ފުލުހުން ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި ހަ މީހުން
15 މެއި 2025 - 20:01
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހަ މީހުން ހައްޔަރުކޮށް، ދެ ކިލޯއާ ގާތްކުރާ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
މަސްތުވާތަކެތީގެ އިތުރުން ފައިސާ އާއި އިލެކްޓްރޯނިކް ވަސީލަތްތަކާއި ކެނަބިސް އެކުލެވޭ އުފެއްދުންތައް ވެސް މި އޮޕަރޭޝަންގައި ފުލުހުން އަތުލައިގަތެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ:
- ހަސަން އަލީ، 26- ބޯގަންވިލާ، ގއ. ދާންދޫ
- މުހައްމަދު އަލީޝް އަހުމަދު، 28- މެދުރިގެ، ޅ. ކުރެންދޫ
- ވަލީދު މުހައްމަދު، 26- ސާރާޒް، ހދ. ނޮޅިވަރަންފަރު
- ޖައިލަމް މުހައްމަދު ޒަކީ، 28- ފެނިގެއްލިދާގެ، ސ. ފޭދޫ
- ޝަޔާން އިސްމާއިލް ވަހީދު، 18- ނާރެސް، ފ. ދަރަނބޫދޫ
- އިބްރާހީމް މައިޝަމް މާހިރު، 21- ތުނޑި، އއ. ތޮއްޑޫ
މިދިޔަ އަންގާރަ އަދި ބުދަ ދުވަހު ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި މާލެ އާއި ހުޅުމާލެ ހިމެނޭ ގޮތަށް ހަތް ތަނެއް ބަލައި ފާސްކޮށްފައިވެ އެވެ.
އޮޕަރޭޝަންގައި އަތުލައިގަތް ހެރޮއިން އާއި މެތަމްފެޓަމިން އަދި ކެނަބިސް ހިމެނޭ ގޮތުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތީގެ ވަގުތީ ބަރުދަނަކީ 1943.76 ގްރާމް ކަމަށް ފުލުހުން ބުންޏެވެ.
ނިކޮޓިން-ސްޓައިލް ވޭޕް ކާޓްރިޖްތަކާއި "މޫންޝައިން" ކެނަބިސް ބުއިންތަކާއި ފްލޭވާ ކޮށްފައިވާ ތެޔޮ ވެސް އަތުލައިގެންފައިވެ އެވެ. އަދި 90،000 އަށް ވުރެ ގިނަ ރުފިޔާ އާއި 3،605 އެމެރިކާ ޑޮލަރުގެ އިތުރުން ހަ މޮބައިލް ފޯނާއި ދެ ލެޕްޓޮޕް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.
މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތިން މީހެއްގެ ބަންދަށް 10 ދުވަސް އަދި އަނެއް ތިން މީހުންގެ ބަންދަށް 15 ދުވަސް ކޯޓުން ދިނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާނުވާ
18 May 2025
ޢެއިނީ ހަމަ ރަގަޅަށް ފެނިގެއްލިފަ.....
ގުދުގުދާބެއްޔާ
17 May 2025
މުޅިންވެސް ރަށްރަށުގެ މީހުން މިމީހުން މާލެ ނާދެވޭގޮތައް ވަކިމުއްދަތަކަށް އެމީހެއްގެ ރަށައް ޑީޕޯރޓް ކޮއްލަނިކޮއް ރަގަޅުވާނެ! އޭރުން ރަށުމީހުންނައްތާ ނޮހޮރުއްޕާން ކުރާނީ!
ބީފް
16 May 2025
ކޮބާހޭ ޑުރަގު ލޯޑުންތައް؟
ގެދާނޯމޮސް
16 May 2025
ސީޕީ އަށް އަންނަކޯލްތަށް ގިނަވާން ފެށީމާ ؛ ސާބިތު ނުވާބަޔާއެކު މިނިވަންނުވާނެ ބާއެވެ؟
ޖެންޒީ
15 May 2025
ހުސް ޖެންޒީސް. ކީކޭ ބުނާނީ
އެދުރުބޭބެ
15 May 2025
މާގިނަ ދުވަހެއް ނުވާނެ، މި މީހުން ސަލާމަތްވާއިރު، ބެކަޕްގައި ބާރުގަދަ ފަރާތްތައް ތިއްބަވާނެ، ވިޔަފާރި ހިންގުވަން. ޕޮލިހުންނަށް އޮންނާނީ އެތައްދުވަހެއް ވަންދެން ފާރަލާފައި މި މީހުން ހައްޔަރު ކުރުން. ބަދުނާމުވާނީ ޕޮލިސް، ޤައުމުގައި ތިއްބަވާ މަތީފެންވަރުގެ ބޭބޭފުޅުންގެ ވިޔަފާރި މި ކުދިން މި ހިންގަނީ. ވަރަށް ސަލާމް، ދުޢާއަކީ މި ޤައުމުގައި އޮތް މި ވަބާއިން ޤައުމާއި ޅަދަރިން ސަލާމަތްވުން
ޖެރީބޯ
15 May 2025
އަގުމައްޗަށް ޖައްސާލަނީ. ނޫނީ ކޮންމެވެސްކަމެއްގެ ފޯކަސް ގެއްލުވާލަނީ. ވެއަތުވެގޮސްފައިވާ މިފަދަކަންތަކުގެ އަލީގައި ކޯޓާއިހަމައަށް ގެންދިއުމުން ވާނެގޮތް ވަރަށް ސާފު.
ކޮރަލް
15 May 2025
އިންޓެލް ބޭނުން ކޮށްގެން ބޭންކް ތަކުގަ ދައުރު ވާ ޑްރަގް ވިއްކާ މީޙޫންގެ ފައިސާ ތައް ސަރުކާރަށް ނަގާ ބަލާށެވެ.
ފަހުރޭ
15 May 2025
އިއްޒަތްތެރި ޒުވާން ބޭފުޅުން ކޮޅެއް