ޝަމްއާން އަދި މިނިސްޓަރު އިހުސާން: ޝަމްއާން މައްސަލައިގެ ވީޑިއޯ ފުލުހަށް ދޭން އެދުނީ ޒިންމާގެ ދަށުން ކަމަށް މިނިސްޓަރު ވިދާޅުވި
03 ޑިސެމްބަރ 2025 - 18:39
އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން އެ ތަނުގެ މުވައްޒަފުންތަކަކާ ގުޅިގެން މަގާމުގެ ނާޖައިޒު މަންފާ ހޯދި ކަމަށް ބުނާ މައްސަލަގައި ސީސީޓީވީ ފުޓޭޖުތައް ފުލުހުން ލަސްނުކޮށް ފޯރުކޮށްދޭން އިމިގްރޭޝަންގައި އެދުނީ އެ ދެ ތަނާ ހަވާލުވެ ހުންނެވި މިނިސްޓަރުގެ ޒިންމާގެ ދަށުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ޝަމްއާނަށް ކުރާ ދައުވާތަކުގެ މިއަދުގެ އަޑުއެހުމުގައި މި މައްސަލަގައި އިމިގްރޭޝަންގެ ސީސީޓީވީ ފުޓޭޖުތައް ފުލުހުންނާ ހަވާލުކުރި އިމިގްރޭޝަންގެ އޮފިސަރު ހެކިބަސް ދެމުން އެ މީހާ ބުނީ ސީސީޓީވީ ފުޓޭޖުތައް ފުލުހުންނާ ހަވާލުކުރަން އޭނާ އަށް އެންގީ އައިސީޓީ ސެކްޝަންގެ އިސް ވެރިޔާ ކަމަށެވެ.
އަދި އޭނާ އަށް އައިސީޓީ ސެކްޝަންގެ ހެޑް، ގުޅުއްވާފައި، ސީސީޓީވީ ފުޓޭޖުތައް ފުލުހުންގެ ތަހުގީގަށް ހަވާލުކުރަން ހޯމް މިނިސްޓަރު އިހުސާން އެދިވަޑައިގެންފައިވާތީ އެކަން ކުރުމަށް އެންގި ކަމަށް ބުންޏެވެ.
އެ ޚަބަރާ އެކު މިނިސްޓަރަށް ކުރިމަތިވި ފާޑުކިޔުންތަކާއި ސުވާލުތަކަށް ރައްދު ދެއްވުމުގެ ގޮތުން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދެ އިދާރާއާ ހަވާލުވެ ހުރި މިނިސްޓަރުގެ ހައިސިއްޔަތުން ކަންކަން ލަސްވާ ނަމަ އެކަން އަވަސް ކުރަން ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމަކީ ޒިންމާއެއް ކަމަށެވެ.
"އަދި އަޅުގަނޑު ވަޒީރަކަށް ހުރިހާ ދުވަހަކު ވަކި ކަމެއް އިސްތިސްނާ ނުކޮށް މިކަން މިގޮތަށް ކުރިއަށް އޮތް ތަނުގައި ވެސް ކުރާނެ ވާހަކަ ދަންނަވަން،" މިނިސްޓަރު ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ ވީޑިއޯ ފްޓޭޖު ފުލުހުން އެދުމުން ފޯރުކޮށްދިނުން ލަސްވާ ނަމަ، އެކަން ކޮށްދިނުމަށް އެންގުމަކީ ގޯހެއް ކަމަށް ދޭހަވާ ގޮތަކަށް ވަކީލުންގެ ވާހަކަ ހުންނަ ކަމަށާއި ސުވާލަކީ އެކަން ނުވެގެން ފުލުހުން އެހީތެރިކަމަކަށް އެދުމުން އެކަން ނުކޮށްދިން ނަމަ ވަކީލު ދެން ބުނާނީ އެއްޗެއް ކަމަށެވެ.
"ގޯސްކަމެއް ހިނގީމަ އެކަން ގޯސް ނުވެ އެކަން ހިނގިތަން ފެންނަ ކެމެރާއާ ފުޓޭޖު ދޭން ބުނި މީހާ ގޯސްވާ ގޮތަށް ވަކީލުން ވާހަކަ ދެއްކުމަކީ ކަންބޮޑުވާ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
ފުޓޭޖު ދޭން މިނިސްޓަރު އެދިވަޑައިގެންނެވި ކަމަށް ހެކިވެރިޔާ ބުނުމާ އެކު، ޝަމްއާންގެ ދިފާއީ ވަކީލް ނޫރުއްސަލާމް އަބޫބަކުރު މިއަދުގެ އަޑުއެހުމުގައި ވަނީ އެއީ އެކަމުގައި އޮންނަ ރަސްމީ ޗެނަލްތޯ ސުވާލު ކުރައްވައިފަ އެވެ. ހެކިވެރިޔާ ބުނީ އާންމު ގޮތެއްގައި އެފަދަ މައުލޫމާތު ހޯދަން އަންގަނީ ސީދާ ފުލުހުން ކަމަށާއި ނަމަވެސް ވަގުތާއި ހާލަތުގެ ގޮތުން މިނިސްޓަރު އަދި ފުލުހުންގެ އިސް އޮފިސަރުން އެދިގެން ވެސް ފުޓޭޖް ފޯރުކޮށްދޭ ކަމަށެވެ.
ޝަމްއާން: ޝަމްއާން މައްސަލައިގެ ވީޑިއޯ ފުލުހަށް ދޭން އެދުނީ ޒިންމާގެ ދަށުން ކަމަށް މިނިސްޓަރު ވިދާޅުވި
ދައުލަތުގެ ވަކީލް ވަނީ މިނިސްޓަރުގެ އެންގުމެއް ސީދާ އޮފިސަރަށް ލިބުނުތޯ ސުވާލުކޮށްފަ އެވެ. އޮފިސަރު ކުރިން ވެސް ދިން ޖަވާބު ތަކުރާރުކޮށް އޭނާ ބުނީ މިނިސްޓަރު ސީދާ އޭނާ އަށް ނުގުޅުއްވާ ކަމަށެވެ.
ޝަމްއާންގެ އާއިލާއިން ގެންދަނީ އޭނާ ހައްޔަރުކުރުމުގައި މިނިސްޓަރު އިހުސާން ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތު ކުރަމުންނެވެ. ޝަމްއާން ބަންދުކުރަން ހޯމް މިނިސްޓަރު އިހުސާން މަސައްކަތް ފެއްޓެވީ އިހުސާންގެ "ވީޑިއޯ"އެއް އޮތުމުން ކަމަށް ވެސް އާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. ނަމަވެސް އެ ކުރާ ތުހުމަތު ތަކުގެ ތަފްސީލެއް ނުދެ އެވެ.
ނަމަވެސް ޝަމްއާން ހައްޔަރުކޮށްފައިވަނީ އޭނާއާ އޮތް ޒާތީ ކަމެއްގައި ނޫން ކަމަށް އިހުސާން ވަނީ ވިދާޅުވެފަ އެވެ.
މި އަހަރުގެ މާޗު މަހު ޝަމްއާން މަގާމުން ވަކިކޮށް، ހައްޔަރުކުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އެ އިދާރާގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000ރ. ހޯދައިގެން ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކުރާ މައްސަލާގަ އެވެ.
އެ މައްސަލާގައި ޝަމްއާންގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އާއި ފޭރުމުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ދައުލަތުން ކުރެ އެވެ. އެ މައްސަލާގެ ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުގައި ބަހައްޓަން ކޯޓުން ކުރިން އޮތީ އަމުރު ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައްކޮއި
04 December 2025
ވަޒީރު މިއީ ހުރިހާ ތަނެއްގެވެސް "ބައެއް ޒިއްމާ" ނަގާ މީހެއްބާ؟ ކޮންމެ މުވައްސަސާއެއްގެ ނަގަން ފެންނަނީ ބައެއް ޒިއްމާ.
ކޮރަލް
04 December 2025
މިނިސްޓަރު އެހެދީ ރަނގަޅަށެވެ. ފްޓޭޖް ނުފޮނުވާ ލަސްކޮށްފިނަމަ އެތެރޭގެ ބަޔަކާ ގުޅިގެން އެ ޑިލީޓް ވެސް ކޮށްލަ ފާނެ އެވެ. އެމްޕީއެލް ކެމެރާ ތަކަށް ވީ ގޮތް ހަނދާން އެބަ ހުއްޓެވެ. ކަމެއް ނުކުރާނަމަ ބަންދުގަ ހުރި މީހާ ސަލާމަތް ވާނެ އެވެ.
ދިގަލި
04 December 2025
ތަޖުރިބާ ނެތް ބޭފުޅުން ބޮޑެތި މަޤާމުތަކަށް ލީމާ ވާނީ މިހެން. ދާޚިލީ ވުޒާރާ ހިންގަން ހަވާޅު ކުރަންވާނީ އެކަމުގެ ތަޖުރިބާ ހުރި ބޭފުޅަކާ، ފައިނޭންސް ވުޒާޒާ ހިންގަންވާނީ ފައިނޭންސް ތަޖުރިބާ ހުރި ބޭފުޅުން، ނާގާބިލު މީހުން ކަންކަމަށް އިސްވީމާ އޭގެ ދެރަ ލިބެނީ ޤައުމަށް، މި ޤައުމު މިދަނީ ރަނގަޅު މިސްރާބަކުން ނޫން. މިކަންކަން ެރަނގަޅުކުރައްވައި ވެރިކަން ދިފާޢުކުރައްވަން ވެރިކަން ނުކުރައްވައި ރައްޔަތުންނަށްޓަކައި ވެރިކޮށްދެއްވާ. ވެރިކަންވެސް ދެމެހެއްޓޭނެ
ދުރަށްގޮސް
04 December 2025
ތިބޭޅާ ދާންވީނު ތަޖުރިބާތައް ހިފައިގެންދެން؟ އިހުސާން އަކީ ތަޖުރިބާ ހުރި ކަމަށް ކަމޭ ހިތާ މަސައްކަތަށް ތަރޯ ބޭފުޅެއް. މި ސަރުކާރުގަ ހުރި އެންމެ ހީވާގީ ކޭޕަބަޕް އެއް މިނިސްޓަރ.
ދޮހޮއްކި
04 December 2025
ވެރިމީހާއަށް ގޯސް ކަމެއް ހިނގާ ކަން އެނގި ހުރެ ރިޕޯޓްނުކޮށް ފުލުހުން އަމިއްލަ އަށް ފެނިގެން އައިސް ދޭށޭ ބުނަން ދެން މަޑުކުރާށޭ ބުނާކަހަލަ ވަކީލެއް. ބޭފުޅާ ވަކީލުކަމާ ހަވާލުވެސް ވީ ކީއްކުރަން ކޯޓުން އައިސް އާދޭސް ނުދަންނަވަނީސް.
ރާބިއާ
04 December 2025
އިހުސާންތެރިކަމެއް ނެތް އިހުސާނެއް. އަތް ނުބާނާ ތަނެއް ކަމެއް މަގެއް ނެތް.
އިންނަ
04 December 2025
ޑޮކްޓަރ، ކެޕްޓަން، ސީއީއޯ، މިނިސްޓަރ
ސައިބޯނި
04 December 2025
ވަކި ކަމެއް އަވަސްވަނީ 2024 ޑިސެމްބަރުގައި ޕޮލިސްކާރުން ޖެއްސި ޒުވާނާ އަދިވެސް ހޭނާރާ މައްސަލައިގައި ހިމެނޭ ޕޮލިސްމީހާގެ މައްސަލަބަލާ އަދިވެސް ނުނިމޭ، އޭނާ މޭފުއްޕާފަ މަގޭ ކުށެއްނެތޭ ބުނި، ސީސީޓީވީ ފުޓޭޖް ވީތަނެެއް ނޭގޭ، ފަޅޮލޭ ކިޔާބަލަ
މަ ބުނީ
04 December 2025
މަ ބުނީ މަގޭ ޒިއްމާގެ ދަށުން ސާޅީސް ފޫޓުގެ ދެ ކޮންޓޭނަރުގެ ސިގެރޭޓުގެންލުނީމަ މަގޭ ވަރަށްހިނިއާދޭ !
ޖުލައި2021
03 December 2025
އަޅެފަހެ މިނިސްޓަރު ނުގުޅިއަސް ނޭދުނަސް ފުލުހުންނަށް ކޯޓު އަމުރު ހިފައިގެން ގޮސް ވަގުތުން ބޭނުން ވީޑިއޯ ފުޓޭޖެއް ނަގައިގެން އާދެވޭނެ. މނިސްޓަރު ތަހްގީގުތަކަށް އިންޓަރފިއަރ ކުރުން އެހާ އެހާއެއްނޫން.
ޢަލްޓިކޯ
03 December 2025
ޢިހްސާން އެއްނު އަބަދުވެސް ދެއުޅި އެއްނުވާކަމަކަށް ބޭނިފަ އޮންނާނީ.ރަޖިސްޓްރީ ނުކުރާ ވެހިކަލް ހުޅުމާލެ އަށް އަރުވާ ބަރާކުރާއިރުވެސް ނުހުއްޓުވާ ޕޮލިހުންނެރެގެން ކޯނުޖެހުމުގަ އަވަދިނެތި
އޮނަރަބްލް އަފީފު ދީދީ
03 December 2025
ފުލުހުންގެ އޮނިގަނޑާއި އިދާރީހިންގުން ބަދަލުކޮށް ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން (މާލެހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާންރީޖަން ކަމަށް ކަޑައަޅާ ކޮންމެ ރީޖަނެއްވެސް ހިންގާނީ އެރީޖަނެއްގައި ހުންނަވާ ކޮމިޝަނަރގެ ބެލުމުގެދަށުން ރީޖަންގައި ތިއްބަވާ ޑިޕިއުޓީން ކަމަށާއި، ރީޖަންތަކުގެ ކޮމިޝަނަރުން ރިޕޯޓް ކުރާންޖެހޭ ފަރާތަކީ މާލޭގައިހުންނަވާ Director General of Police ޢަށް ކަމަށް ފުލުހުންގެ ޤާނޫނުގައި ލިޔާންޖެހޭ.