މަނަދޫ މީހަކު ގެއްލިގެން ހޯދަނީ. އޭނާ ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުން ހައްޔަރުކޮށްފައި -- ފޮޓޯ: ޕޮލިސް
30 މާޗް 2025 - 17:02
ގެއްލިގެން ހޯދަން އިއުލާނު ކުރި މީހަކު ޑްރަގް އެތެރެކުރި މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.
ނ. މަނަދޫ، އުމުރުން 37 އަހަރުގެ އަބްދުﷲ ޝިހާދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އިއްޔެގެ ވަގުތެއްގަ އެވެ. އަދި އިއްޔެ ވަނީ އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ދީފަ އެވެ. ކޯޓު އަމުރުގައިވާ ގޮތުން އޭނާ ހައްޔަރުކުރީ މަސްތުވާތަކެތި އެތެރެ ކުރުމާއި އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގަ އެވެ.
އޭނާ ހައްޔަރުކުރީ ރާއްޖޭން ބޭރުން އައުމާ އެކު ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެ އެވެ.
މިމަހުގެ 11 ގައި ފުލުހުން ވަނީ ޝިހާދު ގެއްލިގެން ހޯދަން ސޯޝަލް މީޑިއާގައި ވެސް އިއުލާނުކޮށްފަ އެވެ. ފުލުހުން އޭނާ ހޯދަން އޭރު އިއުލާނުކުރީ، އާއިލާއަށް އޭނާގެ ހަބަރެއް ނުވާތީ، ފުލުހުންނަށް އެކަން ރިޕޯޓު ކުރުމުންނެވެ.
އާއިލާއާ ހަވާލާދީ އޭރު ފުލުހުން ބުނީ، އޭނާއަކީ މާލޭގައި ދިރިއުޅޭ މީހެއް ކަމަށާއި އެކަމަކު އޭނާގެ ފޯނަށް ވެސް ނުގުޅޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
31 March 2025
ޑްރަގް ރާއްޖޭގަ މަނާވާނީ ގްރޫޕްތަކަށް ނިސްބަތްވާ މީހުންކަން އެނގިތިބެ އިމިގްރޭސަނާ ކަސްޓަމާ އަދި އެއަރޕޯޓްގެ ކޮންޓްރޯލް ނެގޭފަދަ ބޮޑެތި ވަޒީފާތަކަށް އައްޔަނުކުރުމާ ލިބުން ހުއްޓުނުދުވަހަކުން.
ބުރުގާ
30 March 2025
ކޮންދުވަހަކުންތޯ ރާއްޖޭގަ ޑުރަގު މަނާކުރާނީ..... ހާދަހާވާ ބޮޑު އަޖައިބެކޭދޯ.....
ހަމްދާ
30 March 2025
ދެންފަހެ އޭނާދޫކޮށްލާނެއެވެ
އޮނަރަބްލް އަފީފު ދީދީ
30 March 2025
މިއީ ދައުލަތާއި ސަރުކާރު މުއައްސަސާތަކުން ރައްޔިތުނާއި ޤައުމީ ސަލާމަތާއި ގުޅުންހުރި ކަންކަމުގައި ގެންގުޅޭ ސިޔާސަތު ތަކާއި މެދު ސުވާލު އުފެދޭ ކަންކަން. ފުލުހުން މީހަކު ނުފެނިގެން ހޯދަން އިޢުލާން ކުރިއިރު އެމީހާ ފުރައިގެންގޮސް ރާއްޖެއިން ބޭރުގައި ހުރިކަން މިއެގުނީ އޭނާ އެބުރި ރާއްޖެ އައިއިރު މަސްތުވާ ތަކެތި ގެނައުމުން ކަސްޓަމްސް އޮފިސަރުން ބަލާ ޗެކް ކުރުމުގެ ތެރޭގައި ޑްރަޤް ފެނިގެން ހިފެހެއްޓުމުން. މިއީ ކިހިނެއްވާ ކަމެއް.؟!
އާޔާ
30 March 2025
ވާނުވާ ބަލާލަ ފުރަތަމަ ދީދީ. ފުލުހުން ތުހުމަތު ކުރަނީ ކަނޑުމަގުން ގެނާކަމަށް. އެހެންވީމަ ކަސްޓަމްސް ގެ ނަން އުނިކޮއްލާ
އީދު މުބާރަކް
30 March 2025
ގުޅިގެން ކައްކާ ޑޮންޑޮން
ޔޮއްކޮ
31 March 2025
އަފީފުދީދީ އަކީ ކޮމެންޓު ވިރުވާއަޅާ ރޯނުއެދުރެއްތާ. ވާނުވާ ނޭނގި.
އާޔާ އީދު މުބާރިކް
31 March 2025
ވައިގެ މަގުން ވިޔަސް ކަނޑުމަގުން ވިޔަސް ރާއްޖޭން ބޭރުވާނަމަ އިމިގްރޭޝަން އަަށް އެނގޭނެ. އެހެންކަމުން ފުލުހުން އިއުލާންކުރުމުގެ ކުރިން އެކަންކަން ބެލިފައި އިޮންނަންޖެހޭނެ ކަމަށް ވެރިކަންކުރާ ރަށަށް އަބަދު ކަޅިއަޅައިގެން އޮންނަ ދީދީ އެބުނަނީ. މިފަހަރު ދީދީއަށް ތާއީދު
ކަސްޓަމް
31 March 2025
ކަނޑުމަގުން އަންނަމީހާ އަންނަނީ ކަސްޓަމް ކްލިއަރެންސް ނުލިބި ކަސްޓަމްމަތިން ޖަމްޕްއެއް ޖަހާފަތަ؟.
އެންމެން ހެޕީ
30 March 2025
ސާބަހޭ.....އޭނަ ދިޔައީ މުދާ ބަލައޭ
ތާޅަފިލި އަހައްމައިދީ
30 March 2025
އޯކޭ ސިމްޕަލްކަމެއްނު. ނިމުނީނުނު