އެމްޑީޕީން މީގެ ކުރިން ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމެއް: އެ ޕާޓީން ވަނީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ބާތިލުކުރަން ކޯޓަށް ހުށަހަޅާފައި.
21 އޯގަސްޓް 2025 - 21:40
ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހުތައް ބާތިލުކުރުމަށް އިދިކޮޅުން އެމްޑީޕީން ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.
މި މައްސަލަ ކޯޓަށް ބަލައިގަތުމާ މެދު އަދި ގޮތެއް ނުނިންމަ އެވެ.
ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހުތައް ތަސްދީގު ނުކުރަން 60 އަށް ވުރެ ގިނަ ކައުންސިލުންނާއި އެމްޑީޕީން ވެސް ބަޔާން ނެރެފައިވަނިކޮށް އެ ބިލު ރައީސް ތަސްދީގު ކުރެއްވީ މިމަހުގެ 15 ގަ އެވެ.
ގާނޫނަށް މި ފަހަރު ގެނައި އިސްލާހުތަކުގެ ތެރެއިން އެއް އިސްލާހުގައިވާ ގޮތުން ނަމަ ރަށްރަށުގެ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން 10 މިލިއަން ވުރެ ދަށުގެ ވިޔަފާރިއެއް ނުކުރެވޭނެ އެވެ. އަދި އެ މާއްދާއާ ތައާރުޒުވާ ނަމަ އެ މާއްދާ އަށް ނުވަތަ އިސްލާހަށް އަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި އެފަދަ ވިޔަފާރީގެ ހަރަކާތްތައް ހުއްޓާލަން ވާނެ ކަމަށް ބުނެފައިވެ އެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި އެއީ ރަށްރަށުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިތުރަށް ކުރިއަރުވަން ގެނައި އިސްލާހެކެވެ. ލޯކަލް އޮތޯރިޓީ ކުންފުނިތަކުން 10 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އިންވެސްޓުމަންޓުތައް ހިންގައިގެން ލިބޭ ފައިދާއިން ރައްޔިތުންނަށް ކަންކަން ކޮށްދެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މި ބަދަލުތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން ބުނެފައިވަނީ ކައުންސިލަރުންނަށް މުސާރަ ނަގައިގެން ތިބުން ފިޔަވައި އިތުރު އެއްވެސް މަސައްކަތެއް ދެން ނުކުރެވޭނެ ކަމަށެވެ. އެ ޕާޓީން ބުނީ މި ގެނައި ބަދަލާ އެކު ކައުންސިލުތަކުގެ ބާރު އެއްކޮށް ކެނޑޭނެ ކަމަށެވެ.
އެމްޑީޕީން ބުނި ގޮތުގައި ކައުންސިލްތަކަށް ކުންފުނި ހެދުމުގެ ބާރު އެމްޑީޕީގެ ސަރުކާރުގައި ދިނީ ސަރުކާރުން ދޭ ގްރާންޓުގެ އެހީގައި ކައުންސިލްތަކުގެ ހުރިހާ ހަރަދެއް ހަމަނުޖެއްސޭތީ، އަމިއްލައަށް އާމްދަނީ ހޯދައިގެން ރަށުގެ މަސައްކަތްތައް ކުރެވޭނެ މަގުފަހިކޮށްދިނުމަށެވެ. އެކަމަކު ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކައުންސިލުތަކަށް އަމިއްލަ އާމްދަނީ ހޯދުމުގެ މަގު ބަންދުވާ ކަމަށް ބުނެ އެ ޕާޓީން އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޫހް އިބްރާހިމް
22 August 2025
އާއްމު ރައްޔިތެއްގެ ހައިސިއްޔަތުން މި ބިލަށް ފުރިހަމަޔަށް ތާއިދު
އާސިމް މުހައްމަދު
22 August 2025
އަހަންނަކީވެސް އެމްޑީޕީ މީހެއް. އެކަމަކު މި ބިލް ހަމަ ވަރަށް މުހިއްމު ގެންނަން ވުޖޫދަށް
މޫމިން މުހައްމަދު
22 August 2025
އެމްޑީޕީއިން އުޅެނީ މިގައުމު ފަނާކުރަން. އިތުރު އެއްވެސް ކަމެއްގައި އުޅޭ ބަޔެއް ނޫން. ބަލަގަ ކައުންސިލްތަކަށް ނެރެވޭ ނަތީޖާއެއް ނިކަން ދައްކަބަލަ؟ ހަމަ ސަރުކާރުން ހުރިހާ ކަމެއް ކުރަނީ
އައިޒަމް
22 August 2025
ލާމަރުކަޒީ އޭ ކިޔާފަ ވާހަކަ ދައްކަން އެމްޑީޕީގެ ލަދު ކޮބާ؟ ކޮން ކަމެއް ކައުންސިލްތަކަށް ކުރެވުނީ؟
މުހައްމަދު ހަނީފް
22 August 2025
ގައުމު ފަސާދަކުރަން އުޅޭ ބައިގަޑެއް މިނޫނީ ނުދެކެން. ލަދު
ސަރީރާ
22 August 2025
ކައުންސިލްތަކުން އުގުވިޔަފާރި ކުރުމަކީ އެދެވޭ ކަމެއްނޫން. ކައުންސިލްތަކުންވެސް އަދި ސަރުކާރު ކުރަންވާނީ އަމިއްލަ ފަރާތްތަކަށް ނުކުރެވޭފަދަ ނުވަތަ އަމިއްލަ ފަރާތްތަކަަށް އެއްކޮށް ދޫކޮށްނުލެވޭފަދަ އަސާސީ ހިދުމަތްތަކާ ގުޅޭ ވިޔަފާރިތައް އެކަނި.
ޢަލްޓިކޯ
22 August 2025
ތިނަން ބަދަލު ކޮށްފިޔާ އެމްޑީޕީން އެހާ ފޯރި ނާރާނެ ނަމު ކުރިޔަށް "ލާ،"އަނަނަންޔާ އެއީ އެމްޑީޕީ އެއްޗެއް ކަމަށް އެމީހުންދެކެނީ ކައުންސިތަކުގެ އެކިނަންނަމުގަ ހިންގާ ޖަރީމާ ހުއްޓުވޭނެ ވ ރަގަޅު އިސްލާހެއް
ނޫންތަ؟
22 August 2025
ކައުންސިލު ތަކުން ލޯކަލް އޮތޯރިޓީ ހަދައިގެންވެސް ކުރަނީ ހަމައެއްކަމެއް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފުނޑާލުން އެހެންވީމަ އިސްލާހު ރަނގަޅު
ކާންސެލަރު
22 August 2025
ކައުންސިލުތަކުގެ ނިވާފަތްގަނޑުގައި ތިބެގެން ނާޖާއިޒު ކަންކަން ކުރާ ސިޔާސީ ޕާޓީތަކާ، އެފަދަ ކައުންސިލަރުންތައް ފިޔަވައި، ގައުމުގެ އާއްމު ރައްޔިތުން ތިޔަ އިސްލާހުތަކަށް ލޮލޮން ބޮލުން ރުހިގެން ތިބީ. ބަރާބަރު އިސްލާހުތަކެއް!
މަރީ ގަދިރު
22 August 2025
ބަރާބަރު އިސްލާހެއް. ކައުންސިލުތައް އެއީ ވަކި ސަރުކާރެއްތަ؟