ފުލުހުންގެ މައި އިދާރާ: އުމުރުން 33 އަހަރުގެ މީހަކު މިވަނީ 106 ވަނަ ފަހަރަށް ހައްޔަރުކޮށްފައި،--ފޮޓޯ: ފަޔާޒު މޫސާ | މިހާރު
11 ޖުލައި 2025 - 21:07
ވައްކަމުގެ މައްސަލައެއްގައި އުމުރުން 33 އަހަރުގައި މީހަކު ހައްޔަރުކުރިއިރު، އެއީ އޭނާ ހައްޔަރުކުރި 106 ވަނަ ފަހަރު ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.
އެ މީހާގެ ބަންދަށް 15 ދުވަސް އިތުރުކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން އޭނާ މީގެ ކުރިން ކުށުގެ ތުހުމަތަށް 105 ފަހަރު ހައްޔަރުކޮށްފައިވާ ކަމަށް ރެކޯޑުން ދައްކަ އެވެ. އޭގެ ތެރެއިން 43 ފަހަރު އޭނާ ބަންދަށް ބަދަލުކޮށްފައި ކަމަށް ވެސް ކޯޓު އަމުރުގައިވެ އެވެ.
މިއީ އޭނާގެ އުމުރުން 18 އަހަރުވި ފަހުން މިވީ 15 އަހަރަށް ބަލާއިރު އެވެރެޖްކޮށް އަހަރަކު ހަތް ފަހަރު ހައްޔަރުކުރުމެވެ.
އޭނާ ހައްޔަރުކުރި މައްސަލަތަކަށް ބަލާއިިރު، ކޯޓު އަމުރުގައި ބުނީ ވައްކަމުގެ މައްސަލަތަކުގައި ގިނަ އަދަދަކަށް ހައްޔަރުކުރި ކަމަށެވެ.
މިފަހަރު އެ މީހާ ހައްޔަރުކުރީ މަޖީދީމަގުން ގޮސް، ޗަމްޕާމަގަށް ހިނގާފައި ވަން އިރު ކަޅު ކޮތޮޅަކަށް ބަރު އެއްޗެހިތަކެއް އަޅައިގެން ދަނިކޮށް ފުލުހުން ފެނުމުން "ބާރު ހިނގުމެއްދާތަން ފެނުމުން" އޭނާ ހުއްޓުވައި ސުވާލުކުރި އިރު އޭނާގެ އަތުން ފެނުނު ހަތަރު ރޯލު ކަރަންޓު ނަރުގެ މައްސަލައިގަ އެވެ.
އެއާ ބެހޭ ގޮތުން ފުލުހުން އޭނާއާ ސުވާލުކުރުމުން ބުނީ އެއީ މީހަކު ދިން އެއްޗެއް ކަމަށާއި އޭނާ ދިން ނަމްބަރަށް ގުޅުމުން އެ މީހާއާ ނުގުޅޭ ކަމަށެވެ. އެހެންވެ މިއީ ވަގަށް ނަގާފައިވާ އެއްޗެއް ކަމަށް ބެލެވޭތީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެވެ.
ކޯޓު އަމުރުގައި ވަނީ އޭނާ ހައްޔަރުކޮށް ބަންދަށް މުއްދަތު ދިނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެތީ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޅު ހިޔަލަ
13 July 2025
މިކަހަލަ މައްސަލަތަކުގައި ނޫހުން ވެސް ފޮޓޯ އާންމު ކުރުން މުހިންމު ކަމަށް ފެނޭ. ރައްޔިތުންނަށް މިކަހަލަ މީހުން ފާހަގަ ކުރަން އެނގޭނީ އޭރުންތާ.
ތެފައާސާ.
13 July 2025
ސަރުކާރުގެ އިސް މަގާމެއް ނުވަތަ ކޮންމެވެސް ދާއިރާއެއްގެ ކެމްޕެއިން މެނޭޖަރ ކަމުގެ މަގާމަށް ހައްގުވާވަރު ވާކަމަށް ފެނޭ.
ދެރަކަންކަން
12 July 2025
މިވަރު ވީމަ ބުނަންޖެހެނީ މީ ނިޒާމްގެ މައްސަލައެކޭ، ވެރިންގެ ފޭލިޔާއެކޭ؟
އަދަބުނުދެވިއިސްލާގު
12 July 2025
އެކަމަކު ހެވެެއްނު. އާސަންދަ ލިބޭ. ޕޮއިންޓް ހަމަވެގެން ފުލެޓް ހައްގު. 65 އަހަރު ވީމަ ގުދާރު ބިއްދައިގެން މަސައްކަތް ކުރިމީހަކާ އެއްވަރަށް ސަރުކާރު އިނާޔަތްލިބޭ
ޑރ ވާންޗޯ
12 July 2025
ވޯލްޑްރިކޯޑަށް އަދިވެސް މިސަރުކާރު ނާރާތޯ، އެންމެ ބޮޑެތި ރިޕީޓެޑް ކުއްވެރިން އެންމެގިނައަދަދަކަށް މިނިވަންކަމާއެކު އުޅެން ދޫކޮށްލާފަވާގައުމުގެގޮތުގަ؟.
އަބްޑޫޅް +
12 July 2025
ކަރަންޓު ރޯލު އެއްތަނުން އަނެއްތަނަށް ނަގުލު ކުޅައުމަކީ ޖިނާއީ ކުށެއްދޯވު...... ޙޫމް.
އަޅެ
12 July 2025
އިސްލާމީ ޝަރީއަތުގަ ވާގޮތަށް އަތް ކަނޑާ ބަލަ ތިވަރަށް މައިތިރި ނުވެގެން އުޅޭމީހުން
ަބަބްސް
12 July 2025
އެހެންވެ މިކިޔަނީ މިއީ ޤައުމެއް ނޫނޭ. ޕާޓީ ހަދައިގެން ކޮންމެ ބަޔަކުވެސް ވެރިކަން ހޯދަނީ ދައުލަތުން ބޭކާރުގޮތުގައި އެތަށް ވަޒީފާތަކެއް އުފައްދައި ޕާޓީ މީހުންނާއި އާއިލާތަކަށް ދީގެން. ދެން ކުރާކަމަކީ ވައްކަން. ފުލުހުން ، ޕޖ ، އސސ ، ހރސމ ، ކޯޓަތަކުގައި ތިބީ ހުސް ބައިއަޅައިގެން ކާމީހުން އެހެންނޫނީ ކުފޫ ހަމަނުވާމީހުން ނޫނީ ހަމަ މުސާރަ ނަގައިލައިން އަމިއްލަ މަސަތްކަތް ކުރާ މީހުން.
ާަައަހުދު ނަސީރު
12 July 2025
ޙުރިހާ ދިމާލަކަށް ބައިއެޅިގެން ކުރާކަންތަކުގަަ ކުށްވެރި ކުރީމަ؟؟؟
އަވަސްނިޔާއިން މިބުނަނީ
12 July 2025
"އޭނާ ދިން ނަމްބަރަށް ގުޅުމުން އެ މީހާއާ ނުގުޅޭ ކަމަށެވެ. އެހެންވެ މިއީ ވަގަށް ނަގާފައިވާ އެއްޗެއް ކަމަށް ބެލެވޭތީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެވެ." މިބޮޑު ތަޙްޤީޤަކުން ކިހިނެއްތޯ ހުކުމެއް ކުރާނީ. ތަޙްޤީޤު ކުރަން އިތުރަށް ފުރޮޅާނެ އެންމެ ގަލެއްވެސް މިމައްސަލާގަ ހަމަ ނެތީތާދޯ.