އައިޖީއެމްއެޗުން ތާޖުއްދީން ސްކޫލުގައި ހުޅުވި ފްލޫ ކްލިނިކް: ފްލޫ ޖެހުނު މާބަނޑު މީހާގެ ހާލު އަންނަނީ ރަނގަޅުވަމުން ކަމަށް އައިޖީއެމްއެޗުން ބުނޭ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
27 މާޗް 2017 - 16:19
އެޗް1އެން1 ޖެހުނު މާބަނޑު މީހާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.
އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާބަނޑު މީހާ ހޭ އަރާފައިވާ ކަމަށާއި ކުރިއަށް ވުރެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެެ. އަދި ވެންޓިލޭޓަރުން ވެސް މިހާރު ނަގާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެ މީހާ މާލެ ގެނައީ ހދ. ކުޅުދުއްފުށީ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު މި މަހު ކުރީކޮޅު އެވެ. އަދި ހާލު ސީރިއަސްވުމުން މި މަހުގެ 15 ވަނަ ދުވަހު ވަނީ ސިޒޭރިއަން ހަދައިގެން ދަރިފުޅު ނަގައިފަ އެެވެ.
ހަ މަހުގައި ސިޒޭރިއަން ހެދުމުން، އޭނާގެ ދަރިފުޅަށް އަންނަނީ އެންއައިސީޔޫގައި ފަރުވާ ދެމުންނެވެ. ނަމަވެސް ހާލު ގޯސް ނޫންކަން އައިޖީއެމްއެޗުން ބުންޏެވެ.
"ހަ މަހުގެ ކުއްޖަކާ ބަލާފައި ހާލު ގޯސް ނޫންކަން ޑޮކްޓަރުން ފާހަގަކުރޭ،" އޮފިޝަލް ވިދާޅުވި އެވެ.
މާބަނޑު މީހަކު ވަނީ އެޗް1އެން1 ޖެހިގެން މަރު ވެސް ވެފަ އެވެ. މި ބަލި ޖެހުނު ހަ މީހަކު ވަނީ މަރުވެފަ އެވެ. އެޗް1އެން1 އަށް 546 މީހަކު ޓެސްޓްކުރި އިރު 199 މީހަކުވަނީ ޕޮޒިޓިވް ވެފަ އެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 35 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މާކުންބޭ
27 March 2017
ރީދޫ ފުލޫ ޖެހިފަ ތިހިރީ ގޮނޑިއަށް އަވަހަށް ޕިންކް ދަވާދުލާ!
ފާތުން
27 March 2017
الحَمْد لله
ެެޒާނާ
27 March 2017
ޢަލްހަމްދު ލިއްލާހް
ާަަކިޔާމީހާ
27 March 2017
ޢަލްހަމްދު ލިއްލާހް
ގެދާނޯމޮސް
27 March 2017
ﷲ ގެ ވާގިފުޅާއެކު މިނުރައްކަލުން އަޅަމެންގެ ދުޢާއާއި އެކު ބަލިދާނީ ނެތެމުންނެވެ.
މުހައްމަދު
27 March 2017
އިންޝާ ﷲ!
ނ
27 March 2017
އަލްހަމްދު ލިއްލާހި
ުޔަހުޔާ
27 March 2017
އަލްޙަމްދު ލިއްލާހި