އެމްކިޔުއޭގެ ސީއީއޯ، ފިޒާނާ: ލަންކާ ޔުނިވާސިޓީތަކުން އެހެން ގައުމުތަކާ ގުޅިގެން ހިންގާ ޕްރޮގްރާމުތައް ބަލައިނުގަންނާނެކަމަށް އެމްކިއުއޭ އިން ބުނޭ. -- ފޮޓޯ | މިހާރު
21 ސެޕްޓެމްބަރ 2025 - 10:08
ސްރީ ލަންކާގެ ޔުނިވާސިޓީތަކުން އެހެން ގައުމުތަކާ ގުޅިގެން ހިންގާ ބައެއް ކޯސްތަކުގެ ސެޓްފިކެޓްތައް ބަލައިނުގަތުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ނިންމައިފި އެވެ.
އެމްކިއުއޭ އިން ބުނީ ގިނަ އަދަދެއްގެ ދިވެހިން ކިޔަވަމުން އަންނަ، ސްރީ ލަންކާގެ ޔުނިވާސިޓީތަކުން ބޭރުގެ އެކި ގައުމުތަކާ ގުޅިގެން ޕްރޮގްރާމްތައް ހިންގަމުން އަންނައިރު އެ ތަންތަަނަށް ޕްރޮގްރާމް ހިންގަން ހުއްދަ ދީފައިނުވާ ކަމަށެވެ. އެހެންވެ އެ ތަންތަނުން ހިންގާ ޕްރޮގްރާމްތަކުގެ ސެޓިފިކެޓް ރާއްޖެއިން ގަބޫލުނުކުރާނެ ކަމަށް އެމްކިއުއޭ އިން ބުންޏެވެ.
އެމްކިއުއޭ އިން މިއަދު ނެރުނު އިއުލާނެއްގައި ވަނީ، ދިވެހި ދަރިވަރުން ކިޔަވަން ފެށުމުގެ ކުރިން ކިޔަވަން ބޭނުންވާ މަރުކަޒަކީ އެމްކިއުއޭގައި ބަޔާންކުރާ މިންގަނޑުތަކަށް ފެތޭ އަދި އެ އެ އޮތޯރިޓީން ގަބޫލުކުރާ ތަނެއްތޯ ކަށަވަރުކުރަން އިލްތިމާސްކޮށްފަ އެވެ.
އެމްކިއުއޭ އިން ބުނީ އެ އޮތޯރިޓީން ގަބޫލުކުރަނީ ރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑަށް ފެތޭ އަދި އެ ފެންވަރުގެ ޕްރޮގްރާމަކަށް ވަނުމަށް އެ އޮތޯރިޓީން ކަނޑައަޅާފައިވާ އެންޓްރީ ކްރައިޓީރިއާ ފުރިހަމަވާ ޕްރޮގްރާމްތައް ކަމަށެވެ. އަދި ސްރީ ލަންކާގެ ޓާޝަރީ އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ކޮމިޝަނާއި އެ ގައުމުގެ ޔުނިވާސިޓީ ގްރާންޓްސް ކޮމިޝަނާއި ލަންކާގެ އެޑިއުކޭޝަން މިނިސްޓްރީ އާއި ހަޔާ އެޑިއުކޭޝަން އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އިން ހުއްދަ ދީފައިވާ މަތީ ތައުލީމުދޭ މަރުކަޒުތަކާއި އެ ތަންތަނުން ހިންގާ ޕްރޮގްރާމްތައް ކަމަށެވެ.
އެ އޮތޯރިޓީން ބުނި ގޮތުގައި ލަންކާގެ ޓާޝަރީ އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ކޮމިޝަނުން ހުއްދަ ދެމުން އަންނަނީ ހަޔާ ޑިޕްލޮމާ އިން ދަށުގެ ޕްރޮގްރާމުތަކަށެވެ. އަދި ސްރީ ލަންކާގެ ޔުނިވާސިޓީ ގްރާންޓްސް ކޮމިޝަނާއި އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓްރި އާއި ހަޔާ އެޑިއުކޭޝަން އެންޑް ވޮކޭޝަނަލް އެޑިއުކޭޝަނުން ހުއްދަ ދެމުން އަންނަނީ ޑިގްރީއަށް ވުރެ މަތީގެ ޕްރޮގްރާމްތަކަށެވެ.
އެހެންވިޔަސް އެ މިންގަނޑާ ހިލާފަށް އެ ގައުމުގެ ބައެއް މަރުކަޒުތަކުން ޕްރޮގްރާމުތައް ހިންގާ ކަމަށާއި ހުއްދަ ދީފައިވާ މިންގަނޑާ ހިލާފަށް އެތަންތަނުން ހިންގާ ހަޔާ ޑިޕްލޮމާ އިން މަތީގެ ޓާޝަރީ ޕްރޮގްރާމުތައް އެހެން ގައުމުތަކާ ގުޅިގެން ހިންގާކަން ފާހަގަކުރެވޭ ކަމަށް ކޮލިފިކޭޝަން އޮތޯރިޓީން ބުންޏެވެެ.
އެކަމަކު އެހެން ގައުމުތަކާ ގުޅިގެން އެ ޕްރޮގްރާމުތައް ހިންގަން ހުއްދަ ދީފައި ނުވާ ކަމަށާއި ހުއްދަ ދީފައިވާ މިންގަނޑާ ހިލާފަށް އެ ތަންތަނުން ހިންގާ ޕްރޮގްރާމުތަކުގެ ސެޓްފިކެޓް އެ އޮތޯރިޓީން ގަބޫލުނުކުރާނެ ކަމަށް އެމްކިއުއޭގެ އިއުލާނުގައިވެ އެވެ.
އެގޮތަށް އެހެން ގައުމުތަކާ ގުޅިގެން އެ ޕްރޮގްރާމްތައް ހިންގުމަށް ހުއްދަދީފައި ނުވާކަން މި އޮތޯރިޓީއަށް ވަނީ ފާހަގަކުރެވިއެވެ. އެހެންކަމުން ހުއްދަ ދީފައިވާ މިގަނޑާއި ހިލާފަށް އެތަންތަނުން ހިންގާ ޕްރޮގްރާމްތަކުގެ ސެޓިފިކެޓް މި އޮތޯރިޓީން މީގެ ފަހުން ގަބޫލުނުކުރާނެ ވާހަކަ ދަންނަވަމެވެ -- އެމްކިއުއޭ
އެހެންވެ އެ އޮތޯރިޓީން އެދިފައި ވަނީ ދަރިވަރުން ކިޔަވަން ދިއުމުގެ ކުރިން އެމްކިއުއޭ އިން ދޫކުރަމުން އަންނަ "އިންޓެންޑެޑް" ލިޔުން ހޯދުމަށެވެ.
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ރާއްޖެއިން ބޭރުގައި ހިންގުމާ ބެހޭ ގަވާއިދުގެ ދަށުން އެމްކިއުއޭ އިން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ރާއްޖެއިން ބޭރުގައި ހިންގުމަށް ރާއްޖޭގެ މަރުކަޒާއި ބޭރުގެ މަރުކަޒާ ދެމެދު އެއްބަސްވުމެއް އެކުލަވައިލުމުގެ ކުރިން އެ ކަންކަމަށް ކިޔަވައިދޭ މަރުކަޒުތަކުން ސަމާލުވުމަށް ވެސް އެ އިއުލާނުގައި ވަނީ އިލްތިމާސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފައިސާ
22 September 2025
މިމީހުން ބުނާކަހަލަ ކޭމްބްރިޖް ޔުނިވަރސިޓީއިންވެސް ހިންގަނީ ސްކޭމޭ. ތިމަންނާމެންގެ މިންގަނޑަށް ނުފެތެޔޭ. އެއްޗެއް އިނގޭ މީހަކު ބޭނުމެއް ނުވާނެ މިރާއްޖޭގެ ތަނަކުން ކިޔަވަން މިމީހުން ގަބޫލު ކުރިޔަސް.
ފްލެޓް ކޮލެޖް
22 September 2025
ލަންކާއިންދޭ ސެޓްފިކޭޓް ގަބޫލުނުކުރަން މިދެން ކޮންބައެއް؟
ގްލޯބަލް
22 September 2025
މިއީ އުވާލަންޖެހޭ ތަނެއް.
ލޯކޮލިޓީ
22 September 2025
އެހެންވީމާ ކިޔަވަންޖެހޭނީ ރާއްޖޭގެ ކަޑަ ކޮލެޖަކުން ދޯ. އެތަނުންދޭ ކަރުދާސް ބަލައިގަންނާނެ އެކައްޗެއް ނޭގުނަސް. އެކަން މުޅިގައުމުން މިފެންނަނީ.
އަފްރާސިޔާބު
21 September 2025
ތައުލީމީ ދާއިރާ ހަލާކު ކޮށްލި މީހަކީ ޔާމީނު. އެއިން އަރައިނުގަނެވިގެން ފަހުންއައި ދެސަރުކާރުންވެސް އުޅެންޖެހިފައި ވަނީ.
ރައިކް
21 September 2025
ސްރީލަންކާގެ ޔޫޖީސީ އިން (އަދި މިނިސްޓްރީން ހުއްދަދޭ ނަމަ މިނިސްޓްރީން) ހުއްދަދީފައިވާ ބޭރުގެ ކޯސް ވިޔަސް ޔޫޖީސީ ގައި ރަޖިސްޓަރ ކޮށްފައި ނެތިގެން އެމްކިއުއޭ އިން ހުއްދަ ނުދޭ. އެއްގޮތަކުން ވަރަށް ރަނގަޅު ކަމެއް! ދެރައީ އެތައް ފައިސާއެއް ސިރިލަންކާގެ ކޮލެޖަށް ދެއްކި ފަހުން އެމްކިއުއޭ އެޕްރޫވް ނުކުރާނެކަން އެނގުން! ސިރިލަންކާގެ ކޮލެޖު އިން ރީފަންޑް ވެސް ނުކޮށްދޭ!
ޔޫޖީސީ
22 September 2025
ޔުޖީސީ ގައި ވަނީ ނިސްބަތުން ވަރަށް މަދު ކޯސްތަކެއް ލިސްޓެއް. ވީމާ، އެ ލިސްޓަށް އެކަނި ބަރޯސާނުވެވޭނެ. އަދި އަމުދުން ދިވެހިން އެ ކިޔަވާ އެއްވެސް ބޭރުގެ ޔުނިވަރސިޓީތަކުގެ އެއްވެސް ލިސްޓެއް ނެތް.
ކޮވެލި
21 September 2025
އޭ ލެވެލް ދެ އީފާހާއެކު އޯލެވެލް 3 ސީ އިން ޑިގްރީއަށް ވަދެވޭ. އިއްޔެ ނަންބޯޑު ޖަހާ ކޮލެޖަށް މާސްޓަރސް އާ ޑިގްރީ ހިންގޭ. މިފަދަ ތަންތަން ހިންގާ މީހުން ކޯހުން ލިބޭ ފައިސާ ޖަމާ ކުރަނީ އަމިއްލަ ނަމުގައި އޮންނަ އެކައުންޓަކަށް. ފުލް ޓައިމް ދެ މީހުން ލައިގެން ލައިބްރަރީ އެއް ނެތި ޑިގްރީ އާ މާސްޓަސް ހިންގޭ. ދެން ކޮން ފެންވަރެކޭ ކިޔާފަ ތި އިޢުލާން ތިނެރެނީ.
ޞަލަބަ
22 September 2025
މި ރާއްޖޭގައި ކިޔަވައިދޭތާ 5 އަހަރު ނުވަނީސް ޑިގްރީ މާސްޓާރސް ހިންގަން ހުއްދަ އެއް ނުދޭ އެމްކިއު އޭއިން
ކުކޫ
21 September 2025
ކަސްޓަމުގަ އުޅޭ ވަރަށް ގިނައިން ލަންކާއިން ސެޓއފިކެޓް ގަނެފަތިބި މީހުން
ނޫސަންގު
21 September 2025
ވާނުވާ ނޭގޭ އަންހެނެއް. ހިތުހުރި އެއްޗެއް ކިޔަނީ. ތި އެމްކިއުއޭ އުފެއްދީ ކިހިނެއްކަމާ ތިތަނާ މެދު އިތުބާރު އުފެދެނީ ކިހިނެއްކަމެއް ނޭގޭ އަންހެނެއް. މިގައުމުގެ ކަންކަން ފަހަތަށް ދަނީ މިފަދަ ތާކުންތާކު ނުޖެހޭ މީހުން ތަންތަނަށް ލާގެން. އެތަށް އަހަރެއްގެ ބުރަ މަސައްކަތުން ކޮށްފައި ހުރި ކަންކަން ފުނޑާލަނީ.
ޑިޕްލޮމަސީ
21 September 2025
ތިކަހަލަ ބްލެންކެޓް ނިންމުމެއް ރާއްޖޭގެ އެންމެ އަވަށްޓެރި އެތައްކެއް ހާސް ދިވެހިން އުޅެމުންދާ ޤައުމަކާ މެދު ނިންމުމަކީ ދެ ޤައުމުގެ ގުޅުމަށް އަސަރު ފޯރާނެ ކަމެއް. މިއީ، ރާއްޖޭގެ ޚާރިޖީ ވުޒާރާ އިން އެމް.ކިއު.އޭ ގެ މިހާރުގެ ސީއީއޯ އާ މެދު ޝަކުވާކުރަންޖެހޭ ކަމެއް ކަމަށް ފެނޭ.