އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަހުގެ ހަރަކާތްތައް ފެށުމުގެ ގޮތުން ޕާޓީ ޖަގަހައި ބޭއްވި ދިދަ ނެގުމުގެ ހަރަކާތުގައި ޕާޓީ ރައީސް އަބްދުﷲ ޝާހުދު އާ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އާންމު މެމްބަރުން ބައިވެރިވަނީ -- ފޮޓޯ: އެމްޑީޕީ
16 ޖުލައި 2025 - 15:27
އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތް "ރަންރީނދޫ" ދުވުން ހުޅުމާލޭގައި ބާއްވަން ހުއްދަ ނުދިނުމުން މާލޭގައި އެ ހަރަކާތް ބާއްވަން އެ ޕާޓީން ނިންމައިފި އެވެ.
މިދިޔަ މަހުގެ 26 ގައި ފާހަގަކުރި ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ދުވުމެއް ބާއްވަން އެ ޕާޓީން ބޭނުންވީ ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. ނަމަވެސް އަންނަ ހުކުރު ދުވަހު ބާއްވަން އުޅުނު އެ ދުވުމަށް އެޗްޑީސީގެ ހުއްދަ ނުލިބުނު ކަމަށް އެމްޑީޕީން ބުންޏެވެ.
އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން އިލެކްޝަންސް ކޮމިޝަނަށް ސިޓީ ފޮނުވުމުން އެ ކޮމިޝަނުން ވެސް އެޗްޑީސީގައި އެދިފައި ވަނީ ހުޅުމާލޭގައި ދުވުން ބާއްވަން ހުއްދަ ދޭން ކަމަށް އެމްޑީޕީން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ބުންޏެވެ.
އެމްޑީޕީގެ ލީގަލް ކޮމިޓީގެ މެމްބަރު އައިކް އަހުމަދު އީސާ ވިދާޅުވީ، އޮންނަ އުސޫލުގެ ތެރެއިން ހުއްދަ ނަގައިގެން ހުޅުމާލޭގައި ދުވުން ބާއްވަން އެދުމުން އެ ހުއްދަ ނުލިބުނު ކަމަށެވެ.
އެހެންވެ އެ ދުވުން މި މަހުގެ 25 ވަނަ ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް މާލޭގައި ބާއްވަން ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރަންރީނދޫ" ދުވުން އެއް ގަޑިއެއްގައި ކުރިއަށް ގެންދާނީ ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ޕާޓީގެ ދަންމަރެއް ހިފައިގެންނެވެ.
އެމްޑީޕީން ބުނީ އެއީ އެމްޑީޕީން މިދިޔަ 20 އަހަރު ދިވެހިންނަށާއި ރާއްޖެ އަށް ކޮށްދީފައިވާ އެކިއެކި ހިދުމަތްތައް އަދި ގެނެސްދީފައިވާ ތަރައްގީ ރަމްޒު ކޮށްދޭނެ ދަންމަރެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަންމަރު
17 July 2025
ދަންމަރެއް ހިފައިގެން ދުވުންވެސް ގޯހެއް ނޫނެވެ. އެއިން ރަމްޒުކޮށްދެނީ މުޅި ރާއްޖޭގައި ބޮޑު ހުޅުޖެހި ޕާޓީ ކަމެވެ.
ބަރާބަރު
17 July 2025
ތިޔަ ކުރަން އުޅެނީ އެންމެ ރަނގަޅު ކަމެކެވެ. ދުވަން ފަށާގޮތަށް ހުއްޓާލާނެ ކަމެއް ނެތެވެ. ދުވަމުން ދުވަހުން ގޮސް މި ގައުމު ދޫކޮށް އެހެން ގައުމަކަށް ދެވޭ ވަރަށް ދުވާށެވެ. މި ގައުމަށް ސުލްހަ މަސަލަސް ކަމެއް އައިސް ރައްޔިތުން އުފާވެރި ދުވަހެއް ފެންނާނީ ވެސް ދުވަމުން ދުވަހުން ގޮސް މި ގައުމުން ފައިބައިގެން ދިޔަ ދުވަހަކުންނެވެ.
ފިއްޓޭ
16 July 2025
އެމްޑީޕީން މިދިޔަ 20 އަހަރު ދިވެހިންނަށާއި ރާއްޖެ އަށް ކޮށްދީފައިވާ އެކިއެކި ހިދުމަތްތައް އަދި ގެނެސްދީފައިވާ ތަރައްގީ ރަމްޒު ކޮށްދޭނެ ދަންމަރެއް ހިފައިގެން ދުވަން ނުކުންނަން ލަދު ކޮބާ؟ ވޭތުވެ ދިޔަ 20 އަހަރު ތި އެމްޑީޕީ އިން މިގައުމު ފަނާ ކުރުމާއި، އިޖުތިމާއީ ފޭރާން ނިއުޅާލުމާއި ޕާޓީގެ ބޮޑުންގެ އަންބޮނޑިއަށް ބައިތުލްމާލު ކަހާލުން ނޫން ކަމެއް ނުކުރޭ
ޕާޓޭން
16 July 2025
އެމްޑީޕީ އަކީ ދިވެހިރާއްޖެ އަށް ޖެހިފައި އޮތް ބޮޑު މުސީބާތެއް، މިކަމުން ސަލާމަތްވާނެ ގޮތެއް ނެތްތަ އަޅެ
އ
16 July 2025
ދުވަން ވާނީ މާލޭގެ މަގުތަކުގައި.... އެންމެފަހުން މީހަކު ދުވެފައި އޮތީވެސް މާލޭ މަގުމަތީގައި.. އަދި އޭގެ ކުރިންވެސް ދުވެފައި އޮތްކަމައްވަނީ..
ކޮރަލް
16 July 2025
ތިޔައީ މިހާރު ނިކުންނަށް ވެފަ ހުރި ޕާޓީ އެކެވެ. ޕާޓީ އިން ވަކިވާން ވެސް މިހާރު ފަސޭހަ އެވެ. ދެންވެސް ހުރީ އިބޫ އަކާ އަންނި އަކާ އެވެ. ފެއިލް ވެފަ ހުރި ދެމީހުންނެވެ.
ބިގަރަ ހަސަނާ
16 July 2025
ތިއުޅެނީ އަނިޔާވަން. ފޮލިޓީޝަނުން ތިއުމުރުގައި ކަކުލުހުޅުގައި ބާރެއް ނުުހުންނާނެ ތިދުވުމެއް ދުވައިގެން ހުޅުތެރޭން އަޑުގޮވައި ސަލާމަތުން ހުރި ކާޓިލޭޖުކޮޅުވެސް ހަޅުތާލެއް ކުރާނީ. ވީމާ، އެންމެން ފަތިހު ތެދުވެގެން ފަތިސްނަމާދަށް ގޮސް ގައުމަށާއި ފާޓީއަށް ހެޔޮދުއާކުރުން މާރަގަޅުކަންނޭގޭ.
ހުއްދަ
16 July 2025
ހުއްދަ ނުދިނިއްޔޭ ކިޔާ ދޮގު ހަދައިގެން މީހުން ވާވައްދަން ވެގެން
މެޓުން
16 July 2025
ހުކުރުގަ ވިއްސާރަވާނެކަމަށް އަންގައިފި. ވާރޭކޯޓް ގަންނާތި އެންމެން