އައްޑޫގައި މީހަކަށް ތޫނުއެއްޗަކުން ހަމަލާދިން މައްސަލައެއްގައި ހައްޔަރުކުރި އަލީ އަސްޢަރު. ފޮޓޯ: ފުލުހުންގެ އިދާރާ
30 ސެޕްޓެމްބަރ 2025 - 09:50
އައްޑޫ ހިތަދޫގައި މިމަހުގެ 23 ވަނަ ދުވަހުގެ ރޭ މީހަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކުރީ ސ.ހިތަދޫ، ސަންރީފް، އަލީ އަސްޢަރު ކަމަށާއި އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން އޭނާ 30 ދުވަހަށް ބަންދުކުރަން އަމަރުކޮށްފައިވާ ކަމަށެވެ.
އެ މާރާމާރީގައި އަނިޔާވީ 34 އަހަރުގެ ފިރިހެނަކަށެވެ. އޭނާގެ ގައިގެ ދެ ތަނަކަށް ހަމަލާ ދިނުމުގެ ސަބަބުން ވަރަށް ބޮޑަށް ޒަހަމްވެ، ފުރަަތަަމަ ފަރުވާ ދިނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ އައިސީޔޫގަ އެވެ. އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން މިއަދު ބުނީ އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.
ފުލުހުން އެ މައްސަލަ ތަހުގީގުކުރަމުން އަންނަނީ ގޭންގްތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބްދުﷲ
30 September 2025
ހަރުކަށި ގާނޫނުތައް ހަދައި މިކަހަލަ ވިޔާ ނުދާ މީހުން ބުރަ މަސައްކަތާއި އެކު ޖަލަށް ލާން ހުކުމް ކުރަންވީ އަދި ބުރަ މަސައްކަތުގެ ދަށުން ހުނަރުވެރި މަސައްކަތް ދަސްކޮށްދީ އަލުން މުޖުތައަށް ނެރެން ފުރުސަތު ދޭންވީ.
ދީދީބެއްޔާ
30 September 2025
ކޮބައިތޯ ލޮބުވެތި އޮނަރަބްލް ދީދީ. އެމަނިކުފާނުގެ ތަނަވަސް ބުއްދިވެރި ރައުޔަކީ ކޮބައިތޯ. އަފިރިންގެ އައްޑޫން މިނޫން ދުވަހެއް ފެންނާނެ ބާ. މިކަމަށް އޮތް ހައްލެއް އަފިރިންނަށް ނޭނގުނަސް އަފިރިންގެ އޮނަރަބްލް ދީދީ އަށް އެނގިފައި އޮވެދާނެ ތޯއްޗެއް. އަފިރިން މިތިބީ ދީދީ ބަސްފުޅެއްގެ އިންތިޒާރުގައި.
ރަދީފްއޮފިޝަލް / ސ.ހިތަދޫ މެދެ މިސްކިތް ސަރަހައްދުން
30 September 2025
ކޮއިފުޅާ އަވަހަށް ތައުބާވެ ހައްގު މަގަށް ރުޖޫޢަވުމަށް ނަސޭހަތްތެރިވަން.މެކްސިކޯ ، ގުއަޓެމާލާ ، ހެއިޓީ އަދި ޕަޕުއާ ނިއުގިނީން ވެސް ފެންނަނީ މިކަޙަލަ ޒުވާނުން.