އެކސިޑެންޓުވި "މައި އެކްސްޕްރެސް 2" ނަމަކަށް ކިޔާ ލޯންޗުގެ އަރިމަތިން ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައި-- ފޮޓޯ: މެރިން ޕޮލިސް
31 މެއި 2025 - 19:27
އދ. އަތޮޅަށް ދަތުރުކުރި ލޯންޗަކާއި ޓަގު ބޯޓެއް ޖެހި އެކްސިޑެންޓެއް ހިނގައި، މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ މިއަދު ހަވީރު 3:30 ހާއިރު މާލެއިން އދ. އަތޮޅަށް ދަތުރުކުރި ލޯންޗަކާއި އެމްޕީއެލްގެ ޖެޓީއަށް ވަންނަން ދިޔަ ޓަގެއް ޖެހި އެކްސިޑެންޓްވެފައިވާ ކަމަށެވެ.
އެ ހާދިސާގައި ލޯންޗު ދުއްވަން އިން ކެޕްޓަނަށް އަނިޔާވެ، ހޮސްޕިޓަލުގައި ފަރުވާދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ނުދެ އެވެ.
އެ އެކްސިޑެންޓުގައި އިތުރު މީހަކަށް އަނިޔާނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެކްސިޑެންޓުގައި ލޯންޗުގެ ބިއްލޫރިތައް ތަޅައިގެން ގޮސްފައި--- ފޮޓޯ: މެރިން ޕޮލިސް
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ނަމަވެސް އެ ހާދިސާގެ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
ފުލުހުން ވަނީ އެ އެކްސިޑެންޓުގެ ފޮޓޯތަކެއް ވެސް އާންމުކޮށްފަ އެވެ.
އެ ފޮޓޯތަކުން ފެންނަނީ "މައި އެކްސްޕްރެސް 2" ނަމަކަށް ކިޔާ ލޯންޗުގެ އަރިމަތިން ވަރަށް ބޮޑަށް ފަޅައިގެން ގޮސްފަ އެވެ. އަދި އެ ލޯންޗުގެ ބިއްލޫރިތައް ވެސް ވަނީ ތަޅައިގެން ގޮސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންރަހާ
01 June 2025
40 ނުވަތަ 50ނމ ބާރުމިނުގަ ދުއްވާ ސްޕީޑް ލޯންޗެއްގައި، 8ނމ ބާރު މިނުގަ ދުއްވާ ޓަގަކުން ޖެހޭނެ ގޮތެއް ސިފަކުރަން ދަތި!
ލޯންޗު
01 June 2025
ދިވެހިރާއްޖޭގައި އާންމު ކަމެއް، ކަނޑު ކުޑަވެގެން އެހާ ކައިރިން ދުއްވަނީ، ހީވަނީ 4 ފޫޓު މަގެއްގައި ހެން ދުއްވަނީ.
އޮނަރަބްލް އަފީފު ދީދީ
31 May 2025
ކ.އަތޮޅު މާލޭގެމަގުތަށް ވެހިކަލުން ތޮއްޖެހިފައިވާ ވަރަށް ކަނޑު އުޅަނދުތަކުން އެއަތޮޅު ކަނޑު ތައްވެސް ފުރި މާލޭގެ މަގުތަކާއި އެއްވަރަށް ކަނޑުވެސް ގޮނޑުވެ މުޑުދާރުވެ ތަޢައްޔަރުވެގެން ހިގައްޖެ. މިވަރު ތަނެއްގައި އަދިވެސް މާލޭ ސަރުކާރުން އުޅެނީ އިންޓަރނޭޝަނަލް ސީޕޯޓާއި، ބަންކަރިންގ ހިދުމަތާއި އަދި ބައިނަލް އަޤުވާމީ ކުރޫޒަރ ލައިނާ ޕެސެންޖާރ ޓާމިނަލް ހަދަން.!؟ ކ.އަތޮޅު މާލެ ނޫން އެހެން ރަށެއް ރާއްޖޭގައި އޮތް ކަމަށް މާލޭސަރުކާރަށް ޤަބޫލު ނުކުރެވެނީތޯ؟
ނަނަނަ
01 June 2025
މި ހުރިހާ ކަމެއް މި ލައިގަންނަނީ އައްޑޫ އަތޮޅު މީހުންނާ ހެދި.
އެޑްމުންޑޯ
01 June 2025
އެއީ ތޮށްޖެހިގެންވާ ކަމެއްނޫން ، ގޮތެއްފޮތެއްނެތި މީހުން އުޅޭތީ ، ޓަގުބޯޓް އަކީ މަޑުމަޑުން ދާއެއްޗެއް ، ތިމާމެންގެ މޮޅުކަން ދައްކަން ފުލްސްޕީޑްގައި އަރިމަތިން ދިޔަބާރުކަމުން ލޯންޗް ޓަގުގައި ޖެހުނީ ، އެއްވެސް ކަމެއް ހައްލެއްނުވާނެ މީހުން ތަރައްގީވެ ތަހުޒީބު ވެގެން މެނުވީ ، ރާއްޖޭގެ ގިނަ ޒުވާނުންނާއި މެދުއުމުރުގެ މީހުނަކީ ވާނުވާގައި ދުވަސްތައް ހޭދަކުރާމީހުން
ކޮރަލް
31 May 2025
ކަނޑުމަތީ ގިނަ އެކްސިޑެންޓް ތައް ހިނގަނީ ފަރުވާ ކުޑަ ވެގެންނެވެ.
ަާއަފްނާން
31 May 2025
ބާރު ސްޕީޑްގައި ދުއްވީމާ އެކްސިޑެންޓް ހިންގާނެ. ވެލާނާ ހުޅުލެ ނެރުމަތިން ވެސް ވަދެ ނިކުމެ ހަދަނީ ބާރު ސްޕީޑްގައި. މެރިން ޕޮލިސް ގަދަ ނިދީގައި.
ކަތްދައްތަ
31 May 2025
ޓަގުގެ ކުރި ކަޑާލީ ދޯ؟ ރިސްކު މިނަގަނީ ނަގަން ނުޖެހޭ ކަންކަމުގަ.