އައްޑޫ ހޮސްޕިޓަލް.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
24 ސެޕްޓެމްބަރ 2025 - 12:23
ސ. ހިތަދޫގައި ރޭ ހިންގި މާރާމާރީއެއްގައި މީހަކު ޒަހަމްކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ 34 އަހަރުގެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައެއް ދަންވަރު 1:17 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މާރާމާރީގައި އަނިޔާވި މީހާގެ ހަށިގަނޑުގެ ދެ ތަނަކަށް ވަނީ ހަމަލާދީފަ އެވެ. އޭނާއަށް ހިތަދޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.
އޭނާއަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށާއި އެކަމަކު ހާލު ރަނގަޅުކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބެއްޖާ
24 September 2025
އަނިޔާ ލިބުނު ފަރާތަށް އަވަސް ފަރުވާއެއް މިންވަރުކުރައްވާށި. މިކަހަލަ ބޮޑެތި ޖަރީމާ ހިންގާ މީހުންގެ ލޭ އޮހޮރުވާއިރު މި މީހުންގެ މައްޗަށް އިސްލާމީ ޝަރީއާގައި ކަނޑައެޅިފައިވާ އަދަބުތައް ތަންފީޒުކުރެވިގެން މެނުވީ އައްޑޫވިޔަސް މާލޭވިޔަސް އަދި އެއްވެސް ތަނެއްގައި އަމާންކަން ގާއިމެއް ނުކުރެވޭނެއެވެ.
ކާސްޕަޓޭލް
24 September 2025
އަމުނުއަމާންކަން ބަލަހައްޓަން ތިބޭމިހުން ކުޑަކޮށް ބިޒީ. ޕޮލްކޯފޮލްކޯ ކޭސްތަކާއި ކާންދިން ލާރިކޮޅު ދިޔަ އެކައުޓެއް ނޭގި މިބާވަތުގެ ކަންތަކެއްކައި ކުރިއަަށް ފަހަތަށް ވާނުވާގައި ބިޒީ. ދެން ތިމާމެންގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަން އަމިއްލަޔަށް ނުބެލެހެއްޓޭ ދިމަދިމާލުގައި ކަންއޮންނާނީމިހެން.
މުހަންނަދު
24 September 2025
އަފިރިންގެ އައްޑޫ ނޫންތޯ. އަފިރިންގެ އައްޑޫ، އައްޑުއަކަށް ވާނީ ތިހެންވެ ނޫންތޯ. ކޮބައިތޯ އަފިރިންގެ އޮނަރަބްލް ދީދީ، އެ ދީދީގެ ބުއްދިވެރި ތަނަވަސް ރައުޔެއް މިކަމާމެދު ނެތްތޯ.
މިއައު
24 September 2025
ފުލުހުންގެ ގައުމިއްޔަތު ވަރަަަށް ދަށްކޮށްދޯ މިދަނީ. ހެނދުނު ކެއުމުގެ ފަހުން 2 ރައިވަރު ކިޔާލައިގެން މަސައްކަތަށް ނުކުމެބަލަ
ޜޯޝަން.
24 September 2025
ޢެ މީހުން ގާމާދޫ އަށް ޑީޕޯޓު ކުރެވޭތޯ މި ބަލަނީ