ރަސްގެފާނުގެ ދަތުރުފުޅާ ގުޅިގެން ބަންދުކުރާ ބައެއް މަގުތައް.-- ފޮޓޯ: ޕޮލިސް
15 މާޗް 2017 - 17:45
ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް، އަންނަ ހޮނިހިރު ދުވަހުން ފެށިގެން ރާއްޖެ އަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން މާލޭގެ ބައެއް މަގުތައް ކުރިއަށް އޮތް ތިން ދުވަހު ބަންދުކުރަން ނިންމައިފި އެެވެ.
ފުލުހުންގެ ވެބްސައިޓުގައި ވާ ގޮތުން، ރަސްގެފާނަށް މަރުހަބާ ދަންނަވާ ރަސްމިއްޔާތުގެ ރިހާސަލް އަށް މާދަމާ މެންދުރު 2:00 އިން ފެށިގެން އެ ހަރަކާތް ނިމެންދެން ބޮޑު ތަކުރުފާނު މަގުން އެމްއެމްއޭ އިން ފެށިގެން ބެންތެޔޮ ގޯޅިއާ ހިސާބަށް އަދި ބޮޑުތަކުރުފާނު މަގާއި ގުޅިފައިވާ ހިސާބުތަކުގެ ގޯޅިތައް ދެ ދުވަހަށް ބަންދުކުރާނެ އެވެ.
ރަސްގެފާނު މާލެ ވަޑައިގަންނަވަން ހަމަޖައްސާފައިވަނީ އަންނަ ހޮނިހިރު ދުވަހު އެެވެ. އެ ދުވަހުގެ މެންދުރު 12:00 އިން ފެށިގެން މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތު ނިމެންދެން މަގުތައް ބަންދުވާނެ ކަމަށް ފުލުހުން ބުންޏެވެ.
ބޮޑުތަކުރުފާނުމަގު - ހުސޭނީ ގޯޅިން ފެށިގެން މަސްވެރިންގެ ޕާކާ ހަމަ އަށް.
ޗާނދަނީ މަގު - ބޮޑުތަކުރުފާނު މަގުން ފެށިގެން ފަރީދީ މަގާއި ހަމައަށް.
އޯކިޑްމަގު - ޗާންދަނީ މަގުން ފެށިގެން ހުސޭނީ ގޯޅިއާ ހަމައަށް.
ބޮޑު ތަކުރުފާނު މަގުން ފެށިގެން އަމީރީއަހުމަދު މަގާ ހަމައަށް ހިތްފަސޭހަ ގޯޅި، ފިނިހިޔާ ގޯޅި، ނާދީ ގޯޅި ލޮޓަސް ގޯޅި.
ޗާންދަނީ މަގުން ފެށިގެން އޯކިޑްމަގާއި ހަމައަށް ބަންދުވާ ގޯޅިތަކަކީ އިބްރާހިމް ހަސަން ދީދީ މަގު، އޯކިޑްމަގު ޗާންދަނީ މަގުން ފެށިގެން ފާމްދޭރީ މަގާއި ހަމައަށް ދަނބު ގޯޅި ބަންދު.
ޝަހީދު އަބްދުﷲ ޒުހެއިރު ހިނގުން ބޮޑުތަކުރުފާނު މަގުން ފެށިގެން މެދުޒިޔާރަތް މަގާއި ހަމައަށް ބަންދުވާނެ.
މެދުޒިޔާރަތްމަގު ޝަހީދު ޢަބްދުﷲ ޒުހައިރު ހިނގުމުން ފެށިގެން ޝަހީދު ކުޑައާދަމްގެކުޑަ ތުއްތު ހިނގުމާއި ހަމައަށް ބަންދު.
ޝަހީދު ހުސައިން މުހައްމަދު ހިނގުން މެދު ޒިޔާރަތް މަގުން ފެށިގެން ދަރުމަވަންތަ މަގާއި ހަމައަށް.
ޝަހީދު ކުޑައާދަމްގެކުޑަ ތުއްތު ހިނގުން- މެދުޒިޔާރަތްމަގުން ފެށިގެން ދަރުމަވަންތަ މަގާއި ހަމައަށް.
1. ފަރީދީ މަގާއި ލިލީ މަގާއި ދެމެދު ޗާނދަނީ މަގުން އުތުރުން ދެކުނަށް ދުއްވާ ގޮތަށް ބަދަލުކުރުން.
1. އަލިކިލޭގެފާނު މަގު ކަޅުހުރާ މަގާ ގުޅުނު ހިސާބުން ފެށިގެން އަލިކިލޭގެފާނު މަގުން އުތުރަށް ދަތުރު ނުކުރެވޭ ގޮތަށް
2. ލިލީމަގު ޑޭޒީ މަގާ ގުޅުނު ހިސާބުން ފެށިގެން ލިލީ މަގުން އިރަށް ދަތުރު ނުކުރެވޭ ގޮތަށް.
އެ ސަރަހައްދުތަކުގެ ޓްރެފިކް ބަލަހައްޓާ ފުލުހުންގެ އިރުޝާދާ އެއްގޮތަށް ހުރިހާ އެންމެން ވެސް އަމަލުކުރަން އެ މުއައްސަސާ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުސްތާޒު
16 March 2017
އަނެއްކާ ބޮޑުތަކުރުފާނު މަގުގަ 10 ބިލިއަން ޑޮލަރުގެ އިންވެސްޓެއް ނުހިންގައްޗޭ. އެއީ މަގޭ އޮފީހައް ދާމަގު...
ދފދ
16 March 2017
މިއޮތީ މާލޭގެ އެއްފަޅި އެއްކޮށް ބަންދުކޮށްފައެއްނު. އަނެއްކޮޅުން މަޖީދީމަގުގެ ބަޔަކާއި އެ ހިސާބު ކައިރީ މަގުތައް ބަންދު. ދެން ކިހިނެއް ތަނަކަށްދާނީ. 3 ރިސޯޓު ބުކްކޮށްގެން އަންނަ މީހަކު ކީއްކުރަން މާލެ ގެންނަނީ. ރިސޯޓަށް މީޙުން ގޮވައިގެން ދިޔައިމަވީނުް..
ދަނބުގޯޅި
16 March 2017
ތިންދުވަސް ވަންދެން ގޭގަ ބަންދު. ވަޓް އަ ޖޯކް!
އަމީން
16 March 2017
ގައިމު މީގެ ކުރިންވެސް ގައުމުތަކުގެ ވެރިން ރާއްޖެ އައިސްފައިވޭ. އެކަމު މިވަރެއް ނުވޭ
Maldives
16 March 2017
ރަސްގެފާނަށް ދަންނަވާތި ސާރޖިކަލް މާސްއަޅައިގެން ވަޑައިގަންނަވަން ސުވައިންފުލޫ ގެ އަސަރުކޮށްފާނެތީ!
އީޖޯ
16 March 2017
ތިޔަ ރަސްގެފާނަށް އެލާޓެއް ނޯވޭތަ. ނޫނީ ރަސްގެފާނު މާލެއަރާއިރު އެއްވާމީހުނަށް އެލާޓެއް ނޯވޭތަ؟ ރަސްގެފާނަށްޓަކައި އެލާޓް ލެވެލް ދައްކޮއްލަންފެނޭ. ފަސޭހައިން ގައިންގަޔަށް އަރާ ބަލިތައް ކޮންޓްރޯލް ކުރެވޭނެ ފަސޭހަގޮތް މީގެ ސާދަސަތޭކަ އެތައް އަހަރެއްކުރެން ވަނީ ބުނެދީފަ. ވަﷲއައުލަމް.
ލަވްދަވޭ
15 March 2017
ސައޫދީ ރަސްގެފާނުގެ ދަތުރުފުޅާ ގުޅިގެން ބޮޑެތި މަގުތަކެއް ބަންދުކުރުން އެއީ މައްސަލަ އެއް ކަމަށް މަމެން ނުދެކެމެވެ. މަމެން ވަރަށް ދެކެން ބޭނުންވޭ ސައުދީ ރަސްގެފާނު ރާއްޖެ އަށް ކުރައްވާ ފުރަމާނަ ދަތުރު ފުޅަކީ އެެއީ ކާމިޔާބު ދަތުރު ފުޅަކަށް ވެގެން ދިއުމަށް. މަމެންގެ ވެރިކަމުގައ ފުރަތަމަ ޕޭޖް ބަލާލުމުން ފެންނަނީ މަމެންގެ މުސްތަގްބަލް ވަރަށް އުޖާލާ ވަމުން އަންނަ ތަނެވެ. އެކަމަކު މިކަން ބޮޑު ވިހަ އަށް ބަދަލު މިކުރަނީ އިދިކޮޅު ކްރިޓިކްސް އިންނޭ މަމެންނަށް ނޭގޭ މަމެން މިކަމުގައި ސަޕްރައިޒް ވާ ވަރު ބޮޑު ކަމުން. ޖަސްޓް ގޮނާ ސްޓޭންޑް ދެއަރ އެން ސީ ދަވޭ ދޭ ރިއެކްޓް. ދެޓްސް އޯލް ރައިިޓް ބިކޮޒް އައި ލަވް ދަވޭ ދޭ ރިއެކްޓް، ލަވް ދަވޭ ދޭ ރިއެކްޓް..
ާހާނިމް
15 March 2017
މާލެ އިން މީޙުން ބާލާ އޭޜުން ރަނގަޅު ވާނީ
މަންސޫރު
15 March 2017
މަގުތައް އެކަނިތަ؟ އަނގަތައްވެސް ބަންދުކުރަނީ!
ނެތީމުދޯ
15 March 2017
ސައޫދީ ރަސްގެފާނުގެ ދަތުރުފުޅާ ގުޅިގެން ބޮޑެތި މަގުތަކެއް ބަންދު ކުރުން އެއީ ރަނގަޅު ކަމެކެވެ. އަދި ވެލާނާ އެއާރޕޯރޓްގެ ވެސް ސެކިއުރިޓީ ވަރަށް ބޮޑަށް ވަރުގަދަ ވާން ޖެހޭނެއެވެ. ވެލާނާ އެއާރޕޯރޓްއަކީ އެއީ ކްރިޓިކްސްގެ ރެޑިކަލްސް ސިޔާސީ ޚިޔާލު ހުންނަ މީހުން އުޅޭ ތަނަކަށްވާތީވެ ސެކިއުރިޓީ ޖެހޭނެ ވަރަށް ވަރުގަދަ ކުރަން. މީގައި އެންމެ ރަނގަޅު ގޮތަކީ ކްރިޓިކްސްގެ ޚިޔާލު ހުންނަ މީހުން ރީޖަނަލް އެއާރޕޯރޓްސް ތަަކަށް ޝިފްޓް ކޮށްލުމޭ މަމެން ބުނަން ނެތީމު ދޯ.