ޒަކަރިއްޔާ ދަތުރުކުރި ޑިންގީ.
11 ޖުލައި 2025 - 20:11
ގދ. ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް ޑިންގީއަށް ދަތުރުކުރަނިކޮށް ގެއްލުނު މީހާ ހޯދުމަށް ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށާއި މިހާތަނަށް އޭނާ ފެނިފައިނުވާ ކަމަށް އެމްއެެންޑީއެފުން ބުނެފި އެވެ.
ގެއްލިގެން ހޯދަމުން ދަނީ އުމުރުން 79 އަހަރުގެ ޒަކަރިއްޔާ މުހައްމަދެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ކުޑަ ޑިންގީއެއްގައި ގައްދޫން ގަމަށް އޭނާ ދަތުކުރަމުންދިޔައީ އެކަންޏެވެ.
މިހާތަނަށް އޭނާ ހޯދުމަށް ކަނޑުމަގުން 2،307.99 އަކަ ނޯޓިކަލް މޭލު އަދި ވައިގެ މަގުން 30،39 އަކަ ނޯޓިކަލް މޭލު ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެެ.
އެމްއެންޑީއެފުން ބުނީ ޒަކަރިއްޔާ ހޯދުމުގެ އޮޕަރޭޝަނުގައި އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑުގެ ފޯތު ސްކޮޑްރަންގެ ސިފައިންގެ އިތުރުން ގައްދޫ ޕޮލިސް ސްޓޭޝަނާއި އެ ރަށުގެ މަސްވެރިންނާއި ރަށު ކައުންސިލުން ވެސް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެެވެ.
ޒަކަރިއްޔާ އެންމެ ފަހުން ފެނުނުއިރު ލައިގެން ހުރީ ނޫ ކުލައިގެ ޓީޝާޓަކާއި ކަޅު ސޯޓެކެވެ. އޭނާ ދަތުރުކުރި ޑިންގީއަކީ ނޫކުލައިގެ ބާރިފަށެއް ދަމާފައިވާ ހުދުކުލައިގެ ޑިންގީއެއް ކަމަށް މައުލޫމާތު ލިބޭ ކަމަށް ބުންޏެވެ،
އެ ހާދިސާއާ ގުޅިގެން ފުލުހުން ބުނެފައިވަނީ އިއްޔެ ހެނދުނު 9:30 ހާއިރު ރަށުން ފުރައިގެން ގަމަށް ދިޔަ ކަމަށެވެ. އަދި އެ ރަށުން ހެނދުނު 11:15 ހާއިރު އަނބުރާ ފުރާފައިވާ ކަމަށެވެ.
އޭގެ ފަހުން، ޒަކަރިއްޔާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓުކުރީ އިއްޔެ ހަވީރެވެ. އެހެންވެ، ގަން ކައިރީ އޮންނަ ފަޅު ރަށްތައް ވެސް ބަލަމުންދާ ކަމަށް ފުލުހުން ބުނެފައި ވެ އެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ ސަރަަހައްދަށް ވަރަށް ބޮޑަށް މޫސުން ގޯސްވެފައިވާ ދުވަސްވަރަކަށްވާތީ، ކަނޑު ދަތުރުކުރާއިރު މޫސުމަށް ސަމާލުވާން މޫސުމާ ބެހޭ ގައުމީ އިދާރާއިން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެކްޓްް
11 July 2025
ކޮބާހޭ ޑްރޯން. ވިއްސާރަވީމާ ރަޖާލައިގެން ނިދާފަދޯ. ވަރަށް ކަންނެތް ޑްރޯނެއް. ވައިގަދަވެ ވިލާކޮޅެއް ފެންނައިރަށް ވަޒީފާއަކަށް ހާޒިރުވަނީކީ ނޫން. ވިއްސާރަވެއްޖެނަމަ ހަމަ ކުރީގެ 80ގެ ގޮތަށް ކަންކަން ކުރަންޖެހެނީ. ވެދުން
ޑްރޯން
11 July 2025
ވެރިއެއްގެ އާއިލާ މީހެއް ނަމަ ޑްރޯނަ އޮޕަރޭޓް ކުރާނެ
ޑްރޯން އަމާ
11 July 2025
އެބުނާހެން މނޑފ އާ މޯލްޑިވިއަން ބޭނުންކޮށްގެން ކަމަށްވަނީ ބަލަނީ... އެސޮރު ހަމަ ރަޖާލައިގެން ނިދާފަ.
ހަމަ ނޭގިގެން މި އަހަނީ
11 July 2025
ޒަކަރިއްޔާ އަކީ އަންހެއްތަ ނޫނީ ފިރިހެނެއްތަ؟
ޞުހާޒް
12 July 2025
ކުޑަކޮށް އިލްމު އުގެނެންޖެހޭ.