ރައީސް ޑރ. މުހައްމަދު މުއިއްޒު ޖަލްސާއެއްގައި ވާހަކަދައްކަވަނީ.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
23 އެޕްރީލް 2025 - 13:59
ކަޝްމީރުގައި އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ސަރަހައްދުގައި ޓޫރިސްޓުންނަށް އަމާޒުކޮށް ބަޑިން ދިން ހަމަލާތަކެއްގައި ގިނަ ބަޔަކު މަރުވުމުން ވަރަށް ހިތާމަކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕަހަލްގާމްގައި ހިންގި ނުރައްކާތެރި ޓެރަރިޒަމްގެ ހަމަލާގައި މަރުވި ކުށެއްނެތް މީހުންނާއި ޒަހަމްވެފައިވާ މީހުންގެ ޚަބަރުން އެ މަނިކުފާނަށް ސިހުން ލިބިފައިވާ ކަމަށާއި އެކަމާ ވަރަށް ބޮޑަށް ހިތާމަފުޅު ކުރައްވާ ކަމަށެވެ.
ދިވެހި ސަރުކާރުން ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ސާބިތުކަމާ އެކު ދެމިހުންނަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މި ދަތި އުނދަގޫ ވަގުތުގައި އަޅުގަނޑުމެންގެ ފިކުރުތައް ވަނީ އަނިޔާ ލިބުނު މީހުންނާއި އެ މީހުންގެ އާއިލާތަކާއެކުގައި،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ޕަހަލްގާމްގައި ޓޫރިސްޓުންނަށް އަމާޒުކޮށް ބަޑިން ދިން ހަމަލާތަކެއްގައި ވަނީ 24 މީހުން މަރުވެފަ އެވެ. އިންޑިއާގެ ފުލުހުންގެ އިސް އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވި ގޮތުގައި، މިއީ ފަހުގެ ތާރީހެއްގައި އާންމުންނަށް އަމާޒުކޮށް، މުސްލިމުންގެ އާބާދީ ބޮޑު ކަޝްމީރުގައި ދިން އެންމެ ނުރައްކާތެރި ހަމަލާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބީތާ ބީ
24 April 2025
ބަލަގަ ދިވެހި އަންހެން ދަރިޔަކު ފުރާޅެއް މައްޗަށް އެއް ލާލަަފަ އޮތް ކަން ހަމަ ނޭގެނީތަ؟ އެކަމާ ފުރަތަމަ ވާހަކަ ދައްކަންވީނު؟
ބިންތި ގަރާރު
23 April 2025
އަނެއްކާވެސް މުޅި ދުނިޔެ އުތުރި އަރައިގަންނާނީ ފެންނަ ކޮންމެ މުސްލިމަކާ ދެކޮޅައް! އެކްސްރޭ މެޗިންނައް ދެފަހަރު ނުވަދެ ފްލައިޓަކައް ނޭރޭނެ. ކިހާ ބޮޑު އުނދަގުޅެއް މޮރޮކޯގެ ސަބަބުން ރާއްޖެއައް!
މުޙައްމަދު234
23 April 2025
ކަޝްމީރާއި އިންޑިއާގެ ސްޓޭޓުތަކުގައި މުސްލިމުންނާ ދެކޮޅަށް ހަރުކަށި ހިންދޫން ހިންގާ ޓަރަރިސްޓު ހަމަލާތަކުގެ އަޑެއް ނާއްސަވަމުތޯ. އިންޑިއާ ސަރުކާރުން މުސަލިމުންގެ ވަގުފުތައް އަތުލައި ހިންދޫންގެ ބާރުގެ ދަށަށް ގެނައިކަން އެނގިވަޑައިގަތްތޯ
އަފްރާސިޔާބު
24 April 2025
މުސްލިމުންގެ ބޭންކް އެކައުންޓް ތައްވެސް ހަރުކަށި ހިންދޫންގެ މިލްކެއް ކަމަށް ހަރުކަށި ހިންދޫންގެ މިލްކަކަށްވެސް ހެދޭނެ ގާނޫނުން.
ނުރައްކާތެރި
23 April 2025
ހުޅަގާއި އެމެރިކާގެ ބާރު ގައުމުތަކުން ކެޑެމުންދާކަމުގެ ނިސާނެއް. ބަޔަކުލައްވާ ތިކަހަލަ ކަމެއް ކޮށްލާފަ ދެން ޓެރަރިޒަމް އޭ ކިޔާ އެތަނަކަށް އަރާ ކޮންޓުރޯލް ކުރަންވީ. އެމްޑީޕީ ވެރިކަން ގެއްލިނީމާ ވެސް ކުޅެނީ މިކަހަލަ ގޭމު