މާލޭގައި ރޭ ހިނގި އެކްސިޑެންޓުގައި ނިޔާވި އަލްސަން މިއަދު އަސުރު ނަމާދަށް ފަހު ވަނީ ވަޅުލާފައި. -- ފޮޓޯ: އަލީ ނިޝާން | މިހާރު
14 ޖުލައި 2025 - 17:41
މާލޭގައި ރޭ ހިނގި އެކްސިޑެންޓުގައި ނިޔާވި 17 އަހަރުގެ ޔޫސުފް އަލްސަން މުހައްމަދުގެ ޖަނާޒާ މިއަދު ބާއްވައިފި އެވެ.
ބޮޑުތަކުރުފާނުމަގު، މާފަންނު ބަސް ޓާމިނަލް ކައިރީ ހިނގި އެކްސިޑެންޓުގައި އަލްސަން ނިޔާވީ އިތުރު ކުއްޖަކާ އެކު ދުއްވި ސައިކަލެއް، މަގު ހުރަސްކުރަން އުޅުނު މީހެއްގެގައިގައި ޖެހި، ޕިކަޕެއްގައި ޖެހިގެންނެވެ.
އެ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިނީ އަލްސަން އެވެ.
އޭނާގެ ކަށުނަމާދު އޮތީ، އަސުރު ނަމާދަށް ފަހު އާސަހަރާގަ އެވެ. ޖަނާޒާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެވެ.
ރޭ ހިނގި އެކްސިޑެންޓުގައި ނިޔާވި 17 އަހަރުގެ ޔޫސުފް އަލްސަން މުހައްމަދުގެ ޖަނާޒާ-- ފޮޓޯ: ނިޝާން އަލީ / މިހާރު
ސައިކަލު ފަހަތުގައި އިން 16 އަހަރުގެ ކުއްޖާ ވޯޑަށް ބަދަލުކޮށްފައި ވާއިރު، މަގު ހުރަސްކުރަން އުޅުނު 40 އަހަރުގެ މީހާއަށް ފަރުވާދެނީ ވެންޓިލޭޓަރުގައި ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.
އެކްސިޑެންޓުގައި ނިޔާވި އަލްސަން އަކީ ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ)ގެ ހަމަ އެކަނި ދަރިފުޅެވެ.
އެކްސިޑެންޓުގެ ވީޑިއޯތައް ސޯޝަލް މިޑިއާގައި ދައުރުވާއިރު އެއިން ފެންނަ ގޮތުގައި، ބާރު ސްޕީޑުގައި ދިޔަ ސައިކަލް ގޮސް ޖެހެނީ ދުވަން އުުޅުނު މީހަކު ޒިބްރާކްރޮސް އިން ދުވެފައި މަގުގެ އަނެއް ފަރާތަށް ދާން ދުއްވައިގަތްތަނާ އެވެ. ދުވަން އުޅުނު މީހާ ގައިގައި ސައިކަލުން ޖެހި ވިއްސައިގެން ގޮސް ޖެހެނީ ދުއްވާފައި އައި ޕިކަޕެއްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމު އިދުރީސް
16 July 2025
ކޮމެއްޓު ތަކުން ހީވަނީ ކަފިލި ހުރަހައް މަޑުކުރަން ޖެހޭނީ އެޔާމަތީ ހިގާއިރުއޭ! ކަފިލި ހުހަކާ މީހަކު ކައިތިވާނަމަ އެމިހައް މަގު ހުރަސް ކުރުމުހެ ފުދަތު ދޭންޖެހޭނެ! ތިހާދިސާއައް ބެލީމަ އެންގޭ ދުއްވިމީހަ އައީ ކަފިލި ހިރަހައް ތަންދޭގޮތައް ނޫންކަން މަގުގެ ބޮޑުބައެއް ހުރަސް ކުރިފަހުން ޖެހުނީ މަޑުން އައިނަމަ ކަފިލި ހުރަހައް ދުވާމީހަ އެރުމުގެ ކުރިން ފެންނާނެ! ކަފިލި ހުރަހާ މީހަކު ކައިރިވޭތޯ ދުއްވާ މީހަބަންޖެހޭނެ!
ގާސިމް
15 July 2025
މިޖަނާޒާގަ ބައިވެރިވިއެންމެންވެގެން މަގުމަތީ ގަވާއިދިތަކަށް ފަރުވާތެރިވެ ރައްކާތެރިކަން ގެއްލޭ ގޮތައް މަގުގެ ބޭނުން ކުރާ އެންމެނާ ދެކޮޅަށް ނުކިމެ މަގުތަކަކީ އާންމުނަށް ސަލާމަތްތެރިތަނަކަށް ހަދައިދޭތި.
ކޮނމެ ކަފިހިހުރަހަކަށް ފުލުހެއް ލާންޖެހޭ ހާލަތުގައި
15 July 2025
ގަވައިދުތައް އެންފޯސް ނުކޮށް ގިނަ ދިވެހިންނަށް ކަފިހިހުރަހުގައި ވާންވީ ގޮތް ނުވެސް އެނގޭ. ކަފިހި ހުރަހެއް އަންނައިރު ސްޕީޑް މަޑުކުރަންޖެހޭކަމާ، މީހަކު އަރައިފިނަމަ ހުއްޓުން ތައްޔާރައް ހުންނަންޖެހޭކަން ނޭންގޭ. މަގުމަތީ ހުދު ރޮނގުއަޅާފަ ބޯޑު ބަހައްޓާފަ ހުންނަނީ، ދުއްވާ މީހާގެ ސަމަާލުކަމަށް މިކަން ގެންނަން. އެތަނުގަ ހުއްޓާ ޖެހިއްޖެނަމަ ދުއްވާ މީހާ ޒިންމާނަގަން ޖެހޭގޮތަށް މިއޮންނަނީ އެހެންވެ.
ކަލްމީ
14 July 2025
މައްޔިތާއަށް ސުވަރުގެ މިންވަރުކޮށްދެއްވާން ދޭވް! އާއިލާއަށް ކެެއްތެރިކަން ދެއްވާންދޭވް! އާމީން! މިއީ ގާނޫންނެެއް ގަވައިދެއް، އެހެން މީހުންގެ ފުރާނައަށް މުދަލަށް ބެލުމެއް ނެތި ދުއްވާ ޒުވާނުންނަށް އިބުރަތަކަށް ގަބޫލް ކުރުން އެދެން. މިއީ މައިންބަފައިން ގާފިލްކަމުން ހޭލާ، ތިބާގެ ދަރިންނާއި ހަރުދަނާ ގާތް ގުޅުމެއް އުފައްދަން ލިބުނު ފިލާވަޅެއް ކަމުގަ ހީކުރަން. ފޯނު، ވަޒީފާގެ އަވާގައި ޖެހި ދަރިން ގޭމް އަދި އެކުވެރިން ނަށް ދޫނުކުރަން އިލްތިމާސްކުރަން
ޕިޑޭ
14 July 2025
ހަމަ އެ ނޭވާގައި މަގު ހުރަސް ކުރާ މީހުންނަށްވެސް އިލްތިމާސް ކުރަން ރަނގަޅު: ކަފިހިހުރަހަކުން ވިޔަސް ހުއްޓާލާފައި ދެކޮޅު ބަލާފައި ހުރަސްކުރަން. ކަފިހިހުރަހެކޭ ބުނީމަ މީހުންނަށް ހީވާ ކަހަލަ ތިމާމީހާ އެތަނަށް އަރާތަނާ ދުއްވާ އެއްޗެއްސަށް ޕޯޒް ބަޓަނަކަށް ފިތާލާފަ 0.000001 ސިކުންތުން ހުއްޓާލެވޭނެޔޭ. ދެފަރާތުގެ އިހުމާލުން މިހާ ހިތާމަވެރި ނިމުމެއް މިކަމުގައި އައީ.
ހަޝަމް
15 July 2025
ކަފިހި ހުރަސް ބޭނުން ކުރާ މީހުންނަށް ބުނެލަން ބޭނުންވަނީ(ސައިކަލް ދުއްވާ މީހެއްގެ ޙައިސިއްޔަތުން) ހުރަސް ކުރުމުގެ ކުރިން ދުއްވާ އެއްޗިއްސަށް ސަމާލު ވުމަށް، ވަރަށް ގިނަފަހަރު ދިމާވެފަ ހުރިކަމެއް،ކަފިހި ހުރަހާއި ވަރަށް ކައިރި ވެފަ ހުއްޓާވެސް ބައެއް މީހިން އެބަ ހުރަސް ކުރޭ،މިހިންވީމާ އާދައިގެ ސްޕީޑެއްގަވެސް ސައިކަލް ހުއްޓާލަން ޖެހުނީމަ ކޮންޓްރޯލް ކުރަން އުދަގޫވޭ.
ސުހާނާ
15 July 2025
"ގާފިލް" އާއި "ޣާފިލް" އާ އެެއީ ކޮން އެއްޗެއްކަން އެނގޭބާ؟