ޚަބަރު / މަގުމަތީގެ އެކްސިޑެންޓް

މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް؛ 17 އަހަރުގެ ކުއްޖަކު ނިޔާވެ، ދެ މީހެއްގެ ހާލު ސީރިއަސް

މިރޭ އެކްސިޑެންޓު--

މާފަންނު ބަސް ޓާމިނަލް ކުރިމަތީގައި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، އުމުރުން 17 އަހަރުގެ ކުއްޖަކު ނިޔާވެ، އިތުރު ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ.

ފުލުހުން ބުނީ ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް، ޒިބްރާ ކްރޮސްއަކުން މަގު ހުރަސްކުރަން އުޅުނު މީހެއްގެ ގައިގައި ޖެހި އަދި އެ ތަނުން ދަތުރުކުރި ޕިކަޕެއްގައި ޖެހި އެކްސިޑެންޓު ވެފައިވާ މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ ހާދިސާގައި ނިޔާވީ 17 އަހަރުގެ ކުއްޖާ އެވެ. އަދި އިތުރު ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ސައިކަލުގައި ތިބީ 17 އަހަރުގެ ކުއްޖާ އާއި 16 އަހަރުގެ ކުއްޖެއް ކަމަށެވެ.

މަގު ހުރަސް ކުރަނިކޮށް ޖެހުނީ 40 އަހަރުގެ ފިރިހެނެއްގެ ގައިގަ އެވެ.

އެ އެކްސިޑެންޓުގެ ވީޑިއޯތައް ސޯޝަލް މިޑިއާގައި ދައުރުވާއިރު އެ ވީޑިއޯތަކުން ފެންނަ ގޮތުން އެކްސިޑެންޓްވި ސަރަހައްދުގައި ގިނަ އަދަދެއްގެ ލޭ ހުއްޓެވެ.

އެކްސިޑެންޓްވި ސައިކަލާއި ހެލްމެޓެއެއްގެ ބައިތައް ވަކިވެ ބިންމަތީގައި ހުރިއިރު، ޕިކަޕުގެ ކުރީކޮޅު ވެސް އޮތީ ހަލާކުވެފަ އެވެ.

108 ކޮމެންޓް, 41 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 85%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 5%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސަނު

14 July 2025

މާލޭގެ މަގުތަކަކީ ހިނގާމީހުންނާ ދުއްވާ މީހުންނަށް އަމާން ތަނަކަށް ހަދައިދޭންޖެހޭ އެބަ ސަރުކާރުން.. މާލެއަކީ އުޅޭން އުނދަގޫ، ނުރައްކާތެރި ތަނަކަށްވެފައި މި އޮންނަނީ ގާނޫނާ ގަވައިދު ނުހިންގާތީ..

The name is already taken The name is available. Register?

އިސްމާލި

14 July 2025

ހުރިހާ އެންމެން ސައިކަލް ދުއްވި މީހާ ކުއްވެރިކުރަނީ. އެކަކަށްވެސް ނުފެނޭ މާސިންގާ، ބާރު ޓްރެފިކް ދުއްވާ މަގެއް ކުއްލިއަކަށް ހުރަސްކުރި މީހާގެ މައްސަލައެއް. ކޮންމެ މީހަކަށް ހީވަނީ ޒިބްރާ ކްރޮސް މައްޗައް އަރާއިރަށް ކުއްލިއަކަށް ހުރިހާ ޓްރެފިކް އަކާ ދުނިޔެ ހުއްޓެން ޖެހޭ. އެހެނެއް ނުވާނެ. ހާއްސަކޮއް ބާރަށް ދުއްވާ މަގުތަކުގައި. އެ މީހާގެ މައްސަލަ މަށަށް ފެނޭ ދުއްވި މީހާއާ އެއްވަރަށް.

The name is already taken The name is available. Register?

އަސްލު އިސްމާއީލް

14 July 2025

ހައި ވޭ އެއް ނަމަ ތިހެން ކިޔަން ރަނގަޅު! އެއީ ފަޔަރ ސްޓޭޝަނުން ފެށިގެން ބްރިޖާ ހަމައަށް 10 ޒިބްރާ ކްރޮސް އިންނަ ކިލޯމީޓަރެއް ކިރިޔާ ހަމަވާ ނުވާ ވަރު ތަންކޮޅެއް! މި ޒިބްރާ ކްރޮސް ތަކަށް ބަލަމުން ދުއްވާ މީހަކަށް ނުދުއްވޭނެ ބާރަކަށް!

The name is already taken The name is available. Register?

ބަބްސް

14 July 2025

ސައިކަލް ދުއްވާތަން ފެންނަނީ ވަރަށް ބާރަށް. އެކަމަކު މާލޭގައި މަގުތަކުގައި ދުވާ މީހުންގެ ކަންތަށް ވަރަށް ބޮޑު. ޖިމް އަށް ނުދާ މީހުންނަށް ދުވަން އެބައޮވޭ ޓްރެކެއް ހަދާފަ. މާލޭގެ މަގުތަކަކީ އެއްގޮތަކަށްވެސް ދުވަން ރައްކާތެރި ތަނެއް ނޫން. މިކޭސްގައި ދުވާ މީހާ ކަނާތްފަރާތަށް ބަލާލާ ތަނެއްވެސް ނުފެނޭ - ހަމަ ކުއްލި އަކަށް މަގުހުރަސްކުރަން ފެށިތަން ފެންނަނީ.

The name is already taken The name is available. Register?

ސަލީމު އިދުރީސް

14 July 2025

ތިކަމުގެ ހައްލަކީ ތިވަރު ކުދި ރައްތަކުގަ ޕުރައިވެޓު ކާރާ ސައިކަލު ނުދުއްވޭގޮޔް ހެދުން! ދުއްވާ އެއްޗެތި ދުއްވަން ބޭނުންވާ ބުއްދިއާ އަހުލާގު ދިވެހިން ކިބާގަ ހުރިކަމަން ނުބެލެވޭ މަގުމަތިން ފެންނަ މައްޒަރުތަކުން

The name is already taken The name is available. Register?

ހމމމ

14 July 2025

މިކަހަލަ އެކްސިޑެންޓަތއް ވީމާ ސަރުކާރާ ފުލުހުންނަށް ބެވުން ނޫން ކަމެއް މީހުންނަށް ކުރާކަށް ނޭންގޭނެ. ކޮބާ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާ؟ މިހާރު ކުދިން ބޮޑެތިވަނީ އެހެން މީހުންނާ އަމިއްލަ ނަފްސާ ދޭތެރޭ ވިސްނާ ނުލާ މުޖުތަމަޢެއްގެ ތެރޭ

The name is already taken The name is available. Register?

ކަލާފާން

14 July 2025

ރ.ސޯލިހު ވެރިކަމުގައި ހުރިހާ ބޮޑެތި މަގެއްގެ ކަފިހުރަސް ކައިރީ، ހެންދުނު 6 ކުން ރޭގަންޑު 12 އަށް ޓުރެފިކް ފުލުހުން ބައިތިއްބާފަ ތިބޭނެ، ހިންގާ މީހުން އާ ދުއްވާ ތަކެއްތި ފަސޭކޮށް އުޅުމުގެ ފުރުސަތު ހޯދައިދޭން.

The name is already taken The name is available. Register?

ލކލކލކ

14 July 2025

ސަރުކާރުން މިހާރު ވެއްޖެ ބޮޑު 1 ފިޔަވަޅު އަޅަން. މަގުތަކުގައި ސްޕީޑް ބަލާނެ ކެމެރާތައް ހަރުކޮށް ހުއްދަކުރާ ސްޕީޑަށްވުރެ ބާރަށް ދުއްވާ ކޮންމެ ސައިކަލެއްގެ ވެރިފަރާތް 5 ހާސް ރުފިޔާއަށްވުރެ ކުޑަނޫން އަދަދަކުން ޖުރުމަނާ ކޮށް ވެމްކޯގެ ކުނިކަހާ މަސައްކަތުގައި 200 ގަޑިއިރު ހޭދަކުރަންޖެހޭގޮތް ހަދާ އުމުރުން 25 އަހަރު ވުމުން ނޫނީ ލައިސަންސް ނުލިބޭގޮތްށް ހެދުން. ލައިސަންސް ދޭނަމަ ކުށްވެރިވާ ކޮންމެ ފަހަރަކު މައިން ބަފައިން އެޒިންމާ އުފުލަންޖެހޭގޮތް ހެދުން.

The name is already taken The name is available. Register?

ނޯޓް

14 July 2025

އަޅުގަނޑު ބޭނުންވަނީ ވެހިކަލްތައް ހުއްޓިފައި ހިނގާ މީހުންނަށް ޖާގަ ދޭން ޖެހޭތޯ ނުވަތަ މަގު ހުރަސްކުރާ ތަންތަނުގައި ހިނގާ މީހުންނަށް ޖާގަ ދޭން ޖެހޭތޯ މިނިސްޓްރީން ސާފުކޮށްދޭން.

The name is already taken The name is available. Register?

89562

14 July 2025

މިތާ ނުދައްކާ ވާހަކަ. ލައިންސަސް ހޯދުމަކީ ގަރާޖް ސިޓީ ކަހަލަ ކަމަކަށް ވެފައި މި ޮއންނަނީ. އެވެސް ގަނެވޭ! ލައިސަން ބޭޏުންމީހަކަށް އެއް ޓެސްޓެއް ނުހެދިޔަސް ލައިސަންސް ލިބޭ. މިވާޙަކަ މި ނޫސްވެރިން ދައްކާނެބާ. ހަމަހަމައެއް ލަމައެއް ނެތި ބޭނުންހާ ގޮަތަކަށް އުޅެވެނީ ގާނޫނު ވަކި ބަޔަކަށް ހިނގާތީ. އާދައިގެ މީހާއަށް. ގާނޫނު ނުހިނގާ ބައެއް ތިބޭ އެތަނުން ބަލައިގެން އިނގޭ ދެމި ގަނެވިދާނެކަން އެއިން މީހެއްގެ ގައިގައި އެލިގަނެގެން.

The name is already taken The name is available. Register?

ކިޔާލު

14 July 2025

މާލެ ވަށައިގެން ދުވާ މީހުން ޕޭމަންޓު ޚޔާރުކުރަން އެބަޖެހޭ ، ޕޭމަންޓުގައި ޖާގައޮށްވާ ވެސް މަގުން މިދުވަނީ، މިކަން ނިމުމަކަށް ގެންނަންޖެހޭ، މާފަންނު ޓްރެކް، ލޮނުޒިޔާރަތްޕާކު، ރަސްފަންނު ޕެލެޓު ފަދަ މާލޭގައި ކަސްރަތަށް ހާއްސަ ތަންތަން އެކަމަށް ބޭނުންކުރުން އެންމެ ރައްކާތެރި ގޮތަކީ، މާލެވަށައިގެން ދުވުން މަނާކުރަންވެސް ތާއީދު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454