ޚަބަރު / އިބްރާހިމް ފަލާހު (އިނގުރައިދޫ ދާއިރާ)

މާފަށް ނޭދި ދިފާއުގައި ފަލާހު ނެންގެވީ އުލުބޭންދުން އަމިއްލައަށް މާނަކުރައްވާ ގޮތް

29 އޯގަސްޓް 2025 - 23:03

53 comments

ނޫސްވެރިން ލާންވީ ޖަލަށް ނޫން ކަމަށާއި އެ މީހުން "އުލުބައިންދަންވީ" ކަމަށް ވިދާޅުވެ ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު މަޖިލީހުގެ ޖަލްސާގައި ގޮވައިލުން އޭނާ މިރޭ ދިފާއު ކުރައްވައިފި އެވެ.

ފަލާހު ދެއްކެވި ވާހަކަ ތަހުގީގު ކުރަން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ފަރާތުން ފުލުހަށް ހުށަހެޅި މައްސަލަ ތަހުގީގުކުރުމާމެދު ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ ލަފާއެއް ހޯދުމާ ގުޅޭ ހަބަރާ ގުޅުވައި އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވެސް ވަނީ ނޫސްވެރިންނަށް ފާޑުވިދާޅުވެފަ އެވެ.

މި މައްސަލާގައި އޭނާ ޖަލަށްލާނަމަ، ޖަލުގައި ރަހްމަތްތެރިންނަށްވާނީ އެމްޑީޕީގެ ވެރިކަންކުރި ރައީސުންނާއި އެމްޑީޕީގެ މަޖިލީސް މެމްބަރުން އަދި "އެންމެ ގިނަވާނީ" ނޫސްވެރިންކަމަށް ފަލާހު ވިދާޅުވި އެވެ.

"ސަބަބަކީ މިއަށްވުރެ ގިނައިން އިސްލާމްދީނުގެ އަސްލުތަކާ ހިލާފުވެ، އެފަދަ ވާހަކަތައް ދައްކާފައިވާ ބައެއް މި ގައުމުގަ ނޫޅޭނެ،" އޭނާ ވިދާޅުވި އެވެ.

ފަލާހު ވިދާޅުވި ގޮތުގައި، މީހަކު މަރަން ބުނެފައެއް ނޯންނާނެ އެވެ.

"އުލުބޭންދުން އަޅުގަނޑުމެން ހިސާބުގައި ބޭނުންކުރަނީ ބަސްނާހާމީހުން ބިމަށްވުރެ މަތީތާކަށް އެރުވުމަށް. ކުރިއަށްއޮތްމަދު ދުވަސްކޮޅުތެރޭ މަތީގައި ވާ ރައްޓެހިންނާ ބައްދަލުވާނެކަމަށް އުއްމީދުކުރަން،" އޭނާ ވިދާޅުވި އެވެ.

އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތަކަށް މަޖިލީހުގެ ތަޅުމުގައި މެންބަރުން ދައްކަވާ ވާހަކަތަކަކީ އިމްތިޔާޒު ލިބިގެންވާ ކަމެކެވެ. އެމްޖޭއޭއިން ނެރުނު ބަޔާނެއްގައި ބުނީ އިސްލާމްދީނުގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި އެއްވެސް މީހަކަށް އަނިޔާވެރިނުވުން ހިމެނޭއިރު، ފަލާހް ދެއްކެވި ވާހަކައަކީ އިސްލާމްދީނުގެ އަސްލަކާ ހިލާފު ވާހަކައެއް ކަމަށެވެ.

އެކަމަކީ ނޫސްވެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ މީހުންނަށް އެކަމުގެ ސަބަބުން ބިރުވެރިކަމުގެ ތެރެއަށް ވެއްޓޭ ކަމަށާއި އެއީ މުޖުތަމައުގެ އަމަންއަމާންކަން ގެއްލި ހަމަނުޖެހުމަށް ގައުމު ވެއްޓިގެން ހިނގައިދާނެ ފަދަ ވާހަކަތަކެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އެހެންވެ، އެމްޖޭއޭއިން ވަނީ ފަލާހްގެ މައްސަލަ ތަހުގީގުކޮށް، ފިޔަވަޅު އަޅައިދޭން އެދިފަ އެވެ.

މިއަހަރުގެ ދެވަނަ ދައުރު ނިންމައި، ޗުއްޓީގައި އޮތް މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ޖަލްސާގައި "މީޑީއާ ކޮންޓްރޯލްކުރާ ބިލް" ގެ ބަހުސް ކުރައްވަމުން ފަލާހު ވިދާޅުވީ އެއީ މުހިއްމު ބިލެއް ކަމަށާއި އެއީ މީޑިއާގައި މަސައްކަތްކުރާ އެއްވެސް ފަރާތަކަށް ހުރަހެއް އޮތް ބިލެއް ނޫން ކަމަށެެވެ. މީޑިއާގެ ސަބަބުން ވަރަށް ނިކަމެތި ކަމެއް ލިބުނު ކަމަށް ވިދާޅުވެ ފަލާހު ވަނީ އޭނާއަކީ "އެއްޖިންސުން ގުޅުން ހިންގާ" މީހެއް ކަމަށް މީޑިއާގައި ފަތުރާފައިވާ ކަމަށާއި އޭގެ ސަބަބުން އާއިލާ އަށް ވެސް އޭގެ އަސަރުކުރި ކަމަށެވެ.

އެފަދަ ކަންކަން ކުރާ ނަމަ ނޫސްވެރިން ޖަލަށް ލުމުގެ ބަދަލުގައި "އުލުބައިންދަންވީ" ކަމަށް އޭނާ މަޖިލީހުގެ ތަޅުމުގައި ތަކުރާރުކޮށް ވިދާޅުވި އެވެ.

ފަލާހް އެގޮތަށް ވިދާޅުވި ނަމަވެސް އެ ވާހަކަތަކަކީ އޭރު ސޯޝަލް މީޑިއާގައި ބަޔަކު ދެއްކި ވާހަކަތަކެކެވެ.

ފަލާހު ޖަލްސާގައި ދެއްކެވި ވާހަކައާ ގުޅިގެން ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެގޮތަށް ނުބުނެވޭނެ ކަމަށާއި އެކަން ބަލާނެ ކަމަށެވެ. ރަދީފުގައިވާ ގޮތުން އުލުބޭންދުމަކީ އިހުޒަމާނުގައި މީހުން މަރަން ހަދާ ގޮތެކެވެ.

މަޖިލީހުގެ ތަޅުމުގައި ފާޅުކަން ބޮޑު ގޮތެއްގައި ބައެއްގެ މައްޗަށް އަނިޔާވެރިވުމަށް ފަލާހު ގޮވާލެއްވި މައްސަލާގައި ޕީއެންސީން އޭނާއާ މެދު އަހުލާގީ ފިޔަވަޅު އެޅުމަށް ވެސް އެމްޖޭއޭ އިން ވަނީ ގޮވާލައިފަ އެވެ. އަދި އާންމުކޮށް އެނގޭނެހެން އެ ވާހަކަތަކަށް މާފަށް އެދުމަށް އެ ޖަމިއްޔާއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

53 ކޮމެންޓް, 37 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 0%
icon angry icon angry 73%
icon wow icon wow 0%
icon inlove icon inlove 22%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސަންބޭ..

31 August 2025

‫އޯކޭ އުލުބޭންދުން މިބަހުގެ މާނައަކަށް ރަދީފްގަ އޮތީ މީހުން މެރުމަށް ހަދާ ގޮތެއްގެ ވާހަކަ. އެކަމަކު ދިވެހިންގެ ތެރޭގައި މިބަސް ބޭނުން ކުރަނީ މީހަކު މަރާކަށް ނޫން. އަދި މިބަސް ބޭނުންކުރަނީ ބަސްނާހާ ހާލަތެއްގައި ނުވަތަ ކަމެއްކުރުމަށް ބުނާ ގޮތަށް ނޫން ގޮތަކަށް ކޮށްފިނަމަ އަދަބެއް ނުވަތަ އިންތިހާއަށް ދަތިކުރާނެކަމަށް ބުނާ ބުނުމަކަށް..

The name is already taken The name is available. Register?

ސވލ

30 August 2025

ފެންނަމުންދާ މަންޒަރުތަކަށް ފުންކޮށް ވިސްނައިލުމުން ފެންނަނީ ވަރަށްވެސް އެހެންކަހަލަ މަންޒަރުތަކެކެވެ. މަޖިލީހުގެރައީސް ވިދާޅުވިތަންފެންނަނީ ގޮނޑިއެއްކާމިޔާބުކުރަން ތަޢުލީމުގެ މާބޮޑު ބޭނުމެއްނެތްކަމުގައި މާނަކުރެވޭ އެއްޗެކެވެ. މިހާރު މިފެންނަނީ މެޖޯރިޓީގެލީޑަރު ރައްޔިތުންގެބަޔަކު އުލުބައިންދަންޖެހޭކަމުގައި މާނަކުރެވޭ ވާހަކައެއް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައިބުނެެ މަޢާފަށްނުއެދި ލިބިފައިވާބާރު ދައްކާތަނެވެ. މިއީ ވަރަށްބޮޑު ނުރައްކަލެކެވެ.

The name is already taken The name is available. Register?

މުލޭ

30 August 2025

އުލުބޭންދުމަކީ މަޒާޖީކޮށް ވެސް ވަރަށް ގިނައިން ބޭނުންކޮށް އުޅޭ ބަހެއް.

The name is already taken The name is available. Register?

ހުޅުދޫކަލޯ

30 August 2025

ދިވެހި ބަސް ހިތުހުރިހާ ގޮތަކަށް މާނައެއް ނުކުރެވޭނެ. ބަސްބުނުމުގެ ކުރިން ބަހަކީ ތިމާގެ އަޅެކެވެ. ބަސް ބުނުމަށްފަހު ތިމާއަކީ ބަހުގެ އަޅެކެވެ.

The name is already taken The name is available. Register?

ފާތުން

30 August 2025

އެ ބުނި ބަހުގެ މާނަ އަޅުގަނޑުގެ ދަރިފުޅު ގޫގުލް ކޮށްފަ ބުނީ އެހެން ހެދީމަ މަރުވާނެ ނޫންހޯ..

The name is already taken The name is available. Register?

raajje

30 August 2025

"އުލުބޭންދުން" މިބަހުގެމާނަ ދިވެހިބަހުގެ ރަދީފު ފޮތުގައިވާގޮތް، "މާ އިހު ޒަމާނުގައި މީހުން މަރަން ހަދާގޮތެއް ކަމުގައި ބުނެވޭ ގޮތެއް. އުލުބައިންދާ އިރު ހަދާގޮތެއް ކަމަށް ބުނަނީ ތޫނުކޮށްފައި ހުންނަ ދަގަނޑު އުލެއްގައި މީހާ ބައިންދަނީއެވެ. ބޭންދީމާ އެ އޫ ފުރަގަސް ފަރާތުން ވަދެގެންގޮސް ބޮލުން ނުކުންނަނީއެވެ." މިފަދައަނިޔާވެރިކަމެއްކުރަންގޮވީތީ މައްސަލަބަލާނިމެންދެން ފަލާހު ސަސްޕެންޑުކުރަންޖެހޭ https://www.radheef.mv/app

The name is already taken The name is available. Register?

ސވލ

30 August 2025

ޙަޤީޤަތްއޮތީ ތިގޮތަށެވެ. އެކަމަކު މަޖިލީހުގެތަޅުމަކީ ފާޑެއްގެ ތަނެކެވެ. އެތަނުގެ ޤަވާޢިދުއޮތީ ހީކުރާގޮތަކަށްނޫންކަމުގައި ޔަގީންއެބަކުރެވެއެވެ. އިސްލާމްދީނުގެ އަސާސާއިޚިލާފުނުވެ ދައްކާވާހަކައިން ބައެއްގެ ފުރާނައާއި ޙައްޤު ދުއްވާލިނަމަވެސް ކުރެވޭނެ އެއްކަމެއް އެޤަވާޢިދުގައި އޮތްކަމުގައެއް ޤަބޫލެއް ނުކުރެވެއެވެ. ނޫނީ ރިޔާސަތަށް ބޮޑުވަރިހަމައީއެވެ. ނޫންނަމަ ރިޔާސަތުގެބަހެއް އިވުނީސްކަމުގައި ބެލެވެއެވެ. މިފެންނަނީ ދައުލަތުގެ ފެންވަރު. ދެރަކަމެކެވެ.

The name is already taken The name is available. Register?

ބައިރޯ

30 August 2025

އަހަރެން މާނަ ކުރަނީ މަސް ފިހުމަށް

The name is already taken The name is available. Register?

ޑަކުޓަރު ކަނޑުކޮހުގެ ގަބީލާ

30 August 2025

އެހެންވީމަ މީގެ ފަހުން އެއްވެސް މީހަކު ކުއްވެރިވެގެން ނުވާނެ. އެންޑީޕީ މަންދި ވެސް އޭނާ ބުނި އެތި މާނަ މިގޮތަށް ކޮއްފަ މައްސަލަ އިސްތިއުނާފު ކުރަން ފެނޭ. ވަރަށް ވިޔާނުދާކަމެއް ފަލާހު މިކުރަނީ. މީގެ ސަބަބުން ބޮޑެތި އަނިޔާދޭން އިންޒާރުދީފަ ތިމަންނާ އޭތި މާނަ ކުރީ މިހެނޭ ބުނީމަ ސަލާމަތްވާނެ އިޖުރާތެއް ފަލާހު މި ސެޓުކުރަނީ. ވަރަށް ބިރުވެރިކަމެއް މީ.

The name is already taken The name is available. Register?

ދުމްމ

30 August 2025

އުލުބޭންދުން ފަލާހު މާނަކުރާގޮތަކަށް ޝަރުއީ ކޯޓަކުން މާނައެއް ނުކުރާނެ. މިހެނީ އުލުބޭންދުމުގެ އިތުރު މާނައެއް ދިވެހި ރަދީފްގަ ނެތީމަ. އެއް މާނައަށްވުރެ ގިނަ މާނަ އެކުލެވޭ ބަހެއްނަމަ އޭގެތެރެއިން ފަލާހު ނަގާ މާނައެއްގެ މައްޗަށް ދިފާއު ބިނާކުރެވިދާނެ. އެކަމަކު ފަލާހު ތިއޮތީ ބުނަން ނުވާ ބަހެއް ބުނެ އތށ ގޮއްވާލާފަ.. މަގޭ ނަސޭހަތަކީ ބަސް ބުނުމުގެ ކުރިން ބަހަކީ ތިމާގެ އަޅެއްކަމާއި ބަސް ބުނުމަށްފަހު ތިމާއަކީ އެބަހުގެ އަޅެއްކަން ދަނެގެން އުޅޭށޭ..

The name is already taken The name is available. Register?

އެކަލޯ

30 August 2025

ކަތިވަޅިޔަކުން ޖަހާ މީހަކު މެރުން އެއީ ކޮފީއެއްބޯލުން ކަމަށް މާނަ ކުރެވިދާނެބާ؟

The name is already taken The name is available. Register?

ޮހޭ ކަލޯ

30 August 2025

ކަތިވަޅިޔަކުންޖަހާ މީހަކުމެރިޔަސް މިވަރަކަށް ސިޔާސީމީހުން ކެކިއެއްނާރާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454