މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި ދެ މީހުން: މީގެ ތެރެއިން ޝިޔާޒާ އަކީ ފުލުހެއް.
19 ޖުލައި 2025 - 17:08
މާލޭގައި ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާ އެކު އަންހެން ފުލުހަކާއި ނޫސްވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވާ މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި ޑްރަގް އެންފޯސްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރީ އދ. ކުނބުރުދޫ، ދިލްބަހާރުގެ، އައިޝަތު ޝިޔާޒާ 31، އާއި ހއ. ދިއްދޫ، ހަޒާރުމާގެ, ސައިފުﷲ އަހްމަދު 26، އެވެ.
ފުލުހުން ކަށަވަރު ކޮށްދިން ގޮތުގައި މީގެ ތެރެއިން ޝިޔާޒާ އަކީ ފުލުހެކެވެ. އަދި އޭނާ މިހާރު ވަނީ ވަޒީފާ އިން ސަސްޕެންޑު ވެސް ކޮށްފަ އެވެ. މި ދެ މީހުން ހައްޔަރުކުރީ ވިޔަފާރިވެރިންގެ މިސްކިތް ކައިރިންނެވެ.
މީގެ ތެރެއިން ސައިފުﷲ އަކީ ކުރިން ވަގުތު އޮންލައިންގައި މަސައްކަތް ކުރަމުން އައި ނޫސްވެރިއެކެވެ. އޭނާ ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލުން މިދިޔަ އަހަރު ދިން އެވޯޑްގައި ލައިފްސްޓައިލް ކެޓަގަރީން އެވޯޑު ވެސް ހޯދައިފަ އެވެ.
ފުލުހުން ބުނީ އެ ދެ މީހުން ބަލައިފާސްކުރިއިރު މަސްތުވާތަކެއްޗަށް ތުހުމަތު ކުރެވޭ ތިން ރަބަރު ޕެކެޓާއި މަނާ ބޭސް ގުޅައެއް ފެނިފައިވާ ކަމަށެވެ. މި މައްސަލާގައި ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިއުމުން ޝިޔާޒާގެ ބަންދަށް ފަސް ދުވަސް އަދި ސައިފުﷲގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޑޭ
19 July 2025
ފުލުހުންނަށް ކުރާނެ އިހުތިރާމެއް ދެން ބުނެބަލަ؟ ހަޔާތްކުޑަ ވިޔާނުދާ ބައެއް. ހުރިހާ ކުށެއްގައި އެބަ އުޅޭ.
ޢަބްޑޫޅް +
20 July 2025
އެބައިގަނޑަކީ އެއް އިރަކުވެސް، ލަދެއް ހަޔާތެއް ހުރި ބައެއް ނޫން. ފުލުހުން ނެރެގެން މަގުމަތި ކުނިކައްސާފަ، މަހަށް ފޮނުވަ ބަލަ. ކަރުގޮހޮރު އުކާލުންވެސް އެއީ ފުލުހުންލައްވާ ކުރުވަން ރަގަޅު މަސައްކަތެއް.
ރިފޮމް ޕޮލިސް
19 July 2025
ފުލުހުން ގެ މުވައްސަސާ އުވާލާ. ފުލުހުން ކުރާ ޓުރެފިކު ޕޮލިސް ކަހަލަ ކަންތައް ހޯމް މިނިސްޓުރީ ދަށަށް ގެންގޮސް ދެން ހުރި ކަންތައް ސިފައިންނާ ހަވާލުކުރޭ. ބޮޑު މުސާރަ ނަގައިން ޒިންމާ އަދާ ނުކުރެވޭތާ ހިންގަނީ ޖަރީމާ. ބޭކާރު ތަނެއް!
ޒީރޯ
20 July 2025
ތެދެއް ތިބުނީ. އެވެރިން ފުއްޕާނީ މަގުމަތިންދާ އާދައިގެ ރައްޔިތުމީހައަށް. ގޭންގު މީހުންނަ ޖެހުނީމަ ސައިޒު ޒީރޯ.
ކޒނއެ
21 July 2025
އެމްއެންޑީއެފް އެއީ ވަކި ސަހަލު ތަނެއްތަ. ހަމަ ހުސް އުވާލަންވެފަ ހުރި މުއައްސަސާ...
ރުކުމަޑި
19 July 2025
ނުކިއްސަރު ކަމަކަށް ވެއްޖިއްޔާ ފުލުހުން އަރައިގަންނާނެ. ދެން ނުކުމެ އާއްމު މީހާއަށް ފެލުނަސް ގައުމު އިސްލާހެއް ނުވާނެ ކަލޯމެނޭ
ފެންވަރު ސުމެއް
19 July 2025
ނުވާނެ ރަގަޅެއް. ކުރިން ދުވަހަކުވެސް އާދައިގެ ހެދުމުގައި ތިބި ދެތިން ފުލުހުން ހޮޓަލެއް ތެރޭ އާއްމުންނާ ޒުވާބުކޮށް ބޭއަދަބީ ބަސްތައް ބޭނުންކުރިތަން ދުށިން.
ހިނި އާދޭ
19 July 2025
ނަވީނު ސޯ ބުނި ތަސައްވަރު މިފެންނަނީ. ގިނަ ފުލުހުންނަކީ އާއްމު ދިރިއުޅުމުގައިވެސް އަހުލާގެއް ސުލޫކެއް ނެތް ބައެއް. ކިތަންމެ ޓުރޭނިން ނެތް ދިނަސް އޭއްޗެއްގައި ނެތް އެއްޗެއް ނުނިކުންނާނެ. ފިތާވަރަކަށް ދަނީ ހުޅުނބު. ކެކެކެ
ލަދު ލަދު
19 July 2025
ކަލޭނެ އަޅެ މޯލްޑިވުސް ޕޮލިސް މީ ޖުންޓާ ގޭންގެއްތަ؟
މޮޑިސް ޕޮލިސް ކާޓަލް
19 July 2025
މިގައުމުގައި ސިފައިން ވެސް އުޅޭ. މިގޮތަށް ކޮންމެ ހަފުތާއަކު ސިފައިން ކުށްތަކަށް އަރައިގަނެގެން އުޅޭތަން ނުފެނޭ. އެކަމަކު ފުލުހުންނެކޭ ކުރައިމް ކާޓަލް އެކޭ އެއްވަރު!!
އަޑޭ ޑީ
19 July 2025
ތެދެއް ތީ. ސިފައިން ހަމަ އާއްމުކޮށް ވެސް ވަރަށް ޑިސިޕްލިން. ފުުލުހުންގެ އެންމެ މަތިން ފެށިގެން ތިރިޔަށް ވެސް ގިނައީ ތަގުން ނޭ ބުނެވިދާނެ.
ވަޒީރު
19 July 2025
ސިފައިންގެ އެހުންނަ ސާދާ މިލިޓަރީ ޑިސިޕްލިން ސަޅިއޭ.
ބުރުގާ
19 July 2025
ހައިރާނެއް ކުޑަކޮއްވެސް ނުވޭ. ކޮން ފުލުސް އޮފީހެއްތޯ ކަލޭމެނައް ހިންގޭނީ
އަންޔަސް
19 July 2025
ސިފައިންނާ ފުލުހުންގެ ތެރޭގައި އެބައުޅޭ ހަބޭހައް ބަރާބަރަށް ... މީހުން
ޕޮއިންޓް
19 July 2025
ބޯ ކުދިން ހައްޔަރުކޮށް އަތުލެވޭ މަސްތުވާތަކެތި އަލުން މާކެޓަށް ނެރެލީ. ތި ހަމަ ތިކަން ރާވައިގެން ހިންގާ ގޮތް.