ޚަބަރު / ޖުޑީޝަލް ސާވިސް ކޮމިޝަން

ޖުޑިޝަރީއަށް އިތުބާރު އުފައްދަން ބޭނުންވާ ކަމަށް ވިދާޅުވެ، ނަން އަނބުރާ ނަގަން ޝަހީދު ހުށަހަޅުއްވައިފި

ހައި ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރަން ޖޭއެސްސީން ނިންމި ދެ ބޭފުޅުންގެ ތެރެއިން ޝަހީދު

03 އޯގަސްޓް 2025 - 11:16

44 comments

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ޖޭއެސްސީން ނިންމާފައިވާ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދުގެ ނަން އަނބުރާ ނަގަން ނިންމައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އަށް އޭނާ މިއަދު ހުށަހަޅުއްވައިފި އެވެ.

އޭނާގެ އެ ނިންމެވުމާ އެކު، ޝަހީދު ވެފައި ވަނީ ފަނޑިޔާރަކަށް އައްޔަން ކުރަން އެ ކޮމިޝަނުން ނިންމި ފަހުން ނަން އަނބުރާ ނަންގަވަން މިހާތަނަށް ހުށަހެޅުއްވި ފުރަތަމަ ފަރާތަށެެވެ.

ޖޭއެސްސީގެ ރައީސް ހުސައިން ރިޒާ އާދަމަށް ފޮނުއްވި ސިޓީގައި ޝަހީދު ވިދާޅުވީ، އޭނާގެ އެޕްލިކޭޝަން ބާތިލް ކޮށްދިނުމަށް އެދިވަޑައިގަތީ، އޭނާއަކީ މިހާރު ވެސް ސިޔާސީ ބޭފުޅެއް ކަމަށް ބަޔަކު ސިފަކުރަމުންދާތީ، ފަނޑިޔާރުންގެ ނަޒާހަތްތެރިކަމާ މެދު އާންމުންގެ ހިތުގައި ސުވާލު އުފައްދަން ޖާގަ ނުދިނުމުގެ ގޮތުން ކަމަށެވެ.

"ދިވެހި ގައުމަށްޓަކައި އަދި ޖުޑިޝަރީގެ މުސްތަގިއްލުކަން ހިމާޔަތް ކުރުމަށްޓަކައި އަޅާ ފިޔަވަޅެއް މިއީ. އަޅުގަނޑު ސިޔާސީ މަގާމެއްގައި ހުއްޓަސް އެ މަގާމުން އިސްތިއުފާ ދީފައި މިކަމާ ކުރިމަތިލީ ވެސް ސިޔާސީ ކަންކަމާ ދުރުވުމަށްޓަކައި،" ޝަހީދު ވިދާޅުވި އެވެ.

ޝަހީދު ވިދާޅުވީ ހައި ކޯޓުގެ ފަނޑިޔާރަކަށް ކުރިމަތިލައްވަން ނިންމެވީ އޭނާގެ އަމިއްލަ އިހުތިޔާރުގައި ކަމަށާއި އެއްވެސް ބައެއްގެ އަތެއް އެ ކަމުގައި ނޯންނާނެ ކަމަށެވެ.

"އަޅުގަނޑަކީ ޝަރުތު ނުވާ މީހެއް ކަމަށް ވެސް ދައްކަން ބަޔަކު އުޅެފައި އޮތީ. އެކަމަކު، އަޅުގަނޑަކީ ގާނޫނީ ވަކީލުކަމުގައި ފަސް އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާ މީހެއް. ހައި ކޯޓުގެ ފަނޑިޔާރަކަށް ބޭނުންވާ ޝަރުތު ވެސް ފުރިހަމަވޭ،" އޭނާ ވިދާޅުވި އެވެ.

ޝަހީދު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުސްނުއްސުއޫދު ކުރިން އައްޔަންކުރީ ވެސް ރިޔާސީ ކޮމިޝަންގައި މަސައްކަތް ކުރެއްވި ފަހުން ކަން ފާހަގަކޮށްލަން ޖެހޭ ކަމަށެވެ.

"އެ ނިންމުން ވެސް އަޅުގަނޑު ގަބޫލުކުރަން. ސުއޫދު ވެސް ޝަރުތު ހަމަވާތީ ސުޕްރީމް ކޯޓަށް އައްޔަން ކުރައްވާނީ. އެ ކަމަކު ރިޔާސީ ކޮމިޝަންގައި ވެސް ކުރައްވާނީ ސިޔާސީ މަސައްކަތް،" ދިފާއުގައި ޝަހީދު ވިދާޅުވި އެވެ.

ޝަހީދު ވަނީ ހައި ކޯޓަށް އޭނާ އާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އައްޔަން ކުރަން މިރޭ ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ވެސް ޖޭއެސްސީ އަށް އަންގަވައިފަ އެވެ. އަދި ހައި ކޯޓު ފަނޑިޔާރުކަމާ ހަވާލުވެވަޑައިގަތުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ޝަހީދު ވިދާޅުވި އެވެ.

44 ކޮމެންޓް, 46 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 2%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 80%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދުރުމި

05 August 2025

މިފަދަ ހިއްވަރުގަދަ އިޚްލާލްތެރި ކަމެއް ކުރި އެއްވެސް ބޭފުޅެއް ޝަހީދު ފިއަވާ މި ރާއްޖޭގައި މީގެ ކުރިން ނެތްކަން ފާހަގަކޮށް ޝުކުރު ދަންނަވަން

The name is already taken The name is available. Register?

ނަނާ ހުވަ ފެން

03 August 2025

އެެހެންވީމާ މިސޮރުގެ ކުފޫ ހަމަވާކަމަށް ނިންމި މީހުންގެ ނާގާބިލުކަންވެސް އެބަ ހާމަވޭތާ ދޯ.

The name is already taken The name is available. Register?

70007

03 August 2025

ޖުޑިޝަރީއަށް އިތުބާރުހޯދަން ނަން އަބުރާ ނަގަމުން ދެއްކި ވާހަކަތަކުން އިތުރަށް ބޭޒާރުވެ ތިމާއަކީ އެފަދަ މަޤާމަކަށް ކުފޫހަމަނުވާ މީހެއްކަން އިތުރަށް ސާފުވެއްޖެ. ތިބާ އެބައެއްގެ ނަން ގެނެސް އެމީހުން ސިޔާސީ ބަޔަކަށް ހަދަން މަސައްކަތްކުރިއަސް އެއީ ތިބާއާއި ފެންވަރުގެ ގޮތުން އެތަށް ގޮތަކުން ތަފާތު މޮޅު މީހުން. އަދި ތަޖުރިބާހުރި އެތަށް ބައެއްގެ އިތުބާރު ހޯދާފައިވާމީހުން. ތިކަހަލަ ބޮލުރިދިންނެއްނޫން

The name is already taken The name is available. Register?

ޖައިޝަމު ސލޑ

03 August 2025

ސާބަހޭ ފުރިހަމަ ނިންމުން މިއީ

The name is already taken The name is available. Register?

ޙުޝާންޓެ

03 August 2025

ޝަހީދުގެ މި ނިންމުމަކީ ޝަރުއީ ދާއިރާއަށް އާންމުންގެ އިތުބާރު ދެމެހެއްޓުމަށް ވަރަށް ބޮޑު ނަމޫނާއެއް އަދި ވަރުގަދަ ވައުދުތަކެއް ދައްކުވައިދޭ ނިންމުމެކެވެ. ޤައުމުގެ މަސްލަހަތު އިސްކޮށް ތައުރީފު ކުރަންޖެހޭ ފިޔަވަޅެއް.

The name is already taken The name is available. Register?

ހުސެން ފާއިޒް

03 August 2025

ރޖ ޖުޑީޝަރީއަށް އަތް ނުބާނާނެކަމުގެ ފުރިހަމަ ދަލީލެއް. މަރުހަބާ ޝަހީދު

The name is already taken The name is available. Register?

ރަޝާދު ޔޫނުސް

03 August 2025

ވަރަށް ރަނގަޅު ނިންމުމެއް ތިފަދަ ނިންމުމަކީ ކޮންމެ ކޮންމެ މީހަކަށް ނިންމަން ކެރޭނެ ނިންމުމެއްނޫން

The name is already taken The name is available. Register?

ކާއްޓަކާ

03 August 2025

މިހާލަތުގައި ހުވާކުރަން އަސްލު ނުކެރޭނީ ދޯ؟ މިހާރުވެސް އަޅާފަ ހުރި ޅަ އެއްޗިހީގެ ސަބަބުން ނޭނގެ ކައުންސިލު އިންތިހާބަށް ވާނޭ ގޮތެއްވެސް.

The name is already taken The name is available. Register?

ޖަގޭ

03 August 2025

ޝަހީދުގެ ވާހަކައިން ވަރަށް ރަގަޅަށް ސާފުވެއްޖެ އޭނާ އެފަދަ މަގާމަކަށް، ކުފޫހަމަނުވާކަން ސަބަކީ އޭނާއަށް ރާއްޖޭގެ ގާނޫނާއި އަދި އާންމު އުސޫލުވެސް ނޭގޭކަން، އަދި ޝަހީދު މަގާމާ ޙަވާލު ނުވިޔަސް މިހާރުއޮތް ޝަރުޢީ ދާއިރާ މިނިވަންނެއްނޫން، ޔަގީންވާ ކަމަކީ ޝަހީދަކީ ގާނޫނީ ހަމަތަކުން ޝަރުތު ހަމަވާ މީހެއް ނޫންކަން

The name is already taken The name is available. Register?

ހިރިގާ

03 August 2025

"ރިޔާސީ ކޮމިޝަންގައި ވެސް ކުރައްވާނީ ސިޔާސީ މަސައްކަތް" މި ޖުމްލައިންވެސް ޝަހީދަކީ ތިޔަފަދަ މަގާމަކަށް ކުފޫ ހަމަނުވާ ސިޔާސީ ވިސްނުމުގެ މީހެއް އެނގެއެވެ. ގާނޫނު އަސާސީއިން ރައީސުލްޖުމްހޫރިއްޔާ ލިބިދޭ އިހުތިޔާރިގެ ތެރެއިން އުފައްދާ ރިޔާސީ ކޮމިޝަންތަކަކީ އެއްވެސް ހާލެއްގައި ސިޔާސީ މަސައްކަތެއް ކުރާ ތަނެއް ނޫނެވެ. އެއީ މިނިވަންކަމާ އިންސާފުވެރިކަމާއެކު ކަމެއް ހިނގިގޮތް ބަލާ ރައީސަށް ލަފާދިނުމަށް އުފައްދާ ކޮމިޝަންތަކެވެ.

The name is already taken The name is available. Register?

ޅަބެ

03 August 2025

ލައްބަ....އެމްޑީޕީ ކެމްޕެއިން ތަކުގަ އުޅުމަކީ ވެސް ސިޔާސީ ކަމެއް ނޫން. ޢެއީ ގައުމަށްޓަކައި، މިނިވަންކަން އިސްކުރުން ދެއްތޯ؟

The name is already taken The name is available. Register?

ޓިނު

03 August 2025

އިތުބާރު އުފައްދަން އޭނަ ނަން ގެންދަނީ ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454