ޒަކަރިއްޔާ ދަތުރުކުރި ޑިންގީ ކަނޑު އަޑިން ނަގަނީ.
12 ޖުލައި 2025 - 10:44
ގދ. ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް ދަތުރުކުރަނިކޮށް ގެއްލުނު ޒަކަރިއްޔާ މުހައްމަދު ދަތުރުކުރި ޑިންގީ ކަނޑު އަޑިން މިއަދު ފެނިއްޖެ އެވެ.
އެމްއެންޑީއެފުން ދެންމެ ބުނީ ޑިންގީއެއްގައި އެކަނި ދަތުރުކުރަނިކޮށް ގެއްލުނު 79 އަހަރުގެ ޒަކަރިއްޔާ ހޯދުމުގެ އޮޕަރޭޝަންގައި މިއަދު ހެނދުނު ކުރި ދެވަނަ ޑައިވްގައި ގައްދޫ އާއި ގަމާ ދެމެދުގައި އޮންނަ ކަނޑުއޮޅީގެ 10 މީޓަރު އަޑިން އެ ޑިންގީ ފެނިފައިވާ ކަމަށެވެ.
އެ ޑައިވް ކޮށްފައި ވަނީ ސިފައިންނާއި ފުލުހުން ގުޅިގެން ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
ޒަކަރިއްޔާ އަދިވެސް ފެނިފައި ނުވާތީ މިހާރުވެސް އަންނަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ސިފައިން ވަނީ އޭނާ ހޯދުމަށް ކަނޑުމަގުން 2،307.99 އަކަ ނޯޓިކަލް މޭލު އަދި ވައިގެ މަގުން 30،39 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފަ އެވެ.
ޒަކަރިއްޔާ ހޯދުމުގެ އޮޕަރޭޝަނުގައި އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑުގެ ފޯތު ސްކޮޑްރަންގެ ސިފައިންގެ އިތުރުން ގައްދޫ ޕޮލިސް ސްޓޭޝަނާއި އެ ރަށުގެ މަސްވެރިންނާއި ރަށު ކައުންސިލުން ވެސް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، ޒަކަރިއްޔާ އެންމެ ފަހުން ފެނުނުއިރު ލައިގެން ހުރީ ނޫ ކުލައިގެ ޓީޝާޓަކާއި ކަޅު ސޯޓެކެވެ. އޭނާ ދަތުރުކުރި ޑިންގީއަކީ ނޫކުލައިގެ ބާރިފަށެއް ދަމާފައިވާ ހުދުކުލައިގެ ޑިންގީއެކެވެ.
ގައްދޫން އޭނާ ފުރީ މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު 9:30 ހާއިރެވެ. އަދި އެނބުރި ގައްދުއަށް ދާން އޭނާ ގަމުން ފުރީ ހެނދުނު 11:15 ހާއިރެވެ. އޭގެ ފަހުން އޭނާގެ ޚަބަރެއް ނުވެ އެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އެ ދުވަހު ހަވީރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގިނި
13 July 2025
އެކަނި ނުފުރާށޭ
ވ ދެރަ
13 July 2025
އެބުނާހެން ގަވާއިދުގަ އެއިންނަނީ އެކަނި ނުވާތީއެއް ނޫން މިކަހަލަ ހާލަތެއް ދިމާވިޔަސް ވީގޮތް ބުނެލެވޭނެ. ދޯ އެންމެ ކުޑަމިނުން.
ޙައްސާސް
12 July 2025
ގައްދޫގެ ޒުވާނުންނާއި ކައުންސިލަރުން އަސި ރައްޔިތުން ތިކުރާ މަސައްކަތައް ސާބަސް.
ތިނަދޫ1
12 July 2025
ހާދިސާ ހިނގާފައިވަނީ ލޯންޗަކުން ޖެހިގެން ކަމަށް ލަފާކުރެވެއެވެ ޑިންގީ ގެއްލުނު ދުވަހު އެ ސަރަޙައްދުގައި ދުއްވާފައިވާ އުޅަނދުތަކުގެ ތެރެއިން، އެކްސިޑެންޓްގެ އަސަރު ފެންނަން ހުރި އުޅަނދުތައް ދެނެގަތުމަށްޓަކައި ޢާންމުކޮށް އިޢުލާނެއް ކުރެއްވުމަށްފެނޭ.
ސީދާ ކުރިމަތިން
12 July 2025
މި ހާދިސާގަ ޖެހިފަ އިނީ ކުރިމަތިން، ވީމަ ވަރަށް ފުރުސަތު ކުޑަ މިޑިންގީ ކުށްވެރި ނުވާނެކަމަށް.
ތަހްގީގް ކޮމެންޓް ޓީމް ކޮބާ ރެޑީ.
12 July 2025
އަނެއް ކޭސް، މީގަ ވެސް ފުރަތަމަ ސުވާލަކީ ޑިންގީގެ ކުރީކޮޅު ހަލާކުވާންވީ ކީއްވެހޭ؟ ފެތިގެން ދިޔަވެގެން އަޑިޔަށްދާ އެއްޗެހިވެސް ގިނަފަހަރު އިންޖީންބަރަށް ފަހަތްކޮޅު އަޑިޔަށްދާން ފަށާނީ؟
ސުވާލު މާކު
12 July 2025
ކީއްވެބާ ޑިންގީ ގެ ކޮޅު އެހާބޮޑަށް ހަލާކުވެފައި އެ އޮތީ؟ އެއްޗެއްގައި ޖެހިފައޖ ހުރި ކަހަލަ ގޮތަކަށް ފެންނަނީ.
ވެންގަބޯ
12 July 2025
އަޅުގަނޑުގެ ދުޢާ އަކީ ޒަކަރިއްޔާ ހެޔޮހާލުގައި ފެނުން އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ އާމީން
ލައިޓް
12 July 2025
ސިފައިންނަށް ސާބަސް!ޓައިޓޭނިކް ހޯދުނީވެސް ފެތުނުތާ 73 އަހަރު ފަހުން !
ރަދީފްއޮފިޝަލް / މީޓަރު
12 July 2025
ޓައިޓޭނިކް އޮތީ 3800 މީޓަރު ފުނުގަ ދޯ.ޒަކަރިއްޔާގެ ޑިންގީ ފެނުނީ 10 މީޓަރު އަޑިން.އެހެންވީމަ މަލާމާތުގެ ކޮމެންޓެއް ލިޔުމުގެ ބޭނުމަކީ ކޮބާ؟ ފާއިތުވި 40 އަހަރުގަ ޓެކްނޮލޮޖީއަަށް އައި ކުރިއެރުން އެއީ 10 މީޓަރުގަ އޮތް އެއްޗެއް ލޮކޭޓްްކުރަން ވަރަށް ކުޑަ މިންވަރެއް.