ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ ބުރާންޗް
16 މާޗް 2017 - 21:18
ސްކޫލް ބަންދުގައި ރާއްޖެއިން ބޭރަށް ފުރާ މީހުން ޑޮލަރު ގަންނަން ބޭނުންވާ ނަމަ، ފުރުމުގެ އަށް ގަޑިއިރު ކުރިން ޑޮލަރު ބުކިން ހެދުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެދެފި އެވެ.
ބީއެމްއެލް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މި ދުވަސްވަރު ރާއްޖެއިން ބޭރަށް ދާ މީހުން އިތުރުވާނެތީ ވީހާ ވެސް ފަސޭހަކަމާއި އެކު އެއާޕޯޓުން ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް، ޑޮލަރު ގަތުމަށް ބޭނުންވާ ފައިސާ، ފުލައިޓު ފުރުމުގެ އަށް ގަޑިއިރު ކުރިން ދަައްކައި ބުކިން ކޮންފާމްކުރުމަށް އެދޭ ކަމަށެވެ.
ބީއެމްއެލް އިން ކޮންމެ ދަތުރުވެރިއަކަށް ވިއްކަނީ 500 ޑޮލަރެވެ.
ޑޮލަރު ގަތުމަށް އޮންލައިންކޮށް ޑޮލަރަށް ފައިސާ ދެއްކުމުން، ފުރަން ދާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޑިޕާޗާ ގޭޓް 4 ގެ ކުރިމަތީގައި ބީއެމްއެލް އިން ގާއިމުކޮށްފައިވާ ކައުންޓަރުތަކުން ޑޮލަރު ދޫކުރާނެ އެވެ.
އޮންލައިންކޮށް ބުކިން ނުހެދޭ މީހުންނަށް ބީއެމްއެލްގެ ކޮންމެ ބުރާންޗަކުން ވެސް ޑޮލަރު ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށާއި އެކަމަކު މިގޮތަށް ޑޮލަރު ދޫކުރުމުގައި އިސްކަން ދެނީ އުމުރުން ދުސްވީ މީހުންނަށާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ޑޮލަރު ގަތުމަށް ބޭންކަށް ދާ މީހުން ގިނަވެ އާންމުންނަށް ވަރަށް ބޮޑަށް ދަތިވާން ފެށުމުން އެއާޕޯޓުން ޑޮލަރު ދޫކުރާ ގޮތަށް ހަމަޖެއްސީ މިދިޔަ ޖެނުއަރީ މަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޟީރު
17 March 2017
މީ ރިބާއަށް ވެދާނެތީ ކަންބޮޑުވާ މީހުނަށް މިކަން ސާފުކޮށްދެވޭވަރުގެ އިލްމުވެރިޔަކު ނެތީބާ
އުސްމާނު
17 March 2017
އުމުރުން ދުވަސްނުވާ މީހުންވެސް އޮންލއިންކޮން ކަންތަށްކުރަން އަޅުގަނޑުކަހަލަ ނޭނގޭމީހުން އުޅޭ. އެފަދަ މީހުން ކިހިނެއްތޯ ހަދާނީ؟؟؟
ދިވެހިރާއްޖެ
17 March 2017
ޑޮލަރުގަންނަ ޕޯޓަލް މަސައްކަތްކުރަނީ ހިތަށް އެރިއްޔާ. މެކް ބްރައުސަރސް އަކަށް ސަޕޯޓެއް ނުކުރެ.
މަންސޫރު
16 March 2017
އަދި މި ޑޮލަރުކޮޅުވެސް ވަކި މީހެއްގެ އޮފީހުން ނޫނީ ނުލިބޭ ދުވަސް ވަރަށް އަވަހަށް އަންނާނެ.