ބްރޮޑްކާސްޓިން ކޮމިޝަންގެ ބައެއް މެމްބަރުން އެ ކޮމިޝަންގެ ބައްދަލުވުމެއްގައި.-- ފޮޓޯ: ބްރޮޑްކޮމް
21 މެއި 2025 - 19:44
ބްރޮޑްކޮމްގެ ސާވާއަށް މައްސަލައެއް ދިމާވުމުން ފުލުހުންގެ ޓެކްނީޝަނުން އެ ކޮމިޝަނަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ.
ބްރޮޑްކޮމްއާ ގުޅޭ މައްސަލައެއް ތަހުގީގުކުރަން ފުލުހުން އެ އިދާރާއަށް ވަދެއްޖެ ކަމަށް ބުނެ އަޑުފެތުރިފައި ވާތީ، އެ ވާހަކަ ދޮގުކޮށް ފުލުހުން މިރޭ ބުނީ ފުލުހުންގެ ޓެކްނީޝަނުންގެ ޓީމެއް އެ ކޮމިޝަނަށް ދިޔައީ އެތަނުގެ ސާވާއަށް ދިމާވި މައްސަލައެއް ހައްލުކޮށްދޭން އެހީތެރިކަމަށް އެދުމުން ކަމަށެވެ.
"ބްރޮޑްކޮމްގެ ސާވާއަށް ދިމާވި މައްސަލައެއް ހައްލުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެތަނުގެ އޮފީހަށް، ބްރޮޑްކޮމްގެ ރިކުއެސްޓަކަށް ފުލުހުންގެ ޑިޖިޓަލް ޑާޓާ ޓެކްނީޝަނުން މިއަދު ވަދެފައިވޭ،" ފުލުހުން ބުންޏެވެ.
"ވަދެފައި ވަނީ މައްސަލައަކާ ގުޅިގެނެއް ނޫން."
އެ މައްސަލަ ފެންމަތިވި އިރު، ކޮމިޝަނަރުންނާ މެދު ހިތްހަމަނުޖެހިގެން ބްރޮޑްކޮމްގެ މުވައްޒަފުންތަކެއް މަސައްކަތް ހުއްޓާލައި މިއަދު ގެއަށް ވެސް ދިޔަ އެވެ. އެ މުވައްޒަފުން ގެއަށް ދާން ނިންމީ ބޭ އިންސާފުން ކަންތައް ކުރާތީ ކަމަށް ބުނެ އެވެ. އަދި މުވައްޒަފުންނަށް ހައްގު ހޯދައިދިނުމަށް މަސައްކަތް ކުރި ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާ ސަސްޕެންޑް ކުރުމުން ކަމަށް ބުނެ އެވެ.
އެ ފަދަ ހިތްހަމަނުޖެހުންތަކާ ހެދި، 25 މުވައްޒަފުން މަސައްކަތްކުރާ ކޮމިޝަންގެ މުވައްޒަފުންގެ ތެރެއިން ސަލާމުގައި ތިބި މީހުން ނުހިމެނޭ ގޮތަށް 10 މުވައްޒަފަކު މިއަދު ގެއަށް ގޮސްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުއްބާ
22 May 2025
ވިމެން ޕަވާ!
ފަހުދު.
22 May 2025
މިހާރު ކޮމްޕިޔުޓަރު މައްސަލައެއް ޖެހުނަސް ގުޅަންޖެހެނީ ފުލުހުންނައްތަ؟ މިހާރު މިއޮތީ ޖެނެރޭޝަން ބަދަލުވެފަ. ތިކަހަލަ ކޮސްވާހަކަ ގަބޫލުކުރި ޒަމާން މާޒީގެ ތެރެއަށް ވަދެގެން ހިނގައްޖެ.
ސާވާ ހެޑް
22 May 2025
ބެކްޑޯރއެއް އިންސްޓޯލްކޮއްލީ. ދެންތިބޭނީ ސްޕައިކޮއްލަކޮއްލާ.
މަ ބުނީ
21 May 2025
އަދިވެސް ކުށުގެ ރެކޯޑެއްއޮތިއްޔާ އަރިސްކޮއްލާ އޭރުން ތިމާގެ އީމާންކަށް ފުރިހަމަވާނީ އެހެއްޏާފަހެ ވަގުނޫޓުޖަހައި ކުއްސާބިތުވެފައި އުމުރަށް ޖަލަށްލީމަވެސް ފަތްކޮޅު ދެންވާފަ ޗާބުކުން ތަޅައި ސިވިލްސާރވިސް ހީވާގި މުއައްޒަފުންނަށް ގޯނާކުރަށް މަރުފަލިޖަހާތަށްމިފެންނަނީ
ތެލި
21 May 2025
ފުލުހުން ކޮންއިރަކުތޯ މިކަހަލަ ޚިދުމަތް ދޭން ފެށީ. ފުލުހުންގެ މެންޑޭޓްގަ ހިމެނޭ ކަންކަން ކުރިއްޔާ މާ ރަގަޅެއްނު. ތިކަމުގަ ފޮރުވިފައިވާ ބޮޑު ސިއްރެއްވާނެ.
ޖޫސީ
21 May 2025
މަ ހިތުން އެންސީއައިޓީ ކިޔާ ތަނެއް ހުރޭދޯ ސަރުކާރުގަ ހޯމު މިނިސްޓަރު ދަށުން. ބޮޑަށް ވައްތަރީ ޖާސޫސީ ކަމަކާ ފުލުހުން ދިޔައީމަ
1818
21 May 2025
މިލިޓަރީ ވެރިކަން ނުކޮށް ފިނޭންސް މިނިޓްރީގައި ހުރި ފިޔަފާރިތަކުގެ ބިލްތަށް ނިންމާލަދީ!
ދޮމްމާމް
22 May 2025
ދެންވީ ވިޔަފާރިތަކުގެ ވެރިކަން ކުރަންތަ؟ މިލިޓަރީވެރިކަންވެސް މާރަނގަޅުވާނީ ތި ވިޔަފާރީ ވެރިން ކިޔާ މަަކަރު ގްރޫޕުގަނޑަށް ވުރެ
އުވާލާ
21 May 2025
އެއޮށް ބިޔަ އެމެރިކާގަ ބްރޯޑްކާސްޓިންގް އަދި މުއާސަލާތީ ހުރިހާ ހިދުމަތެއް ރެގިއުލޭޓް ކުރަން އޮންނަނީ އެފްސީސީ ކިޔާ އެއް މުއައްސަސާ. ރާއްޖޭގަވެސް އެބަޖެހޭ ބްރޯޑްކާސްޓިން ކޮމިޝަން އުވާލާފަ، ކޭމް ގެ ދަށަށް އެމަސައްކަތް ގެންދަން. މިހާރު ހުސް ޕްރެޒަންޓަރުންނާ ފިލުމު ކުޅޭ މީހުން ލައިގެން ޓެކްނިކަލް ކަންކަން ރޯނުފިލާތީ މިއޮތީ ރީބްރޯޑްކާސްޓިން މޮނޮޕޮލީއެއް އުފެދިފަ ރާއްޖޭގަ!
ހާސަރު
21 May 2025
2.0 ގެ ދަށުން ސާވާތައް ބަލަހައްޓަނީ މިހާރު ފުލުހުންތޯ!؟ ހުރިހާ ކަމެއް އަރި ހުރަހަށް ހިގާގައުމެއް މިނޫނީ އެބައޮތްބާ!؟ މިވަރުންދާނަމަ މާދަމާ ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރ ސިފައިންވެސް ބަލަހައްޓަފާނެ!
މުލޭ
22 May 2025
އެހިސާބަށް ދިޔައިމަ ސިފައިން ވެސް ކުރާނެ. ދެތިން ކެނައިން ވެގެން ގައުމުގެ ޚިދުމަތްތައް ހުއްޓުވަން ނޫޅޭ.
ޙާއި
21 May 2025
އަލަށްތޯ ތިތަނުގެ ސާރވާގެ މައްސަލަ ތި ޖެހުނީ؟ ހާދަ ހެޔޮފުޅުބޮޑު ފުލުހުންނޭ ތީ. ތީ އިރުއިރުކޮޅާ ކަރަންޓް ކެނޑި ސާރވާ މައްސަލަޖެކޭ ތަނެއް. ޑިެުޓީގަ ގިލުހަކު ނަހައްޓަން ސަފާ އަށް ގޮވާލަން. ވަރަށް ސަލާމް