ތިން މީހަކު ވަނީ ހައްޔަރުކޮށްފައި.
21 މާޗް 2025 - 01:32
އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ކުއްލި ގޮތަކަށް އިއްޔެ މަގާމުން ވަކިކޮށްފައި ވަނިކޮށް، އެ އިދާރާގެ ބައެއް މުވައްޒަފުން ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު ފައިދާ ހޯދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ، އިމިގްރޭޝަންގެ ބައެއް މުވައްޒަފުން "މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން" ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދާ ކަމުގެ މައުލޫމާތު ލިބިފައިވާތީ ތަހުގީގު ފަށާފައިވާ ކަަމަށެވެ.
އަދި މިދިޔަ ބުދަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކޮށް، ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ބުންޏެވެ. އެ އަށް ވުރެ އިތުރު ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވެ، އެންމެ ފުޅާކޮށް ހިންގާ އެއް ކަމަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީން އަތުލައިގަތުމާއި އަދި ގަވާއިދުތަކުގެ ތެރެއަށް އެ މީހުން ފެއްތުމުގެ ކަންކަން ކުރިއަށް ގެންދިއުމެވެ. ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ 5،000 އަށް ވުރެ ގިނަ ބިދޭސީން މިހާތަނަށް ވަނީ ރާއްޖެ އިން ޑީޕޯޓް ކޮށްފަ އެވެ.
ނޮވެމްބަރު 19، 2023 އިން ފެށިގެން އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން ފުރުއްވަމުން އައި ޝަމްއާން އިސްވެ ހުންނަވައިގެން ބިދޭސީން އަތުލައިގަތުމުގެ ބޮޑެތި އޮޕަރޭޝަންތަކެއް ހިންގާފައި ވެ އެވެ. އޭނާ އެ މަގާމުން ވަކިކޮށްފައިވާއިރު، އިމިގްރޭޝަންގެ މުވައްޒަފުންނަށް ކުރާ ތުހުމަަތުތަކާ ޝަމްއާނާ ގުޅުން އޮތް ކަމެއް އަދި ނޫން ކަމެއް ވެސް ނޭނގެ އެވެ. ޝަމްއާން މަގާމުން ވަކިކުރި މައްސަލާގައި ސަރުކާރުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަމަ
22 March 2025
ޝައްމާނު ހައްޔަރުކުރުމުން ސުވާލުއުފެދޭ ކުރިން ދައުލަތުގެ ކުންފުނިތަކުން ފާޅުކަން ބޮޑުކޮށް މިކަންކަންކުރި މީހުންނަށް މިއަދާ ހަމައަށް އަށްވެސް އެއްވެސް ފިޔަވަޅެއް އަދިއެއްނޭޅޭ، ކޮބާ ފައިޞަލް، ފެނަކަ މުއާޒް، އެޗް.ޑީ.ސީ ފަޒުލް، ވަޖީހު، ސުހައިލްމެންފަދަ ބޭބޭފުޅުން. އިންސާފު އެންމެންނަށް ހަމަހަމަވާންޖެހޭނެ!
އަލިތަކުރު
21 March 2025
މީގެކުރިންވެސް މިކަހަލަ އަޑެއްއަރުވާފަ އެކަންހިނދިއްޖެ. މިކަހަލަ މައްސަލަބަލަންތިބީވެސް އެވިސްނުންގެންގުޅޭ ބަޔަކު.
ހަޖާމްބެ
21 March 2025
މި ސަރުކާރުން 5 ހާސް މީހުން ޑީޕޯޓްކޮއްފީމޭ ބުނާއިރު، އެތެރެކުރީ ކިތައް ހާސްކަމެއް ނުބުނެ. 5 ހާސް މީހުން ޑީޕޯޓްކޮއްފަ 10 ހާސް މީހުން އެތެރެކުރީމަ މަގުސަދު ހާސިލްވޭބާ.
ހޯމް ކޮރަޕްޝަން
21 March 2025
މިޙާރު ތި ކޯޓާ ވިއްކިޔަސް ވިއްކޭނީ ހޯމް ލޭންޑު އަށް ދޯ!
ޔަތީނުބެ
21 March 2025
އިމިގްރޭޝަން އަދި އެހެންއިދާރާވެސް އެކުގަކުރަނީ. މިއީއާކަމެއްނޫން. ބިދޭސީން އަތުލައި ފޮޓޯ އެކަނި ނަގަނީ. ބަންގުލަދޭޝް މީހުން ބާރުގަދަ. ގިނަ ވިޔަފާރި ހިގަނީ އެމީހުން ހުއްދަ އާ އެއްކޮއް. ބަންގުލަދޭޝް މީހުނަ ދަނީ އެމީހުންގެ ޝީއީ މުސްލިމުން ކުރިއަރުވާ ޕޮރުގުރާމް ތައް ރާވަމުން ފާޅުގަ.
ކޮރަލް
21 March 2025
އޭޖެންޓް ބިދޭސީން ގެ މަސައްކަތް ފެށޭނީ ދަންވަރު 11 ޖެހީމަ އެވެ. ދެން އޮންނާ ނީ ބައެއް ސިޔާސީ މީހުންނާ ސިވިލް ސާވިސް ބައެއް ބޮޑުން ނާ ބައްދަލު ކުރުމެވެ. އެގަޑީގެ ކަން ކުރާނެ ގޮތާ ފައިސާ ދޭނެ ވަރު ކަނޑަ އަޅާނެ އެވެ. ދިވެއްސަކު އޮފީހަކަށް ކަމަކު ދިޔަ ނަމަ ލަސް ވެގެން ދާނެ އެވެ. ދެން ޖެހޭ ނީ އެޖެންޓް ބިދޭސީ މީހާ މެދުވެރި ކޮށް އެބުނާ ވަރެއް ދީގެން އެކަން ކުރާށެވެ. މިއެޖެންޓުން ތައް ޑިޕޯޓް ކުރަން ވީ އެވެ.
މިގްސޯދްް
21 March 2025
ތި މައްސަލަތަށް ބަލާ ތި އެންމެނަށް ހެޔޮވަރުގެ އަދަބު ދޭންޖެހޭނެ. ރައީސް މުއިއްޒު ވިދާޅުވިފަދައިން ކޮރަޕްޝަންއިން އެއްކިބާވެފައިވާ މުޖުތަމައުއެއް ބިނާކުރުމުގައި މިފަދަ ފިޔަވަޅުތަށް އަވަހަށް އެޅުން މުހިންމު.
ބާސިތްް
21 March 2025
މިފަދަ މުވައްސަސާތަށް އިތުރަށް ހަރުދަނާކޮށް ކޮރަޕްޝަނާ ދުރުކުރެވޭނެފަދަ ނިޒާމެއްގެ ދަށުން ހިންގުން ބަދަލުކުރަން އެބަޖެހޭ. ރައީސް މުއިއްޒުއަކީ ގަޓު ހުރި ބޭފުޅެއް.
މޫސާ ނިޒާރްް
21 March 2025
ވަކި މޫނެއް ވަކި ކަނދުރާއަކަށް ބެލުމެއްނެތި ރައީސް މުއިއްޒު ކުރައްވަމުންގެންދަވާ ގައުމީ މަސައްކަތް ވަރަށް ބަލައިގަންނަން.
ނިޝާންް
21 March 2025
މިފަދަ ކަންކަމުގެ ޒިންމާ ނަގަން ކެރޭ ވަރުގެ ލީޑަރެއް ރައީސް މުއިއްޒުއަކީ. ވަގުތުން އެއޮތީ ފިޔަވަޅުއަޅާ ތަހުގީގަށް ހުޅުވާލާފައި.