26 ޖުލައި 2025 - 13:51
ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ އަބަދުވެސް ރާއްޖެ-އިންޑިއާގެ އެކުވެރިކަމަށް ވަރުގަދައަށް ވަކާލާތުކުރައްވާ ބޭފުޅެއް ކަމަށް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެއަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިން، މޯދީ ވަނީ ސިޔާސީ އެކި ބޭފުޅުންނާ ހެނދުނު ބައްދަލުކުރައްވައިފަ އެވެ. އޭގެ ތެރޭގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި ކުރީގެ ރައީސް ނަޝީދާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި އިދިކޮޅު ޕާޓީގެ ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.
އެ ބައްދަލުވުންތަކަށް ފަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި މޯދީ ވިދާޅުވީ ނަޝީދަކީ އަބަދުވެސް ރާއްޖެ އާއި އިންޑިއާގެ އެކުވެރިކަމަށް ވަކާލާތުކުރައްވާ ބޭފުޅެއް ކަމަށެވެ.
Had a meaningful meeting with members of different political parties of the Maldives. The participation of leaders across the political spectrum underscores the bipartisan support for the strong and time-tested India-Maldives friendship. Our shared values continue to guide this… pic.twitter.com/B3hTqgRuQj
— Narendra Modi (@narendramodi) July 26, 2025
އެ މަޝްވަރާތަކުގައި "ނެއިބަހުޑް ފަސްޓް" ސިޔާސަތާއި އިންޑިއާގެ "މަހާސަގަރު"ގެ ތަސައްވަރުގެ އަގުހުރި ތަނބެއްގެ ގޮތުގައި ރާއްޖެ އޮތުމާ ބެހޭގޮތުން ވާހަކަދެކެވުނު ކަމަށް މޯދީ ވިދާޅުވި އެވެ.
"އިންޑިއާއިން ދިވެހިރާއްޖެއަށް ކެޕޭސިޓީ ބިލްޑިން އާއި ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ދާއިރާ މެދުވެރިކޮށް އެއްބާރުލުން ފޯރުކޮށްދެމުން ގެންދާނެ،" މޯދީގެ ޕޯސްޓުގައިވެ އެވެ.
ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމަށްފަހު މޯދީ ވިދާޅުވީ އެއީ ދެ ގައުމުގެ ވަރުގަދަ އަދި ތާރީހީ އެކުވެރިކަމުގެ ގުޅުމަށް ދެފަރާތުން ތާއީދު އޮތްކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ. އެކަމުން ދެ ގައުމުން ހިއްސާކުރާ އަސާސްތަކުން އެ މުހިންމު ގުޅުމަށް އެހީތެރިވެދޭ ކަމަށް މޯދީ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްތިއުފާ ހެޓްރިކް
26 July 2025
ނާސިރު އަދި މައުމޫނު ގެންގުޅުނު ހަމަހަމަ ހާރިޖީ ސިޔާސަތު އެއްލާލާ އިންޑިޔާ އައި މާބޮޑަށް ގާތްވި މީހަކީ ނަޝީދު! އެކަމުގެ ސަބަބުން ޔާމީނަށް ޖެހުނީ ޗައިނާގެ އުނގަށް ވެއްޓެން. ޔޯޔޯއެއްހެން ރާއްޖޭގެ ހާރިޖީ ސިޔާސަތު ދެކޮޅަށް ކިރެން މެދުވެރިވީ ނަޝީދުގެ ވިސްނުން ކޮށިކަމުން.
އައްބެ
26 July 2025
އަހަރެންދެކޭގޮތުގައި މިހާރު ރާއްޖެއަކީ އިންޑިޔާގެ އަޅުވެތިކަމުގެ ދަށުގައިވާ ޤައުމެއް. ރާއްޖޭގައި އިންޑިޔާ ނުރުހޭ ވެރިކަމަކަށް ދެމިއެއްނޯވެވޭނެ. ސިޔާސީ ޕާޓީތައް ކޮންޓްރޯލްކުރަނީ އެމީހުން. ޚާއްޞަކޮށް އަންނިއަކީ އެމީހުންގެ ގޮނޑިކޮއްކޮ. އަދި އެމްޑީޕީންވަނީ ރާއްޖެ އިންޑިޔާއަށް ރަނގަޅަށް ވިއްކާލާފައި. ކުރިއަަށް އޮތް އަހަރުތަކުގައި ނުދެއްކޭވަރަށް ދަރަނިނަގާފައި. އަދި ސަލާމަތްނުވެވޭކަހަލަ ބޮޑެތި އެއްބަސްވުންތައް ޤާއިމްކޮށްފައި.
ފަހި
26 July 2025
ރައީސް ނަޝީދުއަކީ ދުނިޔޭގެ ވެރިން ބަލައިގަންނަ ލީޑަރެއްކަން ހާމަވޭ
ޝޮކްތެރަޕީ
26 July 2025
ދިވެހިންގެ މިނިވަންކަމަ އަރައިގަންނަންޏާ ދިވެހިން އިންޑިޔާ އައުޓް ކިޔާނެ. އެމްޑީޕީގަ ނެއް ރަނގަޅު ލީޑަރޝިޕެއް.