ލާމަރުކަޒީ ގާނޫނަށް ގެންނަ ބަދަލާ ގުޅިގެން އެމްޑީޕީން ބޭއްވި ޕްރެސް ކޮންފަރެންސް.-- ފޮޓޯ: އެމްޑީޕީ
05 އޯގަސްޓް 2025 - 14:00
ލާމަރުކަޒީ ގާނޫނު އިސްލާހު ކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް މިހާރު ފޮނުވާފައިވާ ބިލުގެ ސަބަބުން ކައުންސިލަރުންނަށް މުސާރަ ނަގައިގެން ތިބުން ފިޔަވައި އިތުރު އެއްވެސް މަސައްކަތެއް ނުކުރެވޭނެ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.
އެ ޕާޓީން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާރު (ފިއްޓެ) ވިދާޅުވީ، މި ސަރުކާރު އައި ފަހުން ކައުންސިލުތަކުގެ ބާރު ކަނޑުވާލަން ލާމަރުކަޒީ ގާނޫނަށް މީގެ ކުރިން ވެސް އެތައް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. މިހާރު ގެންނަން އުޅޭ ބަދަލާއެކު ކައުންސިލްތަކުގެ ބާރު އެއްކޮށް ކެނޑޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފިއްޓެ ވިދާޅުވީ ކައުންސިލަރެއްގެ މަގާމު ހުސްވެއްޖެ ނަމަ ދެން އަންނަ ކައުންސިލް އިންތިހާބު ބާއްވަން 18 މަސްދުވަހަށް ވުރެ ކުރު މުއްދަތެއް އޮވެއްޖެ ނަމަ ބައި-އިލެކްޝަން ނުބޭއްވޭ ގޮތަށް ހަދައި، އެމްޑީޕީގެ ސަރުކާރުގައި ކައުންސިލްތަކުގެ އިހުތިސާސް ކަނޑައަޅަން ދިން ބާރު ވެސް ސީދާ ރައީސްގެ ބާރުގެ ދަށަށް ގެންގޮސް، މިހާރު އުޅެނީ ކައުންސިލްތަކުގެ މާލީ ބާރުވެރިކަމާއި މިނިވަންކަން ވެސް ކަނޑުވާލަން ކަމަށެވެ.
ކައުންސިލްތަކަށް ކުންފުނި ހެދުމުގެ ބާރު އެމްޑީޕީގެ ސަރުކާރުގައި ދިނީ ސަރުކާރުން ދޭ ގްރާންޓުގެ އެހީގައި ކައުންސިލްތަކުގެ ހުރިހާ ހަރަދެއް ހަމަނުޖެއްސޭތީ، އަމިއްލައަށް އާމްދަނީ ހޯދައިގެން ރަށުގެ މަސައްކަތްތައް ކުރެވޭނެ މަގުފަހިކޮށްދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު، ސަރުކާރުން މިހާރު ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލުގެ ސަބަބުން ކައުންސިލްތަކުން އަމިއްލައަށް އާމްދަނީ ހޯދުމަށް އޮތް މަގު ބަންދުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވައިކަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު ހުސެއިން ޒިޔާރު (ފިއްޓެ) ވާހަކަދައްކަވަނީ.-- ފޮޓޯ: އެމްޑީޕީ
ފިއްޓެ ވިދާޅުވި ގޮތުގައި، މި އިސްލާހު ހުށަހެޅުމުގެ މަގުސަދެއް ކަމަށް ސަރުކާރުން ބުނަނީ ކައުންސިލްތަކުން އަމިއްލަ މީހުން ކުރާ ވިޔަފާރިގެ ތެރެއަށް ވަނުމުގެ ފުރުސަތު އޮތުމެވެ. އެކަމަކު، މިހާރު ގާނޫނު އޮންނަ ގޮތުން ވެސް ކައުންސިލްތަކަށް ބޭނުން ވިޔަފާރިއެއް ނުކުރެވޭނެ އެވެ.
"މިހާރު ގާނޫނު އޮންނަ ގޮތުން ވެސް ކައުންސިލްތަކަށް ބޭނުން ވިޔަފާރިއެއް ނުކުރެވޭނެ. އެކަމަށް ސަރުކާރުން ހުއްދައެއް ނަގަން ޖެހޭ މިހާރު ވެސް. އެ ވިޔަފާރި ނުވޭ ރަށުގެ އާންމު މީހަކު ކުރާ ވިޔަފާރިއަކަށް ވެގެނެއް ވެސް. އެހެން މިހާރު ވެސް އޮތީ. އޮއްވާ އެއަށް ވުރެ ހަރުކަށިކުރަން މި އުޅެތީ، އެ ކަންބޮޑުވުން އަޅުގަނޑުމެންގެ އޮތީ،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ބިރަކީ މި އަންނަ ކައުންސިލް އިންތިހާބުގައި އިންތިހާބުވާ ކައުންސިލަރުންނަށް ދެން ކީއްބާވައޭ ކުރަން ޖެހޭނީ ކައުންސިލެއްގައި. ހަމަ އައްޔަންކުރުމުގެ ބަދަލުގައި އިންތިހާބުކޮށްފައި ބަޔަކު ތިބޭނީ. އެ މީހުންނަށް ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނޯންނާނެ. ފިނޭންސުން މުސާރަ ދީނިމަ، މުސާރަ ހަވާލުކޮށްލައިފައި، ހަމަ ތިބޭ ގޮތަށް މިހާރު އޮތްގޮތުން ނިމިއްޖެއްޔާ ވާނީ."
ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެންނަން އުޅޭ ބަދަލުގެ ސަބަބުން ރަށްރަށުގެ ތަރައްގީ އާއި ކުރިއެރުމަށް ވަރަށް ބޮޑަށް ހުރަސްއެޅޭނެ ކަމަށް ފިއްޓެ ވިދާޅުވި އެވެ.
ކައުންސިލްތަކުގެ މާލީ ހަރަދުތައް ކުރުން ހަނިކުރެވޭ ގޮތަށް ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ގާނޫނަށް ހުށަހެޅިި އިސްލާހުތަކުގެ ތެރެއިން އެއް ކަމަކީ ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރުގައި މާލީ ކަންކަން ހިންގާއިރު ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭ އިން ކަނޑައަޅާ އުސޫލެއްގެ ތެރެއިން އަމަލުކުރަން ލާޒިމް ކުރުމެވެ.
އެ އިސްލާހުގައި ބުނެފައި ވަނީ ކައުންސިލްތަކުގެ އުމުރު ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހަމަވުމާ ދެމެދު އޮތީ އެއް އަހަރު ނުވަތަ އެ އަށް ވުރެ ކުރު މުއްދަތެއް ނަމަ ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭ އިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތަށް ނޫނީ ބައެއް ކަންކަން ކުރަން ކައުންސިލުން ނިންމައިގެން ނުވާނެ ކަމަށެވެ. އެއީ:
1- ކައުންސިލް އިދާރާ އަށް ނުވަތަ ކައުންސިލް އޮފީހަކަށް ދާއިމީ މުވައްޒަފުން ނުވަތަ ކޮންޓްރެކްޓް މުވައްޒަފުން ނެގުން.
2- ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުމާއި ދިނުން.
ބިލްގައި ދެން ހިމެނޭ އެންމެ މުހިންމު އެއް ކަމަކީ ކައުންސިލް ހިމެނޭ ދާއިރާތަކުގެ ތެރޭގައި އިގްތިސާދީ ހަރަކާތްތައް ހިންގުމުގެ ބާރު އެ ރަށެއްގެ ލޯކަލް އޮތޯރިޓީ ކުންފުންޏަށް ދީފައިވީ ނަމަވެސް ވަކި ޝަރުތުތަކެއް ފުރިހަމަ ކުރަން ޖެހުމެވެ. އޭގެ ތެރޭގައި ހިމެެނެނީ ބިލްގައި ވާ ގޮތުން
1- އެ ލޯކަލް އޮތޯރިޓީ ކުންފުނިން ނިސްބަތްވާ ރަށުގައި ނުވަތަ ރަށްތަކުގައި އަމިއްލަ ފަރާތަކުން ކުރަމުންދާ އިގުތިސާދީ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ކަމުގައި ނުވުން.
2- އެ މަސައްކަތަކީ ރަށުގެ ނުވަތަ ރަށްތަކުގެ އުމްރާނީ ތަރައްގީ އަށް ކޮންމެހެން ކުރަން ޖެހިފައިވާ މަސައްކަތަކަށް ނުވުން.
3- އެ މަސައްކަތުގެ އިންވެސްޓްމަންޓް ނުވަތަ ރައުސްމާލުގެ އަދަދު 10 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ނުވުން.
ބިލްގައި ބަޔާންކޮށްފައިވާ ގޮތުން ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެކި ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުއްޔެއް ވެސް ނުނެގޭނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ކުއްޔަށް ދޫކޮށްފައިވާ ބިމާއި ފަޅާއި ފަރުގެ ސަރަޙައްދުތަކުގެ ކުއްޔާއި ކައުންސިލްގެ އިމާރާތްތަކާއި މުދަލުގެ ކުއްޔެވެ.
ކައުންސިލްތަކުގެ ބޭންކު އެކައުންޓުތައް ހިންގަންޖެހެނީ ބިލްގައިވާ ގޮތުން ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ތެރެއިންނެވެ. އަދި އެ ކައުންސިލެއްގެ ބޭންކު އެކައުންޓުގެ ސްޓޭޓްމަންޓް ހޯދަން ފިނޭންސް މިނިސްޓްރީން އެދިއްޖެ ހާލަތެއްގައި އެ މައުލޫމާތު ވެސް އެ މިނިސްޓްރީ އަށް ދޭން ވާނެ ކަމަށް ބިލްގައި ވެ އެވެ.
ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބޭނުމެއް ކަމަށް ސަރުކާރުން ހުށަހެޅި ބިލްގައި ބުނެފައި ވަނީ، ލާމަރުކަޒީ ގާނޫނުގެ ދަށުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ވިޔަފާރީގެ ހަރަކާތްތައް ހިންގުމުގެ ދާއިރާ އެ ގާނޫނުގައި ކަނޑައެޅުމެވެ. އަދި ހިލޭ އެހީގެ ގޮތުގައި ސަރުކާރުން ކައުންސިލްތަކަށް ދޭ މާލީ އެހީ މުރާޖައާ ކުރުމަކީ ވެސް އިސްލާހު ގެނައުމުގެ މަގުސަދެއް ކަމަށް ބިލްގައި ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަލާމީ ނިޝާތު
06 August 2025
ތިޔަ ކައުންސިލަރުންނަށް ނުހާރުވެސް ޖެހެނީ އަބަދުވެސް ޖެހެނީ ތިބެން. ޤާބިލްކަމެއްނެތް ހަމައެކަނި މުސާރަކޮޅުގެ ބޭނުމުގައި ވަޒީާ ހޯދާ މީހުންނަށް ވާނީވެސްއެހެން. ރަށުގެ ކުރިމަގުގެ އެއްވެސްކަހަލަ ތަސައްވުރަށް ނެތެތް މީހުން ތިބީ. ދެންތިބީ ޒަުވާނުންނާ އެކު ސޯޓުބުރި ލައިގެން ކުޅެން އުޅޭ ކައުންސިލަރުން. އަންހެނުން ކޮމިޓީއޭ ކިޔައިގެންވެސް ސަރުކާރުގަ 40 އަހަރު އުޅުމީހުންނަށްނުދޭވަރަށްދީފަ. ޑިގުރީ މީހަކަށް އިދާރީ 7000ރ ކޮމިޓީ ރައީސާއަށް 7000ރ ކޮބާވ އިންސާފު
ވަދީއު
06 August 2025
އެމްޑީޕީއަށް ވެރިންނަށްވުރެ ލަދުހަޔާތް ކުޑަ ބަޔަކު ނުދެކެން، މި މީހުންނަށް ހީވަނީ ރައްޔިތުންނަކީ މޮޔާއިންނޭ، ބަލަ ކަލޭމެންގެ ވެރިކަމުގަ ކައުންސިލަރުން ބާރުވެރިކުރާނަމޭ ކިޔާފަ މަލޭ ސިޓީގެ މޭޔަރުކަން މިއަދުގެ ރައީސް އަށް ލިބުނު ހިސާބުން ކަލޭމެން މުޅި ކައުންސިލް ތަކުގެ ބާރު ކަޑުވާލީ
ލުފްޝާން
06 August 2025
ލާމަރުކަޒީގެ ޗެމްޕިއަންކަން ތި ހޯދަނީ ކޮންމެ ފަހަރަކު އިދިކޮޅަށް އައިމަ. ކައެމެން ވެރިކަމުގަ ތިބޭއިރު ކީއްތަ ވާނީ ކައުންސިލަރުންގެ ބާރުވެރިކަން ހޯދަދިނިއްޔާ. އެމްޑީޕީގެ ބޯ ގޯސް ސިޔާސަތްތަކަށް އަހަރުމެން އެންމެން ނޫނެކޭ ބުނަންވީ
ަމައުސޫމް
06 August 2025
ބޮޑެތި ސިޓީތަކުން ކަލޭމެންނަށް ތާއީދު ނުލިބުނީމަ ހުރިހާ ކައުންސިލްތަކުގެ ބާރު ކަޑުވާލީ.. މީ ރައްޔިތުންނަށް އޮޅޭނެ ކަންކަމެެއްނޫން، އަހަރުމެން މިތިބީ ވަރަށް ރަނގަޅަށް އެކްސްޕީރިއަންކޮށްފަ
މަހުދީ
06 August 2025
ކަލޭމެންގެ ވެރިކަމުގަ ތިކަން ތިހެންވީ.. މި ސަރުކާރުން ނޫނީނެތް ކައުންސިލްތަކަށް ވިޔަފާރި ކުރުމުގެ ފުރުސަތު ދިން ސަރުކާރެއްވެސް
ހުސެން ޝާރިފް
06 August 2025
އެމް.ޑީޕީ.ގެ ލާމަރުކަޒީ ސިޔާސަތަކީ އަހަރެމެން ރާއްޖެތެރޭ މީހުން ގޯނި ފުލައްލާން ދެއްކި ދަޅައެއް. މިހާތަނަށް ދައުލަތުން ތި ނިޒާމު ހިންގަން ކުރަންޖެހުނު ހަރަދު ބޮޑު ރަށްރަށުގެ ތަރައްޤީއަށް ކުރި ހަރަދައް ވުރެން. މިއީ ހަމަ އެސް.އޯ.އީ ތަކުން ވަޒީފާ ބަހައިންވެސް ހަމަ މި މީހުން ޖެހި ސަކަރާތް. އަތުން ފައިން މަސައްލަތެއްނުކޮށް ދައުލަތް ފެލައިން ދިރިއުޅުމުގެ އާދަކާދައެއް މިއޮތީ ތި ބައިގަނޑުގެ ސިޔާސަތުތަކުގެ ތެރެއިން ފަތުރާފަ. ތޭންކް ފޯ ނަތިންގ!
ބބބވވ
05 August 2025
މިހާރުވެސް މުސާރަނަގައިގެން ކަމެއްނުކޮށް ކައުންސިލް ބަޖެޓުން ހަރަދުކޮށް ބޭރުގައުމުތަކަށް ދަތުރު ކުރުމުގަ ނޫނީ ތަޖުރިބާގެ ދަތުރޭ ކިޔާފަ ދުރު އަތޮޅުތަކުގެ ރަށްރަށަށް ދަތުރު ކުރުމުގަ. އެކުރާ ތަޖުރިބާ ދަތުރުތަކުން ރަށަށްވާ ފައިދާއެއްނޯވޭ. ތަޖުރިބާއޭ ކިޔާފަ ހޯދީ ކޯއްޗެއްކަމެއް ނޭނގޭ. ބޭކާރުބައެއް ތި ނުކިޔަވާތިބޭ ކައުންސިލަރުންނަކީ
ދޮޅުރޯނާ
05 August 2025
މިހާރުވެސް ކައުންސިލަރުން ތިބުނާ ބީދައިން ކަންކުރަނީ ކުރާ އެއްކަމެއްވެސް ނޯވޭ ކަލޭމެންނައް މިހާރުވެސްކަންކުރާގޮތުގެ ވާހަކަ އޮޅިގެން ނަމަވެސް ތިބުނެވުނީ މޯލުވާންވެގެން
ކަނބުރުގެ
05 August 2025
ނޫނޭ. ކުރެވޭނެ ކިތަންމެ ކަމެއް އެބަހުރި. ރަށުތެރޭގަ ދެބޯގެރި ދުއްވުމާ ހޮޅުއަށިތަކާ ޖޯލިފަތިތައް ހޫނުކުރުމާ ގޭދޮށު ދައްތަމެނަަށް "އާތްގާތް" ކޮށްދިނުމާ ކައުންސިލްލަށް ލިބޭ ފައިސާތައް "އޮޅިގެން" އަމިއްލަ އެކައުންޓަށް ކަހާލުމާ މިފަދަ މިފަދަ އެތައްކަމެއް ކުރެވެން އެބަހުރި. ބޭނުމީ ކުޑަކުޑަ ހިތްވަރެއް ..
ކައުންސެލަރު....
05 August 2025
ތިޔާބުނީ މަހަމަ ކަންކުރާގޮތަށް. މަށަކީ އޮފީހަށްގޮސް ފިންގަރު ޖަހާލުން ފިޔަވާ ކަމެއްކުރާ މީހެއްނޫން. އަމުދުން ފިންގަރު ނުޖެހިޔަކަސް މުސާރަހިނގާ. ދެނޯ. ކީއްކުރަން ކުރާ މަސައްކަތެއް