މުހައްމަދު ނަވީން.
23 އޯގަސްޓް 2025 - 19:28
އިމިގްރޭޝަން އޮފިސަރެއް ކަމަށް ހެދިގެން ގެއަކަށް ގޮސް ބިދޭސީއެއްގެ އަތުން ފޭރުނު މައްސަލައެއްގައި މީގެ ކުރިން ހައްޔަރުކުރި މީހަކު ދޫކޮށްލާފައި ހުއްޓާ ތިން ޗޮކްލެޓް ވަގަށް ނެގި މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ގ. ބެރުގެ، މުހައްމަދު ނަވީން ހައްޔަރުކުރީ އިމިގްރޭޝަންގެ އޮފިސަރުންތަކަކަށް ހެދިގެން ބިދޭސީން ދިރިއުޅޭ ތަނަކަށް އިތުރު ބަޔަކާއެކު ވަދެ، ބަންގްލަދޭޝް މީހެއްގެ އަތުން ފޯނަކާއި 9،000ރ. ފޭރުނު މައްސަލައެއްގެ ތުހުމަތުގަ އެވެ.
އެކަމަކު އޭނާ ދޫކޮށްލާފައި ހުއްޓާ ފިހާރައަކުން ޗޮކްލެޓް ވަގަށް ނެގުމުގެ ތުހުމަތުގައި އަނެއްކާވެސް ހައްޔަރުކޮށް ބަންދަށް 15 ދުވަސް އިތުރުކޮށްފަ އެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައިވާ ގޮތުން ޗޮކްލެޓް ހިފައިގެން އޭނާ ދިޔައީ ފައިސާ ނުދައްކަން ނޫން ކަމަށާއި ފިހާރައިގެ ބޭރުގައި ހުރި މީހެއްގެ އަތުން ފައިސާ ބަލާ ކަމަށް އޭނާ ބުނެފައިވެ އެވެ.
އޭނާއަކީ ވައްކަމުގެ މައްސަލަތަކުގައި މީގެ ކުރިން ވެސް ހައްޔަރުކޮށް، ބަންދުގެ ރެކޯޑު ގިނަ މީހެއް ކަމަށް ވެސް އެ އަމުރުގައިވެ އެވެ.
އެ މައްސަލާގައި އޭނާ ބުނެފައިވަނީ ވަކީލަކު ބޭނުންނުވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޑްމުންޑޯ
24 August 2025
ދޫކޮއްލާ ، ދެންވެސް ކޮންމެވެސް ޖަރީމާ އެއްހިންގާގެން ހައްޔަރުކުރަން ދެން ދޫކޮއްފަ ބަހައްޓާ
ފުރޭތަ1
24 August 2025
މިފަދަ މީހުންގެ މައްޗަށް ކުށެއް ސާބިތުވެ ޖަލަށް ލެވެނީ މަދު ފަހަރަކު. އެންމެ ފަހުގެ ރިޔާސީ އިންތިހާބަށްވެސް ވޯޓު ހޯދަން އެތައް ސަތޭކަ ބަޔަކު ދޫކޮށްލީ. ފުލުހުންނާި ކޯޓު ތަކުން އެތައް ފައިސާއަކާއި ވެގުތެއް ހޭދަކޮށްގެން އުމުރަށް ޖަލަށްލާ މީހާ ކުޑަދުވަސްކޮޅެއް ނުވަނީސް ދޫކުރެވިގެން ނުވާނެ
ފަހުދު.
24 August 2025
ލޯޔަރެއް އެބަހުރި. އިއްޔެ ނޫހުން ވެސް ދުށިން
މޯދީބެ
24 August 2025
ސްޕާ މޮލީވްޑް
ހޭރޭ
24 August 2025
ގޯހެއްނެތް. ފިލައިގެނެއްނޫން. ދޫކޮށްލައިގެންހުރީ. ފުލުހުންވެސް ވައްކަންކުރަނީ. ޑޮލަރެއް ރުފިޔާއެއްނުބަލާ އަތުޖެހުނުގޮތަކަށް ހޯދައިގެންކަނީ. ވުޒާރާއެއް މުއައްސަސާއެއްނެތް. "ދިވެހިރާއްޖެ" ނަން "ވަގުންގެރާއްޖެ" ކިޔާވަރުވެއްޖެ. ގެއްލޭފައިސާ ހޯދޭގޮތެއް ޒިންމާވާނެފަރާތެއްވެސް ހުންނަނީކީނޫން. ޝަރީއަތަކަށް ކަމެއްސާބިތުވަނީކީނޫން. މިލިއަނުން ބިލިއަނުންކޭމީހުންވެސް ތިބީ މުއްސަނދިކަމުގަ ހެވިފަގޭގަ.. "ބުރިންހަންނަގަނީ" ކާށިމެޓައެއްނާގާމީހުންގެ. މިއޮތީތަނެއް.
އަޅެފަހެ
23 August 2025
އަނެއްކާ ދޫކޮއްލާ. މީ ވާވަރު ލޮބުވެތި ދިވެހި ރާއްޖެއަށް.
ޝޯމޭން
23 August 2025
ތިޔައީ ކޮންމެ ސަރުކާރެއް އަޔަސް ސިޔާސީ މީހުންގެ ހިމާޔަތުގަ އަބަދުއުޅޭ ވަރަށް ސީރިއަސް ލެެވެލްގެ ކުއްކުރާ މީހެއް.
ހަރުމީނު
23 August 2025
ތިއީވެސްް އަބަދު ހިފާފަ ދޫކުރާ ސޮރެއް ގ.ބެރުގެއަށް ނިސްބަތްވާ ތި ސޮރު ހައްޔަރުކުރި އަދަދެއްވެސް ބުނެދޭން ފުލުހުންނަކަށްވެސް ނޭނގޭނެ މިއީ ދެން ޤައުމެއްތަ
ދިއްދޫމީހާ
23 August 2025
އޮފިސަރަކަށް ހެދިގެން މަގުމަތިން ފޭރެނީ ދެންތިބި ބަޔަކު ސިދިގު ހެދިގެން ދައުލަތް ފޭރެނީ..
ފީކަޅާ އަލީ
23 August 2025
ފިހާރަތަކުން ކިތަންމެ ވަރަކަށް ވޢްކަންކުރިޔަސް ވީޑިއޯއާއި އެކީ ވަގު ހިފާފަ ޕޮލިހާ ހަވާލުކުރީމަވެސް ސީސީޓިވީ ފުޓޭޖަކީ އެކަށީގެންވާ ހެއްކެއް ނޫނޭ ކިޔާފަ ކޯޓަށްވެސް މައްސަލަ ނުގެންގޮސް ޕޮލިހުން މައްސަލަ ރިކޯޑުވެސް ފުހެލާފަ އެމީހުން ދޫކޮށްލަނީ. މީ ޕޮލިހުން އެމިޙުން ކަމެއްކުރަން ޖެހިދާނެތީ ހިންގާ ޖަރީމާ. ހުރިހާ ވަގުން މަގުމަތީގަ މިތިބެނީ ޕޮލިސް ކަމުނުދާތީ!!