ޚަބަރު / ހައި ކޯޓް

ޝަމްއާން ބަންދުކުރި މައްސަލަ ހައި ކޯޓުން ބަލައިނުގަތުމަށް ނިންމައިފި

ޝަމްއާން: އޭނާ 15 ދުވަހަށް ބަންދުކުރި މައްސަލަ ހައި ކޯޓުން ވަނީ ނުބަލަން ނިންމާފައި --- ފޮޓޯ/މިހާރު

28 މާޗް 2025 - 15:24

9 comments
Play Audio News
Powered By Javaabu

މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ބަންދުކުރި މައްސަލަ ހައި ކޯޓުން ބަލައިނުގަތުމަށް ނިންމައިފި އެވެ.

މިދިޔަ ހަފުތާގައި ޝަމްއާން މަގާމުން ވަކިކޮށް އޭނާ ހައްޔަރުކުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށްފަހު އިމިގްރޭޝަންގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކުރާ މައްސަލައިގަ އެވެ.

އެ މައްސަލާގައި ޝަމްއާން 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރު ކުރުމުން އެ ނިންމުން އިސްތިއުނާފް ކުރަން ޝަމްއާންގެ ފަރާތުން ހައި ކޯޓަށް ހުށަހެޅީ މިދިޔަ ބުދަ ދުވަހު އެވެ.

ނަމަވެސް ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ އިއްޔެ ނިންމެވީ ޝަމްއާންގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށް ބަލާއިރު އެ މައްސަލަ ބަލައިނުގަތުމަށް ނިންމެވީ ކަމަށެވެ.

ޝަމްއާންގެ އިތުރުން އިތުރު ހަތަރު މީހަކު ވެސް އެ މައްސަލާގައި ހައްޔަރުކުރި އެވެ. އެ މީހުންގެ ބަންދުގެ މުއްދަތު ވެސް ކޯޓުން އިތުރުކުރި އެވެ. އަދި އެ މައްސަލާގައި އިތުރު ބަޔަކު ފުރުން މަނާކޮށް އަދި ޝަމްއާންގެ އަނބިކަނބަލުންގެ ފޯނު ވެސް ފުލުހުން ވަނީ ކޯޓު އަމުރެއްގެ ހިފަހައްޓައިފަ އެވެ.

ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ފައިސާ އަތުލުމަށްފަހު ދޫކޮށްލާފައިވަނީ އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ގެސްޓްހައުސްއަކުން އަތުލައިގަތް ބިދޭސީއެކެވެ. އަދި ފައިސާ ހޯދާފައިވަނީ އޭނާ ދޫކޮށްލުމަށް ފަހު އިމިގްރޭޝަންގެ ތިން މުވައްޒަފަކު އެ މީހާއާ މަގުމަތިން ބައްދަލު ކުރުމަށްފަހު ކަމަށާއި އަދި އެ ފައިސާ ހިފައިގެން ގޮސްފައިވަނީ ޝަމްއާންގެ ގެއަށް ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

9 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 7%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 20%

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ާތުއްތު

29 March 2025

ހާދަ ދެރަގޮތެކޭ ވެގެންމިއުޅެނީ.. ސަންމާނަކީ އަލިފެއް ކަހަލަ ކުއްްޖެ، އޭނާ ދުވަހަކުވެސް ކުރަން ނުވެސް ވިސްނާނެ ފަދަ ބޮޑު އިލްޒާމެއް މިއޮތީ ބޮލުގަ އަޅުވާފަ. ހުރި ހިތާމައެއްގެ ބޮޑު ކަމާ

އަލީ މޫސާ

28 March 2025

ސަރުކާރުގެ ނުފޫޒު ކޯޓުތަކަށް އޮތްކަމުގެ ކުޑަ މިސާލެއް.

ހުވާ

28 March 2025

އެހެންވީމަ ކޮބާތަ ތިޔަބުނާ ދޫކޮއްލި ބިދޭސީ މީހާ، އޭނަ ހަމަ މިނިވަންކަމާ އެކީ އުޅެނީ؟

12321

28 March 2025

މިގައުމުގަ އާންމު ރަތްޔިތަކައް، އިންސާފުލިބޭނެ އެއްގޮތެއްވެސްނެތްކަން މިއެނގެނީ، ރަތްޔިތެއްގެ ހުށަހެޅުން ބަލައިގަންނަންވެސް ނުކެރެނީ، ވެރިޔާއަންގާ ގޮތައް ކޯޓްތައް އޮޕަރޭޓް ވަނީ، އަދިވެސްހަމަބަލަން ތިބެންވީތޯ، ބާރުތައްފެށެނީ ރަތްޔިތުންގެކިބައިން

ޕިންކީބަނާނާ

28 March 2025

ތި ބުނަނީ ހުރިހާ ހައްގުތަކެއް ލިބެންޖެހެނީ ވަގުންނަށޭތަ ؟ ޔުނިފޯމު އަޅައިގެން ތިބެ ރޯމާ ދުވާލު ދިވެހި އެތެއް ވިޔަފާރިތަކެއްގެ އާއި އާންމުންގެ ހައްގު ނަގާލާ ކަޓު ދިނީމަ ނުނީ ކޯޓާ ނުވަތަ ވިސާ ގެ ހިދުމަތްކުރިޔަށް ނުގެންގޮސްދީފާ ވައްކަން ކުރަމުން ދުވަނިކޮށް ޖަލަށް ލީމަ އަދިވެސް ކޯޓުތައްތަ ނުބައިވަނީ ؟

ބޒވަވ

28 March 2025

އިންސާފެއްނުލިބޭނެ ތަންތަނުގެ ޒިންމާގައި ތިބޭވެރިން ތެދުވެރިނުވަންޏާ.

ގައުމީމީހާ

28 March 2025

ތި ކިޔަން އުޅޭ އެއްޗެއް ނިކަން ސާފުކޮށް ކިޔާބަލަ.... މިތާ ވާހަކަ ދެކެވޭ ފަރާތަކީ ދިވެހި ރައްޔިތެއް. އާއްމު ރައްޔިތަކާއި ދިވެހި ރައްޔިތަކާއި ވެރިންންނަކީ ކޮބައިކަން އޮޅިއްޖެ. މޫދުން ނަގައި ވެލިގަނޑު މަތީ އޮންނަ މަހެއް ތެޅުނު ތެޅުނު ދާނީ ހުޅުންބު. ހިހިހިހި

އައްޕަތުރޭ

29 March 2025

އިންސާފު ލެބެންޖެހޭނެ. ކުއް ސާބިތުނުވާހާހިދަކު އޭނާއަކީ ކުށެއްނުކުރާމީހެއް. ދިވެހިރާއްޖޭގެ ފުލުހުންނަކަށް އިތުބާރެއް ނުކުރެވޭ.

މުހަންނަދު

29 March 2025

ބާރުތައް ފެށެނީ الله ކިބައިން

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454