިކުރީކީ ނޫން އިސްތިއުފާ ދިނީ ޚިޔާނާތުގެ ތުހުމަތެއްނުކުރޭ ފަޒުލްއަކަށް