ފަލާހު: އޭނާ ދެއްކެވި ވާހަކަތައް ތަހުގީގު ކުރުމާ މެދު ފުލުހުން ވަނީ ޕީޖީގެ ލަފާއަކަށް އެދިފައި
29 އޯގަސްޓް 2025 - 19:26
ނޫސްވެރިން ލާންވީ ޖަލަށް ނޫން ކަމަށާއި އެ މީހުން "އުލުބައިންދަންވީ" ކަމަށް ވިދާޅުވެ ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު މަޖިލީހުގެ ޖަލްސާގައި ގޮވާލެއްވި މައްސަލަ ތަހުގީގު ކުރުމާ މެދު ލަފާ ހޯދަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފަލާހު ދެއްކެވި ވާހަކަ ތަހުގީގު ކުރަން ފުލުހަށް ހުށަހެޅީ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ފަރާތުންނެވެ. ފުލުހުން މިރޭ ބުނީ އެމްޖޭއޭ އިން ހުށަހެޅި މައްސަލަ ތަހުގީގު ކުރުމާ މެދު ޕީޖީގެ ލަފާއަށް އެދިފައިވާ ކަމަށެވެ.
އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތަކަށް މަޖިލީހުގެ ތަޅުމުގައި މެންބަރުން ދައްކަވާ ވާހަކަތަކަކީ އިމްތިޔާޒު ލިބިގެންވާ ކަމެކެވެ. އެމްޖޭއޭއިން ނެރުނު ބަޔާނެއްގައި ބުނީ އިސްލާމްދީނުގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި އެއްވެސް މީހަކަށް އަނިޔާވެރިނުވުން ހިމެނޭއިރު، ފަލާހް ދެއްކެވި ވާހަކައަކީ އިސްލާމްދީނުގެ އަސްލަކާ ހިލާފު ވާހަކައެއް ކަމަށެވެ.
އެކަމަކީ ނޫސްވެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ މީހުންނަށް އެކަމުގެ ސަބަބުން ބިރުވެރިކަމުގެ ތެރެއަށް ވެއްޓޭ ކަމަށާއި އެއީ މުޖުތަމައުގެ އަމަންއަމާންކަން ގެއްލި ހަމަނުޖެހުމަށް ގައުމު ވެއްޓިގެން ހިނގައިދާނެ ފަދަ ވާހަކަތަކެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އެހެންވެ، އެމްޖޭއޭއިން ވަނީ ފަލާހްގެ މައްސަލަ ތަހުގީގުކޮށް، ފިޔަވަޅު އަޅައިދޭން އެދިފަ އެވެ.
މިއަހަރުގެ ދެވަނަ ދައުރު ނިންމައި، ޗުއްޓީގައި އޮތް މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ޖަލްސާގައި "މީޑީއާ ކޮންޓްރޯލްކުރާ ބިލް" ގެ ބަހުސް ކުރައްވަމުން ފަލާހު ވިދާޅުވީ އެއީ މުހިއްމު ބިލެއް ކަމަށާއި އެއީ މީޑިއާގައި މަސައްކަތްކުރާ އެއްވެސް ފަރާތަކަށް ހުރަހެއް އޮތް ބިލެއް ނޫން ކަމަށެެވެ.
މީޑިއާގެ ސަބަބުން ވަރަށް ނިކަމެތި ކަމެއް ލިބުނު ކަމަށް ވިދާޅުވެ ފަލާހު ވަނީ އޭނާއަކީ "އެއްޖިންސުން ގުޅުން ހިންގާ" މީހެއް ކަމަށް މީޑިއާގައި ފަތުރާފައިވާ ކަމަށާއި އޭގެ ސަބަބުން އާއިލާ އަށް ވެސް އޭގެ އަސަރުކުރި ކަމަށެވެ. އެފަދަ ކަންކަން ކުރާ ނަމަ ނޫސްވެރިން ޖަލަށް ލުމުގެ ބަދަލުގައި "އުލުބައިންދަންވީ" ކަމަށް އޭނާ މަޖިލީހުގެ ތަޅުމުގައި ތަކުރާރުކޮށް ވިދާޅުވި އެވެ.
ފަލާހް އެގޮތަށް ވިދާޅުވި ނަމަވެސް އެ ވާހަކަތަކަކީ އޭރު ސޯޝަލް މީޑިއާގައި ބަޔަކު ދެއްކި ވާހަކަތަކެކެވެ.
ފަލާހު ޖަލްސާގައި ދެއްކެވި ވާހަކައާ ގުޅިގެން ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެގޮތަށް ނުބުނެވޭނެ ކަމަށާއި އެކަން ބަލާނެ ކަމަށެވެ. ރަދީފުގައިވާ ގޮތުން އުލުބޭންދުމަކީ އިހުޒަމާނުގައި މީހުން މަރަން ހަދާ ގޮތެކެވެ.
މަޖިލީހުގެ ތަޅުމުގައި ފާޅުކަން ބޮޑު ގޮތެއްގައި ބައެއްގެ މައްޗަށް އަނިޔާވެރިވުމަށް ފަލާހު ގޮވާލެއްވި މައްސަލާގައި ޕީއެންސީން އޭނާއާ މެދު އަހުލާގީ ފިޔަވަޅު އެޅުމަށް ވެސް އެމްޖޭއޭ އިން ވަނީ ގޮވާލައިފަ އެވެ. އަދި އާންމުކޮށް އެނގޭނެހެން އެ ވާހަކަތަކަށް މާފަށް އެދުމަށް އެ ޖަމިއްޔާއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ނޫސްވެރިން މެރުމަށް ގޮވުމުން ފަލާހަށް ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވެނީ
31 August 2025
މީހެއްގެ އަބުރަށް އަރައިގަތުން، މީހަކު މެރުމަށްވުރެ ބޮޑު!!
ސަވޭރާ
30 August 2025
ތިޔަ ލަފައެއް ނުލިބޭނެ
ހަމަދު
30 August 2025
ކަސޯޓީ ކުޅެން ނޫޅެބަލަ
ފާފު
30 August 2025
މި މައްސަލަ ގެންދާ ގޮތަކީ އަނެއްކާ ވެސް ފުލުހުން ފަހަތަށް އަޅާ ފިޔަޥަޅަކަށް ނަހަދާ. ނޫނީ މިވާހަކަ އަބަދު ދައްކާނެ،
ވާންޗޯ
30 August 2025
އެއީ ފަލާހެއް ނޫން، މަ ބެލިން ތި ވީޑިއޯ، އެ ގޮލާ ގެ ބޮލު ގެ އިސްތަށި ވަރަބޮޑަށް ފައިބާފަ ހުރީ، އެއީ 100% އެހެން މީހެއް
އާދަނުބެ
30 August 2025
ގައުމިއްޔަތު މިނިސްޓްރީ ތީނަ އާ ހަވާލު ކުރަން ރަގަޅު
އުއްތަމަ އުސްތާޛް
30 August 2025
%100 ނުބަލާނެ.
އެމްވީ ސްޓޭޓް އެޓާނީސް
30 August 2025
ދީނުގައި އެއްޖިންސުން ގުޅުން ހިންގާކަމަށް ތުހުމަތުކުރުމަކީ ޝަރުޢީ ގޮތުން ޤަޛުފުކުރުމެވެ. ގަޛްފްކޮށް ސާބިތުނުކުރެވޭ ނަމަ އަދަބަކީ އުލުބޭންދުމެއް ނޫނެވެ. އެއީ 80 އެތިފަހަރުން ހައްދު ޖެހުން. އޭގެ ބަދަލުގައި އުލުބައިންދާ މެރުމުގެ އަދަބުދިނުމަކީ އިސްލާމީ ޝަރީއަތާއި ޚިލާފު ވާހަކައެކެވެ. ފަލާހު ގޮވާލީ އިސްލާމީ ޝަރީޢަތާއި ޚިލާފު ގޮވާލުމަކަށް. އެހެންވެ ޤާނޫނު އަސާސީގެ 90 ވަނަ މާއްދާއިން މެންބަރުންނަށް ލިބޭ އިމްތިޔާޒެއް ނުލިބޭނެ.
މޭރާ ޚެޔާލް
30 August 2025
އިމްތިޔާޒެއް ނުލިބޭނެ. އިމްތިޔާޒެއް ނުލިބޭނެ. އިމްތިޔާޒެއް ނުލިބޭނެ. އިމްތިޔާޒެއް ނުލިބޭނެ. އިމްތިޔާޒެއް ނުލިބޭނެ
ވަކީލު
30 August 2025
އެއްވެސް މީހަކަށް އެއީ މުއިއްޒު ވިޔަސް ފަލާހު ވިޔަސް ގާނޫނަށް ވުރެ މަތީގައި ހުރެވިގެން ނުވާނެ. މުއިއްޒުގެ މީހެއް ވެގެން ފުލުހުން ފަލާހުގެ މައްސަލައިގައި ހާއްސަ ގޮތެއްް ގެންގުޅޭކަށް ނުޖެހޭނެ!!!!!
ފިރުކު
29 August 2025
މީނަ ދެއްކި ވާހަކަ ވެސް ގޯސް އެކަމަކު ތި މަޖީލީހުގައި މީގެ ކުރިން މޑޕ މީހުން ވެސް މަޖިލީހުގަައި ދައްކާފައި ހުރި މިކަހަލަ ވާހަކަތަކުގެ މައްސަލަވެަސް ބަލަންޖެހޭ
ޖަމީލް ޢަލީ
30 August 2025
ލާރިގޯނީގެ ވާހަކަ އާއި ރައިސް ނަޝީދު މަރަން ގޮވީވެސް އެމްޑީޕީ މީހުންތަ؟
ދޫލަ
30 August 2025
އެހެންތަ އެމައްސަލަ ހުށަހަޅަވީނު
ޙުކަން
30 August 2025
ފުރަތަމަވެސް ތިޔޮތީ ކަސިޔާރުވެފާ. މިއުޅެނީކީ އެމްޑީޕީ ވެގެނެއް ޕީޕީއެމް ވެގެނެއް ނޫން..