ފުލުހުން ޓޯކޮށްފައިވާ ބައެއް ވެހިކަލްތައް ޓޯޔާޑުގައި.---ފައިލް ފޮޓޯ: މިހާރު
05 އޯގަސްޓް 2025 - 14:10
އެއް މަސް ދުވަހުގެ ތެރޭގައި ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އަގުހުރި ސައިކަލު އަނބުރާ ހޯދާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އެ އިދާރާއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، ގެއްލިގެން ރިޕޯޓުކުރި އުޅަނދުތަކުގެ ތެރެއިން މިިދިޔަ ޖޫން މަހުގެ 1 އިން ފެށިގެން 30 ގެ ނިޔަލަށް 69 ސައިކަލު ހޯދައި، އޭގެ ވެރިފަރާތަށް ރައްދު ކޮށްދީފައިވާ ކަމަށެވެ.
އެ ސައިކަލުތަކުގެ ޖުމްލަ އަދަދު 3،412،530ރ. އަށް އަރާ ކަމަށް ފުލުހުން ބުންޏެވެ.
ދެ ވަނައަށް އެންމެ ގިނައިން ހޯދީ ވަގަށް ނެގި ފައިސާ އެވެ. އެ މުއްދަތުގެ ތެރޭގައި ގެއްލިގެން ހުށަހެޅި މައްސަލަތަކުގެ ތެރެއިން 43 މައްސަލައަކާ ގުޅުން ހުރި 935،972ރ. ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭގެ އިތުރުން 213،932ރ. ގެ އަގުހުރި 22 މޮބައިލް ފޯނާއި 168،850ރ. ގެ އަގުހުރި އިލެކްޓްރޯނިކްސް ސާމާނު ހޯދާފައިވާ ކަމަށް ވެސް އެ އިދާރާ އިން ބުނެ އެވެ.
އެހެނިހެން ތަކެތީގެ ގޮތުގައި 56 މައްސަލައަކާ ގުޅުން ހުރި ތަކެތި ހޯދާފައިވެ އެވެ. އެއީ 179،225ރ. ގެ އަގުހުރި ތަކެއްޗެވެ.
ފުލުހުން ބުނީ ބިދޭސީންނާ ގުޅޭގޮތުން ހުށަހެޅި މައްސަލަތަކުން ވެސް ހަތް ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.
ރައްކާތެރި ތަނަކަށް މާލެ ހެދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިދިޔަ މަހުގެ 1 އިން 31 ގެ ނިޔަލަށް މާލެ ޕޮލިސް ކޮމާންޑުގެ ޑިޕާޓްމަންޓުތަކުން ވަނީ 1،196 ގަޑިއިރާއި ހަ މިނެޓު ވަންދެން ޕެޓްރޯލްކޮށްފަ އެވެ. ޕެޓްރޯލް ކުރިއިރު 6،389 މީހުން ހުއްޓުވައި ސުވާލުކުރި އެވެ. އޭގެ ތެރެއިން 6،145 މީހުންނަކީ ކުށުގެ ރިކޯޑު އޮތް މީހުން ކަމާއި ބާކީ 244 މީހުންގެ ކުށުގެ ރިކޯޑެއް ނެތް ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަމީނަ
06 August 2025
"ޕެޓްރޯލް ކުރިއިރު 6،389 މީހުން ހުއްޓުވައި ސުވާލުކުރި އެވެ. އޭގެ ތެރެއިން 6،145 މީހުންނަކީ ކުށުގެ ރިކޯޑު އޮތް މީހުން." ވަރަށް ބިރުވެރިދޯ.. :(
މޮޅު؟؟
05 August 2025
ތިޔަ ތަފާސް ހިސާބުތަކުން ހާމަވަނީ ފުލުހުންނަށް ރަށުތެރެ ނުބެލެހެއްޓޭކަން ނޫންތޯ؟ މަސްދުވަސްތެރޭގައި 69 ސައިކަލު ވަގައްނެގީމަ އެއީ ފުޅުހުންގެ ވާޖިބު ރަނގަޅަށް އަދާ ނުކުރެވެނީ ނނޫންތޯ؟؟ ފުލުހުންގެ ވާޖިބަކީ ހަމަ އެކަނި ތަފާސްހިސާބު ބެލެހެއްޓުންތޯ؟؟
ހާއިބްރީ
05 August 2025
ގެއްލުނު ސައިކަލްތައް ހޯދާފަ އޭގެ އަގު ބުނަނީ ކޮން ބޭނުމަކު؟ ވިއްކާލަންތަ؟.
މުސާއިބްރާހީމް
05 August 2025
އަގު 3 މިލިއަންގަ. އޭގެ ސޯޝަލް ކޮސްޓް ކިތައް މިލިއަންގަ؟ ސައިކަލް ގިނަވެގެން މަގުތައް ފުރިއްޖެ. ބައެއް މަގުތަކުގައި އުޅޭ މީހުންނަށް މިހާރު އެމްބިއުލަންސްއެއްވެސް ވެއްދެން ނެތް. ބަލާބަލަ ކޮޗިން. ވަރަށް ހަނި މަގުތައް ހުންނާނެ. އެކަމަކު ނުފެންނާނެ މަގުމަތީގައި އާއްމުކޮށް ޕާކުކޮށްފައި ހުންނަ ތަނެއް. ސައިކަލްތައް މަދުކުރާނެ ސަރުކާރެއް ބޭނުން މާލެ އަމާން ތަނަކަށް ހަދަން.
އަޅި އަލީ
05 August 2025
"ސައިކަލުތަކުގެ ޖުމްލަ އަދަދު 3،412،530ރ" އެވެދާނެ 3 ސައިކަލު ކަމަށްވެސް!
ކޮރަލް
05 August 2025
މީހަކަށް ހުކުމެއް ނުކުރެވެ އެވެ. ދެން ތަކުރާރު ކޮށް ކުއްކުރާ މީޙުން ގިނަ އެވެ.
ނަހުރާޒު
05 August 2025
ޕޮލިހުންނާ ހަވާލުކޮށްފައިވާ އަސްލު މަސްޢޫލިއްޔަތު އަމަން އަމާންކަން ބެލެހެއްޓޭނަމަ ތިޔަ ސައިކަލްތައް ވަގަކަށް ނުނެގޭނެ.ވަގުންނެއް މިނިވަން ކަމާއެކު މަގުތަކުގައި ރައްޔިތުންގެ މުދާ ވަގަށް ނަގައި ގެއްލުން ދޭކަށް ނުތިބޭނެ.ތީމާ މޮޅުކަމެއް ނޫން ނޫސްތަކުގެ ސުރުހީ ހަދާކަށް. ވިސްނާ ބަޔަކަށް ތިކަމުންވެސް އެގިގެން ދަނީ ފުލުހުންނަށް މުޖްތަމަޢުގައި އަމާންކަން ގާއިމް ކޮށްދެވިފައިނުވާކަން. ވ.ސަލާމް
1828
05 August 2025
ތިޔައީ ހަމައެކަނި މުޤައްދަސް މާލޭގެ ހިސާބުތައް ތޯ؟ ކޮބާ ތޯ ރާއްޖެތެރޭގެ ފުލުހުން ކުރާ މަސައްކަތުގެ ހިސާބު؟
ނަން..
05 August 2025
ހޯދާ ސައިކަލު އާހިރުގައި ބަލާއިރު އޮންނާނީ ޓޯކޮއްފަ. ޓޯޔާޑް ދެން ދައުލަތަށް ފައިސާ ދައްކައިގެން މި ނެރެވެނީ.
ސައްލޭ
05 August 2025
ހާދަ މޮޔަވާހަކައޭ ތި ދައްކަވާނީ ރުފިޔާއިން ނޫންގޮތކަށް އަދަދު ކީދަނެތޯ.