ޚަބަރު / ރައީސް މައުމޫން އަބްދުލްގައްޔޫމް

ޕީޕީއެމްގެ މެމްބަރުކަމުން މައުމޫން ވަކިކޮށްފި

ޕީޕީއެމްގެ ރައީސް މައުމޫން: އެމަނިކުފާނު އެ ޕާޓީން މިރޭ ވަނީ ވަކިކޮށްފައި.--- މިހާރު ފައިލް ފޮޓޯ: ނިޝާން އަލީ

ޕީޕީއެމްގެ މެމްބަރުކަމުން، އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވަކިކޮށްފި އެވެ.

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމް އުފެއްދެވި މައުމޫން އެ ޕާޓީގެ މެމްބަރުކަމުން މި ވަކިކުރީ އެމަނިކުފާނު އިދިކޮޅު ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރައްވާތީ، ޕީޕީއެމްގެ ސުލޫކީ ކޮމެޓީ އަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހު އެވެ.

އެ މައްސަލާގައި ޖަވާބުދާރީވުމުގެ ފުރުސަތު ސުލޫކީ ކޮމެޓީން މައުމޫނަށް އޮތީ ދީފަ އެވެ. ޖަވާބުދާރީ ނުވެއްޖެ ނަމަ ޣައިރު ހާޒިރުގައި މައްސަލަ ނިންމާނެ ކަން އެ ކޮމެޓީން އޮތީ ކުރިން އިއުލާންކޮށްފަ އެވެ.

ޕީޕީއެމުން މައުމޫން ވަކިކުރަން ނިންމީ ސުލޫކީ ކޮމެޓީގެ މިރޭގެ ބައްދަލުވުމުގައި ބައިވެރިވި ފަސް މެމްބަރުންހެ އިއްތިފާގުން ކަމަށް އެ ކޮމެޓީން ބުންޏެވެ.

ޕީޕީއެމްގެ މެމްބަރުކަމުން މައުމޫން މި ވަކިކުރީ އެމަނިކުފާނާ ދެކޮޅަށް އެ ޕާޓީގެ އިއްޔެގެ ކައުންސިލްގެ ބައްދަލުވުމަށް ހުށަހެޅި ގަރާރު އިއްތިފާގުން ފާސްކުރުމަށް ފަހު، އެއަށް ގޮތެއް ނިންމައިދޭން ސުލޫކީ ކޮމެޓީ އަށް ފޮނުވުމުންންނެވެ.

މައުމޫނާ ދެކޮޅު ގަރާރުގައި ހަތް ކަމެއް ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން އެ މީހުންގެ ފިކުރު ކުރިއެރުވުމަށް މަސައްކަތް ކުރެއްވުމާއި ސޯޝަލް މީޑިއާ އާއި އަދި ތަފާތު ފޯރަމްތަކުގައި ޕީޕީއެމްގެ އަސާސްތަކާ ހިލާފަށް އަމަލު ކުރެއްވުމާއި ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫއުތަކާ ގުޅޭ ގޮތުން ހަގީގަތާ ހިލާފަށް، އާންމުންނަށް ކަންކަން އޮޅޭ ގޮތަށް ހިޔާލު ފާޅުކުރައްވައި ސަރުކާރާއި ޕީޕީއެމަށް ނަފްރަތު އުފެދޭ ގޮތަށް މަސައްކަތްޕުޅު ކުރެއްވުން އަދި އިދިކޮޅު ފަރާތްތަކާ އެކު އެއްބަސްވުން ހައްދަވައި، ޕާޓީގެ ކައުންސިލްގެ ރުހުމެއް ނެތި އެފަދަ އެއްބަސްވުންތަކުގައި ޕީޕީއެމްގެ ނަމުގައި ސޮއިކުރެއްވުން ހިމެނެ އެވެ.

މައުމޫން އިއްޔެ ވިދާޅުވެފައި ވަނީ ޕީޕީއެމްގެ މެމްބަރުން ވަކިކުރުމުގެ ގާނޫނީ ހައިސިއްޔަތެއް ދަރުބާރުގެ ފެކްޝަނަށް ނެތް ކަމަށެވެ.

ދަރުބާރު ފެކްޝަން ކަމަށް މައުމޫން އެ އިޝާރާތް ކުރެއްވީ ރައީސް އަބްދުﷲ ޔާމީންގެ ބެއްލެވުމުގެ ދަށުން ދަރުބާރުގޭގައި ހިންގަމުންދާ އެ ޕާޓީގެ ހަރަކާތްތަކަށެވެ. މައުމޫން ޕީޕީއެމުން ވަކިކުރަން އެ ޕާޓީގެ ކައުންސިލަށް އިއްޔެ ގަރާރެއް ހުށަހަޅައި ފާސްކުރީ ރައީސް ޔާމީން ރިޔާސަތު ބެލެހެއްޓެވި ބައްދަލުވުމުގަ އެވެ.

115 ކޮމެންޓް, 348 ރިއެކްޝަންސް

icon happy icon happy 21%
icon sad icon sad 5%
icon angry icon angry 74%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބިންބި

28 March 2017

އަންނި ވެސް އެހެން މިހަކަށް އެމްޑީޕީގެ ޓިކެޓް ނުދޭން އުޅެނީ މިހެން ވެގެންނެވެ. އެހެން މީހަކު ވެރިކަމަށް އަރާފައި އަންނި އަށް ވެސް މިހެން ހަދާނެ ކަން އޭނާއަށް އެގެއއެވެ

The name is already taken The name is available. Register?

ވައިޓުހައުސް

28 March 2017

މަޅިއެއްނުޖަހާ މެމްބަރުންގެ މެޖޯރިޓީހޯދަބަލަ.. އެއިރުން ޔާމިނު ވެސް ބޭލޭނެނު.. ކޮންމެ ކަމަކަށް ހެޑްލައިނެއް ހޯދާ އެންބަސީތަކައށް ދެއްކުން މުހިންމުތަ؟

The name is already taken The name is available. Register?

މެޑަމް

28 March 2017

ތަސްމީނުވެސް ތިވަރަކަށް ހަޑި ނުހާވާ. އެކަމަކު ތިމާގެ ލޯބިވާ ބޭބެޔޯ. ބޭބެ ތަޚްތު ދެއްކީމާ އަދި ކިރިޔާ މިއެނގުނީ ތަޚްތަކީ ކިހާވަރެއްގެ އެއްޗެއްކަން. ހަމައެކަނި ތަޚްތަކުން ވެސް ހިތެއް ނުފުރުނު. މާދަމާ ބޭބެ ތުރުކުރައްވައިގެން ހުންނެވި ގަމީސްކޮޅު ވެސް ފޭރިގެންފާނެ.

The name is already taken The name is available. Register?

ޗިކުސް

28 March 2017

އަމިއްލަ ގެއިން ބޭރުކޮއްލުން ފަދަ ކަމެއް ތި ކުރީ.

The name is already taken The name is available. Register?

ޖަމްބޭ

28 March 2017

ހުރިހާ އެއްޗެއް ފޭރި ނިމިއްޖެ. ދެން 2018 ވެސް އިދިކޮޅު ފަރާތްތަކުން ހަނދާން ނައްތާލާ. މިއީ ވަރަށް ގިނަ ވާހަކަ.

The name is already taken The name is available. Register?

ޑރ.ހަނދާން ނެތޭ

28 March 2017

2018ގައި ޔާމީން ރައީސް ކަމުން ވަކިކުރާނަން. ހަނދާނެއް ނުނެތޭ.

The name is already taken The name is available. Register?

ޑ

28 March 2017

إن شاء الله

The name is already taken The name is available. Register?

ވިލޭއަލި

28 March 2017

މައުމޫނު މުސްކުޅި ވާން އަދި ގާތްވެސް ނުވޭ.

The name is already taken The name is available. Register?

ތުއްތުބޭބެ

28 March 2017

ކޮންމެވޯޓެއްވެސް ކާމިޔާބު ކުރުމަށްޓަކައި އެވޯޓެއް ދޭން ތިބޭ މީހުންނަކީ އަމިއްލަ އެއްވެސް ފިކުރެއްނެތް ބިރުވެރި އަނދަވަޅެއްގައިވާ ބަޔެއްކަން ރައްޔިތުންނަށް ހާމަކޮށް މެމްބަރުންނަށް ބުނަންޖެހޭ ގޮތްލިޔެފައި ދީގެން ފެންވަރެއްނެތް ބަޔެއްއްކަމަށް ދައްކާ ބިރުވެރިކަންހުރި މިންވަރު ސާބިތުވަނީ ގޮފަޅުން ޕީ.އެޗް.ޑީ. ޙޯލްޑަރުންނަށް މީހަކުބުނާ އެއްޗެއް އެގޮތަށް ބުނަންވެސް ނޭގޭފެންވަރަށް ދަށްކޮށް ކަރުދާސްކޮޅެއްގައި ލިޔެ ކިޔާނެގޮތުގެ ޓްރޭނިންހަދާ ދެމިނިޓުން ދެމިނިޓުން މަޖުބޫރު އަމުރު ހިންގާ ކަމީ ސާބިތުކަމެކެވެ. މިވަރުންވެސް ކާމިޔާބުނުވާކަން އެނގެއެވެ. މިރާއްޖެ މިޚިޔާނާތްތެރިންގެ އަތުންޖުވާނެ .އިންޝާﷲ

The name is already taken The name is available. Register?

ހަސަނު

28 March 2017

ޕީޕީއެމްގެ ރައީސޭ؟ރައީސް ހޮވީ ކޮން ބައެއް؟ އެމީހުންގެ ވޯޓް ނެގީ ކީއްކުރަން؟ތި ކައުންސިލުން ދެން ހުންނަން ފެންނަ ރައީސަކުވެސް ކަޑައަޅަންވީ.

The name is already taken The name is available. Register?

ޙަސަނާ

28 March 2017

ޕީޕީއެމެކީ ސީދާ މައުމޫނު ގިނިކަންޏާ ޑީއާރުޕީކިޔާ ޕާޓީއެއް ދެފަޅިވުމުން ނުކުމެ ހެދި ޕާޓީއެއް، މާފަހަކުން ޕީއޭކިޔާޕާޓީޔަކުން ބަޔަކުއައިސް ފޭރިގަތަސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454