އެންޓި ކޮރަޕްޝަން ކޮމިޝަން: އެ ކޮމިޝަނުން ކޮމިޓީގައި މަޝްވަރާކުރީ ދައުލަތަށް ގެއްލުނު ފައިސާ ހޯދުން އަވަސްކުރުމާ ގުޅޭ ގޮތުން.
10 ޖުލައި 2025 - 12:41
ހިޔާނާތުގެ މައްސަލަތަކުގައި ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދަން ވަކި އޮފީހެއް ގާއިމްކުރަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އިއްޔެ މަޝްވަރާކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން އިއްޔެ ވަނީ އޭސީސީގެ މެމްބަރުންނާ ބައްދަލުކޮށްފަ އެވެ. ނަމަވެސް، އެ ކޮމިޝަންގެ އެެދުމުގެ މަތިން ކޮމެޓީ ވަނީ ސިއްރު ކޮށްފަ އެވެ.
އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް މެމްބަރަކު ވިދާޅުވީ، އޭސީސީން މަޝްވަރާކުރީ ކޮރަޕްޝަންގެ ސީރިއަސް މައްސަލަތަކާއި އުނދަގޫ މައްސަލަތައް އަވަހަށް ތަހުގީގުކުރަން އޮފީހެއް ގާއިމްކުރުމާ ގުޅޭ ގޮތުންނެވެ.
އޭގެ ތެރެއިން ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދަން އެ ކޮމިޝަންގައި ސީރިއަސް ފްރޯޑުގެ ނަމުގައި ވަކި އޮފީހެއް ގާއިމްކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި އެ މެމްބަރު ވިދާޅުވި އެވެ.
އެ ބައްދަލުވުމަށް އެޖެންޑާ ކޮށްފައި އޮތީ އޭސީސީން ނިންމަން ޖެހޭ މަސައްކަތްތައް ނިންމުމުގައި ދިމާވާ ދަތިތަކާ ގުޅޭ ގޮތުން މައުލޫމާތުތައް އޮޅުން ފިލުވުމެވެ.
އެންސްޕާ އޮފީސް އިމާރާތް ކުއްޔަށް ދިން މައްސަލައާ ގުޅޭ ގޮތުން ބައެއް މައުލޫމާތުތައް ވެސް އޮޅުން ފިލުވަން އިއްޔެގެ ބައްދަލުވުމުގައި ނިންމި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
11 July 2025
ކަލޭމެންގެ އޮފީހުގަ އެކަން ނުކުރެވެނީ ކަލޭމެން ގެ ކަންނެތް ކަމުން ދޯ؟
ކަނބިލި
10 July 2025
ދައުލަތަށް ލިބޭ އާމްދަނީން ރައްޔިތުންނަށް ފައިދާވާނެ ކަމެއްނުކުރެވެނީ ކޮންމެ ސަރުކާރެއް އައިސް ބޮޑެތި މުސާރަތައް ގާތްމީހުންނަށް ލިބޭގޮތަށް ފާޑުފާޑުގެ ނަންނަމުގައި އޮފީސްތައް ހަދައިގެން އިސްރާފުކުރާތީ. ތިޔަ ކޮމިޝަން އުފެދުމުން ކޮރަޕްޝަން އިތުރުވީ. އެއީ އެއްވެސް ފަރާތެއްގެ އިޚްލާސްތެރިކަން ނެތުމުން. ޚާއްސަކޮށް ސަރުކާރުގެ ހެޔޮ ނިޔަތެއް ނެތުމުން. މި މުއައްސަސާއަކީ ވެސް ސިޔާސީ ހަތިޔާރެއް
ޢަހު
10 July 2025
ވަގަށް ކާލެވޭނެ ގޮތެއް އޮތްތޯ ބަލަނީ
މަޖިލިސް ސަމާލުވޭ
10 July 2025
އަޅުގަނޑަށް ވަރަށް ހީނުވޭ މިކަމަށް ރައީސް އާބަސް ވިދާޅުވެދާނެކަމަކަށް. ރައީސްގެ ވިސްނުންފުޅުގައި ހުރީ މާލިއްޔަތަށް ބުރަބޮޑުނުކޮށް އަންނަ އަހަރު ދައްކަންޖެހޭ ލޯނުތައް ދެއްކޭތޯ ބެލުން. ތިޔަކަމަކީ އޭސީސީގެ ރައީސް އުފަންކޮށްލައިގެންއުޅޭ މޮޅު ޚިޔާލަކަށްވާނީ. ވަރަށް ކުރިންވެސް ކޮފީއެއްގައި އިނދެ ތިވާހަކައެއް ދެއްކިއިރު މަވެސް އިނިން.
ކޮއްތު
10 July 2025
ތިހެން މިދިޔަ ސަރުކާރުންވެސް ހެދިތާކުން ވީކަމެއް ހަރާން. ކޮންމެ ކަމަކަށް އޮފީހަކާ ކޯޓެއް ހެދީމަ އެތަނުގެ އިންފްރާސްޓްރަކްޗަރ އެޗްއާރު ފައިނޭންސް އައިޓީއަށް ހިނގާނެ އިތުރު ހަރަދު ނުވިސްނޭތަ؟
ރަދީފްއޮފިޝަލް / ލަދު ކޮބާ
10 July 2025
ގެއްލުނު ފައިސާ ހޯދަން މަޝްވަރާކުރަން އޮފީހެއް ހަދާފަ 50 ވަރަކަށް އެކްޓިވިސްޓުންނަށް ޖޮބް ދީފަ ބަހައްޓާ. ލަދު ކޮބާ؟؟
އެކްސްް
10 July 2025
އަދިވެސް އޮފީސްތައް ނެހެދިގެން ކަންކަން ނުވެގެން އުޅުމުގެ މާނައަކީ އިންތިހާއަށް ނާގާބިލުވުމެވެ.
ލުބްލާ2025
10 July 2025
އިތުރު ބޭކާރު ހަރަދުނުކޮށް މީރާ ތްރޫކޮށް ތިކަން ނުކުރެވެނީތޯ ހަމަ؟
ޕޮލް
10 July 2025
ގެއްލުނު ފައިސާ ހޯދަން ވަކި އޮފީހެއް ކީކުރަން ވަކި ރަށެއް ވެސް ހެދިދާނެ އަކަމަކުސް ހިޔެއް ނުވޭ ތިކަން ވާނެހެނެއް!
އުސްމާނުބެ
10 July 2025
ދެން އެޏްޓި މީހުންގެ ބޭނުމަކީ ކޮބާ ؟؟؟؟
އުދުހޭ
10 July 2025
ބަރާބަށް މުސާރަނަގައިގެން ސިޔާސީ އޯޑަރުތަކުގެ ދަށުން މީހުންނަށް ނުހައްގުން ދައުވާތަށް ކުރުމާއި އަސްލު ވަގުން ހިމާޔަތްކޮށް ދޮވެސާފުކުރުން. އެނގިއްޖެ؟
އަފްރާސިޔާބު
10 July 2025
އެތަން ދެން ބަދަލުވާނީ އެންޓިކޮރަޕްޝަން ކަންތައްތައް ރިސާޗް ކުރާތަނަކަށް. އެއިރުން އެމީހުންގެ ރިޕޯޓްގައިވާނީ ޔުނިވަރސިޓީތަކުގައި ކޯސްތަކެއް ހިންގަން އެމީހުންގެ ރިސާޗަރުންނަށް ފެންނަކަމަށް. އޭގައި ކިޔަވާދޭނީ 7 ވަޅުން މަދޮށި ހިލާއިރު އެއްވަޅަށް ދެ އޮށް ސިއްރުން ލާނެ ގޮތަކާއި އެވަޅުގައި ހުރި އެއްޗެހި އެހެންވަޅަކަށް ބަދަލުކޮށް މިކްސްކުރުމަށް ނެގިވަޅަށްލާނެ ގޮތާއި އެވަޅުގައި ކުރިންހުރި މަދޮށި ހުރީ ކޮންވަޅެއްގައިކަމާއި އަދަދު ބުނެދިނުން.